ރާއްޖެ ރައީސް، އިންޑިއާގެ ރައީސާއި ބައްދަލުކުރަށްވައިފި ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިންޑިއާގެ އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫއާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުމަށް ރައީސާއި، ރައީސްގެ އަރިހުގައި އިންޑިއާ އަށް ދަތުރުކުރެއްވި ދިވެހި ސަރުކާރުގެ މަތީ ފެންވަރުގެ ވަފުދު އިންޑިއާގެ ރިޔާސީ ގަނޑުވަރު، ރާޝްތުރަޕަތީ ބަވަން އަށް ވަޑައިގަތުމުން ރައީސް މުރްމޫ ވަނީ ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. މި ބައްދަލުވުމުގައި އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫ ވަނީ، ދިވެހިރާއްޖެއަކީ އިންޑިއާގެ އަސާސީ ބައިވެރިއެއްގެ ގޮތުގައި ސިފަކުރައްވައި، އިންޑިއާއިން ގ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ބައިނަލްއަގުވާމީ ޕުޓިން އިރާނުގެ ރައީސާ ބައްދަލުކުރައްވަން ތުރުކްމެނިސްތާނަށް ރަޝިޔާގެ ރައީސް ވުލަޑިމިރް ޕުޓިން އިރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަންއާ ބައްދަލުކުރައްވަން މި ހަފުތާގެ ހުކުރު ދުވަހު ތުރުކްމެނިސްތާނަށް ދަތުރުކުރައްވާ ވާހަކަ ރަޝިޔާގެ ސަރުކާރުން ހާމަކޮށްފިއެވެ. ރަޝިޔާގެ ރައީސްގެ އެހީތެރިއެއް ކަމަށްވާ ޔޫރީ އުޝަކޯވް ވިދާޅުވި ގޮތުގައި މި ދެ ލީޑަރުން ބައްދަލުކުރައްވާނީ ތުރުކްމެނިސްތާނުގެ ވެރިރަށް އަޝްގަބާތުގައި ބޭއްވޭ ތުރުކްމެނިސްތާނުގެ ޝާއިރެއްގެ ހަނދާނީ ޖަލްސާއެއްގައެވެ. މި ބައްދަލުވުމަކީ ދެ ގައުމުގެ ގުޅުމާއި މެދު އިރުމަތީގައި ހަލަބޮލިވެފައިވާ ހާލަތާ ބެހޭ ގޮތުން... އަޙްމަދު ދާއޫދު · 2 އަހަރު ކުރިން
ރާއްޖެ ރާއްޖެ ވަޑައިގަތުމަށް މޯދީއަށް ރައީސް ދެއްވި ދައުވަތު ގަބޫލުކުރައްވައިފި ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދެއްވި ދައުވަތު ގަބޫލުކުރައްވައިފިއެވެ. އިންޑިއާގެ ބޮޑުވަޒީރުގެ ރަސްމީ އޮފީސް، ހައިދަރުއާބާދު ހައުސްގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއިއެކު ރައީސް ޑރ. މުޢިއްޒު މިއަދު ބޭއްވި ބައްދަލުކުރެއްވުމުގައި ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް އެދި ރައީސް މުޢިއްޒު ވަނީ މޯދީ އަށް ދައުވަތު ދެއްވާފައެވެ. އެއީ، އަންނަ އަހަރަކީ ރާއްޖެއާއި އިންޑިއާ އާއި ދެމެދު ސިޔާސީ ގުޅުން ގާ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ވިޔަފާރި ބަންކަރިން ޚިދުމަތަށް އަންނަ ބޯޓުތަކަށް ކުނި އުކައިދިނުމަށް ވެމްކޯއިން ހަވާލުވެއްޖެ އިހަވަންދިއްޕޮޅުގައި ގާއިމުކޮށްފައިވާ ބަންކަރިންގެ ޚިދުމަތް ހޯދުމަށް އަންނަ އުޅަނދުތަކަށް ކުނި އުކާލަ ދިނުމުގެ ޚިދުމަތް ދިނުމަށް ވޭސްޓް މެނޭޖްމެންޓަ ކޯޕަރޭޝަން (ވެމްކޯ) އާއި ހަވާލުކޮށްފިއެވެ. މޯލްޑިވްސް ޕޯޓް ލިމިޓެޑް (އެމްޕީއެލް) އިން މި ޚިދުމަތް ދިނުމުގެ އެއްބަސްވުމުގައި ވެމްކޯއާއި އެކު ސޮއިކުރީ އިއްޔެއެވެ. މި އެއްބަސްވުން ގާއިމުކުރިކަން ހާމަކޮށް އެމްޕީއެލްއިން ބުނެފައި ވަނީ މި އެއްބަސްވުމުގެ ދަށުން އެ ކުންފުނިން ބޯޓުތަކުން ނަގާ ކުނި، މެނޭޖްކުރާނީ ވެމްކޯއިން ކަމަށެވެ. ބަންކަރިން ޚިދުމަތް ދިނު... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ވިޔަފާރި އިންޑިއާގެ ރުޕޭ ކާޑު ރާއްޖޭގައި ބޭނުންކުރަން ފަށައިފި ރާއްޖޭގައި އިންޑިއާގެ ރުޕޭ ކާޑު ބޭނުންކުރެވޭނެ އިންތިޒާމު ހަމަޖައްސައި އެކަން މިއަދު އިފްތިތާހްކޮށްފިއެވެ. އިންޑިއާގެ އިންސްޓެންޓް ޕޭމެންޓް ސިސްޓަމް، ޔުނިފައިޑް ޕޭމެންޓްސް އިންޓަފޭސް (ޔޫޕީއައި) ގެ ދަށުން ރުޕޭ ކާޑު ރާއްޖެއަށް ތައާރަފްކޮށްފައި ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިހާރު އިންޑިއާ އަށް ކުރަށްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. މި ކާޑު ތައާރަފްކުރުމަށްފަހު އެންމެ ފުރަތަމަ ޓްރާންސެކްޝަން ކާޑު ބޭނުންކޮށްގެން ކޮށްފައިވަނީ އޮތެންޓިކް މޯލްޑިވްސްގެ ފިހާރައެއްގައެެވެ. އެ ކާޑު ރާއްޖޭގ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކުނި މެނޭޖް ކުރުމަށް ށ.އަތޮޅު ކައުންސިލުން ހަތަރު ރަށަކަށް ލައްކައިގެ އެހީއެއް ށ.އަތޮޅުގެ ހަތަރު ރަށެއްގައި ކުނި މެނޭޖްކުރުމަށް އެ އަތޮޅު ކައުންސިލުން، ލައްކައިގެ އެހީއެއް ދިނުމަށް ނިންމައިފިއެވެ. ފާއިތުވި އަހަރެކޭ އެއްގޮތަށް މި އަހަރު ވެސް ށ.އަތޮޅު ކައުންސިލްގެ ބަޖެޓްގައި ހިމަނައިގެން އަތޮޅުގެ ރަށްރަށުގެ ތިމާވެށި ރައްކާތެރިކުރުމަށާއި، ރަށްރަށުގައި ކުނި މެނޭޖެކުރުން ހަރުދަނާކުރުމަށް އެހީއަށް އެދި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލިއެވެ. މިގޮތިތަށް ހުޅުވާލި ފުރުސަތުގެ ދަށުން އެންމެ ރަނގަޅު ޕްރޮޕޯސަލް ހުށަހެޅި ހަތަރު ރަށަށް، ކޮންމެ ރަށަކަށް 100000 (އެއްލައްކަ) ރުފިޔާގެ... އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ހަނިމާދޫ އެއާޕޯޓުގައި ތަރައްގީކުރި ރަންވޭ ރަސްމީކޮށް އިފްތިތާހްކޮށްފި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގައި ތަރައްގީކުރި ރަންވޭ ރަސްމީކޮށް މިއަދު އިފްތިތާހްކޮށްފިއެވެ. މުޅި އުތުރުގެ އުންމީދާއި ގުޅިފައިވާ ހަނިމާދޫ ބައިނަލްއަގްވާމީ ވައިގެބަނދަރު ތަރައްގީކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށީ 18 ޖެނުއަރީ 2023 ގައެވެ. މި މަޝްރޫޢުގެ ދަށުން ތަރައްގީކުރި އައު ރަންވޭ މިއަދު ރަސްމީކޮށް އިފްތިތާޙްކޮށްދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިހާރު އިންޑިއާ އަށް ކުރަށްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެމަނިކުފާނާއި، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އެވެ. އިންޑިއާގެ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ އިންޑިއާ އާއިއެކު 400 މިލިޔަން ޑޮލަރުގެ ކަރަންސީ ސްވޮޕް އެއްބަސްވުމެއް ދިވެހިރާއްޖެއިން އިންޑިއާ އާއިއެކު 400 މިލިޔަން ޑޮލަރުގެ ކަރަންސީ ސްވޮޕް އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ. އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫގެ ދަޢުވަތަކަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ ވަނީ އިންޑިއާ އަށް ވަޑައިގެންފައެވެ. މި ދަތުރުފުޅުގެ ތެރެއިން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ރިޒާވް ބޭންކް އޮފް އިންޑިއާ (އާރްބީއައި) އާއެކު ބައިލެޓަރަލް ކަރަންސީ ސްވޮޕް އެއްބަސްވުމުގައި މިއަދު ވަނީ ސޮއިކުރައްވާފައެވެ. ރައީސް މުޢިއްޒު، މޯދީ އާއި ބައްދަލުކުރައްވައިފި ދެ ޤައުމުގެ ދެމ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ކުޅިވަރު ލެވަންޑޯސްކީގެ ހެޓްރިކާއިއެކު ބާސާއަށް ފަސޭހަ މޮޅެއް ސްޕެނިޝް ލަލީގާގައި ރޭ ބާސެލޯނާއާއި ޑިޕޯޓިވޯ އަލަވޭސް ބައްދަލުކުރި މެޗު ފަސޭފަކަމާއިއެކު ބާސާއިން ކާމިޔާބު ކޮށްފިއެވެ. އަލަވޭސްގެ ދަނޑުގައި ކުޅުނު މި މެޗު ބާސާއިން ކާމިޔާބު ކުރީ 3-0 ގެ ނަތީޖާއިންނެވެ. މި މެޗުގައި ބާސާއިން ކާމިޔާބުކުރި ތިން ލަނޑު ވެސް ޖަހާފައި ވަނީ ފުރަތަމަ ހާފުގައެވެ. ފުރަތަމަ ލަނޑު ހަތްވަނަ މިނެޓުގައި ރަފީނިއާ ތަނަވަސް ކޮށްދިން ފުރުސަތެއްގައި ލެވެންޑޯސްކީ ޖަހައިދިން އިރު ދެވަނަ ލަނޑު 22 ވަނަ މިނެޓުގައި ޖަހައިދިނީ ވެސް ލެވަންޑޯސްކީއެވެ. އޭނާ މި […] އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ރާއްޖެ އައްޑޫ އާއި ބެންގަލޫރުގައި ކޮންސިއުލޭޓް ގާއިމުކުރަން މަޝްވަރާކޮށްފި ދިވެހި ރާއްޖޭގެ އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސިއުލޭޓެއް އަދި އިންޑިއާގެ ބެންގަލޫރުގައި ރާއްޖޭގެ ކޮންސިއުލޭޓެއް ގާއިމުކުރަން މިއަދު މަޝްވަރާކޮށްފިއެވެ. މި މަޝްވަރާކޮށްފައި ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިހާރު އިންޑިއާއަށް ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅުގައެވެ. ރައީސް އިންޑިއާއަށް ކުރައްވަމުންގެންދަވާ ފުރަތަމަ ފުރަމާނަ ދަތުރުފުޅުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ބައްދަލުކުރެއްވުމުގެ އިތުރުން ދެޤައުމުގެ ދެމެދު ރަސްމީވާހަކަތައް ވެސް މިހާރު ވަނީ ބާއްވާފައެވެ. ރައީސް ޑރ. މު... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ ރައީސް މުޢިއްޒު، މޯދީ އާއި ބައްދަލުކުރައްވައިފި ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ މިއަދު ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ބާއްވާފައި ވަނީ އިންޑިއާގެ ބޮޑުވަޒީރުގެ ރަސްމީ އޮފީސް، ހައިދަރުއާބާދު ހައުސްގައެވެ. މި ބައްދަލުވުމުގައި ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ސިޔާސީ ގުޅުމާއި ދެ ޤައުމުގެ ގުޅުން ހަރުދަނާ ކުރުމާ ގުޅެގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ. މީގެ އިތުރުން ދެ ޤައުމުގެ ދެމެދުގައި ރަސްމީ ވާހަކަތައް ވެސް މިއަދު ވަނީ ބާއްވާފައެވެ. Taking forward – special ties! PM @narendramodi warmly […] ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ ކުޑަކުއްޖަކާ ބެހިގެން 17 އަހަރަށް ޖަލަށްލި މީހަކު ހައިކޯޓުން ސަލާމަތްވެއްޖެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކޮށްގެން 17 އަހަރަށް ޖަލަށްލި މީހަކު ހައި ކޯޓުން އިއްޔެ ސަލާމަތްވެއްޖެ އެވެ. އަތޮޅު ތެރޭގެ ރަށެއްގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފެންމަތިވީ އެ ކުއްޖާއަށް އެހެން މީހަކު ޖިންސީ ގޯނާކުރި ކަމަށް ބުނާ މައްސަލައެއް 2020 ވަނަ އަހަރު ފެންމަތިވުމުންނެވެ. އެ ކުއްޖާ ބުނެފައިވާ ގޮތުގައި އެ މީހާ ޖިންސީ ގޯނާކުރީ 2014 ވަނަ އަހަރާއި 2015 ވަނަ އަހަރާ ދެމެދު އެވެ. އެ މީހާ 17 އަހަރަށް ޖަލަށްލުމަށް 2022 […] ހުސައިން ހަބީބް · 2 އަހަރު ކުރިން
ރާއްޖެ ސުކޫކުގެ އިންޓްރެސްޓް ޕޭމަންޓް 25 މިލިއަން ޑޮލަރު ދައްކައިފި ނިމުނު އެމްޑީޕީގެ ސަރުކާރުގައި 2021 ވަނަ އަހަރު ވިއްކި 500 މިލިއަން ޑޮލަރުގެ އިންޓްރެސްޓަށް ވާ ފައިސާގެ ގޮތުގައި 25 މިލިއަން ޑޮލަރު މި ސަރުކާރުން ދައްކައިފި އެވެ. ދިވެހި ސަރުކާރުން ވަނީ 2021 ވަނަ އަހަރު އިންޓަރނޭޝަނަލް ޑެޓް ކެޕިޓަލް މާކެޓުގައި 2026 ވަނަ އަހަރު މެޗުއާވާގޮތަށް 500 މިލިޔަން އެމެރިކާ ޑޮލަރުގެ ސުކޫކެއް ދޫކޮށްފައެވެ. މާލީ ވުޒާރާއިން މިއަދު ބުނީ، ސުކޫކަށް އިންވެސްޓް ކުރި ފަރާތްތަކަށް އެ ފައިސާ މިއަދު ދައްކާފައިވާ ކަމަށެވެ. މި […] ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ ރައީސްގެ ދެކަނބަލުންނަށް އިންޑިއާ ސަރުކާރުގެ ރަސްމީ މަރްޙަބާ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދަށް އިންޑިއާ ސަރުކާރުން ރަސްމީ ގޮތުން މަރްޙަބާ ދަންނަވައިފިއެވެ. ރައީސްގެ ދެކަނބަލުންނަށް މަރްޙަބާ ދެންނެވުމުގެ ރަސްމިއްޔާތު އޮތީ، މިއަދު ހެނދުނު އިންޑިޔާގެ ރިޔާސީ ގަނޑުވަރު، ރާޝްތުރަޕަތީ ބަވަންގައެވެ. ރައީސްގެ ދެކަނބަލުން ރާޝްތުރަޕަތީ ބަވަންއަށް ވަޑައިގަތުމުން މަރްޙަބާ ވިދާޅުވީ، އިންޑިޔާގެ ރައީސް ދުރޫޕަދީ މުރުމޫ އާއި ބޮޑުވަޒީރު ނަރެންދުރަ މޯދީއެވެ. President Droupadi Murmu accords a ceremonial welcome to Ma... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ބައިނަލްއަގުވާމީ އެކްސް އަށް އޮޅިގެން ބްރެޒިލްގެ ނުބައި ބޭންކަކަށް ޖޫރިމަނާ ފައިސާ ޖަމާކުރެވިއްޖެ ބްރެޒިލްގައި އެކްސް ޕްލެޓްފޯމް އަލުން ބޭނުން ކުރަން ފެށުން ލަސްވަމުންދަނީ ޖޫރިމަނާ ފައިސާ ދެއްކުމުގައި ދިމާވި މައްސަލައަކާ ގުޅިގެންކަން ހާމަވެއްޖެއެވެ. ބްރެޒިލްގެ ސުޕްރީމް ކޯޓުން ހުކުރު ދުވަހު ބުނެފައިވަނީ އެކްސް ޕްލެޓްފޯމްގެ ވަކީލުން ޖޫރިމަނާގެ ފައިސާ ދައްކާފައިވަނީ ރަނގަޅު ބޭންކަށް ނޫންކަމަށެވެ. މިކަމާ ގުޅިގެން ބްރެޒިލްގައި އެކްސްގެ ޚިދުމަތް އަލުން ފެށުމާ މެދު ގޮތެއް ނިންމުން ވަނީ ފަސްކޮށްފައެވެ. އޯގަސްޓް މަހުގެ ފަހުކޮޅުން ފެށިގެން ބްރެޒިލްގައި އެކްސްގެ ޚިދުމަތް ވަނީ ހުއްޓުވާލާފައެވެ. މިގޮތަށް... އަޙްމަދު ދާއޫދު · 2 އަހަރު ކުރިން