ވިޔަފާރި ސްޕެއާ ގަތުން އަދި އޮތީ ޓެންޑަރިން މަރުހަލާގައި، ފަތުރަނީ ދޮގެއް: ފެނަކަ ފެނަކަ ކޯޕަރޭޝަނަށް ފޭކް ސްޕެއާތަކެއް ބޮޑު އަގުގައި ގަނެފައިވާކަމަށް ރަޖިސްޓަރ އޮންލައިން ނޫހަކުން ޝާއިއުކޮށްފައި ވަނީ ނުހިނގާކަމެއް ހިނގިކަމަށް ދައްކައި، ހަގީގަތެއްނެތް ދޮގު ޚަބަރެއްކަމަށް އެ ކުންފުނިން ބުނެފިއެވެ. އެ ޚަބަރު ދޮގުކޮށް ފެނަކައިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެ ކުންފުންޏަށް ބޭނުންވާ ސްޕެއާ ގަތުމުގެ މަސައްކަތް އަދި އޮތީ ޓެންޑަރިން މަރުހަލާގައި ކަމަށެވެ. އެހެންކަމުން އެ ކުންފުންޏަށް ފޭކް ސްޕެއާތަކެއް ބޮޑު އަގުގައި ގަނެފައިވާކަމަށް ބުނެފަތުރާފައިވާ ޚަބަރަކީ އަސްލެތްނެތް ސާފު ދ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ އަލިފާން ރޯވި ދޯނި އަޑިއަށް ހިނގައްޖެ މިއަދު އަލިފާން ރޯވި ދޯނި އަޑިއަށް ގޮސްފައިވާކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން ބުނިގޮތުގައި މި ދޯނި އަޑިއަށް ދިޔައީ އަލިފާން ނިވުމުގެ މަސައްކަތް ކުރަމުން ދަނިކޮށް މިއަދު 14:45 ހާއިރު ކަމަށެވެ. މި ދޯނީގައި ތިބި ފަސް މީހުންގެ ހާލު ވެސް ރަނގަޅުކަމަށް ފުލުހުން ބުންޏެވެ. މި ހާދިސާއާއި ގުޅިގެން އެމްއެެންޑީއެފުން ބުނީ، އަލިފާން ރޯވީ، ކަނޑިންމަ ރިސޯޓަށް ފެން ހިފައިގެން ދަތުރުކުރަމުންދިޔަ “ހަމްދު” ނަމަކަށް ކިޔާ މުދާ އުފުލާ ދޯޏެއްގައި ކަމަށެވެ. މި ދޯނީގައި އަލިފާން […] ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ ވިހާފައި ކުއްޖަކު އެއްލާލި މައްސަލަ: ޖަލުގައި އެހީވާނެ މީހަކު ނެތް ކަމަށް ބުނެ ޝަކުވާ އދ. ދިގުރަށުގައި ވިހާފައި ކުނިގޮނޑަށް އެއްލާލި ތުއްތު ކުއްޖާގެ މަރުގެ މައްސަލާގައި ދައުވާލިބޭ މީހާ, އޭނާއަށް ޖަލުގައި އެހީތެރިވާނެ މީހަކު ނެތް ކަމަށް ބުނެ އަދި ޝަރީއަތް ލަސްވާތީ ކްރިމިނަލް ކޯޓުގައި ކަންބޮޑުވުން ފާޅުކޮށްފި އެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު ދިގުރަށުގައި ވިހެއުމަށް ފަހު، ކޮތަޅަކަށްލާފައި އެ ރަށު ކުނިގޮނޑަށް އެއްލާލާފައި އޮއްވާ ފެނުނު ކުއްޖާގެ މައްސަލާގައި ދައުލަތުން ދައުވާކުރަނީ ސްރީ ލަންކާގެ މީހެއް ކަމަށްވާ ހިރަންޏާ ކުމުދުމާލި ޑި އަލްވިސްގެ މައްޗަށެވެ. އެ މައްސަލާގައި އޭނާ […] ހުސައިން ހަބީބް · 2 އަހަރު ކުރިން
ރާއްޖެ އެންމެ ފުރިހަމައަށް ޤައުމު ތަމްސީލްކޮށްދެއްވީ މިފަހަރު ރައީސް މުޢިއްޒު: ޤާސިމް އެކުވެރި ދައުލަތްތައް (އދ) މެންބަރެއްގެ ގޮތުގައި ރާއްޖެ ހޭދަކުރި 59 އަހަރުގެ ތެރޭގައި އެންމެ ސާބިތުކަމާއެކު، އެންމެ ފުރިހަމައަށް ޤައުމު ތަމްސީލްކޮށްދެއްވީ މިހާރުގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު، މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މުޢިއްޒު އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަން ޔޫއެންޖީއޭ 79 ގައި ބައިވެރިވެވަޑައިގަތުމަށް އެމެރިކާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ރާއްޖެ ވަޑައިގެންނެވެމުން ޤާސިމް ވަނީ ރައީ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ ޑިންގީއެއްގައި ރޯވެ އަލިފާނުގެ ހާދިސާއެއް ކ. ތިލަފުށީގައި އެހެލާފައި އޮތް ޑިންގީއެއްގައި ރޭ ރޯވި އަލިފާން، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑްގެ ތިލަފުށި ފަޔަރ ސްޓޭޝަނުން ވަނީ ނިއްވާލައިފައެވެ. އެމްއެންޑީއެފްއިން މަޢުލޫމާތު ދިންގޮތުގައި، ދިގުމިނުގައި 25 ފޫޓު ހުންނަ މި ޑިންގީގައި އަލިފާން ރޯވެފައިވާކަމުގެ ރިޕޯޓު ލިބުނީ ރޭ 00:24 ހާއިރުއެވެ. މިރިޕޯޓު ލިބުމާއެކު ތިލަފުށި ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން ވަނީ ވަގުތުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައެވެ. ފަޔަރ ފައިޓަރުންގެ މަސައްކަތުން، ޑިންގީއަށް އެއްވެސް ގެއްލުމ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ ސަމާލުވޭ! ސައްހަ ނޫން ބެންކު ޓްރާންސްފާ ސްލިޕް ބޭނުންކޮށްގެން ވިޔަފާރިކުން އިތުރުވެއްޖެ ސައްހަ ނޫން ބެންކު ޓްރާންސްފާ ސްލިޕް ބޭނުންކޮށްގެން ވިޔަފާރިކުރާ މައްސަލަ އިތުރުވެ ސަމާލުވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު އިލްތިމާސްކޮށްފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ހާމަކުރި ގޮތުގައި، ސައްހަ ނޫން ބެންކު ޓްރާންސްފާ ސްލިޕް ބޭނުންކޮށްގެން ވިޔަފާރިކުރާ މައްސަލަތައް އިތުރުވަމުންދާކަން ވަނީ ފާހަގަކުރެވިފައިވެއެވެ. ފުލުހުން ބުނިގޮތުގައި އެ މުއައްސަސާގެ ތަހުގީގުތަކުން ދައްކާގޮތުގައި، މިފަދަ ސައްހަ ނޫން ޓްރާންސްފާ ސްލިޕްތައް އުފައްދަނީ ވަކި ޚާއްޞަ އެޕްލިކޭޝަނެއް ބޭނުންކޮށްގެންނެވ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ ހަތަރު ހާހަށްވުރެ ގިނަ ދަރިވަރުންނާއިއެކު އޭލެވެލް އިމްތިހާނު ފަށައިފި އެޗްއެސްސީ، އެޑެކްސެލް އަދި ކޭމްބްރިޖް އޭލެވެލް އިމްތިހާނުތައް މިއަދު ފަށައިފިއެވެ. މި އިމްތިހާނުތަކުގައި ޖުމްލަ 4293 ދަރިވަރުން ބައިވެރިވެއެވެ. އެޑެކްސެލް އޭލެވެލް އިމްތިހާނުގައި 3842 ދަރިވަރުން ބައިވެރިވެފައިވާއިރު، ކޭމްބްރިޖް އޭލެވެލް އިމްތިހާނުގައި ބައިވެރިވެފައި ވަނީ 443 ދަރިވަރުންނެވެ. އަދި އެޗްއެސްސީ އިމްތިހާނުގައި 1663 ދަރިވަރުން ވަނީ ބައިވެރިވެފައެވެ. މި އިމްތިހާނުތައް ޖުމްލަ 48 ސެންޓަރެއްގައި ކުރިއަށްދާއިރު، އޭލެވެލް އިމްތިހާނު ނޮވެމްބަރ މަހު 14 ވަނަ ދުވަހާއި ހިސާބަށް ކުރިއަށްދާނެއެވެ.... އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ރާއްޖެ ''ކޮފްސީ ސިރަޕް'' ރާއްޖޭގައި ވިއްކުމާއި ބޭނުންކުރުމުގެ ހުއްދަ އަލުން ދީފި ކެއްސުމަށް ފަރުވާއެއްގެ ގޮތުގައި ދޭ ދިޔާ ބޭހެއް ކަމަށްވާ ”ކޮފްސީ ސިރަޕް”ގެ ރަށްކާތެރިކަން ކަށަވަރުކުރެވެންދެން ރާއްޖޭގައި ވަގުތީގޮތުން ބޭނުންކުރުން މަނާކުރުމަށްފަހު، އަލުން އެ ބޭސް އެތެރެކޮށް ވިއްކުމުގެ ހުއްދަ މޯލްޑިވްސް ފުޑް އެންޑް ޑްރަގު އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު ދީފިއެވެ. އެމްއެފްޑީއޭ އިން މި ބޭސް ރާއްޖެ އެތެރެކުރުމާއި ވިއްކުމާއި ބޭނުންކުރީ ރާއްޖެ އެތެރެކޮށް ބޭނުންކުރަމުންގެންދިޔަ ”ކޮފްސީ ސިރަޕް 100 އެމްއެލް”ގެ އޭރު ހުރި ބެޗްގައި ކުނޑިކޮޅުތަކެއް ހުންނަކަން ފާހަގަކުރެވިގެން ބޭހުގެ ރަ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ އދ.ގެ ދަތުރުފުޅަށްފަހު ރައީސް ރާއްޖެ ވަޑައިގެންފި ރައީސް ރައީސް ޑރ. މުޙައްމަދު މުޢިއްޒު، އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަން (ޔޫއެންޖީއޭ 79 ގައި ބައިވެރިވެވަޑައިގަތުމަށް އެމެރިކާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ރާއްޖެ ވަޑައިގެންފިއެވެ. މި ދަތުރުފުޅު ނިންމާލެވުމަށްފަހު ރައީސް އެމެރިކާގެ ނިއުޔޯކުން ފުރައިވަޑައިގަތީ އިއްޔެއެވެ. ރައީސް މިއަދު ރާއްޖެ ވަޑައިގަތުމުން ވެލާނާ އެއާޕޯޓުން މަރުޙަބާ ދެންނެވީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް އާއި މަޖިލީހުގެ ރައީސް އަބުދުއްރަޙީމް ޢަބުދުﷲ އާއި ސަރުކާރުގެ އިސްވެރިންނެވެ. ރައީސް... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ މުދާ އުފުލާ ދޯންޏެއްގައި ރޯވެއްޖެ މުދާ އުފުލާ ދޯންޏެއްގައި ރޯވެގެން ހަރަކާތްތެރިވަމުން އަންނަކަމަށް މެރިން ޕޮލިހުން ބުނެފިއެވެ. މެރިން ޕޮލިހުން ބުނީ، މި ހާދިސާ ހިނގާފައި ވަނީ މިއަދު ހެނދުނު 7:15 ހާއިރު ކަމަށެވެ. މި ދޯނީގައި އަލިފާން ރޯވި އިރު އޮތީ ދ.ކުޑަހުވަދޫ އާއި ނިޔާމަ ރިސޯޓާ ދެމެދުއެވެ. Dh. Kudahuvadhoo kairin dhathuru kuramun dhiya masboateh gai alifaanuge haadhisaa eh hin’gaifi. pic.twitter.com/ipcFdezJGO — Accidents in Maldives (@AccidentsMV) September 29, 2024 މި ހާދިސާ […] ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ކުޅިވަރު އޮސަސޫނާގެ އަތްދަށުވެ، ބާސާގެ މޮޅުވުމުގެ ރެކޯޑް ނިމުމަކަށް އޮސަސޫނާ އަތުން ބަލިވެ ލީގުގައި ބާސެލޯނާއިން ދަމަހައްޓަމުން އައި މޮޅުވުމުގެ ރެކޯޑް ނިމުމަކަށް އަތުވެއްޖެއެވެ. ސްޕެނިޝް ލަލީގާގައި ރޭ އޮސަސޫނާގެ ދަނޑުގައި ކުޅުނު މި މެޗުގައި އެ ޓީމުން ބާސާގެ މައްޗަށް ކުރި ހޯދީ 4-2 ގެ ނަތީޖާއިންނެވެ. މިއީ މި ސީޒަންގެ ލީގުގައި ބާސާއަތުން ޕޮއިންޓް ގެއްލުނު ފުރަތަމަ މެޗެވެ. އޮސަސޫނާއިން ވަރުގަދަކޮށް މެޗު ފެށިއިރު އެ ޓީމުން ފުރަތަމަ ހާފު ނިންމާލީ ދެ ލަނޑުގެ ލީޑަކާއިއެކުއެވެ. އެ ޓީމްގެ ފުރަތަމަ ލަނޑު 18 ވަނަ […] އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ބައިނަލްއަގުވާމީ ވެރިކަން ލިބިއްޖެނަމަ ގޫގުލްއާ ދެކޮޅަށް ދައުވާކުރާނަން: ޓްރަމްޕް އަލުން ރައީސްކަމަށް ހޮވިއްޖެނަމަ ގޫގްލްއާ ދެކޮޅަށް ދަޢުވާ އުފުލާނެ ކަމަށް އެމެރިކާގެ ކުރީގެ ރައީސް އަދި މިހާރުގެ ރިޕަބްލިކަން ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. ޓްރަމްޕް ވިދާޅުވީ ގޫގްލްއިން ދައްކަނީ ހަމައެކަނި އޭނާއާ ބެހޭ ގޮތުން ނުބައި ވާހަކަތައް ކަމަށެވެ. ޓްރަމްޕް މި ވާހަކަ ދައްކަވާފައިވަނީ އޭނާގެ އަމިއްލަ ސޯޝަލް މީޑިއާ ޕްލެޓްފޯމް ޓްރޫތް ކުރެއްވި ޕޯސްޓެއްގައެވެ. ނަމަވެސް މި ދަޢުވާއަށް އެއްވެސް ހެއްކެއް ހުށަހަޅުއްވާފައެއް ނުވެއެވެ. “ގޫގްލްއިން ޣައިރު ޤާނޫނީ ގޮތެއްގައި ބ... އަޙްމަދު ދާއޫދު · 2 އަހަރު ކުރިން
ބައިނަލްއަގުވާމީ ދެކުނު އެފްރިކާގެ އަވަށެއްގައި ބަޑީގެ ހަމަލާތަކެއްދީ 17 މީހުން މަރާލައިފި ދެކުނު އެފްރިކާގެ އިރުމަތީ ސަރަޙައްދުގައި ހިމެނޭ ލުސިކިސިކީ ރަށުގައި ބަޑީގެ ހަމަލާތަކެއްދީ 17 މީހުން މަރާލައިފިއެވެ. މަރުވި މީހުންގެ ތެރޭގައި 15 އަންހެނުން ހިމެނޭކަމަށް ޕޮލިސް ސަރވިސްއިން ބުނެފައިވެއެވެ. ހޮނިހިރު ދުވަހު ދެކުނު އެފްރިކާ ޕޮލިސް ސަރވިސްގެ ތަޙުޤީޤީ ޓީމުން ދެއްކި ވީޑިއޯއަކުން ފެންނަގޮތުގައި މި ހާދިސާ ހިނގާފައިވަނީ އެއް ހިސާބެއްގައި ހުރި ދެ ގޭގައެވެ. އޭގެ ތެރެއިން އެއް ގޭގައި 12 އަންހެނުންނާއި ފިރިހެނަކު މަރުވެފައިވާއިރު، އަނެއް ގޭގައި ތިން އަންހެނުންނާއި އެއް ފިރިހެނަކު މަރުވެފައިވެއ... އަޙްމަދު ދާއޫދު · 2 އަހަރު ކުރިން
ބައިނަލްއަގުވާމީ އީރާނުގެ އެންމެ މަތީ ލީޑަރު އާޔަތުﷲ ޚާމެނީ ރައްކާތެރި ތަނަކަށް ގެންގޮސްފި އީރާނުގެ އެންމެ މަތީ ވެރިޔާ ކަމުގައިވާ އާޔަތުﷲ އަލީ ޚާމެނީ ވަނީ އެ ޤައުމުގެ ރައްކާތެރި ތަނަކަށް ގެންގޮސްފައިކަމަށް ރޮއިޓަރސް އިން ރިޕޯޓްކޮށްފިއެވެ. މިއީ އިސްރާއީލުން ލުބުނާނުގެ ބޭރޫތަށް ދިން ހަމަލާއެއްގައި އީރާނުގެ އެހީތެރިކަން ލިބޭ ހިޒްބުﷲގެ ލީޑަރު ހަސަން ނަސްރުﷲ އަވަހާރަކޮށްލުމާ ގުޅިގެން އީރާނުން ކުރި ކަމެއްކަމަށް ރިޕޯޓްތައް ބުނެއެވެ. އީރާނުގެ އެންމެ އިސް ނިންމުންތައް ނިންމާ ފަރާތްތައް ރައްކާތެރިކުރުމަށް މިފަދަ ފިޔަވަޅެއް އެޅުމަކީ ހިޒްބުﷲއަށް އިސްރާއީލުން ދޭ ނުރައްކާތެރި ހަމަލާތަކާ ގުޅިގެން އީ... އަޙްމަދު ދާއޫދު · 2 އަހަރު ކުރިން
ބައިނަލްއަގުވާމީ ހިޒްބުﷲގެ ވެރިޔާ ނަސްރުﷲ ޝަހީދުކޮށްލައިފި ފަލަސްތީނުގެ ހައްގުގައި މަސައްކަތް ކުރަމުން އަންނަ ލުބްނާނުގެ ޖަމާއަތެއްކަމަށްވާ ހިޒްބުﷲގެ ވެރިޔާ ހަސަން ނަސްރުﷲ ޝަހީދުވެފައިވާކަން އެ ޖަމާއަތުން ކަށަވަރުކޮށްދީފިއެވެ. ހަސަން ނަސްރުﷲ ޝަހީދުކޮށްލިކަން ހައްދުފަހަނާއަޅާފައިވާ އިސްރާއީލުން ކުރިން ވަނީ ބުނެފައެވެ. ހިޒްބުﷲ އިން ވަނީ އެ ޖަމާޢަތުގެ ލީޑަރު ހަސަން ނަސްރުﷲ ޝަހީދުވެއްޖެކަން ކަށަވަރުކޮށްދީފައެވެ. މިކަން ހިނގީ ހުކުރު ދުވަހުގެ ހަވީރު ބެއިރޫތުގެ މީހުން ދިރިއުޅޭ ސަރަހައްދެއްގައި އިސްރާއީލުން ދިން ބޮޑު ވައިގެ ހަމަލާއެއްގައެވެ. މި ހަމަލާގައި ގިނަ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން