ރާއްޖެ ފަޅުރަށް ހޯދުމަށް ހުށައެޅީ 3 ކައުންސިލަކުން، އުތުރުގެ ރަށެއް ނުހިމެނޭ އިގްތިސޯދީ ނަފާ ހޯދުމަށް ކައުންސިލްތަކަށް 25 އަހަރަށް ފަޅުރަށް ކުއްޔަށް ދޫކުރަން ސަރުކާރުން އެކުލަވައިލި އުސޫލުގެ ދަށުން ހުށަހެޅީ 3 ކައުންސިލަކުންކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވުޒާރާއިން ހާމަކޮށްފި އެވެ. އެ ވުޒާރާއިން މިކަން ހާމަކޮށްފައިވަނީ، ފަޅުރަށްރަށް ހޯދުމަށް ކައުންސިލްތަކުން ހުށައެޅި ޕްރޮޕޯސަލް ވަޒަން ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ ވުޒާރާގެ ވަޒީރު އާދަމް ޝަރީފު އުމަރު ވާހަކަފުޅު ދައްކަވަމުންނެވެ. ފަޅުރަށްރަށް ހޯދުމަށް މިކަމަށް ޝައުގުވެ... އަލީ އާދިލް · 2 އަހަރު ކުރިން
ރާއްޖެ ޔުނިވާސަލްގެ ހަރަދުގައި، ތިން ޑޮކްޓަރަކަށް ސްޕެޝަލައިޒް ވުމަށް ސްކޮލަޝިޕް ޔުނިވާސަލް ފައުންޑޭޝަނުގެ ޚަރަދުގައި ތިން ޑޮކްޓަރަކަށް ސްޕެޝަލައިޒްވުމުގެ ފުރުސަތުދީފި އެވެ. މި އަހަރުގެ ސްކޮލަޝިޕްތައް ހަވާލުކޮށްފައިވަނީ، މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ. މި ސްކޮލަޝިޕްގެ ފުރުސަތު މި އަހަރު ލިބިފައިވަނީ، ކަރުން މަތީގެ ބަލިތަކަށް ޚާއްސަ ވުމަށް، ޑރ. ފާތިމަތު މިޝްފާ ވަސީމް އާއި ކުޑަކުދިންގެ ބަލިތަކަށް ޚާއްސަ ވުމަށް ޑރ. ނުހާ އަބްދުލް ރަހްމާން އަދި ސާޖަރީއަށް ޚާއްސަ ވުމަށް ޑރ. އާމިނަތު ނަޖުދާ އަށެވެ. އަލްމަރްހޫމް ޑރ. އިބްރާހީމް އުމަރު މަނިކުގެ ހަނދާނުގަ […] އަލީ އާދިލް · 2 އަހަރު ކުރިން
ވިޔަފާރި އެޗްޑީސީއަށް ފައިސާ ނުދައްކާ ފަރާތްތަކުގެ ނަންތައް ހާމަކުރަން ފަށަނީ މޯލްޑިވްސް ހައުސިން އަދި ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް ފައިސާ ނުދައްކާ ފަރާތްތަކުގެ މަޢުލޫމާތު ވެބްސައިޓުގައި ޝާއިޢުކުރުމަށް ނިންމައިފި އެވެ. އެޗްޑީސީ އިން މިއަދު ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ، ކުންފުނީގެ ހިންގުން ހަރަދުނާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، ކުންފުންޏަށް ފައިސާ ދައްކަން ޖެހޭ ފަރާތްތަކުން ނުދައްކަކަމުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަން ނިންމައިފައިވާ ކަމަށެވެ. އެގޮތުން، ކުންފުނީގެ ޚިދުމަތްތަކަށާއި ތަރައްޤީ ޕްރޮޖެކްޓްތަކަށް ފައިސާ ދައްކަން ޖެހޭ، ނަމަވެސް... އިބްރާހިމް އަސްވާޤް · 2 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ހަނިމާދޫ އެއާޕޯޓު "އަންނަ އަހަރު" ނިންމެންވާއިރަށް، ބޮޑުތިލަދުންމަތީގައި އެނދުތައް އިތުރުކުރުމަށް އިސްކަމެއްދޭ: ވަޒީރު ހދ. ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓު ތަރައްޤީ ކުރުމުގެ މަސައްކަތް އަންނަ އަހަރު ނިންމެންވާއިރަށް، ބޮޑުތިލަދުންމަތީގައި އެނދުތައް އިތުރުކުރުމަށް ސަރުކާރުން ވަރަށް އިސްކަމެއްދެއްވާކަމަށް ފަތުރުވެރިކަމާއި ބެހޭ ވަޒީރު އިބްރާހީމް ފައިސަލް ވިދާޅުވެއްޖެ އެވެ. ވަޒީރު މިފަދައިން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް އިންވެސްޓަރުންނަށް ފަހިވާގޮތަށް ތިލަދުންމަތީ އުތުރުބުރީ ބާރަށު އިކޯ ޓުއަރިޒަމް މަޝްރޫޢު ބައިނަލްއަޤްވާމީ ބީލަމަށް ހުޅުވާލުމަށް ބޭއްވި ރަސްމިއްޔާތުގައ... އިބްރާހިމް އަސްވާޤް · 2 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު މިލަންދޫ ޕޮލިހުން، އަލްޙާފިޡާ ޢިޝާ އަށް ހިތްވަރުދީ ހަނދާނީ ފިލައެއް ޤުރްއާން ހިތުދަސްކޮށް، ހާފިޡުކަމުގެ ސަނަދު ހާސިލްކޮށްފައިވާ އަލްޙާފިޡާ ފާޠިމަތު ޢިޝާ، ނިޒާމް، ށ. މިލަންދޫ އަށް ށ. މިލަންދޫ ޕޮލިހުންގެ ފަރާތުން ހިތްވަރުދީ ހަނދާނީ ފިލައެއް ދީފިއެވެ. ށ. ޕޮލިހުން މިއަދު ބުނީ، ށ. މިލަންދޫއިން ޙާފިޡް ކަމުގެ ސަނަދު ޙާސިލް ކުރި ޢިޝާ އާއި ޢިޝާގެ އާއިލާއާއި މިލަންދޫ ޕޮލިސް ސްޓޭޝަނުން ބައްދަލުކޮށްފައިވާ ކަމަށެވެ. މިގޮތުން ޢިޝާ ޙާފިޡާކަމުގެ ސަނަދު ޙާޞީލްކޮށްފައިވާތީ އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން ހަނދާނީ ފިލާއެއް ދީފައިވާކަމަށް ށ. ޕޮލިހުން ބުންނެއެވެ. ”އަދި […] ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ބާރަށުގައި އިކޯ ޓުއަރިޒަމް ތަރައްޤީކުރަން ބައިނަލްއަޤްވާމީ ބީލަމަށް ހުޅުވާލައިފި ތިލަދުންމަތީ އުތުރުބުރީ ބާރަށުގައި ޓޫރިސްޓް ހޮޓަލެއް ތަރައްގީކޮށް ހިންގައިދޭނެ ފަރާތެއް ހޯދުމަށް ޓޫރިޒަމް މިނިސްޓްރީން އިއުލާން ކޮށްފިއެވެ. އެ ހޮޓާ ތަރައްގީކުރަން ނިންމާފައި ވަނީ އެ ރަށުގައި ފަތުރުވެރިކަން ތަރައްގީކުރުމަށް ކަނޑައަޅާފައިވާ 71,832 (ހަތްދިހަ އެއްހާސް އަށްސަތޭކަ ތިރީސް ދޭއް) އަކަފޫޓު ބިމުގައެވެ. މިނިސްޓްރީން ބުނީ މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 28 ވަނަ ދުވަހު 10:00 ގައި ވާޗުއަލްކޮށް (ޒޫމް މެދުވެރިކޮށް) ބާއްވާ މައުލޫމާތު ބައްދަލުވުމުގައި ބައިވެރިވެ، މި އަހަރުގެ ޑިސެމްބަރ... އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ރާއްޖެ ފަތުރުވެރިއެއް ގެނބިގެން މަރުވެއްޖެ ފަތުރުވެރިއެއް ގެނބިގެން މިއަދު މަރުވެއްޖެއެވެ. ފުލުހުން ބުނީ މި ހާދިސާ ހިނގާފައި ވަނީ ވ. އަތޮޅުގައި އޮންނަ ރިސޯޓެއްގައި ކަމަށެވެ. އެމީހާ ގެނބިގެން އުޅޭކަމަށް ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިއަދު ހެނދުނު 11:29 ހާއިރު އެވެ. އެމީހާ މޫދުން ނަގައިގެން ވ. ފެލިދޫ ސިއްހީ މަރުކަޒަށް ގެންގޮސްފައިވާއިރު، އެތަނަށް ގެންދިޔަ އިރުވެސް އެމީހާ ނިޔާވެފައިވާކަމަށް ސިއްހީ މަރުކަޒާއި ހަވާލާދީ ފުލުހުން ބުނެފަވެއެވެ. ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ ދަރިވަރުންގެ އުމުރާ ނުގުޅޭ ވާހަކަ ދެއްކި ޓީޗަރެއްގެ މައްސަލަ ބަލަނީ ދަރިވަރުންގެ އުމުރާ ނުގުޅޭ ވާހަކަ ދެއްކި ޓީޗަރެއްގެ މައްސަލަ ބަލަމުން އަންނަކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ބުނެފިއެވެ. ފުލުހުން މިއަދު ބުނީ ސައުތު ސެންޓްރަލް ޕޮލިސް ޑިވިޝަންގެ ދާއިރާގައި ހިމެނޭ ރަށެއްގެ ސްކޫލެއްގައި މަސައްކަތްކުރާ ފިރިހެން ޓީޗަރަކު ދަރިވަރުންގެ އުމުރާ ނުގުޅޭ ވާހަކަ ދައްކައި، ގްރޫމް ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. ފުލުހުންގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި، މި މައްސަލަ އޮކްޓޯބަރ 17 ވަނަ ދުވަހު ވަނީ ރިޕޯޓުކޮށްފައެވެ. މި [... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ ހުޅުމާލެ ފަރުގެ 1159 އަކަ މީޓަރަށް ގެއްލުން، 29 މިލިއަން ރުފިޔާގެ ޖޫރިމަނާއެއް ޓަގަކާއި ބާޖެއް ހުޅުމާލެ އުތުރު ފަރާތު ފަރަށް އެރުމުން ލިބުނު ގެެއްލުމަށް، އެ ދެ އުޅަނދު އޮަޕަރޭޓްކުރި ކުންފުނި 29 މިލިއަން ރުފިޔާއިން ޖޫރިމަނާ ކޮށްފިއެވެ. ޓަގު “ANADI” އަދި ބާޖު “AM MANUMIT” ހުޅުމާލޭގެ އުތުރުފަރާތު ފަރަށް 21 ފެބްރުއަރީ 2024 ވަނަ ދުވަހު ވަނީ އަރާފައެވެ. މި އުޅަނދުތައް ފަރުމަތިން ނަގާފައިވަނީ 23 އޭޕްރީލް 2024 ގައެވެ. މި އުޅަނދުތައް ހުޅުމާލޭގެ އުތުރުފަރާތު ފަރަށް އެރުމުން ލިބުނު ގެއްލުން ދެނެގަތުމަށްފަހު އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެސީ […] ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ ޑްރަގްގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ތިން މީހަކު ހައްޔަރުކޮށްފި މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ވެރިރަށް މާލޭގައި ހިންގި އޮޕަރޭޝަނެއްގައި ތިން މީހަކު ހައްޔަރުކޮށްފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ، އެ ޚިދުމަތުގެ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މާލޭގައި މަސްތުވާތަކެތީގެ އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ. މި މަހުގެ 19 ވަނަ ދުވަހު ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި މި އޮޕަރޭޝަންގައި ކޯޓު އަމުރުގެ ދަށުން ތިން ގެއެއް ބަލައިފާސް... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ކުޅިވަރު ސެވިއްޔާ ބަލިކޮށް ބާސާއިން ލީޑު ދަމަހައްޓައިފި ސްޕެނިޝް ލަލީގާގައި ރޭ ސެވިއްޔާ ބަލިކޮށް ބާސެލޯނާއިން ޕޮއިންޓް ތާވަލުގެ އެއްވަނާގައި ލީޑު ދަމަހައްޓައިފިއެވެ. އަމިއްލަ ދަނޑުގައި ރޭ ބާސާއިން ވަނީ 5-1 ގެ ތަފާތު ބޮޑު ނަތީޖާއިން ސެވިއްޔާ ބަލިކޮށްފައެވެ. މި މޮޅާއިއެކު ބާސާ އެއްވަނާގައި އޮތީ ދެވަނާގައި އޮތް ރެއާލަށް ވުރެ ތިން ޕޮއިންޓް އިތުރަށް ހޯދައިގެންނެވެ. ބާސާއަށް 10 މެޗުން 27 ޕޮއިންޓް ލިބިފައިވާއިރު ރެއާލަށް 10 މެޗުން ލިބިފައިވަނީ 24 ޕޮއިންޓެވެ. ލީގުގައި އަންނަ ހޮނިހިރު ދުވަހުގެ ރޭ ބާސާއާއި ރެއާލް […] އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ބައިނަލްއަގުވާމީ ކޮންމެ ދުވަހަކު 1 މިލިއަން ޑޮލަރު ދޭ ގިވްއަވޭއެއް އީލޮން މަސްކް އިއުލާންކޮށްފި އެމެރިކާގެ ބިލިއަނަރު އަދި ޓެސްލާގެ ސީއީއޯ އީލޮން މަސްކް އެމެރިކާގެ ޤާނޫނު އަސާސީގެ 1 ވަނަ އަދި 2 ވަނަ އިޞްލާޙަށް ތާއީދުކުރާ ޕެޓިޝަނެއްގައި ސޮއިކުރާ ފަރާތްތަކަށް ކޮންމެ ދުވަހަކު 1 މިލިއަން ޑޮލަރު ހަދިޔާކުރާނެ ކަމަށް ބުނެ ގިވްއަވޭއެއް އިޢުލާނުކޮށްފިއެވެ. މި އިޢުލާނު މަސްކް ކުރީ ޕެންސިލްވޭނިއާގެ ހެރިސްބަރގްގައި ބޭއްވުނު ޓައުން ހޯލް ބައްދަލުވުމެއްގައެވެ. މި ބައްދަލުވުމުގައި މަސްކް ވިދާޅުވީ، ނޮވެމްބަރު މަހުގެ 5 ވަނަދުވަހު އޮންނަ އެމެރިކާގެ ރިޔާސީ އިންތިޚާބާ ހަމައަށް ކޮންމެ ދުވަހަކު […] އަޙްމަދު ދާއޫދު · 2 އަހަރު ކުރިން
ބައިނަލްއަގުވާމީ އޮސްޓްރޭލިއާއިން އިސްރާއީލަށް ކުރާ އަސްކަރީ އެކްސްޕޯޓް ހުއްދަތައް މުރާޖައާކުރަނީ އޮސްޓްރޭލިއާއިން އިސްރާއީލަށް ކުރާ އަސްކަރީ އެކްސްޕޯޓް ހުއްދަތައް މުރާޖައާކުރަން ނިންމާފައިވާ ކަމަށް އޮސްޓްރޭލިޔާގެ ކަމާބެހޭ ފަރާތްތަކުން ބުނެފިއެވެ. އޮސްޓްރޭލިއާގެ ދިފާޢީ ވުޒާރާއިން ބުނީ ޣައްޒާއަށް އިސްރާއީލުން އަރައިގަތުމުގެ ކުރިން އިސްރާއީލަށް ދޫކޮށްފައިވާ 66 ހަނގުރާމަވެރި ސާމާނު އެކްސްޕޯޓް ކުރުމުގެ ހުއްދަ މުރާޖަޢާކުރަމުންދާކަމަށެވެ. ގާޑިއަން ނޫހުން ރިޕޯޓްކޮށްފައިވާގޮތުގައި މި ހުއްދަތައް ވަކިވަކިން ބަލައި، އޮސްޓްރޭލިއާގެ ބައިނަލްއަޤްވާމީ ޒިންމާތަކާއި އިންސާނީ ޙައްޤުތަކާ އެއްގޮތްވާގޮތުގެ މަތިނ... އަޙްމަދު ދާއޫދު · 2 އަހަރު ކުރިން
ކުޅިވަރު ޗެލްސީ ބަލިކޮށް ލިވަޕޫލުން މަގާމް ދެމެހެއްޓިއިރު، ސިޓީއަށް އުނދަގޫ މޮޅެއް އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޗެލްސީއާއި ލިވަޕޫލް ބައްދަލުކުރި މެޗު ކާމިޔާބުކޮށް ލިވަޕޫލުން އެއްވަނަ މަގާމު ދަމަހައްޓައިފިއެވެ. ރޭ އަމިއްލަ ދަނޑުގައި ލިވަޕޫލުން ވަނީ 2-1 ގެ ނަތީޖާއިން ޗެލްސީ ބަލިކޮށްފައެވެ. މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނެގީ ލިވަޕޫލުންނެވެ. މި ލަނޑު 29 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ޖަހައިދިނީ ސަލާހް އެވެ. މި ޕެނަލްޓީ ލިވަޕޫލަށް ދީފައިވަނީ ޗެލްސީގެ ކޯލްވިލް އޭރިއާތެރެއިން ލިވަޕޫލްގެ ކާޓިސް ޖޯންސް އަށް ކުރި ފައުލަކާއި ގުޅިގެންނެވެ. ދެވަނަ ހާފު […] އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ބައިނަލްއަގުވާމީ އިސްރާއީލުން އީރާނަށް ހަމަލާދޭން ރާވާ ކަމުގެ ސިއްރު މަޢުލޫމާތު ލީކްވި މައްސަލަ ބަލަނީ އިސްރާއީލުން އީރާނަށް ހަމަލާދޭން ރާވާ ކަމުގެ ސިއްރު މަޢުލޫމާތު ހިމެނޭ ދެ ލިޔުމެއް ލީކްވުމާ ގުޅިގެން އެމެރިކާގެ ސަރުކާރުން ތަޙުޤީޤެއް ފަށައިފިއެވެ. މި ކަން ހާމަކޮށްދެއްވީ އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ސްޕީކަރ މައިކް ޖޮންސަންއެވެ. ސީއެންއެންއަށް ދެއްވި އިންޓަވިއުއެއްގައި ސްޕީކަރ ޖޮންސަން ވިދާޅުވީ މި މައްސަލައިގެ ތަޙުޤީޤު ކުރިއަށްދާ ކަމަށާއި، އަދި އޭނާއަށް މި ކަމާ ގުޅޭ ބްރީފިންގއެއް ލިބިވަޑައިގަންނަވާނެ ކަމަށެވެ. އަދި މި މައްސަލަ ގާތުން ބަލަމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ލީކްވި... އަޙްމަދު ދާއޫދު · 2 އަހަރު ކުރިން