މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ނަމާދު ވަގުތު “މެންދުރު ނަމާދުގެ ވަގުތު ވަދެއްޖެ” - ނަމާދުކުރުމަށް ހަނދުމަކޮށްދެން!

ތިލަދުންގެ އަރުޝީފުން ހޯދުން

ފަހުގެ ހޯދުންތައް:
ރަޝިޔާ އާއި އީރާނުން އެމެރިކާގެ އިންތިޚާބަށް ނުފޫޒު ފޯރުވަން މަސައްކަތްކޮށްފާނެކަމުގެ އިންޒާރު

ރަޝިޔާ އާއި އީރާނުން އެމެރިކާގެ އިންތިޚާބަށް ނުފޫޒު ފޯރުވަން މަސައްކަތްކޮށްފާނެކަމުގެ އިންޒާރު

ރަޝިޔާ އާއި އީރާނުން އެމެރިކާގެ އިންތިޚާބަށް ނުފޫޒު ފޯރުވަން މަސައްކަތްކޮށްފާނެކަމުގެ އިންޒާރު އެމެރިކާގެ އިސް އިންޓެލިޖެންސް އޮފިޝަލުން އިންޒާރު ދެއްވައިފިއެވެ. މި އިންޒާރުގައި ވިދާޅުވެފައިވަނީ ނޮވެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމެރިކާގެ ރިޔާސީ އިންތިޚާބަށްފަހު، ރަޝިޔާ އާއި އީރާނުން އެމެރިކާގެ އޮންލައިން މާހައުލުގައި އަނިޔާވެރި މުޒާހަރާތައް ކުރިއަށް ގެންދިއުމަށް ހިތްވަރުދީފާނެ ކަމަށެވެ. ސިއްރު ނުކުރެވި ހާމަކޮށްފައިވާ ނެޝަނަލް އިންޓެލިޖެންސް މެމޯއެއްގައި ބުނެފައިވާ ގޮތުގައި މިކަމުގެ މަަ...

އަޙްމަދު ދާއޫދު
ތުރުކީގެ ޓާކިޝް އޭރޯސްޕޭސް އިންޑަސްޓްރީޒްގެ މަރުކަޒަކަށް ނިރުބަވެރި ހަމަލާއެއް ދީފި

ތުރުކީގެ ޓާކިޝް އޭރޯސްޕޭސް އިންޑަސްޓްރީޒްގެ މަރުކަޒަކަށް ނިރުބަވެރި ހަމަލާއެއް ދީފި

ތުރުކީގެ ވެރިރަށް އަންކާރާންކާރާގައި ހުރި ޓާކިޝް އެއަރޯސްޕޭސް އިންޑަސްޓްރީޒް (ޓީއޭއައި) ގެ މަރުކަޒަކަށް ޓެރަރިސްޓް ހަމަލާއެއް ދީފިކަމަށް އެ ގައުމުގެ އިސް އޮފިޝަލަކު ބުދަ ދުވަހު ހާމަކޮށްފިއެވެ. މި ހަމަލާގައި 3 މީހުން މަރުވެ އަދި 5 މީހަކު ޒަޚަމްވެފައިވާކަމަށް ތުރުކީގެ އިންޓީރިއަރ މިނިސްޓަރ އަލީ ޔަރްލިކާޔާ ވަނީ އެކްސް (ކުރީގެ ޓްވިޓަރ) ގައި ބަޔާނެއް ނެރެ ހާމަކޮށްފައެވެ. އޭނާ ވަނީ އާންމު ރައްޔިތުންނަށް އެންމެ ފަހުގެ މަޢުލޫމާތު ހޯދުމަށް ރަސްމީ ފަރާތްތަކުން ނެރޭ ބަޔާންތަކަށް ބަރޯސާވުމަށް […]

އަޙްމަދު ދާއޫދު
މަގަށް އެޅުނު ކުލަތައް ސިފައިން ނުކުމެ ސާފުކޮށްފި

މަގަށް އެޅުނު ކުލަތައް ސިފައިން ނުކުމެ ސާފުކޮށްފި

ކުލަފާޓާތަކެއް ބަރުކޮށްގެން ހުޅުމާލެއިން މާލެއަށް އައި ޕިކަޕަކުން ކުލަ ފާޓާތަކެއް މަގުމައްޗަށް ވެއްޓި ފާޓާތައް ފަޅައިގެން ގޮސް މަގުމައްޗަށް ކުލައެޅުމާއި ގުޅިގެން ސިފައިން ނުކުމެ އެތަން ސާފުކޮށްފިއެވެ. މި ކަމާއި ގުޅިގެން މިރޭ އެކްސްގައި އެމްއެންޑީއެފް އިން ކުރި ޕޯސްޓެއްގައި ބުނީ ކުލަފާޓާތަކެއް ބަރުކޮށްގެން ހުޅުމާލެއިން މާލެއަށް އައި ޕިކަޕަކުން ކުލަ ފާޓާތައް ވެއްޓި މަގުމައްޗަށް ކުލައެޅުމާއި ގުޅިގެން، މަގުމަތީގައި ހުރި ކުލަތައް ސާފުކުރުމުގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ސިފައިން...

އިބްރާހިމް ޚަލީލް
މަޖިލިސް ރައީސް ވެސް މުސާރައިން %50 ނުނަގަން ނިންމަވައިފި

މަޖިލިސް ރައީސް ވެސް މުސާރައިން %50 ނުނަގަން ނިންމަވައިފި

މަޖިލިސް ރައީސްގެ މުސާރައިން ވެސް %50 ނުނަގަން މަޖިލީހުގެ ރައީސް އަބުދުއްރަޙީމް ޢަބުދުﷲ ނިންމަވައިފިއެވެ. އަބުދުއްރަހީމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެމަނިކުފާނުގެ މުސާރައިން %50 ނުނަގާގޮތަށް ނިންމަވާފައިވާ ކަމަށެވެ. މި ނިންމެވުން ނިންމެވީ، ދިވެހި ދައުލަތުގެ އިގްޞާދީ ޙާލަތު ރަނގަޅު ކުރެއްވުމަށްޓަކައި ރައީސް ޑރ.މުޙައްމަދު މުޢިއްޒު އަޅުއްވަމުން ގެންދަވާ ހަރުދަނާ ފިޔަވަޅުތަކުގެތެރޭގައި ހިމެނޭ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ މުސާރައިން %10 ކުޑަ ކުރެއްވުމަށް ނިންމެވި ނިއްމެވު...

ޔުމްނާ ޢަލީ
ބޭރުގައި ކިޔަވާ ދަރިވަރުންނަށް ޑޮލަރު ލިމިޓް 1،200 އަށް ބޮޑުކޮށްފި

ބޭރުގައި ކިޔަވާ ދަރިވަރުންނަށް ޑޮލަރު ލިމިޓް 1،200 އަށް ބޮޑުކޮށްފި

ބޭރުގައި ކިޔަވާ ދަރިވަރުންނަށް މަހަކު ފޮނުވޭ ޑޮލަރު ލިމިޓް 1،200 އަށް ބީއެމްއެލް އިން ބޮޑުކޮށްފިއެވެ. ބީއެމްއެލް އިން މިކަން ޢިއުލާން ކުރީ އެކްސްގައި ކުރި ޕޯސްޓެއްގައެވެ. މި ބަދަލު ގެންނަން އެ ބޭންކުން ނިންމާފައި ވަނީ އަންނަ ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ.

ޔުމްނާ ޢަލީ
ރައީސްގެ މުސާރައިން %50، ސިޔާސީ މަގާމުތަކުގެ މުސާރައިން %10 އުނިކޮށް ގިނަ ފިޔަވަޅުތަކެއް

ރައީސްގެ މުސާރައިން %50، ސިޔާސީ މަގާމުތަކުގެ މުސާރައިން %10 އުނިކޮށް ގިނަ ފިޔަވަޅުތަކެއް

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މުސާރައިން %50 ނުނަގަން ނިންމަވައި، ސިޔާސީ މަގާމުތަކުގެ މުސާރައިން %10 އުނިކޮށް ގިނަ ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާކަން އެމަނިކުފާނު މިރޭ ޢިއުލާން ކުރަށްވައިފިއެވެ. އެކްސް މެދުވެރިކޮށް ރައީސް ޢިއުލާންކުރެއްވި ޚަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކާއި ގުޅޭގޮތުން ވިދާޅުވެފައި ވަނީ، 2025 ވަނަ އަހަރަށް ދައުލަތުގެ ބަޖެޓު ހުށަހަޅާއިރު، އިޤްތިޞާދީ އިޞްލާޙީ އެޖެންޑާގެ ދަށުން، ދައުލަތުގެ ޚަރަދުތައް ކުޑަކުރުމުގެ މަޤްޞަދުގައި ގިނަ ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާ ކަމަށެވެ....

ޔުމްނާ ޢަލީ
ލަންކާގެ އަރުގަމް ބޭގައި ތިބި އިސްރާއީލްގެ ފަތުރުވެރިންނަށް އިންޒާރު

ލަންކާގެ އަރުގަމް ބޭގައި ތިބި އިސްރާއީލްގެ ފަތުރުވެރިންނަށް އިންޒާރު

ސްރީލަންކާގެ އަރުގަމް ބޭ ސަރަހައްދަށް ޒިޔާރަތްކުރާ އިސްރާއީލް ފަތުރުވެރިންނަށް އަމާޒުކޮށް ނިރުބަވެރި ހަމަލާއެއް އަތުވެދާނެކަމުގެ އިންޒާރު އެމެރިކާގެ އިންޓެލިޖެންސުން ދީފިއެވެ. ލަންކާގެ ފަތުރުވެރިންގެ މަގުބޫލު މަންޒިލެއްކަމުގައިވާ އަރުގަމް ބޭ ސަރަހައްދުގައި ތިބި އެމެރިކާގެ ފަތުރުވެރިންވެސް ހިމެނޭގޮތުން މިއިންޒާރު އައިސްފައިވާކަމުގެ މައުލޫމާތު ފުރަތަމަ ދީފައިވަނީ ކޮލޮމްބޯގައި ހުރި އެމެރިކާގެ އެމްބަސީންނެވެ. ފުލުހުންގެ ޑެޕިއުޓީ އިންސްޕެކްޓަރ ޖެނެރަލް ނިހާލް ތަލްދުވާ މީޑިއާއަށް ވާހަކަ ދައްކަމުން ބުނ...

އަޙްމަދު ދާއޫދު
ދުއްވާފައި ދިޔަ ލޮރީއެއްގައި ހުރި ކުލަޓައްޕުތަކެއް މަގުމައްޗަށް ބަންޑުންވެއްޖެ

ދުއްވާފައި ދިޔަ ލޮރީއެއްގައި ހުރި ކުލަޓައްޕުތަކެއް މަގުމައްޗަށް ބަންޑުންވެއްޖެ

މާލޭގެ މަގެއްގައި ދުއްވަމުން ދިޔަ ލޮރީއަކުން ކުލަފާތްތަކެއް މަގުމައްޗަށް ވެއްޓި ބަންޑުވުމުގެ ހާދިސާއެއް ހިނގައިފިއެވެ. މި ހާދިސާ ހިނގާފައި ވަނީ މިއަދު ހެނދުނު 12:18 އެހައިކަށްހާއިރު މާލޭގެ ބޮޑުތަކުރުފާނު މަގުގައި، މޫންލައިޓް ހިނގުމާ ގުޅޭ ހިސާބުގައެވެ. އެ ހިސާބުން ދުއްވަމުން ދިޔަ ލޮރީއެއްގައި ހުރި ކުލަފާޓާތަކެއް މަގުމައްޗަށް ވެއްޓި ކުލަތައް މަގުމައްޗަށް ފައިބާފައިވާއިރު، މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައިނުވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. ފުލުހުން ބުނީ މިކަމާ ގުޅުންހުރި އިދާރާތަކ...

ޔުމްނާ ޢަލީ
އުރީދޫ، "ކޮންމެ 3 ދުވަހަކުން ސައިކަލު ލިބޭ" ޕްރޮމޯޝަނުގައި މިހާތަނަށް 8 ނަސީބުވެރިން

އުރީދޫ، "ކޮންމެ 3 ދުވަހަކުން ސައިކަލު ލިބޭ" ޕްރޮމޯޝަނުގައި މިހާތަނަށް 8 ނަސީބުވެރިން

އުރީދޫ މޯލްޑިވްސްއިން ކުރިއަށްގެންދާ “ކޮންމެ 3 ދުވަހަކުން ސައިކަލު ލިބޭ” ޕްރޮމޯޝަނުގައި މިހާތަނަށް 8 ނަސީބުވެރިން ހޮވައިފިއެވެ. އުރީދޫއިން މި މަހުގެ 23 ވަނަ ދުވަހު ފެށި މި ޕްރޮމޯޝަން މި އަހަރުގެ 31 ޑިސެމްބަރުގެ ނިޔަލަށް ކުރިއަށްދާނެއެވެ. މި ޕްރޮމޯޝަނުގައި މުޅިއަކު 30 ސައިކަލު ކަސްޓަމަރުންނަށް ލިބިގެންދާއިރު، އަދިވެސް 22 ނަސީބުވެރިން ހޮވަން އެބައޮތެވެ. މި ޕްރޮމޯޝަނުން ލިބޭ ސައިކަލުތަކުގެ ތެރޭގައި އެއާ ބްލޭޑް 125، އެއާ ބްލޭޑް 160 އަދި ޕީސީއެކްސް 160 ގެ […]

އިބްރާހިމް އަސްވާޤް
މާޗް މަހުގެ ނިޔަލަށް ހދ.އަތޮޅަށް 4000 އެނދު ގެންނަން މަސައްކަތްކުރަނީ

މާޗް މަހުގެ ނިޔަލަށް ހދ.އަތޮޅަށް 4000 އެނދު ގެންނަން މަސައްކަތްކުރަނީ

އަންނަ 2025 ވަނަ އަހަރުގެ މާޗް މަހުގެ ނިޔަލަށް ހދ.އަތޮޅަށް 4000 އެނދު ގެންނައުމުގެ މަސައްކަތް ކުރައްވަމުން އަންނަ ކަމުގައި ޓޫރިޒަމް މިނިސްޓަރ އިބްރާހީމް ފައިސަލް ވިދާޅުވެއްޖެއެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހާޒިރުވެވަޑައިގެން، ވައިކަރަދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު ހުސެން ޒިޔާދު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރ ވިދާޅުވީ އަންނަ އަހަރު މާޗް މަހުގެ ނިޔަލަށް ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތް ނިމެންވާއިރަށް އެ ސަރަހައްދަށް 4000 އެނދު ގެނައުމުގެ މަސައްކަތ...

އިބްރާހިމް ޚަލީލް
ބައްސާމްގެ އެޕާޓްމެންޓް އަތުލި މައްސަލަ ހައި ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް

ބައްސާމްގެ އެޕާޓްމެންޓް އަތުލި މައްސަލަ ހައި ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް

އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ގަނެފައިވާ ދެ އެޕާޓްމެންޓް ފުލުހުންނާ ހަވާލުކުރަން އެންގި މައްސަލަ ހައި ކޯޓުން ބަލައިނުގަތުމުން އެ މައްސަލަ ފަނޑިޔާރުންގެ މަޖިލީހަށް ބައްސާމްގެ ފަރާތުން ހުށަހަޅައިފި އެވެ. ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގެ އަމުރުގެ ދަށުން ބައްސާމުގެ ދެ ޕެންޓްހައުސް ފުލުހުންނާ ހަވާލުކުރި ނަމަވެސް އެ މައްސަލަ އޭނާގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފްކުރި އެވެ. އެ މައްސަލަ ބަލައިނުގަތުމަށް ހައި ކޯޓުން ކުރިން ނިންމި އެވެ.  އެ ނިންމުން ރިވިއު ކުރަން […]

ހުސައިން ހަބީބް
ހީލަތުގެ މައްސަލައެއްގެ ތަހުގީގަށް ދެ މީހަކު ހޯދަނީ

ހީލަތުގެ މައްސަލައެއްގެ ތަހުގީގަށް ދެ މީހަކު ހޯދަނީ

ދިވެހި ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން ތަހުގީގު ކުރަމުންދާ މަކަރާއި ހީލަތުގެ މައްސަލައެއްގެ ތަހުގީގަށް ދެ މީހަކު ހޯދަން ފުލުހުންގެ ޚިދުމަތުން މިއަދު ޢިއުލާންކޮށްފިއެވެ. ފުލުހުން ބުނީ މަކަރާއި ހީލަތުގެ މައްސަލައެއްގައި ހޯދަން ޢިއުލާންކޮށް، ތަހުގީގަށް ހާޒިރުވާން އަންގާފައިވާ ދެ މީހުންނަކީ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާ ދެ މީހުންކަމަށެވެ. މި ދެ މީހުންނަކީ މ. މުލައް ގަނދަކޯޅިމާގެ އުމުރުން 25 އަހަރުގެ އަޙްމަދު ރާއިފް އާއި ގ. ރަންނާޅިގެ […]

ޔުމްނާ ޢަލީ
މޫސުމީ ބަދަލުތަކާދެކޮޅަށް މަސައްކަތްކުރުމަށް މާލީ އެހީ އިތުރުކުރުމަށް ނައިބު ރައީސް ގޮވާލައްވައިފި

މޫސުމީ ބަދަލުތަކާދެކޮޅަށް މަސައްކަތްކުރުމަށް މާލީ އެހީ އިތުރުކުރުމަށް ނައިބު ރައީސް ގޮވާލައްވައިފި

މޫސުމީ ބަދަލުތަކާދެކޮޅަށް މަސައްކަތްކުރުމަށް މިހާރު ދެމުންދާ މާލީ އެހީ އިތުރުކުރުމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ގޮވާލައްވައިފިއެވެ. ނައިބު ރައީސް މިފަދައިން ވިދާޅުވީ، ސަމޯއާގައި ކުރިއަށްދާ ކޮމަންވެލްތު ޤައުމުތަކުގެ އިސްވެރިންގެ ބައްދަލުވުން (ސީއެޗްއޯޖީއެމް) ގެ ހަވާސާ ހަރަކާތެއްގެ ގޮތުގައި ކުރިއަށް ގެންދިޔަ “ސީއެޗްއޯޖީއެމް ކްލައިމެޓް ބްރޭކްފަސްޓް: ބިލްޑިންގް ކޮންސެންސަސް ފޮރ ކްލައިމެޓް ފައިނޭންސް ޓަރގެޓްސް އިން ކޮމަންވެލްތު” ގައި ތަޤުރީރު ކުރައްވަމުންނެވެ. މި ބައްދަލުވުމުގައި ނައިބ...

ޔުމްނާ ޢަލީ
އައިއޯއެސް 18.1 މިއަންނަ ހަފްތާގައި އާންމުންނަށް ލިބޭނެ

އައިއޯއެސް 18.1 މިއަންނަ ހަފްތާގައި އާންމުންނަށް ލިބޭނެ

އެޕަލްގެ އައި.އޯ.އެސް 18.1 އަޕްޑޭޓް މިއަންނަ ހަފްތާގައޮ އާއްކޮށް ހުރިހާ ޔޫޒަރުންނަށް ނެރުމަށް ލިބޭގޮތަށް ރިލީޒްކުރަން ނިންމައިފިއެވެ. މި އަޕްޑޭޓާއެކު އެއާޕޮޑްސް ޕްރޯ 2 ބޭނުންކުރާ ފަރާތްތަކަށް މުހިންމު ފަންކްޝަންތަކެއް ތަޢާރަފުކުރެވިގެންދާނެއެވެ. އައި.އޯ.އެސް 18.1 ގައި އެޕަލް އިންޓެލިޖެންސްގެ ފުރަތަމަ ބައިތައް ހިމެނެއެވެ. މީގެ ތެރޭގައި ރައިޓިންގ ޓޫލްސް، ނޯޓިފިކޭޝަން ސަމަރީތައް އަދި ފޮޓޯސް އެޕްގެ ކްލީން އަޕް ފީޗަރ ހިމެނެއެވެ. ‘ދަ ވަރޖް’ އަދި ‘ދަ ވޯލް ސްޓްރީޓް ޖާނަލް’ އިން މިއަދު ހާމަކުރި ގޮތުގައި،...

އަޙްމަދު ދާއޫދު
އިންޑިޔާ-ޗައިނާ ބޯޑަރު ހަމަނުޖެހުން ހައްލުކުރުމަށް އެއްބަސްވުމަކަށް

އިންޑިޔާ-ޗައިނާ ބޯޑަރު ހަމަނުޖެހުން ހައްލުކުރުމަށް އެއްބަސްވުމަކަށް

އިންޑިޔާ އާއި ޗައިނާގެ ސަރަހައްދީ ބޯޑަރުގައި 2020 ވަނަ އަހަރުން ފެށިގެން ދެމިގެންދިޔަ ހަމަނުޖެހުން ޙައްލުކުރުމަށް ދެ ގައުމުން އެއްބަސްވުމަކަށް އާދެވިއްޖެއެވެ. މި އެއްބަސްވުމަކީ ބޯޑަރު ސަރަހައްދުގައި ދެ ގައުމުގެ ސިފައިން ޕެޓްރޯލް ކުރުމާ ގުޅޭގޮތުން ވެވުނު އެއްބަސްވުމެކެވެ. އިންޑިޔާގެ ފޮރިން މިނިސްޓްރީން މި އެއްބަސްވުން ހާމަކުރީ ވޭތުވެދިޔަ ހަފްތާތަކުގައި ދެ ގައުމުގެ ސިފައިންނާއި ޑިޕްލޮމެޓުންގެ މެދުގައި ކުރެވުނު މަޝްވަރާތަކަށް ފަހުގައެވެ. މި އެއްބަސްވުމަކީ 2020 ގައި ފެށުނު ބޯޑަރު ހަމަނުޖެހުމަށް ޙައް...

އަޙްމަދު ދާއޫދު