ތިލަދުންމަތީ ޚަބަރު މުރައިދޫ ކުޑަކުދިންގެޕާކާއި ބޮނބިފަންނު ބީޗު ރަސްމީކޮށް ހުޅުވައިފި ހއ. މުރައިދޫ ކުޑަކުދިންގެޕާކާއި ބޮނބިފަންނު ބީޗު ރަސްމީކޮށް ހުޅުވައިއެވެ. ހޮނިހިރު ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި މުރައިދޫ ކުޑަކުދިންގެޕާކާއި ބޮނބިފަންނު ބީޗު ރަސްމީކޮށް ހުޅުވައިދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފު އުމަރެވެ. މުރައިދޫ ކުޑަކުދިންގެ ޕާކަކީ، ހއ. އަތޮޅު ކައުންސިލްގެ އެހީތެރިކަމާއެކު އެރަށު ރައްޔިތުން ތަރައްގީ ކުރި ޕާކެކެވެ. މި ކާޕް ތަރައްގީކުރުމަށް އަތޮޅު ކައުންސިލުން 1 ލައްކަ ރުފިޔާގެ މާލީ އެހީއެއް ދީފަވެއެވެ. މުރައިދޫ ކ... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ކުޅިވަރު ފީފާއިން ތައާރަފުކުރާ އައު މޯބައިލް ގޭމް "ފީފާ ރައިވަލްސް"ހިލޭ ކުޅެވޭނެ ފެޑެރޭޝަން އިންޓަނޭޝަނަލް ޑެ ފުޓްބޯލް އެސޯސިއޭޝަން (ފީފާ) އިން ތަޢާރަފުކުރާ އައު މޯބައިލް ގޭމް “ފީފާ ރައިވަލްސް” ނެރެން ތައްޔާރުވެފައިވާއިރު، އެގޭމް އޮންލައިންކޮށް ހުރިހާ ޔޫޒަރުންނަށްވެސް ހިލޭ ކުޅޭވޭނެކަމަށް ފީފާއިން ބުނެފިއެވެ. ވެރައިޓީ މަޖައްލާއިން ހާމަކޮށްފައިވާ ގޮތުގައި ފީފާއިން އަންނަނީ ކުޅިވަރަށް ލޯބިކުރާ ފަރާތްތަކަށް އައު ތަޖުރިބާއެއް ގެނެސްދިނުމުގެ މަޤްޞަދުގައި “ފީފާ ރައިވަލްސް” ގެ ނަމުގައި މުޅިން އައު މޯބައިލް ފުޓްބޯޅަ ގޭމެއް ތައްޔާރުކުރަމުންނެވެ. މި ގޭމުގައި ކުޅޭ ފަރާތްތަކަށް އަމިއްލަ... އަޙްމަދު ދާއޫދު · 1 އަހަރު ކުރިން
ރާއްޖެ ކަނޑޫމާގެ ޑައިވަރުން، ދަލެއްގައި ޖެހިފައި އޮތް ބޮޑު އެންމަޑިއެއް ސަލާމަތްކޮށްފި މަސްހިފަން ޖަހާފައިއޮތް ދަލެއްގައި އޮޅިފައި އޮތް ބޮޑު އެންމަޑި (މަންތާރޭ) އެއް، ރާއްޖޭގެ ކަނޑޫމާ ރިސޯޓުގެ ޑައިވަރުންގެ މަސައްކަތުން ސަލާމަތްކޮށްފިއެވެ. ދިވެހިރާއްޖޭގެ ހޮލިޑޭ އިން ރިސޯޓު ކަނޑޫމާ މޯލްޑިވްސްގެ ކައިރީގައިވާ ޑައިވް ސައިޓެއްގައި ސުވިސް ފަތުރުވެރިން ވަނީ އެމީހުންނަށް ފެނުނު ވަރަށް އަޖައިބުވެފައިވާ ހާދިސާއެއް ވީޑިއޯކޮށްފައިވެއެވެ. އެމީހުންނަށް ފެނުނީ ޑައިވް އިންސްޓްރަކްޓަރާއި ރިސޯޓުގެ ޖެނެރަލް މެނޭޖަރު ޑައިވްކުރަމުން ދަނިކޮށް ދަލެއްގައި ޖެހިފައި އޮތް ބޮޑު އެންމަޑިއެއް ސަލާމަތްކުރާ މަންޒ... އަޙްމަދު ދާއޫދު · 1 އަހަރު ކުރިން
ބައިނަލްއަގުވާމީ އައިއޭއީއޭގެ ބޯޑުގެ އީރާނާ ދެކޮޅު ޤަރާރަށް ހަތަރު ގައުމެއްގެ ތާއީދު ބައިނަލްއަޤްވާމީ އެޓޮމިކް އެނަރޖީ އޭޖެންސީ (އައި.އޭ.އީ.އޭ)ގެ ބޯޑުން އީރާނާ ދެކޮޅަށް ފާސްކުރި ޤަރާރަށް އެމެރިކާ، އިނގިރޭސިވިލާތް، ފްރާންސް އަދި ޖަރުމަނުވިލާތުން މަރުޙަބާ ކިޔައިފިއެވެ. މި ހަތަރު ގައުމުން ބުނީ، މި ޤަރާރަކީ އީރާނުގައި ހުރި ނިއުކްލިއަރ މެޓީރިއަލްތަކާ ގުޅޭ ގޮތުން ދިގު މުއްދަތެއް ވަންދެން ޖަވާބުދާރީ ނުވެ ހުރި މައްސަލަތަކަށް ޖަވާބު ހޯދުމަށް ކުރެވޭ މަސައްކަތެއް ކަމުގައެވެ. މި ހަތަރު ގައުމުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމަކީ ހަމައެކަނި ސުލްޙަވެރި ބޭނުންތ... އަޙްމަދު ދާއޫދު · 1 އަހަރު ކުރިން
ބައިނަލްއަގުވާމީ އުރުދުންގައި އިސްރާއީލް އެމްބަސީ ކައިރީ ބަޑިޖަހައި ތިން ފުލުހަކު ޒަޚަމްކޮށްލައިފި އުރުދުންގެ ވެރިރަށް އަމާންގައި ހުންނަ އިސްރާއީލު އެމްބަސީ ކައިރީގައި ހިނގި ބަޑިޖެހުމުގެ ހާދިސާއެއްގައި 3 ފުލުހުން ޒަޚަމްވެއްޖެއެވެ. އުރުދުންގެ ސަރުކާރުގެ ނޫސް އޭޖެންސީ ޕެޓްރާއިން ބުނެފައިވާ ގޮތުގައި، އާދިއްތަ ދުވަހުގެ ފަތިހު ހިނގި މި ހާދިސާ ހިނގާފައިވަނީ އަންމާންގެ މުއްސަނދި ހިސާބެއް ކަމަށްވާ ރަބިއާ ސަރަހައްދުގައެވެ. އެ ސަރަހައްދުގައި ޕެޓްރޯލް ކުރަމުންދިޔަ ފުލުހުންގެ ވެހިކަލަކަށް މީހަކުވަނީ ބަޑިޖަހާފައެވެ. އޭގެ ފަހުން ފުލުހުން އޭނާގަޔަށް ބަޑި ޖަހައި މަރާލާފައިވެއެވެ. އުރުދުންގެ ޕަބްލިކް ސެކިއުރި... އަޙްމަދު ދާއޫދު · 1 އަހަރު ކުރިން
ވިޔަފާރި ކާޑުގެ ބާވަތްތައް ލިބުމުގައި ރައްޔިތުންނަށް ދަތިކަމެއް ނާންނާނެ: އެސްޓީއޯ ކާޑުގެ ބާވަތްތައް ބޭރުކުރުމުގައި އިންޑިއާއިން ރާއްޖެއަށް ދީފައިވާ ކޯޓާގައި އުސޫލުން ބޭރުން ލަންކާއަށް ހަކުރު އެތެރެކުރާ މައްސަލައެއް ފެންމަތިވެފައިވީ ނަމަވެސް، ރާއްޖެއަށް ކާޑުގެ ބާވަތްތައް އެތެރެކުރުން ހުއްޓުމަކަށް އައިސްފައިނުވާ ކަމަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން މިއަދު ހާމަކޮށްފިއެވެ. އެސްޓީއޯގެ މީޑިއާ އޮފިޝަލަކު ވިދާޅުވި ގޮތުގައި، ރާއްޖެއަށް ކާޑުގެ ބާވަތްތައް އެތެރެކުރުމަށް ދީފައިވާ ކޯޓާގައި އެހެން ގައުމަކަށް ކާޑު އެތެރެކުރަމުން އައި މައްސަލައެއް ފެންމަތިވެފައިވާ ކަމުގެ މަ... އިބްރާހިމް އަސްވާޤް · 1 އަހަރު ކުރިން
ރާއްޖެ އަތުލައިގަތް ޑްރަގްގެ މަގުމަތީ އަގަކީ އެއް ބިލިއަން ރުފިޔާ، ރައީސްގެ ޝުކުރު ތަންފީޒީ އިދާރާތަކަށް ޤަވާއިދާއި ހިލާފަށް ރާއްޖެ ސަރަހައްދަށް ވަދެފައިވާ ސްރީލަންކާގެ ބޯޓެއް ބަލާފާސްކޮށް އަތުލައިގަތް މަސްތުވާތަކެތީގެ މަގުމަތީ އަގު އެއް ބިލިއަނަށް އަރާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމްއެންޑީއެފުން ވަނީ ހޮނިހިރުގެ ރޭ ދަންވަރު 12:45 ހާއިރު ހދ.މަކުނުދޫ ބޭރުން، ޤަވާއިދާއި ހިލާފަށް ރާއްޖެ ސަރަހައްދަށް ވަދެފައިވާ ސްރީލަންކާއަށް ނިސްބަތްވާ މަސްބޯޓެއް އަތުލައިގަނެފައިވާ ކަމަށެވެ. މިކަމާއި ގުޅިގެން ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި، މިއަދުގެ ވަގުތެއްގައި ރާއްޖޭގެ ސަލާމަތީ ޚި... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ރާއްޖެ ހަށިވިއްކުމުގެ ވިޔަފާރީގައި އުޅުނު 3 ބިދޭސީއަކު ޑީޕޯޓްކޮށްލައި އިތުރު 4 ބިދޭސީން ޑީޕޯޓްކޮށްލަނީ ރާއްޖޭގައި ހަށިވިއްކުމުގެ ވިޔަފާރީގައި އުޅުނު 3 ބިދޭސީއަކު ޑީޕޯޓްކޮށްލައި އިތުރު 4 ބިދޭސީން ޑީޕޯޓްކޮށްލުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ބުނެފިއެވެ. އިމިގްރޭޝަނުން ބުނީ، ރާއްޖޭގައި ފުޅާދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރިކުރަމުންދިއަ ބިދޭސީން ހޯދުމަށް އިމިގްރޭޝަނާއި ފުލުހުން ގުޅިގެން މި ނޮވެންބަރު މަހުގައި ވަނީ ހާއްސަ އިންސްޕެކްޝަން ތަކެއް ހިންގާފައި ކަމަށެވެ. މި އިންސްޕެކްޝަންގައި 05 މައްސަލައަކާއި ގުޅިގެން ބިދޭސީ 05 އަންހެނަކު އަދި އެޖެންޓުންގެ ގޮތުގައި... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ރާއްޖެ މަކުނުދޫ އާއި ދިމާ ބޭރުން އަތުލައިގަތް ލަންކާ ބޯޓުން 468 ކިލޯ ޑްރަގް އަތުލައިފި ޤަވާއިދާއި ހިލާފަށް ރާއްޖެ ސަރަހައްދަށް ވަދެފައިވާ ސްރީލަންކާގެ ބޯޓެއް ބަލާފާސްކޮށް 468 ކިލޯ މަސްތުވާތަކެތި އަތުލައިގެންފިއެވެ. ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާޢު މީޑިއާތަކަށް ވިދާޅުވީ ހޮނިހިރުގެ ރޭ ދަންވަރު 12:45 ހާއިރު ހދ.މަކުނުދޫ ބޭރުން ސްރީލަންކާއަށް ނިސްބަތްވާ މަސްބޯޓެއް އަތުލައިގަނެފައިވާ ކަމަށެވެ. ގަވާއިދާ ޚިލާފަށް ރާއްޖެ ސަރަހައްދަށް ވަތް މިބޯޓު އަތުލައިގަތީ އެމްއެންޑީއެފުންނެވެ. ބޯޓު އަތުލައިގަތުމަށްފަހު ރޭ ކުޅުދުއްފުށި ސިޓީގެ ބަނދަރަށް ގެންގޮސްފައިވާއިރު، ކުޅުދުއްފުށީ ސިޓީގެ ފުލުހުންނާއ... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ރާއްޖެ ނާޒުކު ހާލަތްތަކުގައި ތިބި ފަރާތްތަކަށް އެހީތެރިވުމުގެ އެއްބަސްވުމެއް ނާޒުކު ހާލަތްތަކުގައި ތިބި ފަރާތްތަކަށް އެހީތެރިވުމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއާއި، އިޖުތިމާއީ އެހީތެރިކަން ދިނުމުގައި މަސައްކަތްކުރާ ޖަމިއްޔާ މަމްސް އެއިޑް އާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުނީ މިއީ އެ ވުޒާރާއިން ‘ހާލު ކިހިނެއް؟’ އަދި އިޖުތިމާޢީ ބަދަހި މަދަދުވެރިން، “އިބަމަ” ޕްރޮގްރާމުގެ ތެރެއިން ދެނެގަނެވޭ ނާޒުކު ހާލަތްތަކުގައި ތިބި ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމާއެކު، އެފަރާތްތަކުގެ ދިރިއުޅުމުގެ ހާލ... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
މަޖިލިސް އޭސީސީ އާއި އީސީގެ މެމްބަރުން ތަކެއް ވަކިކުރަން ކޮމެޓީން ފާސްކޮށްފި އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި އިލެކްޝަން ކޮމިޝަން (އީސީ)ގެ ހަތަރު މެމްބަރުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުވައްސަސާތަކުގެ ކޮމެޓީން މިއަދު ފާސްކޮށްފިއެވެ. މިނިވަން މުވައްސަސާތަކުގެ ކޮމެޓީއަށް ފޮނުވާފައި ވަނީ އޭސީސީގެ ނައިބު ރައީސް އަބްދުއްސަލާމާއި އެ ކޮމިޝަންގެ މެންބަރު ޠާހާ މުޙައްމަދާއި، އީސީގެ ނައިބު ރައީސް ޢަލީ ނަޝާތާއި މެންބަރު މުޙައްމަދު އާސިފާއި، ޑރ. މުޙައްމަދު ޒާހިރުގެ އިތުރުން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ރައީސް އަޙްމަދު ނާސިޙް ގެ މައްސަލައެވެ. މިނިވަން މު... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ވިޔަފާރި ފެނަކައިން އިޔާދަކުރަނިވި ހަކަތައިން ކަރަންޓު އުފެއްދުން އިތުރުކުރުމަށް މުހިއްމު ގިނަ މަސައްކަތްތަކެއް ދިވެހިރާއްޖޭގައި ލިބެންހުރި ހަކަތައިގެ ވަސީލަތްތަކުގެ ބޭނުން އިތުރުކޮށް ތިމާވެއްޓާ ރައްޓެހި ގޮތުގައި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަކީ ފެނަކަ ކޯޕަރޭޝަނުން ވަރަށް ބޮޑު އަހަމިއްޔަތުކަމެއް ދޭ ކަމެއްކަމުގައި އެ ކުންފުނިން ހާމަކޮށްފިއެވެ. ފެނަކައިން ވަނީ އަވިން ކަރަންޓު އުފައްދާ ސޯލާ ޕީވީ ސިސްޓަމްތައް ހަރުކުރުމަށް މުހިއްމު މަޝްރޫއުތަކެއް ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި ކުރިއަށް ގެންގޮސްފައިވެއެވެ. އޭގެ ތެރޭގައި މުޅިން އަލަށް ފެށި ޕްރޮގްރާމްތަކާއި ކުރިން ފެށިގެން ކުރިއަށް ގެންދިޔަ ޕްރޮޖެކްޓްތ... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ރާއްޖެ ގާނޫނު އަސާސީއަށް ގެނައި އިސްލާހު ބާތިލްކުރަން ސުޕްރީމް ކޯޓަށް ޕާޓީ ބަދަލުކުރާ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހުތައް ބާތިލް ކުރަން ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅައިފި އެވެ. ކުއްލި ގޮތަކަށް މިދިޔަ ހަފުތާގައި ގާނޫނުއަސާސީ އަށް ގެނައި އިސްލާހުގައި ބުނާ ގޮތުން ވަކި ސިޔާސީ ޕާޓީއެއްގެ ފަރާތުން މަޖިލިސް އިންތިހާބުގައި ވާދަ ކޮށްގެން އިންތިހާބުވުމަށް ފަހު، އެ ދައުރުގެ ތެރޭގައި އެ ސިޔާސީ ޕާޓީއަކުން އަމިއްލަ އަށް ވަކިވެއްޖެ ނަމަ ނުވަތަ ޕާޓީން ވަކިކޮށްފި ނަމަ ނުވަތަ އެހެން ސިޔާސީ ޕާޓީއެއްގެ […] ހުސައިން ހަބީބް · 1 އަހަރު ކުރިން
ކުޅިވަރު ސެލްޓައިން ތިން މިނެޓްތެރޭ ދެ ލަނޑުޖަހައި ބާސާ ހިފަހައްޓައިފި ސްޕެނިޝް ލަލީގާގައި ރޭ ބާސެލޯނާއާއި ސެލްޓަ ވީގޯ ބައްދަލުކުރި މެޗު، ބާސާއިން ދެލަނޑު ޖަހާފައި ވަނިކޮށް ފަހުވަގުތު ކައިރިކައިރީގައި ޖެހި ދެލަނޑުން ސެލްޓައިން ނަތީޖާ ހަމަހަމަ ކޮށްފިއެވެ. ސެލްޓަގެ ދަނޑިގައި ކުޅުނު މި މެޗު ނިމިގެން ދިޔައީ 2-2 ގެ ނަތީޖާއިންނެވެ. ސެލްޓަވީގޯ ދަނޑުގައި ކުޅުނު މި މެޗުގެ 15 ވަނަ މިނިޓުގައި ބާސެލޯނާގެ ރަފީނިއާ ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފައެވެ. މިއީ މި ސީޒަނުގައި އޭނާ ޖެހި 13 ވަނަ ލަނޑެވެ. […] އިބްރާހިމް ޚަލީލް · 1 އަހަރު ކުރިން
ކުޅިވަރު ގާޑިއޯލާ ފުރަތަމަ ފަހަރަށް ވިދިވިދިގެން ފަސްބަލި ކުރިން ބާސެލޯނާއަށާއި ބަޔާން މިއުނިކަށް ވެސް ކޯޗް ކޮށްދިން، ގިނަބަޔަކު ގަބޫލްކުރާ އެންމެ މޮޅު އެއް ކޯޗް ކަމުގައިވާ ޕެޕް ގާޑިއޯލާގެ ކޯޗިން ކެރިއާގައި ޖެހިޖެހިގެން ފުރަތަމަ ފަހަރަށް ފަސް މެޗުން ބަލިވެއްޖެއެވެ. ރޭ އަމިއްލަ ދަނޑުގައި ސިޓީ ވަނީ 4-0 ގެ ތަފާތު ބޮޑު ނަތީޖާއިން ޓޮޓެންހަމް އަތުން ބަލިވެފައެވެ. މި މެޗުން މެންޗެސްޓަރ ސިޓީ ބަލިވިއިރު ލީގުގައި ކުޅުނު 12 މެޗުން އެ ޓީމަށް ލިބިފައިވާ 23 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ […] އިބްރާހިމް ޚަލީލް · 1 އަހަރު ކުރިން