މައި ޚަބަރަށް ދިޔުމަށް

ތިލަދުންގެ އަރުޝީފުން ހޯދުން

ފަހުގެ ހޯދުންތައް:
މިނިވަން ތަހްގީގަކަށް ޖާގަ ދިނުމަށް އެޗްޑީސީގެ އެމްޑީއާއި ބޯޑު މެމްބަރުން ސަސްޕެންޑްކޮށްފި

މިނިވަން ތަހްގީގަކަށް ޖާގަ ދިނުމަށް އެޗްޑީސީގެ އެމްޑީއާއި ބޯޑު މެމްބަރުން ސަސްޕެންޑްކޮށްފި

ސަރުކާރުގެ ބިންވެރިޔާ ސްކީމްގެ ދަށުން ލިސްޓްގައި ނެތް ބަޔަކަށް ގޯތި ދީފައިވާކަމަށް ފެންމަތިވެފައިވާ މައްސަލައިގެ މިނިވަން ތަހްގީގަކަށް ޖާގަ ދިނުމަށް އެޗްޑީސީގެ ޗެއާމަން ފިޔަވައި، އެ ކުންފުނޯގެ އެމްޑީއާއި ބޯޑު މެމްބަރުން ތަހްގީގު ނިމެންދެން ސަސްޕެންޑްކޮށްފިއެވެ. އެކަން ހާމަކުރެއްވީ ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. ހީނާ ވިދާޅުވެފައި ވަނީ، ފުލުހުން އިސްނަގައިގެން އެޗްޑީސީގައި ކުރިއަށްގެންދާ ޖިނާއީ ތަޙުޤީޤު މިނިވަންކަމާއެކު ބާރަށް ކުރިއަށް ގެންދިއުމަށް...

ޔުމްނާ ޢަލީ
އިންޑިއާގައި ފިރިމީހާ ސަލާމަތްކުރުމަށް ތިން މަހުގެ ދަރިފުޅު ވިއްކާލައިފި

އިންޑިއާގައި ފިރިމީހާ ސަލާމަތްކުރުމަށް ތިން މަހުގެ ދަރިފުޅު ވިއްކާލައިފި

އިންޑިއާގެ މުންބާއީގެ ޖަލެއްގައި ހުރި ފިރިމީހާ ސަލާމަތްކުރުމަށް މަންމައަކު ތިން މަސް ވީ ކުޑަ ދަރިފުޅު ވިއްކާލައިފިއެވެ. މުންބާއީގެ ފުލުހުން 32 އަހަރުގެ އެ އަންހެންމީހާ ހައްޔަރުކޮށްފައިވާއިރު، އެމީހާ ހައްޔަރުކުރީ ޖަލުގައި ހުރި އޭނާގެ ފިރިމީހާގެ ކަފާލާތު ފައިސާ ހޯދުމަށްޓަކައި އޭނާގެ ތިން މަސް ވީ ކުޑަ ދަރިފުޅު ކަރުނާޓަކާގައި ވިއްކާލި ކަމުގެ ތުހުމަތުގައެވެ. މި މައްސަލައާ ގުޅިގެން އިތުރު 8 މީހުން ވެސް ހައްޔަރުކޮށްފައިވެއެވެ. ފުލުހުން ބުނާ ގޮތުގައި، އަންހެންމީހާ މާބަނޑުވެ ހުއްޓައި ބައިކުއްލާ ޖަލަށް […...

އަޙްމަދު ދާއޫދު
އަސަދުގެ ވެރިކަން ވެއްޓުނު ފަހުން ދިމިޝްގު އެއާޕޯޓުން ފުރަތަމަ ފްލައިޓް ފުރައިފި

އަސަދުގެ ވެރިކަން ވެއްޓުނު ފަހުން ދިމިޝްގު އެއާޕޯޓުން ފުރަތަމަ ފްލައިޓް ފުރައިފި

ސީރިއާގައި ދިގު މުއްދަތެއްގައި ވެރިކަންކުރި ރައީސް ބައްޝާރު އަލް-އަސަދުގެ ވެރިކަން ވައްޓާލުމަށްފަހު، ދިމިޝްގު އެއާޕޯޓުން ފުރަތަމަ ވިޔަފާރި ފްލައިޓް ފުރައިފިއެވެ. ބުދަ ދުވަހު 43 ފަސިންޖަރުންނާއެކު، ނޫސްވެރިންގެ ގްރޫޕެއް ހިމެނޭ ގޮތަށް، މި ފްލައިޓް އުތުރުގައިވާ އަލެޕޯއަށް ޖައްސާފައިވެއެވެ. އަސަދަށް ތާއީދުކުރާ ބާރުތަކުން ޑިސެމްބަރު 8 ގައި ވަނީ ވެރިރަށުގެ އެއާޕޯޓު ދޫކޮށްލާފައެވެ. އެއީ ނޮވެމްބަރު 27 ގައި ފެށުނު އަވަސް ހަމަލާއެއްގައި އިދިކޮޅު ހަނގުރާމަވެރިން ވެރިރަށާ ކައިރިވުމާ ގުޅިގެންނެވެ. އޭގެ ފަހުނ...

އަޙްމަދު ދާއޫދު
ބްރިޖުގައި އެކްސިޑެންޓެއް ހިނގައި އަނިޔާވި މީހަކަށް ފަރުވާދެނީ

ބްރިޖުގައި އެކްސިޑެންޓެއް ހިނގައި އަނިޔާވި މީހަކަށް ފަރުވާދެނީ

ސިނަމާލެ ބްރިޖުގައި އެކްސިޑެންޓެއް ހިނގައި އަނިޔާވި މީހަކަށް ފަރުވާދޭންފަށައިފިއެވެ. ފުލުހުން ބުނިގޮތުގައި މި އެކްސިޑެންޓް ހިނގާފައި ވަނީ ސައިކަލެއް ދެ ކާރުގައި ޖެހިގެންނެވެ. މި އެކްސިޑެންޓްގައި މީހަކަށް އަނިޔާވެފައިވާއިރު، އޭނާ އަށް ހުޅުމާލެ ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަކަމަށް ފުލުހުން ބުންޏެވެ. މި މައްސަލަ ފުލުހުން އަންނަނީ ތަހްގީގުކުރަމުންނެވެ.

ޔުމްނާ ޢަލީ
ޕީޕީއެމް އުވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމުގައި އީސީން ބުނެފި

ޕީޕީއެމް އުވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމުގައި އީސީން ބުނެފި

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) ގެ އަސާސީ ގަވާއިދުގައިވާ ގޮތުގެމަތިން ޕާޓީ އުވާލުމަށް އެ ޕާޓީގެ ސެނެޓުން ނިންމާފައިވާތީ، އެ ޕާޓީ އުވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމުގައި އިލެކްޝަން ކޮމިޝަނުން ބުނެފިއެވެ. ޕީޕީއެމް އުވާލުމުގެ މަސައްކަތް ކުރަމުން އަންނާތީ އެ ޕާޓީގެ ނަމުގައި އެއްވެސް ސިޔާސީ ހަރަކާތެއް ނުހިންގުމަށް އީސީން ވަނީ އެދިފައެވެ. އީސީން އިތުރަށް ބުނީ ޕީޕީއެމް އުވާލުމަށްޓަކައި ފުރިހަމަ ކުރަންޖެހޭ އިޖުރާއަތުތައް ފުރިހަމަކުރުމަށް ކުރެވޭ މުއާމަލާތްތައް ފިޔަވައި އިތުރު އެއްވެ...

އިބްރާހިމް ޚަލީލް
އަންނަ އަހަރު ދައުލަތުގެ ބަޖެޓުން ފައިސާ ދެނީ 5 ސިޔާސީ ޕާޓީއަކަށް

އަންނަ އަހަރު ދައުލަތުގެ ބަޖެޓުން ފައިސާ ދެނީ 5 ސިޔާސީ ޕާޓީއަކަށް

ސިޔާސީ ޕާޓީތަކުގެ ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުން 5 ސިޔާސީ ޕާޓީއަކަށް ފައިސާ ދިނުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ. ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގައި، ދައުލަތުގެ ބަޖެޓުން ފައިސާ ދޫކުރެވޭނީ 10،000 މެންބަރުން ހަމަވާ ޕާޓީތަކަށް އެކަންޏެވެ. މި ޝަރުތު ފުރިހަމަވާ 5 ޕާޓީއަކީ އެމްޑީޕީ، ޕީއެންސީ، އަދާލަތު ޕާޓީ، ޖުމްހޫރީ ޕާޓީ އަދި އެމްޑީއޭ އެވެ. ޤާނޫނުގައި އިތުރަށް ބަޔާންކޮށްފައިވާ ގޮތުގައި، ސިޔާސީ ޕާޓީތައް ހިންގުމަށް ދައުލަތުގލަތުގެ ބަޖެޓ...

އަލީ އާދިލް
ކުމުންދޫގައި މަސްކާނާ އުފައްދާ ޕްލާންޓެއް ގާއިމުކޮށްފި

ކުމުންދޫގައި މަސްކާނާ އުފައްދާ ޕްލާންޓެއް ގާއިމުކޮށްފި

ހދ. ކުމުންދޫގައި ކޮންމެ ދުވަހަކު ބާނާ މަހުގެ ކުނި މެނޭޖްކޮށް، އެތަކެތިން މަސް ކާނާ އުފައްދާ ޕްލާންޓެއް ގާއިމުކޮށްފިއެވެ. މި ޕްލާންޓަކީ ބޭންކް އޮފް މޯލްޑިވްސްގެ 40 ވަނަ އަހަރީ ދުވަހާ ގުޅިގެން ތައާރަފްކުރި ސްމޯލް ގްރާންޓް ފަންޑުގެ އެހީގައި ހިންގި މަޝްރޫއެކެވެ. ބީއެމްއެލްއިން މިއަދު ބުނެފައިވާ ގޮތުގައި، މި ފަންޑުގެ ދަށުން ހިންގި ދެ މަޝްރޫއެއް ނިންމާލާފައިވާކަމަށެވެ. އޭގެ ތެރެއިން އެއް މަޝްރޫއަކީ ކުމުންދޫގައި ގާއިމުކުރި މަސްކާނާ އުފައްދާ ޕްލާންޓެވެ. އަނެއް މަޝްރޫއަކީ ގދ. ވާދޫ […]

އިބްރާހިމް އަސްވާޤް
ސްޓެލްކޯގެ ރިސާޗް ފައުންޑޭޝަން އިފްތިތާހުކޮށްފި

ސްޓެލްކޯގެ ރިސާޗް ފައުންޑޭޝަން އިފްތިތާހުކޮށްފި

ރާއްޖޭގެ ރިސާޗް އަދި އުފެއްދުންތެރިކަމުގެ ދާއިރާ އައު ހަރުފަތަކަށް ގެންދިއުމުގެ މަޤްޞަދުގައި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ސްޓެލްކޯ ރިސާޗް ފައުންޑޭޝަން މިއަދު އިފްތިތާހުކޮށްފިއެވެ. މި ފައުންޑޭޝަން އިފްތިތާހުކޮށްދެއްވީ މިއަދު ހެނދުނު ސްޓެލްކޯ ހެޑް އޮފީހުގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައި އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީއެވެ. ސްޓެލްކޯއިން މަޢުލޫމާތު ދެއްވިގޮތުގައި، މި ފައުންޑޭޝަންގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ ރިސާޗް އަދި އުފެއްދުންތެރިކަމުގެ ދާއިރާ...

އަލީ އާދިލް
ރަޝިޔާގައި އުފެއްދި ކެންސަރު ވެކްސިން މުޅި ދުނިޔެއަށް ހިލޭ ދެނީ

ރަޝިޔާގައި އުފެއްދި ކެންސަރު ވެކްސިން މުޅި ދުނިޔެއަށް ހިލޭ ދެނީ

ރަޝިޔާއިން ކެންސަރު ވެކްސިން އެއް ތައްޔާރުކޮށްފި ކަމަށާއި، 2025 ގައި މުޅި ދުނިޔެއަށް އެ ވެކްސިން ހިލޭ ދޫކުރާނެކަމަށް އެގައުމުން ބުނެފިއެވެ. ރަޝިޔާގެ ސިއްހީ ވުޒާރާއިން ބުނީ މި ވެކްސިނަކީ ކެންސަރު ބަލި ޖެހުނު މީހުންނަށް ފަރުވާގެ ގޮތުގައި ދެވޭނެ އެއްޗެއް ކަމަށެވެ. ރަޝިޔާގެ ސިއްހީ ވުޒާރާގެ ދަށުން ހިންގާ ރޭޑިއޮލޮޖީ މެޑިކަލް ރިސާރޗް ސެންޓަރުގެ ޑިރެކްޓަރ ޖެނެރަލް އެންޑްރޭ ކަޕްރިން ވަނީ ރަޝިޔާއިން އަމިއްލައަށް ތައްޔާރުކުރި އެމްއާރްއެންއޭ ވެކްސިނެއް ހިލޭ ދޫކުރާނެ ކަމަށް ބުނެފައެވެ. މި […]

އަޙްމަދު ދާއޫދު
ގޯތި ނުލިބޭ ބަޔަކަށް އެޗްޑީސީން ގޯތި ދީފައިވާކަމަށް ތުހުމަތުވާ މައްސަލައެއް

ގޯތި ނުލިބޭ ބަޔަކަށް އެޗްޑީސީން ގޯތި ދީފައިވާކަމަށް ތުހުމަތުވާ މައްސަލައެއް

ސަރުކާރުން ހިންގާ ‘’ބިންވެރިޔާ ސްކީމް’’ގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް ހައުސިން ޑިވެލޮޕްމަންޓް (އެޗްޑީސީ)ން ގޯތި ދީފައިވާކަމަށް ތުހުމަތުވާ މައްސަލައެއް ފުލުހުން ބަލަންފަށައިފިއެވެ. ފުލުހުން މިއަދު ބުނީ ބިންވެރިޔާ ސްކީމް ދަށުން ގޯތި ނުލިބޭ ބަޔަކަށް އެޗްޑީސީން ގޯތި ދީފައިވާކަމަށް ބެލެވޭ މައްސަލައެއް ފެންމަތިވެފައިވާ ކަމަށެވެ. އެހެންވެ އެ މައްސަލާގައި ޖިނާއީ ތަހުގީގެއް ފަށާފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. މިފަދަ މައްސަލައެއްގެ ޖިނާއީ ތަހުގީގު ފެށިކަން ފުލުހުން ހާމަކުރިއިރު، ގޯތީގެ ރަޖިސްޓަރީ ފ...

ޔުމްނާ ޢަލީ
ވޭޕް ބޭނުންކޮށްގެން ހަތަރު މީހަކު ޖޫރިމަނާކޮށްފި

ވޭޕް ބޭނުންކޮށްގެން ހަތަރު މީހަކު ޖޫރިމަނާކޮށްފި

ރާއްޖޭގައި ވޭޕް ބޭނުންކުރުން މަނާކުރި ފަހުން، އެކަން ކުރި ހަތަރު މީހަކު ޖޫރިމަނާ ކޮށްފައިވާ ކަމަށް ފުލުހުން މިއަދު ހާމަކޮށްފިއެވެ. މިއީ ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނުގެ ދަށުން ވޭޕް ބޭނުންކުރުމުގެ ސަބަބުން ޖޫރިމަނާކުރެވުނު ފުރަތަމަ ފަހަރެވެ. މިދިޔަ އާދިއްތަ ދުވަހު އަމަލުކުރަން ފެށި މި ގާނޫނުގައިވާ ގޮތުން ވޭޕާއި އެފަދަ އުފެއްދުމެއް ބޭނުންކޮށްފި ނަމަ، 5،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ. ފުލުހުން މިއަދު ހާމަކުރި ގޮތުގައި، އިއްޔެގެ ނިޔަލަށް މި ގާނޫނާ ހިލާފުވެގެން ހަތަރު […]

އަލީ އާދިލް
އައްމަޓީގެ ޕާސްޕޯޓް ދޫކޮށް, ބޭރަށް ދާން ހުއްދަ ދީފި

އައްމަޓީގެ ޕާސްޕޯޓް ދޫކޮށް, ބޭރަށް ދާން ހުއްދަ ދީފި

ސީލައިފްގެ މައްސަލާގައި ހިޔާނާތުގެ ދައުވާ ލިބޭ އަހުމަދު މޫސާ (އައްމަޓީ) ރާއްޖެއިން ބޭރަށް ދާން ހުއްދަ ދީފި އެވެ. ފްލެޓް އިމާރާތްކޮށްދޭނެ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން ފައިސާ ނެގި މައްސަލާގައި ސީލައިފް ކުންފުނީގެ ވެރިޔާ އައްމަޓީގެ މައްޗަށް ކުރާ ހިޔާނާތުގެ ގިނަ ދައުވާތަކާ ގުޅިގެން އޭނާގެ ޕާސްޕޯޓް އޮތީ ހިފަހައްޓައިފަ އެވެ. ކްރިމިނަލް ކޯޓުން މިއަދު ބުނީ އައްމަޓީގެ ޕާސްޕޯޓް ވަގުތީ ގޮތުން ދޫކޮށްލަން އަމުރުކުރީ އެހެން މީހަކު ޖާމިނު ކުރުމަށް ފަހު ރާއްޖެއިން […]

ހުސައިން ހަބީބް
"ލެޓްސް ކޮފީ މޯލްޑިވްސް" އަށް ގެއްލުންދިން މައްސަލާގައި ދެ މީހަކު ހައްޔަރަށް

"ލެޓްސް ކޮފީ މޯލްޑިވްސް" އަށް ގެއްލުންދިން މައްސަލާގައި ދެ މީހަކު ހައްޔަރަށް

މާލޭގައި ހުންނަ “ލެޓްސް ކޮފީ މޯލްޑިވްސް” އަށް ގެއްލުންދިން މައްސަލާގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ. 12 ޑިސެމްބަރު 2024 ގައި މާލޭ ހަވީރީ ހިނގުމުގައި ހުންނަ މި ކެފޭ އަށް ބަޔަކު ވަނީ ވަދެ ގެއްލުންދީފައެވެ. ފުލުހުން ބުނީ “ލެޓްސް ކޮފީ މޯލްޑިވްސް” އަށް ގެއްލުންދީ، ތޫނު ހަތިޔާރު ބޭނުންކޮށްގެން އެތަނުގެ މުވައްޒަފުންނަށް ބިރުދެއްކި މައްސަލާގައި ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ އަހްމަދު ތައުފީޤް (31އ) ވައިލެޓްމާގެ/ގދ.ދެއްވަދޫ އަދި އަސަދުﷲ ޚާތިމް […]

ޔުމްނާ ޢަލީ
އިރަމާ އާއި ސެންސިޓީ މެޗުން ހޮނިހިރު ދުވަހު މައިކަޕް ފަށަނީ

އިރަމާ އާއި ސެންސިޓީ މެޗުން ހޮނިހިރު ދުވަހު މައިކަޕް ފަށަނީ

ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކްލަބް ޕޯލްސްޓާއިން އިންތިޒާމް ކޮށްގެން މާލެއިން އުތުރުގެ ހުރިހާ ރަށަކަށް ހުޅުވާލައިގެން ބާއްވާ “ބިއުޓިފުލް ބުލޫ މައިކަޕް 2024” ފުޓްބޯޅަ މުބާރާތުގެ ގުރުއަތުލައިފިއެވެ. މި މުބާރާތުގައި ހަ ރަށަކުން ޖުމްލަ ނުވަ ޓީމް ވަނީ ބައިވެރިވެފައެވެ. އޭގެތެރޭގައި އިހަވަންދޫ ހަތަރު ޓީމް ހިމެނެއެވެ. އެ ޓީމްތަކަކީ ކްލަބް އިރަމާ، ސެންސިޓީ، ކުޅިމަގުގެ އިތުރުން އެންވީކޭއެވެ. ދެން މި މުބާރާތުގައި ދެން ބައިވެރިވެފައި ވަނީ ބީބީ ބްރަދާސް، އިލިގަން، ތުރާކުނު، ހޯރަ ޔުނައިޓެޑްގެ އިތުރުން...

އިބްރާހިމް ޚަލީލް
އަސަދު ވެރިކަން ގެއްލުމަށްފަހު ފުރަތަމަ ފަހަރަށް ބަޔާނެއް ނެރެއްފި

އަސަދު ވެރިކަން ގެއްލުމަށްފަހު ފުރަތަމަ ފަހަރަށް ބަޔާނެއް ނެރެއްފި

ސީރިއާގެ ކުރީގެ ރައީސް ބަޝާރު އަލް އަސަދު އޭނާގެ ވެރިކަން ވައްޓާލުމަށްފަހު ފުރަތަމަ ފަހަރަށް ބަޔާނެއް ނެރެއްފިއެވެ. މިއަދު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި އަސަދު ބުނެފައިވަނީ ރަޝިއާއިން އޭނާ ގެންދިޔުމުގެ ކުރިން އަދިވެސް ބަޣާވާތްތެރިންނާ ހަނގުރާމަ ކުރަން ގަސްދުކޮށްފައި އޮތް ކަމަށެވެ. އަސަދުގެ ވެރިކަން ވައްޓާލިތާ އެއް ހަފްތާއަށްވުރެ ގިނަ ދުވަސްވުމަށްފަހު، ސީރިއާގެ ރިޔާސީ ޓެލެގްރާމް ޗެނަލްގައި ކުރި މި ޕޯސްޓަކީ އޭނާ އާންމުކޮށް ކުރި ފުރަތަމަ ބަޔާނެވެ. މި ބަޔާނުގައި އަސަދު ބުނެފައިވަނީ ޑިސެމްބަރު...

އަޙްމަދު ދާއޫދު