ރާއްޖެ ލޭގެ ޚިދުމަތްތަކަށް ޚާއްސަ ''ލޭ އެޕް'' އިފްތިތާހުކޮށްފި ލޭ ހަދިޔާކުރުމާއި ލޭގެ ހިދުމަތްތައް ބެލެހެއްޓުމަށް ތައްޔާރުކޮށްފައިވާ އެޕްލިކޭޝަން ކަމަށްވާ “ލޭ އެޕް” މިއަދު އިފްތިތާހްކޮށްފިއެވެ. މި އެޕަކީ، އެޗްއާރުޑީއެންސީ އެލްއެލްޕީ ގެ ފަރާތުން، ސިއްހަތާ ބެހޭ ވުޒާރާ އާއި ގުޅިގެން ފަރުމާކޮށް، ތައާރަފްކޮށްފައިވާ އެޕެކެވެ. ސިއްހަތާ ބެހޭ ވުޒާރާގެ ޖަލްސާކުރާ މާލަމުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި އެޕް އިފްތިތާހްކޮށްދެއްވީ، ސިއްހަތާ ބެހޭ ވަޒީރު، ޑރ.ޢަބްދުﷲ ޚަލީލެވެ. ސިއްހަތާ ބެހޭ ވުޒާރާއިން ބުނިގޮތުގައި، ލޭ އެޕަކީ ރާއްޖޭގެ ޞިއްޙީ ޚިދުމަތުގެ ނިޒާމުގައި ލޭ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކަނބަލުންނަށް ހާއްސަކޮށްގެން ބާއްވާ ތިލަދެކުނު ފުޓްސަލް މުބާރާތް ހިންގައިދޭނެ ފަރާތެއް ހޯދަނީ ހދ.އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން އަތޮޅުގެ ކަނބަލުންނަށް ބާއްވާ ތިލަދެކުނު ފުޓްސަލް މުބާރާތް ރާވާ ހިންގައިދޭނެ ފަރާތެއް ހޯދުމަށް އެ ކައުންސިލުން އިއުލާން ކޮށްފިއެވެ. މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައި ވަނީ މި އަހަރުގެ ސެޕްޓެމްބަރ މަހުއެވެ. މުބާރާތް ހޯސްޓްކުރުމުގެ ފުރުސަތު ހދ.އަތޮޅުގެ ކުލަބް ޖަމިއްޔާތަކަށް ވަނީ ހުޅުވާލާފައެވެ. މި ބީލަމުގައި ރަޖިސްޓަރީވާ ފަރާތްތަކަށް މި މަސައްކަތާއި ގުޅޭ މައުލޫމާތު ސީޓު ފޮނުވުމަށް ހަމަޖެހިފައިވާއިރު، ބީލަށް ހުށަހަޅަން ބޭނުންވާ ފަރާތްތަކުން މި މަހުގެ 17 ވަ... އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ވިޔަފާރި މާޅޮހު ބަނދަރުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް ބ. މާޅޮހުގެ ބަނދަރު މަރާމާތު ކުރުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން، އައު ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތުގެ 54 އިންސައްތަ ވަނީ ނިމިފައެވެ. އަދި އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގައު އެތުރުމުގެ މަސައްކަތުގެ 40 އިންސައްތަ ވަނީ ނިމިފައެވެ. މި މަޝްރޫއުގެ ދަށުން، 7,512 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ […] އަޙްމަދު ވަހީދު · 2 އަހަރު ކުރިން
ވިޔަފާރި ބަނޑޭރި ޕޭއިން އެމްފައިސާ މެދުވެރިކޮށް ސަރުކާރުގެ ހިދުމަތްތަކަށް ފައިސާ ދެއްކޭގޮތް ހަދައިފި އުރީދޫ މޯލްޑިވްސްގެ ޑިޖިޓަލް ވޮލެޓް، އެމް-ފައިސާ، އެކި ހިދުމަތްތަކަށް ފައިސާ ދެއްކުމަށްސަރުކާރުގެ ރަސްމީ ޕޯޓަލް ބަނޑޭރި ޕޭއިން ޕޭމަންޓް އޮޕްޝަނެއްގެ ގޮތުގައިބޭނުންކުރަން ފަށައިފިއެވެ. މިއީ ފައިސާގެ މުއާމަލާތްތައް ޑިޖިޓައިޒްކޮށް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ލުއިފަސޭހަކަން އިތުރުވެ ލިބިގެންދާ ވަރަށްބޮޑު ކުރިއެރުމެއްކަމަށް އުރީދޫން ބުންޏެވެ. އެގޮތުން، ބަނޑޭރި ޕޭއަށް އެމް-ފައިސާ ހިމެނުމާއެކު، ސަރުކާރުގެ ހިދުމަތްތަކަށް ބޭނުންވާފައިސާގެ މުއާމަލާތްތައް ކުރިއަށް ގެންދިއުމުގައި މ... އަޙްމަދު ވަހީދު · 2 އަހަރު ކުރިން
ރާއްޖެ ހުސައިންގެ ގާތިލަށް އޭނާގެ މަންމަ މައާފް ދިނުމުން މަރުގެ އަދަބުން ސަލާމަތްވެއްޖެ މީގެ 11 އަހަރު ކުރިން މާލޭގައި ގޭންގަކުން ގޮސް ހަމަލާދީ މަރާލި ހުސައިން ވަހީދުގެ މަރުގެ މައްސަލާގައި މަރަން ހުކުމް ކޮށްފައިވާ މީހާއަށް ހުސައިންގެ މަންމަ މައާފް ދިނުމުން އޭނާ މަރުގެ އަދަބުން މިއަދު ސަލާމަތްވެއްޖެ އެވެ. ޑިސެމްބަރު، 2013 ގައި މ. އައިޝާ, ހުސައިން ވަހީދަށް ތޫނު އެއްޗެހިން ހަމަލާދީ މަރާލި މައްސަލާގައި ދެ ކުއްޖަކު މެރުމަށް ޖުވެނައިލް ކޯޓުން 2015 ވަނަ އަހަރު ކުރި ހުކުމަށް ހައި ކޯޓުން ތާއީދު ކުރުމުން އެ މައްސަލަ […] ހުސައިން ހަބީބް · 2 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ރޮލިގަންސް ވިމެންސް ވޮލީ މުބާރާތުގެ ފުރަތަމަ މެޗު ހިތްވަރު ޓީމުން ކާމިޔާބުކޮށްފި ށ.ފީވަކުގައި ރަޖިސްޓަރީ ކޮށްގެން ހިންގަމުން އަންނަ ކްލަބެއްކަމަށްވާ ރޮލިގަންސް އިން އިންތިޒާމްކޮށްގެން އެ ރަށު ކަނބަލުންނަށް ބާއްވާ “ރޮލިގަންސް ވިމެންސް ވޮލީބޯލް ޓޯނަމަންޓް 2024” ގެ ފުރަތަމަ މެޗު ހިތްވަރު ޓީމުން ކާމިޔާބުކޮށްފިއެވެ. އިއްޔެ ހަވީރު މި މުބާރާތް ފަށާފައިވާއިރު، ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައި ވަނީ ޓީމް ހިތްވަރާއި ޓީމް ކަމަނައެވެ. މި މެޗު ތިން ސެޓް އެއް ސެޓުން ކާމިޔާބުކުރީ ހިތްވަރު ޓީމުންނެވެ. މެޗުގެ ސެޓްތައް ގޮސްފައި ވަނީ (25/23، 18/25، 25/20، 25/19) […] އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ކުޅިވަރު ކޮޕަ އެމެރިކާ ފައިނަލުގައި އާޖެންޓީނާއާއި ކޮލަމްބިއާ ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި އާޖެންޓީނާއާއި ކޮލަމްބިއާ ވާދަކުރަން ޖެހިއްޖެއެވެ. މިއަދު ފަތިހު ކުޅުނު މުބާރާތުގެ ސެމީ ފައިނަލުގެ ދެވަނަ މެޗުގައި ވާދަކުރީ ކޮލަމްބިއާ އާއި އުރުގުއޭ އެވެ. މެޗު 1-0 ގެ ނަތީޖާއިން ކާމިޔާބުކޮށް މުބާރާތުގެ ފައިނަލުން ޖާގަ ހޯދީ ކޮލަމްބިއާއެވެ. ރޭ މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު 39 ވަނަ މިނެޓުގައި ކޮލަމްބިއާއަށް ޖަހައިދިނީ ލެމާއެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ އުރުގުއޭ އޭރިއާތެރެއިން ހަމޭސް ރޮޑްރިގޭޒް ބޮލުން ހުރަސްކުރި ބޯޅައެއްގައެވެ. މިއީ […] އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ރާއްޖެ މަތީ ތަޢުލީމާއި ބެހޭ ވުޒާރާގެ ނަމުގައި އޮޅުވާލައިގެން ފައިސާ ހޯދާތީ ސަމާލުވުމަށް އެދިއްޖެ މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާގެ ނަމުގައި ހީލަތުން އޮޅުވާލައިގެން ފައިސާ ހޯދާތީ އެކަމަށް ސަމާލުވުމަށް އެ ވުޒާރާއިން އެދިއްޖެއެވެ. މަތީ ތަޢުލީމާއި ބެހޭ ވުޒާރާއިން ބުނީ ސަރުކާރުން ދޭ ސްކޮލޮޝިޕަށް ނުވަތަ ލޯނު ހޯދުމަށް އެދިފައިވާ ނުވަތަ ލޯނު ދިނުމަށް ހޮވިފައިވާ ދަރިވަރުންނާ ގުޅައިގެން މަކަރާއި ހީލަތުން ފައިސާ ހޯދަން އެދެމުން ދާކަން އެ ވުޒާރާގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. މިގޮތަށް މަކަރާއި ހީލަތްހަދާ މީހުން، ގުޅަމުން ދަނީ މަތީ ތަޢުލީމާއި މަސައްކަތްތ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ ''އިސްލާމްދީނަކީ ބަދަލުކުރަން ޖާގަ ނުދެވޭނެ އަސްލެއް، ހައްގުތައް ލިބިދެވޭނީ ދީނުގެ އަސްލުތަކާ އެއްގޮތަށް'' އިސްލާމްދީނަކީ ރާއްޖޭގައި ބަދަލުކުރަން ޖާގަ ނުދެވޭނެ އަސްލެއް ކަމަށާއި، އިންޓަނޭޝަނަލް ކޮވެނަންޓް އޮން ސިވިލް އެންޑް ޕޮލިޓިކަލް ރައިޓްސް (އައިސީސީޕީއާރު)ގެ ހައްގުތައް ލިބިދެވޭނީ އިސްލާމް ދީނުގެ އަސްލުތަކާ އެއްގޮތަށްކަމަށް އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ. އޭޖީ އުޝާމް މިހެން ވިދާޅުވީ، އެކުވެރި ދައުލަތްތައް (އދ)ގެ މަދަނީ އަދި ސިޔާސީ ޙައްޤުތަކާބެހޭ ބައިނަލްއަޤްވާމީ މުޢާހަދާ ނުވަތަ އައިސީސީޕީއާރުގެ ދެ ވަނަ ޕީރިއޯޑިކް ރިޕޯޓު ހުށަހަޅުއްވަމުންނެވެ. މި ރިޕޯޓު 2022 ވަނަ އަހަރުގެ މާރިޗު މ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ށ.އަތޮޅު ޑަބްލިއުޑީސީތަކުން ހިންގާ އިޖްތިމާއީ ހަރަކާތްތަކަށް އަތޮޅު ކައުންސިލުން މާލީ އެހީދެނީ ށ.އަތޮޅުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުން ރާވާ ހިންގާ އިޖުތިމާއީ ތަރައްގީގެ ޕްރޮގްރާމްތަކަށް މާލީ އެހީތެރިކަމަށް އެދި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އެ އަތޮޅު ކައުންސިލުން ހުޅުވާލައިފިއެވެ. މި ޕްރޮގްރާމްގެ ތެރެއިން އަތޮޅު ކައުންސިލުން އެހީތެރިކަން ދިނުމަށް ނިންމާފައި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ ލަނޑުދަނޑިތަކާއި ގުޅޭ އަދި މުޖުތަމައު ބާރުވެރިކުރުމަށާއި، އިޖުތިމާއީ ތަރައްގީއާއި އިޖުތީމާއީ ރޫހް އާލާކޮށް ދިރުވުމަށް ހިންގޭ ޕްރޮގްރާމްތަކަށެވެ. މި ޕްރޮގ... އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ބައިނަލްއަގުވާމީ ސެމްސަންގް ގެލެކްސީ ބަޑްސް 3 ސީރީޒް އައު ޑިޒައިނަކާއެކު ތަޢާރަފުކޮށްފި ސެމްސަންގް ގެލެކްސީ ބަޑްސް 3 ސީރީޒް އައު ޑިޒައިނަކާއެކު ތަޢާރަފުކޮށްފިއެވެ. ޕެރިސްގައި ބޭއްވުނު ގެލެކްސީ އަންޕެކްޑް އިވެންޓުގައި ސެމްސަންގުން ގެލެކްސީ ބަޑްސް 3 އަދި ގެލެކްސީ ބަޑްސް 3 ޕްރޯ ތަޢާރަފުކޮށްފައިވާއިރު، މި އައު ސީރީޒްގެ ޑިޒައިން ވަނީ ކުރީގެ މޮޑެލްތަކާ ތަފާތުކޮށް، އެޕަލްގެ އެއަރޕޮޑްސް އާ އެއްގޮތަށް ސްޓެމް އަކާއެކު ބަދަލުކޮށްފައެވެ. ދެ މޮޑެލްގައިވެސް އެކްޓިވް ނޮއިޒް ކެންސަލޭޝަން (އޭއެންސީ) ހިމެނޭއިރު، އައިޕީ57 ޑަސްޓް އަދި ވޯޓަރ ރެޒިސްޓަންސް ރޭޓިންގ ލިބިފައިވެއެވެ. ގެލެކްސީ ބަޑްސް 3 […] އަޙްމަދު ދާއޫދު · 2 އަހަރު ކުރިން
ބައިނަލްއަގުވާމީ އަފްޣާން ރެފިއުޖީން ޕާކިސްތާނުގައި ތިބުމުގެ މުއްދަތު އިތުރުކޮށްދީފި އަފްޣާން ރެފިއުޖީން ޕާކިސްތާނުގައި ތިބުމުގެ މުއްދަތު އިތުރު އެއްއަހަރަށް ދިގުކޮށްދީފިއެވެ. ޕާކިސްތާނުގައި ދިރިއުޅެމުންދާ ގާތްގަނޑަކަށް 1.5 މިލިއަން އަފްޣާން ރެފިއުޖީންގެ ރަޖިސްޓްރޭޝަން ކާޑުގެ މުއްދަތު އަންނަ އަހަރުގެ ޖޫން 30 އާ ހަމައަށް އިތުރުކޮށްދީފައިވާ ކަމަށް ޕާކިސްތާނު ސަރުކާރުން ވަނީ އިއުލާނުކޮށްފައެވެ. މި ނިންމުމަކީ ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފާއި އދ. ގެ ރެފިއުޖީ އޭޖެންސީ (ޔޫއެންއެޗްސީއާރު) ގެ އިސްވެރިޔާ ފިލިޕޯ ގްރާންޑީއާ ދެމެދު ކުރެވުނު މަޝްވަރާތަކަކަށްފަހު ނިންމި ނިންމުމެކެވެ.... އަޙްމަދު ދާއޫދު · 2 އަހަރު ކުރިން
ބައިނަލްއަގުވާމީ ޣައްޒާ ސިޓީގައި އިންސާނީ ހާލަތު ނުރައްކާތެރި ހިސާބަށް ގޮސްފި ޣައްޒާގައި މަރުވެފައިވާ މީހުންގެ ހަށިގަނޑުތައް މަގުމަތީގައި ގިނަވެ ޣައްޒާގެ އިންސާނީ ޙާލަތު އޮތީ ވަރަށް ނުރައްކާތެރި ފައްތަރެއްގައި ކަމަށް އޮފިޝަލުން ވިދާޅުވެއްޖެއެވެ. ޣައްޒާގެ މަދަނީ ދިފާއީ ޚިދުމަތުގެ ތަރުޖަމާނު މަޙްމޫދު ބައްސާލް ވިދާޅުވެފައިވަނީ ޣައްޒާ ސިޓީގެ ތަލް އަލް-ހަވާ ސަރަޙައްދަށް އިސްރާއީލީ ސިފައިން ވަދެ، މަދުވެގެން 30 ފަލަސްތީނުން މަރާލާފައިވާ ކަމަށެވެ. އަދި މަރުވެފައިވާ މީހުންގެ ހަށިގަނޑުތައް މަގުމަތިން ފެންނަމުންދާ ކަމަށް އޭނާ ބުނެފައިވެއެވެ. އދ. ގެ ތަރުޖަމާނު ސްޓެފާން ދުޖާރިކް ވިދާޅ... އަޙްމަދު ދާއޫދު · 2 އަހަރު ކުރިން
ކުޅިވަރު އިންގްލެންޑް އަނެއްކާވެސް ފައިނަލަށް ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލުން ޖެހިޖެހިގެން ދެވަނަ ފަހަރަށް އިންގްލެންޑުން ޖާގަ ހޯދައިފިއެވެ. ސެމީ ފައިނަލްގެ ދެވަނަ މެޗުގައި ރޭ އިންގްލެންޑުން ނެދަލެންޑްސްގެ މައްޗަށް ކުރި ހޯދާފައި ވަނީ 2-1 ގެ ނަތީޖާއިންނެވެ. އިންގްލެންޑަކީ އެންމެ ފަހުން ކުޅުނު ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ވެސް ފައިނަލުގައި ކުޅުނު ޓީމެކެވެ. ފައިނަލުން އިންގްލެންޑް ބަލިވީ އިޓަލީ އަތުން ޕެނަލްޓީ ޖަހައިގެންނެވެ. އަންނަ އާދީއްތަ ދުވަހުގެ ރޭ ދަންވަރު 0000 ޖަހާއިރު ފަށާ މި މުބާރާތުގެ ފައިނަލުގައި ބައްދަލުކުރާނީ އިންގްލެންޑާއި […] އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ރާއްޖެ މާހިލް އާއި ގުޅުވައިގެން ފަތުރަނީ ދޮގެއް! އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދުގެ ދަރިފުޅު ޢަބްދުﷲ މާހިލް ޝަހީމަށް މެލޭޝިއާގައި ހުންނަ ދިވެހި އެމްބަސީން ވަޒީފާއެއް ހަމަޖައްސާފައިވާކަމަށް ބުނެ ފަތުރަނީ ދޮގެއްކަމަށް މައުލޫމާތު ލިބިއްޖެއެވެ. މާހިލް އާއި ގުޅުވައި މީސް މީޑިއާގައި ފަތުރަމުންދާ ގޮތުގައި މާހިލް އަށް ދީފައިވަނީ ލައްކައަކަށްވުރެ ގިނަ ރުފިޔާގެ އިނާޔަތާއެކު މެލޭޝިއާގައި ހުންނަ ދިވެހި އެމްބަސީގެ ތާރޑް ސެކެޓްރީގެ މަގާމު ކަމަށެވެ. އެ މައުލޫމާތު އެނގޭ ސަރުކާރުގެ އޮފިޝަލަކު ވިދާޅުވީ، ވަޒީރު ޝަހީމްގެ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން