މައި ޚަބަރަށް ދިޔުމަށް

ތިލަދުންގެ އަރުޝީފުން ހޯދުން

ފަހުގެ ހޯދުންތައް:
މާހިލް އާއި ގުޅުވައިގެން ފަތުރަނީ ދޮގެއް!

މާހިލް އާއި ގުޅުވައިގެން ފަތުރަނީ ދޮގެއް!

އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދުގެ ދަރިފުޅު ޢަބްދުﷲ މާހިލް ޝަހީމަށް މެލޭޝިއާގައި ހުންނަ ދިވެހި އެމްބަސީން ވަޒީފާއެއް ހަމަޖައްސާފައިވާކަމަށް ބުނެ ފަތުރަނީ ދޮގެއްކަމަށް މައުލޫމާތު ލިބިއްޖެއެވެ. މާހިލް އާއި ގުޅުވައި މީސް މީޑިއާގައި ފަތުރަމުންދާ ގޮތުގައި މާހިލް އަށް ދީފައިވަނީ ލައްކައަކަށްވުރެ ގިނަ ރުފިޔާގެ އިނާޔަތާއެކު މެލޭޝިއާގައި ހުންނަ ދިވެހި އެމްބަސީގެ ތާރޑް ސެކެޓްރީގެ މަގާމު ކަމަށެވެ. އެ މައުލޫމާތު އެނގޭ ސަރުކާރުގެ އޮފިޝަލަކު ވިދާޅުވީ، ވަޒީރު ޝަހީމްގެ...

ޔުމްނާ ޢަލީ
މީޑިއާ ކައުންސިލުންދޭ ނޫސްވެރިކަމުގެ އިނާމަށް 88 ހުށަހެޅުން

މީޑިއާ ކައުންސިލުންދޭ ނޫސްވެރިކަމުގެ އިނާމަށް 88 ހުށަހެޅުން

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ކޮންމެ އަހަރަކު ދެމުން އަންނަ ނޫސްވެރިކަމުގެ މި އަހަރުގެ އިނާމަށް 88 ހުށަހެޅުން ލިބިފައިވާ ކަމަށް އެ ކައުންސިލުން މިރޭ ބުނެފިއެވެ. ނޫސްވެރިކަން ކުރާ ފަރާތްތައް ބަލައިގަނެ، ހިތްވަރު ދިނުމަށްޓަކައި މީޑިއާ ކައުންސިިލުން ދެމުން އަންނަ އެވޯޑަށް 18 ދާއިރާއަކުން ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލިއެވެ. އޭގެ ތެރޭގައި ހިމެނެނީ ތަހުގީގީ ނޫސްވެރިކަން، އިޖުތިމާއީ ދާއިރާ، ސިޔާސީ ދާއިރާ، ޝަރުއީ އަދި ގާނޫނީ ދާއިރާ، ވިޔަފާރި އާއި އިގުތިސާދުގެ ދާއިރާ، ކުޅިވަރުގެ ދާއިރާ...

މުޙައްމަދު
ކެނެބިސް ޓްރެފިކް ކުރި މައްސަލައަކާ ގުޅިގެން މީހަކު ހޯދަން ދެވަނަ ފަހަރަށް އިއުލާން ކޮށްފި

ކެނެބިސް ޓްރެފިކް ކުރި މައްސަލައަކާ ގުޅިގެން މީހަކު ހޯދަން ދެވަނަ ފަހަރަށް އިއުލާން ކޮށްފި

ކެނެބިސް ޓްރެފިކް ކުރުމުގެ މައްސަލައަކާ ގުޅިގެން ކްރިމިނަލް ކޯޓަށް ހާޒިރުކުރަން ބޭނުންވާ މީހަކު ހޯދުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ދެވަނަ ފަހަރަށް އިއުލާން ކޮށްފިއެވެ. ފުލުހުން ހޯދަމުންދަނީ ސ. ހިތަދޫ / ހަޒާރުމާގެ، މުހައްމަދު އުބާދަތު ހުސައިން (29އ) އެވެ. އޭނާ ހޯދަމުންދަނީ ކެނެބިސް ޓްރެފިކް ކުރުމުގެ މައްސަލައަކާ ގުޅިގެން ކޯޓަށް ހާޒިރުކުރުމަށް ބޭނުންވެ ހާޒިރުކުރެވިފައި ނުވާތީއެވެ. ފުލުހުން މައުލޫމާތު ދިންގޮތުގައި، އުބާދަތު ބަންދުގައި ބަހައްޓައިގެން ޖުލައި 17 ވަނަ ދުވަހުގެ 11:00 އަށް ކްރިމިނަލް...

އަލީ އާދިލް
ރާއްޖެ އިން މިވަގުތު އެންމެ ބޭނުންވާ ކަންކަން ޗައިނާ އިން އޮޅުންފިލުވައިފި

ރާއްޖެ އިން މިވަގުތު އެންމެ ބޭނުންވާ ކަންކަން ޗައިނާ އިން އޮޅުންފިލުވައިފި

ރާއްޖެ އިން މިވަގުތު ބޭނުންވާ ކަންކަން އޮޅުން ފިލުވައި އެ ކަންކަމަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ޗައިނާ އިން މިއަދު ދީފިއެވެ. ޗައިނާ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަން ލިޒިން ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ކުރައްވައިފައެވެ. މި ބައްދަލު ކުރެއްވުމުގައި ރައީސް ޑރ. މުއިއްޒާއި ޗައިނާ ސަފީރު ވަނީ ރައީސް ޗައިނާ އަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ދެ ގައުމުގެ ލީޑަރުން މަޝްވަރާ ކުރެއްވި […]

މުޙައްމަދު
ވެރިކަމުގެ ވައްޓަފާޅިއާ މެދުގައި އަލުން ވިސްނައި ބަދަލުތައް ގެންނަން ޖެހޭ: ނާޒިމް

ވެރިކަމުގެ ވައްޓަފާޅިއާ މެދުގައި އަލުން ވިސްނައި ބަދަލުތައް ގެންނަން ޖެހޭ: ނާޒިމް

ރާއްޖޭގެ ވެރިކަމުގެ ނިޒާމާ މެދުގައި ވިސްނައި ނިޒާމަށް ބަދަލުތަކެއް ގެންނަން ޖެހިފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް މިއަދު ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނަށް އަމާޒުކޮށްގެން ވެސްޓްމިންސްޓަރ ފައުންޑޭޝަން ފޮރ ޑިމޮކްރަސީން ކުރިއަށް ގެންދާ މަސައްކަތު ބައްދަލުވުމެއް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ނާޒިމް ވިދާޅުވީ އާ ގާނޫނުއަސާސީގެ ހިޔާވަހިކަމުގައި 2008 އިން ފެށިގެން ދިވެހި ގައުމު 15 އަހަރު ވޭތުކޮށްފައިވާ ކަމަށެވެ. ނާޒިމް ވިދާޅުވީ މި އަހަރުތަކުގައި...

މުޙައްމަދު
ދިވެހި އެކައުންޓަންޓުން އުފެއްދުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން: މާލީ ވަޒީރު

ދިވެހި އެކައުންޓަންޓުން އުފެއްދުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން: މާލީ ވަޒީރު

ދިވެހި އެކައުންޓަންޓުން އުފެއްދުމަށްޓަކައި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް މާލީ ވަޒީރު ޑރ.މުހައްމަދު ޝަފީޤު ވިދާޅުވެއްޖެއެވެ. ވަޒީރު މި ވާހަކަފުޅު ދެއްކެވީ، މިއަހަރުގެ ދައުލަތުގެ އިންޓަރނަލް އޮޑިޓް ކޮންފަރެންސްގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ތަޤްރީރު ކުރައްވަމުންނެވެ. ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އެކައުންޓަންޓުންނަކީ މަތީ އާމްދަނީއެއް ލިބޭ ފަންނުވެރިންނެވެ. އަދި ރާއްޖޭގައިވެސް އިންކަމް ޓެކްސްގެ ގޮތުގައި އެންމެ ބޮޑު އަދަދެއް ދައްކަނީ އެކައުންޓަންޓުން ކަމުގައި އެމަނިކު...

އަލީ އާދިލް
އައިޖީއެމްއެޗްގެ ހައްޖު ފްލޫކްލިނިކް ހުއްޓާލައިފި

އައިޖީއެމްއެޗްގެ ހައްޖު ފްލޫކްލިނިކް ހުއްޓާލައިފި

ޚިދުމަތް ހޯދަންދާ މީހުން މަދުވުމުން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގެ ހައްޖު ފްލޫކްލިނިކް ހުއްޓާލައިފިއެވެ. އައިޖީއެމްއެޗުން ބުނީ ހައްޖުން އެނބުރި އަންނަ މީހުންނަށް ޚާއްޞަކޮށްގެން އެ ހޮސްޕިޓަލްގައި ހުޅުވި ފްލޫ ކްލިނިކަށް ދައްކަން އަންނަ މީހުންގެ އަދަދު ވަރަށް ބޮޑަށް މަދުވެފައިވާ ކަމަށެވެ. އެހެންވެ، މިއަދުން ފެށިގެން އެ ކްލިނިކްގެ ޚިދުމަތް ހުއްޓާލާފައިވާކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ. އެއާއެކު އެ ހޮސްޕިޓަލުން ޚިދުމަތް ހޯދަންދާ އެއްވެސް މީހަކު ރޯގާގެ އަލާމާތެއް ހުރިނަމަ މާސ...

ޔުމްނާ ޢަލީ
ނުކުޅެދުންތެރިކަން ހުންނަ ދެ މީހަކަށް ރަންގަލި ރިސޯޓުގެ ވަޒީފާ

ނުކުޅެދުންތެރިކަން ހުންނަ ދެ މީހަކަށް ރަންގަލި ރިސޯޓުގެ ވަޒީފާ

ނުކުޅެދުންތެރިކަން ހުންނަ ދެ މީހަކަށް، ކޮންރަޑް މޯލްޑިވްސް، ރަންގަލި ރިސޯޓުން ވަޒީފާ ހަމަޖައްސައިދީފައިވާކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުނެފިއެވެ. އެ ވުޒާރާއިން ބުނީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހަމަހަމަ ފުރުސަތުތަކެއް ހޯދައިދިނުމަށް އެ ވުޒާރާއިން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އިންޓަރންޝިޕް އަދި ވަޒީފާގެ ފުރުޞަތުތައް ހޯދައިދިނުން ހިމެނޭ ކަމަށެވެ. މިގޮތުން މިހާތަނަށް ނުކުޅެދުންތެރިކަން ހުންނަ އެއް ފަރާތެއް އިނ...

ޔުމްނާ ޢަލީ
މޭރީގެ މަރު: އެންމެ ފަހުން ލަމްހާގެ ދައްތަ ކޯޓުގައި ހެކިބަސް ދީފި

މޭރީގެ މަރު: އެންމެ ފަހުން ލަމްހާގެ ދައްތަ ކޯޓުގައި ހެކިބަސް ދީފި

ރާއްޖޭގައި މަސައްކަތްކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ މަރުގެ މައްސަލާގައި، އެ މައްސަލާގައި ދައުވާ ލިބޭ ހަލީމަތު ލަމްހާގެ ދައްތަގެ ބަންދުކޮށްގެން ކޯޓަށް ހާޒިރު ކުރާނެ ކަމުގެ އިންޒާރާ އެކު, އޭނާގެ ހެކިބަސް ކްރިމިނަލް ކޯޓުން މިއަދު ނަގައިފި އެވެ. އައިޖީއެމްއެޗްގައި މަސައްކަތްކުރި މޭރީ އޮކްޓޫބަރު 2021 ގައި މަރާލި ކަމަށް ބުނެ އޭނާގެ ފިރިމީހާ މާވިން އެސްވައިގެ މައްޗަށް ދައުވާ ކުރާއިރު، ލަމްހާގެ މައްޗަށް ކުރަނީ އެ ކަމުގައި ބައިވެރިވުމުގެ ދައުވާ އެވެ. ދައުލަތުން […]

ހުސައިން ހަބީބް
މަކުނުދޫ ކައުންސިލް ޤުރުއާން މުބާރާތުގެ އެއްވަނަ އަށް އީލާފް، އިނާމަކަށް އުމްރާ ދަތުރެއް

މަކުނުދޫ ކައުންސިލް ޤުރުއާން މުބާރާތުގެ އެއްވަނަ އަށް އީލާފް، އިނާމަކަށް އުމްރާ ދަތުރެއް

ތިލަދުންމަތީ ދެކުނުބުރީ މަކުނުދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިޔަ އެ ކައުންސިލްގެ ޤުރުއާން މުބާރާތުގެ ފަހުރުވެރި އެއްވަނަ ޢާއިޝަތު އީލާފް ޢަލީ ނަޝީދު ހޯދައިފިއެވެ. މުބާރާތުގެ އެއްވަނަ ހޯދި ޢާއިޝަތު އީލާފްއަށް އިނާމެއް ގޮތުގައި ވަނީ އުމްރާ ދަތުރެއް ދީފައެވެ. މި އުމްރާ ދަތުރު ހަމަޖައްސާފައި ވަނީ މީގާތު ހައްޖު އަދި އުމްރާ ގްރޫޕްގެ ފަރާތުންނެވެ. މުޅި މުބާރާތުން ދެވަނަ ހޯދާފައި ވަނީ ފާތިމަތު ފައިޙާ ޢަލީ/ ގުލްހަޒާރުގެ، ހދ.މަކުނުދޫ އެވެ. އިނާމެއް ގޮތުގައި އޭނާއަށް […]

އިބްރާހިމް ޚަލީލް
ކެނަޑާ ބަލިކޮށް އާޖެންޓީނާ ފައިނަލަށް

ކެނަޑާ ބަލިކޮށް އާޖެންޓީނާ ފައިނަލަށް

ކޮޕް އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގައި ކެނަޑާގެ މައްޗަށް 2-0 ގެ ނަތީޖާއިން ކުރި ހޯދައި، އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާއިން މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ. ކޮޕަ އެމެރިކާ އެންމެ ގިނައިން ކާމިޔާބު ކޮށްފައިވަނީ އުރުގުއޭއާއި އާޖެންޓީނާއިންނެވެ. މި ކޮންމެ ޓީމަކުން މުބާރާތް ފަނަރަ ފަހަރު ވަނީ ކާމިޔާބު ކޮށްފައެވެ. ލިސްޓްގެ ތިންވަނާގައި އޮތް ބްރެޒިލް އަށް މި މުބާރާތުގެ ތަށި ހޯދިފައި ވަނީ އެންމެ ނުވަ ފަހަރުއެވެ. މުބާރާތުގެ ސެމީ ފައިނަލުގެ ދެވަނަ […]

އިބްރާހިމް ޚަލީލް
ގަވާއިދާ ޚިލާފަށް ވިޔަފާރިކުރަމުންދިޔަ އިތުރު 15 ބިދޭސީއަކު ހައްޔަރުކޮށްފި

ގަވާއިދާ ޚިލާފަށް ވިޔަފާރިކުރަމުންދިޔަ އިތުރު 15 ބިދޭސީއަކު ހައްޔަރުކޮށްފި

ގަވާއިދާ ހިލާފަށް ވިޔަފާރި ކުރަމުންދާ ބިދޭސީން ހޯދުމަށް ކުރިއަށްދާ އޮޕަރޭޝަންގެ ތެރެއިން އިތުރު 15 ބިދޭސީއަކު މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. މި އޮަޕަރޭޝަނަކީ މޯލްޑިވްސް އިމިގްރޭޝަނާއި، ދިވެހި ފުލުހުންގެ ޚިދުމަތާއި ގުޅިގެން ކުރިއަށްގެންދާ އޮޕަރޭޝަނެކެވެ. ފުލުހުން މިއަދު ބުނީ، މި އޮޕަރޭޝަންގެ ތެރެއިން ޖުލައި 8 ވަނަ ދުވަހު، މާލެ އާއި ހުޅުމާލޭގައި ބިދޭސީން ހިންގަމުންދާ ރީޓެއިލް ފިހާރަތަކާއި، ޓޭކްއަވޭ ކޮފީޝޮޕްތަކުގެ ތެރެއިން 3 ތަނެއް ޗެކްކޮށްފައިވާ ކަމަށެވެ. އަދި އެތަންތަނު...

ޔުމްނާ ޢަލީ
އޮޅުވާލައިގެން ރާއްޖެ އެތެރެވާން އުޅެނިކޮށް ހުއްޓުވައިފި

އޮޅުވާލައިގެން ރާއްޖެ އެތެރެވާން އުޅެނިކޮށް ހުއްޓުވައިފި

ނަކަލުކޮށްފައިވާ ސްޓޭމްޕްތަކެއް ޖަހާފައިވާ ޕާސްޕޯޓް ބޭނުންކޮށްގެން ރާއްޖެ އެތެރެވާން އުޅުނު ބިދޭސީންތަކެއް ހުއްޓުވައި، މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެދަށަށް ގެންގޮސްފިއެވެ. އިމިގްރޭޝަނުން ބުނީ، ނަކަލުކޮށްފައިވާ ނުވަތަ ކައުންޓާފީޓް ސްޓޭމްޕްތަކެއް ޖަހާފައިވާ ޕާސްޕޯޓު ބޭނުންކޮށް، އޮޅުވާލައިގެން ވެލާނާ އިންޓަނޭޝަލް އެއާޕޯޓް (ވީއައިއޭ) މަގުން ރާއްޖެ އެތެރެވާން އުޅުނު ބިދޭސީންތަކެއް ހުއްޓުވައި، އެ އިދާރާގެ ބެލުމުގެދަށަށް ގެންގޮސްފައިވާ ކަމަށެވެ. މި މައްސަލާގައި އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ހަތަރު...

ޔުމްނާ ޢަލީ
ޝަހީމް ދެއްވީ ނާޖާއިޒު އެއްވެސް ކަމެއް ނުކުރަށްވާނެކަމުގެ ޔަޤީންކަން

ޝަހީމް ދެއްވީ ނާޖާއިޒު އެއްވެސް ކަމެއް ނުކުރަށްވާނެކަމުގެ ޔަޤީންކަން

ދައުލަތުގެ މުދަލާއި މަޤާމާއި ފައިސާ ނާޖާއިޒު ގޮތުގައި ބޭނުން ނުކުރާނެކަމުގެ ފުރިހަމަ ޔަޤީންކަން ދެއްވާކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ. ޝަހީމް މިހެން ވިދާޅުވީ، އެކްސްގައި ކުރެއްވި ޕޯސްޓެއް މެދުވެރިކޮށެވެ. ޝަހީމްގެ ދަރިފުޅަކަށް މެލޭޝިއާގައި ހުންނަ ރާއްޖޭގެ އެމްބަސީން މަގާމެއް ހަމަޖައްސާފައިވާ ކަމަށާއި، ޝަހީމްގެ ކޮށްކޮއަކަށް ފަތުރުވެރިކަމާބެހޭ ވުޒާރާގެ ނައިބުގެ މަގާމު ދީފައިވާކަމަށް ބައެއް ނޫސްތަކުގައި ވަނީ ބުނެފައެވެ. ޝަހީމް މިއަދު...

ޔުމްނާ ޢަލީ
އައިއޯއެސް 18 ގައި ކޯލް ރެކޯޑިން ފީޗާ ހިމަނައިފި

އައިއޯއެސް 18 ގައި ކޯލް ރެކޯޑިން ފީޗާ ހިމަނައިފި

އެޕަލްގެ އައިފޯނު ބޭނުންކުރާ ފަރާތްތަކަށް އުފާވެރި ޚަބަރެއް ލިބިއްޖެއެވެ. އެއީ އައިފޯނުގެ އައިއޯއެސް 18 އަޕްޑޭޓާއެކު ފޯނު ކޯލުތައް ރެކޯޑުކޮށް ޓްރާންސްކްރިޕްޓް ހެދުމުގެ ޤާބިލުކަން ލިބިގެންދާނެ ކަމަށް އިއުލާނުކޮށްފައިވާތީއެވެ. މި އަޕްޑޭޓާއެކު އައިފޯނުގެ ފޯނު އެޕްގައި ކޯލު ރެކޯޑުކުރުމުގެ އޮޕްޝަން އިތުރުކުރެވޭނެއެވެ. ނަމަވެސް މި ފީޗަރ ލިބެން ފަށާނީ އައިއޯއެސް 18 ގެ ފުރިހަމަ ވާޝަން ނެރޭ އިރުކަމަށް ލަފާކުރެވެއެވެ. ކޯލު ރެކޯޑުކުރަން ފެށުމުން އަނެއް ފަރާތަށް އެކަން އަންގާނެއެވެ. އަދި ރެކޯޑުކުރެވޭ ކޯލުތަ...

އަޙްމަދު ދާއޫދު