މައި ޚަބަރަށް ދިޔުމަށް

ތިލަދުންގެ އަރުޝީފުން ހޯދުން

ފަހުގެ ހޯދުންތައް:
އިޒްރޭލްގެ ހަމަލާތަކުގައި ޣައްޒާއިން ޝަހީދުވި މީހުންގެ 41600 އަށްވުރެ މައްޗަށް

އިޒްރޭލްގެ ހަމަލާތަކުގައި ޣައްޒާއިން ޝަހީދުވި މީހުންގެ 41600 އަށްވުރެ މައްޗަށް

އިޒްރޭލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި ފަލަސްތީނުގެ އިތުރު 23 މީހުން ޝަހީދުވެފައިވާއިރު، މިދިޔަ އަހަރުގެ އޮކްޓޯބަރު 7 އިން ފެށިގެން މިހާތަނަށް ޝަހީދުވި މީހުންގެ އަދަދު 41,638 އަށް އަރާފައި ކަމަށް ޣައްޒާގެ ޞިއްޙަތާބެހޭ މިނިސްޓްރީން މަޢުލޫމާތު ދީފިއެވެ.  ޞިއްޙަތާބެހޭ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި މިހާތަނަށް 96,460 މީހުން ވަނީ ޒަޚަމްވެފައެވެ. އަދި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ދީފައިވާ ހަމަލާތަކުގައި 23 މީހުން ޝަހީދުވެ، 101 މީހުން ޒަޚަމްވެފައިވާ ކަމަށް ބުނެފައިވެއެވެ...

އަޙްމަދު ދާއޫދު
އީރާނުން އިސްރާއީލާ ދެކޮޅަށް ހަމަލާދީފި

އީރާނުން އިސްރާއީލާ ދެކޮޅަށް ހަމަލާދީފި

އީރާނުން އިސްރާއީލާ ދެކޮޅަށް ތެދުވެ އިސްރާއީލަށް މިސައިލް ހަމަލާދީފިއެވެ. އަލްޖަޒީރާއިން ބުނީ، އީރާނުގެ އިސްލާމިކް ރެވޮލިއުޝަނަރީ ގާޑް ކޯޕްސްއިން، އިސްރާއީލަށް އެތައް މިސައިލްތަކެއް ދޫކޮށްލާފައިވާ ކަމަށް ވަނީ ބުނެފައެވެ. އިސްރާއީލްގައި ހުރި އެ ނޫހުގެ ރިޕޯޓަރާއި ހަވާލާދީ އަލްޖަޒީރާ އިން ބުނީ އިރާނުން ދޫކޮށްލި މިސައިލްތަކުގެ އަޑު އޭނާ ހުރި ހިސާބާއި ކައިރި ސަރަޙައްދުން އިވުނު ކަމަށެވެ. މި ހަމާލާތަކާއި ގުޅިގެން އިސްރާއީލުގެ ސިފައިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދާދި ދެންމެއަކު އިރާނުން އެ ގައުމަ...

ޔުމްނާ ޢަލީ
ކުރީގެ ޑިފެންސް ޗީފް ޝިޔާމްގެ މައްޗަށް ކުރި ކޮރަޕްޝަންގެ ދައުވާ ސާބިތެއްނުވި

ކުރީގެ ޑިފެންސް ޗީފް ޝިޔާމްގެ މައްޗަށް ކުރި ކޮރަޕްޝަންގެ ދައުވާ ސާބިތެއްނުވި

ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް އަހުމަދު ޝިޔާމްގެ މައްޗަށް ދައުލަތުން ކުރި ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމު އަދާކުރެއްވި ޝިޔާމްގެ މައްޗަށް ދައުލަތުން ދައުވާކުރީ ސިފައިންގެ ވީއައިޕީ އިމާރާތެއްގައި ޝިޔާމްގެ ބައްޕަ ބަހައްޓައި އަދި ބައްޕަގެ ކަންކަން ބަލަހައްޓަން ސިފައިންގެ އޮފިސަރަކު ބެހެއްޓި ކަމަށް ބުނެ އެވެ. އެ މައްސަލާގައި ޝިޔާމްގެ މައްޗަށް ކުރީ ރަސްމީ […]

ހުސައިން ހަބީބް
ޓޫރިޒަމުން ވަންނަ ބޭރު ފައިސާ ރާއްޖޭގެ ބޭންކުތަކަށް ޖަމާކުރަން ލާޒިމް

ޓޫރިޒަމުން ވަންނަ ބޭރު ފައިސާ ރާއްޖޭގެ ބޭންކުތަކަށް ޖަމާކުރަން ލާޒިމް

ޓޫރިޒަމް ދާއިރާ އިން ރާއްޖެ އަށް ވަންނަ ހުރިހާ ބޭރު ފައިސާއެއް ރާއްޖޭގެ ބޭންކުތަކަށް ޖަމާކުރަން ލާޒިމްކޮށް، ”ބޭރު ފައިސާ އާއި ބެހޭ ޤަވާޢިދު” މިއަދު ގެޒެޓް ކޮށްފިއެވެ. މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ގެޒެޓް ޓޫރިޒަމް ދާއިރާގެ މުދާ ވިއްކާ ފަރާތްތަކާއި ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން، ވިއްކާ ނުވަތަ ފޯރުކޮށްދޭ ޓޫރިޒަމް ދާއިރާގެ މުދަލާއި ޚިދުމަތަށް ލިބޭ ބޭރުފައިސާ އެ މަހަށްފަހު ހިނގާ ތިންވަނަ މަހުގެ 28 ވަނަ ދުވަހުގެ […]

ޔުމްނާ ޢަލީ
އިންޓަރނޭޝަނަލް ޓީޗަރސް ކޮންފަރެންސް ފަށައިފި

އިންޓަރނޭޝަނަލް ޓީޗަރސް ކޮންފަރެންސް ފަށައިފި

ހަތް ވަނަ އިނަ އިންޓަރނޭޝަނަލް ޓީޗަރސް ކޮންފަރެންސް މިއަދު ފަށައިފިއެވެ. މުދައްރިސުންނާއި ތަޢުލީމީ ދާއިރާގައި މަސައްކަތްކުރައްވާ ފަންނީ މުވައްޒަފުންނަށް އަމާޒުކޮށްގެން ބާއްވާ މި ކޮންފަރެންސް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދެވެ. “އެޑިއުކޭޓް، އެމްޕަވަރ، އެލެވޭޓް؛ އިކުއިޓަބަލް އެޑިއުކޭޝަން ފޮރ ޓުވެންޓީ ފަސްޓް ސެންޗަރީ އެޑިއުކޭޝަން އެކްސަލަންސް” މި ޝިޢާރުގެ ދަށުން ކުރިއަށްދާ މި ކޮންފަރެންސްގައި މުޅި ރާއްޖޭގެ އެކި ސަރަޙައްދުތަކުން އުނގަންނައިދޭ ފަރާތްތަކާ...

ޔުމްނާ ޢަލީ
ޕާޓީތަކަށް ދައުލަތުން ފައިސާ ދިނުމާއި ދެކޮޅަށް މަޖިލީހަށް މައްސަލައެއް ހުށަހަޅަން އެމްއެންޕީގެ ކައުންސިލުން ލަފާދީފި

ޕާޓީތަކަށް ދައުލަތުން ފައިސާ ދިނުމާއި ދެކޮޅަށް މަޖިލީހަށް މައްސަލައެއް ހުށަހަޅަން އެމްއެންޕީގެ ކައުންސިލުން ލަފާދީފި

ސިިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ދިނުމާއި ދެކޮޅަށް މަޖިލީހަށް މައްސަލައެއް ހުށަހެޅުމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ކައުންސިލުން ލަފާދީފިއެވެ. އެމްއެންޕީގެ ސްޕޯކްޕާޝަން އަސްރާ އަހްމަދު ”ތިލަދުން” އަށް ވިދާޅުވީ، އެ ޕާޓީގެ ކައުންސިލުން މިގޮތަށް ލަފާދީފައި ވަނީ މިދިޔަ ބުދަ ދުވަހު އޮތް އެ ޕާޓީގެ ހިންގާ ކައުންސިލްގެ ނުވަ ވަނަ ބައްދަލުވުމުގައި ކަމަށެވެ. އެ ޕާޓީގެ ގައުމީ ހިންގާ ކައުންސިލަށް މިކަން ހުށަހަޅާފައި ވަނީ އެ ޕާޓީގެ ހުޅުމާލެ އުތުރު ދާއިރާ ރައީސް […]

ޔުމްނާ ޢަލީ
ފަތުރުވެރިކަމުގެ ވިޔަފާރިއަށް މޮޅަދޫއިން 8 ބިމެއް ދޫކުރަނީ

ފަތުރުވެރިކަމުގެ ވިޔަފާރިއަށް މޮޅަދޫއިން 8 ބިމެއް ދޫކުރަނީ

ތިލަދުންމަތީ އުތުރުބުރީ މޮޅަދޫގެ ޓޫރިޒަމް ޒޯނުން ފަތުރުވެރިކަމުގެ ވިޔަފާރިއަށް 8 ބިމެއް ކުއްޔަށް ދޫކުރަން ނިންމައި އެ ބިންތަކަށް ބީލަށް ހުށަހެޅުމުގެ ފުރުސަތު އެ ރަށު ކައުންސިލުން ހުޅުވާލައިފިއެވެ. އެ ރަށު ޓޫރިޒަމް ޒޯނުން ދޫކުރަން ނިންމާފައިވާ 8 ބިމުގެ ތެރޭގައި ހިމެނެނީ 6000 (ހަހާސް) އަކަފޫޓާއި 10000 (ދިހަހާސް) އަކަފޫޓާއި ދެމެދުގެ ބިންތަކެވެ. އެ ބިންތައް ދިގުމުއްދަތަށް ކުއްޔަށް ދޫކުރަން ކައުންސިލުން ނިންމާފައިވަނީ ފަތުރުވެރިކަމުގެ ވިޔަފާރިން އެ ރަށުގެ ރައްޔިތުންނަށް ގިނަގުނަ ފައިދާ ލިބިދިނުމުގެ އ...

އިބްރާހިމް ޚަލީލް
ޖަލަށް މަނާތަކެތި ވެއްދި މައްސަލާގައި އިއުތިރާފްގެ އެއްބަސްވުމެއް ހަދައިފި

ޖަލަށް މަނާތަކެތި ވެއްދި މައްސަލާގައި އިއުތިރާފްގެ އެއްބަސްވުމެއް ހަދައިފި

މާފުށީ މަނާ ތަކެތި ވައްދައިގެން ގިނަ އަދަދެއްގެ ފައިސާ ހޯދި މައްސަލާގައި ދައުލަތުން ދައުވާކުރި  ފަސް އޮފިސަރުންގެ ތެރެއިން ތިން މީހަކާ އެކު އިއުތިރާފްގެ އެއްބަސްވުމެއް ދައުލަތުން ހަދައިފި އެވެ. މިދިޔަ ޖޫން މަހު ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި، ޖަލަށް މަސްތުވާތަކެއްޗާއި ފޯނު ވައްދައިގެން 73 މިލިއަނަށް ވުރެ ގިނަ ރުފިޔާ އެކި ފަހަރު މަތިން ހޯދި މައްސަލާގައި 18 މީހަކު ހައްޔަރުކުރި ނަމަވެސް ދައުލަތުން ދައުވާކުރަނީ ފަސް މީހަކަށެވެ.  އެ މައްސަލާގައި ދައުލަތުން ދައުވާ […]

ހުސައިން ހަބީބް
ޖައުހަރީ މަސްބާނަން މޫދަށް ފޭބިކަން އެނގިފައިވޭ: ފުލުހުން

ޖައުހަރީ މަސްބާނަން މޫދަށް ފޭބިކަން އެނގިފައިވޭ: ފުލުހުން

މާލޭގެ އުސްފަސްގަނޑާއި ދިމާ މޫދުގައި އިއްޔެ ނިޔާވެފައި އޮއްވައި ފެނުނު އިބްރާހީމް ޖައުހަރީ (ޖޯރޭ) ބްރިޖް ކައިރިން މޫދަށް މަސްބާނަން ފޭބިކަން އެނގިފައިވާކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން ބުނީ މިހާތަނަށް ބެލި ބެލުމުން އިއްޔެ 15:04 ހާއިރު ޖައުހަރީ ބްރިޖުކައިރިން މޫދަށް މަސްބާނަން ފޭބިކަން މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ކަމަށެވެ. އުސްފަސްގަނޑާ ދިމާއިން މޫދުގައި ޖައުހަރީ އޮއްވާ ފެނިގެން ފުލުހުންނަށް ރިޕޯޓްކުރީ އިއްޔެ ހަވީރު 5:06 ހާއިރު އެވެ. ޖައުހަރީ އައިޖީއެމްއެޗަށް ގެންދިޔައިރުވެސް ނިޔާވެފ...

ޔުމްނާ ޢަލީ
އެފްކޮންސްގެ މުވައްޒަފަކު ޒަޚަމްތަކާއެކު މަރުވެފައި އޮއްވާ ފެނިއްޖެ

އެފްކޮންސްގެ މުވައްޒަފަކު ޒަޚަމްތަކާއެކު މަރުވެފައި އޮއްވާ ފެނިއްޖެ

ތިލަމާލެ ބްރިޖްގެ މަސައްކަތްކުރާ އެފްކޮންސް ކުންފުނީ މުވައްޒަފަކު ޒަޚަމްތަކާއެކު މަރުވެފައި އޮއްވާ މިއަދު ފެނިއްޖެއެވެ. ފުލުހުން ބުނީ، ޒަޚަމްތަކަކާއެކު އޮތް މީހަކު އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށް ރޭ ފަތިހު އެ އިދާރާއަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އައިޖީއެމްއެޗަށް ގެންދިޔައިރު ވެސް އެ މީހާ އޮތީ މަރުވެފައި ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދިންކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބެލިބެލުމުން އެމީހާއަކީ ތިލަމާލެ ބްރިޖްގެ މަޝްރޫޢު ހިންގާ އެފްކޮންސްގެ މުވައްޒަފެއްކަން އިނގިފައިވާކަމަށް ވ...

ޔުމްނާ ޢަލީ
ބޯކޮށް ވާރޭވެހި ކަނޑު ގަދަވާނެ، ހއ.އަތޮޅުން ފެށިގެން ބ.އަތޮޅަށް ރީނދޫ ސަމާލު!

ބޯކޮށް ވާރޭވެހި ކަނޑު ގަދަވާނެ، ހއ.އަތޮޅުން ފެށިގެން ބ.އަތޮޅަށް ރީނދޫ ސަމާލު!

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން ބ. އަތޮޅަށް ރީނދޫ ސަމާލު ނެރެފިއެވެ. ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން އިން ނެރުނު ސަމާލުގެ މެސެޖްގައި ބުނެފައި ވަނީ، ހއ. އަތޮޅުން ފެށިގެން ބ. އަތޮޅާއި ދެމެދު ސަރަހައްދަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. މެޓް އޮފީހުން މި ސަރަހައްދުތަކަށް ރީނދޫ ސަމާލު ނެރެފައި ވަނީ ހެނދުނު 6:45 އިން ފެށިގެން 10:45 އާއި ހަމައަށެވެ. […]

ޙުސައިން ޝަހުދީ
އިސްރާއީލު ސިފައިން އެއްގަމު މަގުން ލުބްނާނަށް އަރައިފި

އިސްރާއީލު ސިފައިން އެއްގަމު މަގުން ލުބްނާނަށް އަރައިފި

އިސްރާއީލުގެ ސިފައިން ލުބުނާނުގެ ދެކުނަށް ވަދެގަނެއްޖެއެވެ. ލުބްނާންގެ ދެކުނަކީ ހިޒްބުﷲ ޖަމާއަތުގެ އެންމެ ބޮޑު ހަރަކާތްތައް އޮންނަ ސަރަހައްދެވެ. އިސްރާއީލުން ދެކުނު ލުބްނާނަށް ވަދެގަތީ ހިޒުބުﷲ އާއި ދެކޮޅަށް އެއްގަމު އޮޕަރޭޝަނެއް ފަށާފައިވާކަމަށް އިސްރާއީލުގެ އަސްކަރީއާއިން އިއުލާން ކުރުމަށްފަހުއެވެ. ބައިނަލްއަގްވާމީ މީޑިއާ ބުނާގޮތުން އިސްރާއީލުން ރޭ ވެސް ވަނީ ލުބްނާންގެ ވެރިރަށް ބެއިރޫތަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފައެވެ. އަދި އެ ސަރަޙައްދުތަކުގެ ރައްޔިތުންނަށް އެތަންތަން ދޫކޮށް ދިއުމަށް އ...

ޔުމްނާ ޢަލީ
ތައިލެންޑުގައި ގޫގުލް އިން އެއް ބިލިއަން ޑޮލަރު އިންވެސްޓްކުރަނީ

ތައިލެންޑުގައި ގޫގުލް އިން އެއް ބިލިއަން ޑޮލަރު އިންވެސްޓްކުރަނީ

ތައިލެންޑުގައި ޑޭޓާ ސެންޓަރުތައް އެޅުމަށް ގޫގުލް އިން އެއް ބިލިއަން ޑޮލަރު އިންވެސްޓް ކުރަން ނިންމައިފިއެވެ. މި އިންވެސްޓްމަންޓުގައި ޑޭޓާ ސެންޓަރަކާއި ކްލައުޑް ސަރަޙައްދެއް ހިމެނޭއިރު، 2025 އިން 2029 އާ ދެމެދު އެވްރެޖްކޮށް 14،000 ވަޒީފާ އުފެދޭނެ ކަމަށް ލަފާކުރެވެއެވެ. މި މަޝްރޫޢުގެ ސަބަބުން 2029 ވަނަ އަހަރާ ހަމައަށް ތައިލެންޑުގެ ޖީޑީޕީއަށް ގާތްގަނޑަކަށް 4 ބިލިއަން ޑޮލަރު އިތުރުވާނެ ކަމަށް ބެލެވެއެވެ. މި ފެސިލިޓީތައް ޤާއިމުކުރާނީ ބެންކޮކް އަދި ޗޮންބުރީ ސަރަޙައްދުތަކުގައެވެ. އަލްފަބެޓް އަދި […]

އަޙްމަދު ދާއޫދު
މެޓާގެ ވެރިޔާ މާކް ޒަކަބާގުގެ މުއްސަނދިކަން 201 ބިލިއަން ޑޮލަރަށް

މެޓާގެ ވެރިޔާ މާކް ޒަކަބާގުގެ މުއްސަނދިކަން 201 ބިލިއަން ޑޮލަރަށް

ފޭސްބުކާއި، އިންސްޓާގްރާމް އަދި ވަޓްސްއެޕް ފަދަ މަޝްހޫރު ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކެއްގެ ބެލެނިވެރި ކުންފުނި މެޓާގެ ވެރިޔާ މާކް ޒަކަބާގުގެ މުއްސަނދިކަން 201 ބިލިއަން ޑޮލަރަށް އަރައިފިއެވެ. މެޓާވާރސް ޓެކްނޮލޮޖީއަށް ކުރި އިންވެސްޓްމަންޓުގެ ސަބަބުން ފުރަތަމަ 100 ބިލިއަން ޑޮލަރުގެ ގެއްލުން ލިބުނު ނަމަވެސް، މިހާރު މާކް ޒަކަބާގުގެ މުއްސަނދިކަން ވަނީ ރެކޯޑު މިންވަރަކަށް އިތުރުވެފައެވެ. ބްލޫމްބާގް ބިލިއަނެއަރުންގެ އިންޑެކްސްގެ މަޢުލޫމާތު ދައްކާގޮތުގައި، މެޓާ ޕްލެޓްފޯމްސްގެ ހިއްސާގެ އަގު އެންމެ މަތީ މިނ...

އަޙްމަދު ދާއޫދު
އިޒްރޭލުން ލުބުނާނަށް ދިން ހަމަލާ ތަކުގައި އިތުރު 63 މީހަކު ޝަހީދުވެއްޖެ

އިޒްރޭލުން ލުބުނާނަށް ދިން ހަމަލާ ތަކުގައި އިތުރު 63 މީހަކު ޝަހީދުވެއްޖެ

އިޒްރޭލުން ލުބުނާނުގެ ދެކުނާއި އިރުމަތީ ސަރަޙައްދުތަކަށް އަމާޒުކޮށް މެދުކެނޑުމެއްނެތި ވައިގެ މަގުން ދެމުންދާ ހަމަލާތަކުގައި އިތުރު 63 މީހުން މަރުވެ، 92 މީހުން ޒަޚަމްވެފައިވާ ކަމަށް ލުބުނާނުގެ ޞިއްޙަތާބެހޭ މިނިސްޓްރީން ހާމަކޮށްފިއެވެ. އާދިއްތަ ދުވަހުން ދިން ހަމަލާތަކުގައި 63 މީހުން ޝަހީދުވެފައިވާޢިރު، އެންމެ ގިނަ މީހުން އެއްދުވަހާ މަރުވި ހަމަލާއަކީ އާދީއްތަ ދުވަހު ދެކުނު ލުބުނާނުގެ ސައިދާ ސަރަޙައްދުގެ އައިން އެޑް ޑެލްބް ރަށަށް ދިން ހަމަލާތައް ކަމަށް އެރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ. މީގެ އިތުރުނ...

އަޙްމަދު ދާއޫދު