ރާއްޖެ އެފްއޭއެމްގެ ހިޔާނާތާ ގުޅިގެން އަމިން ކުންފުންޏަށް ދައުވާކޮށްފި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ފައިސާއަށް ބައްސާމް އަދީލް ޖަލީލް ހިޔާނަތްތެރިވެ, އަމިން އެވެނިއުގެ ފްލެޓްތަކެއް ގަތް މައްސަލާގައި އަމިން ކޮންސްޓްރަކްޝަނާއި އިތުރު ދެ މީހަކަށް ދައުލަތުން ދައުވާކޮށްފި އެވެ. އެފްއޭއެމްއަށް ފީފާއިން އިން ދިން ފައިސާތައް ބައްސާމާއި އެތަނުގެ އިސްވެރިންގެ އެކައުންޓްތަކަށް ޖަމާކޮށް, އެ ފައިސާގެ ތެރެއިން އެއް މިލިއަން ޑޮލަރު ބޭނުންކޮށްގެން އަމިން އެވެނިއުގެ ފްލެޓްތައް ބައްސާމް ގަތް މައްސަލާގައި ދައުލަތުން ދައުވާކުރަން ކްރިމިނަލް ކޯޓަށް ފޮނުވީ އަމި... ހުސައިން ހަބީބް · 1 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ނޮޅިވަރަންފަރުގައި ފަތުރުވެރިއަކަށް ޖިންސީ އަނިޔާއެއް ދޭން އުޅުނު މީހަކު ހައްޔަރަށް ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަންފަރުގައި ފަތުރުވެރިޔަކަށް ޖިންސީ އަނިޔާއެއް ދޭން މަސައްކަތް ކުރި މީހަކު ހައްޔަރުކޮށްފިއެވެ. މިކަމާއި ގުޅޭގޮތުން “ތިލަދުން” އަށް މައުލޫމާތު ދެމުން ނޮޅިވަރަންފަރު ކައުންސިލްގެ ރައީސް އަބްދުﷲ ނަދީމް ބުނީ، އެ ރަށުގެ ގެސްޓްހައުސްއެއްގައި ޗުއްޓީ ހޭދަކޮށްލުމަށް އައިސް ހުރި އަންހެން ފަތުރުވެރިޔަކު އިއްޔެ އެ ރަށު ބީޗުގައި އުޅެނިކޮށް ޖިންސީ އަނިޔާއެއް ދިނުމަށް މީހަކު މަސައްކަތް ކޮށްފައިވާ ކަމަށެވެ. ނަދީމް ބުނީ އަނިޔާ ދިނުމަށް މަސައްކަތްކުރި މީހާގެ ފުށުން ސަލާމަތްވެ، ފަތުރ... އިބްރާހިމް ޚަލީލް · 1 އަހަރު ކުރިން
ރާއްޖެ ރަސްގެތީމު ކައުންސިލް އިދާރާގެ އާ އިމާރާތް ހުޅުވައިފި ރ. ރަސްގެތީމު ކައުންސިލް އިދާރާގެ އާ އިމާރާތް ހުޅުވައިފިއެވެ. މި އިމާރާތް ހުޅުއްވައިދެއްވީ ރައީސް ޑރ. މުހައްމަދު މުޢިއްޒު އެވެ. މި އިމާރާތަކީ، ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ޕީއެސްއައިޕީގެ ދަށުން އަޅާފައިވާ ތަނެކެވެ. ރައީސް މިހާރު ރ.އަތޮޅުގެ ބައެއް ރަށްތަކަށް ކުރަށްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ރަސްގެ ތީމަށް ވަޑައިގެންފައިވާއިރު، އެރަށު ކައުންސިލް އިދާރާގެ އާ އިމާރާތް ހުޅުއްވައި ދެއްވުމާއެކު އެރަަށު ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ.) ކޮމިޓީއާ... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ޚަބަރު ވާދޫ އަކީ އަމިއްލަ އިސްނެގުމާއެކު ގިނަ ކަންތައްތަކެއް ކުރަމުން އަންނަ ރަށެއް: ރައީސް ރ. ވާދޫއަކީ އަމިއްލައަށް އިސްނަންގަވައިގެން، ބިނާކުރަނިވި ވިސްނުމެއްގައި، ގިނަ ކަންތައްތަކެއް ކުރާ ރައްޔިތަކު ދިރިއުޅެމުންދާ ރަށެއްގެ ގޮތުގައި ރައީސް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ސިފަކުރަށްވައިފިއެވެ. އެމަނިކުފާނު މިއަދު ވަނީ ރ.އަތޮޅަށް ދަތުރެއް ފައްޓަވާފައެވެ. މި ދަތުރުފުޅުގެ ތެރެއިން ފުރަތަމަ ވަޑައިގަތީ ރ. ވާދޫއަށެވެ. ރައީސް މިއަދު ވާދޫއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، ވާހަކަފުޅުދައްކަވަމު އެރަށް ސިފަކުރައްވާފައި ވަނީ، އަމިއްލައަށް އިސްނަންގަވައިގެން، ބިނާކު... ޔުމްނާ ޢަލީ · 1 އަހަރު ކުރިން · 1 މިނިޓު
ރާއްޖެ ބައްސާމްގެ އެޕާޓްމެންޓްތައް އަތުލި މައްސަލަ ނުބަލަން ފަނޑިޔާރުންގެ މަޖިލީހުން ނިންމައިފި އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ގަނެފައިވާ ދެ ޕެންޓްހައުސް އަތުލަން ހުޅުމާލޭ ކޯޓުން ނެރުނު އަމުރުގެ މައްސަލަ ނުބަލަން ހައި ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ވެސް ނިންމައިފި އެވެ. ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގެ އަމުރުގެ ދަށުން، ބައްސާމުގެ ދެ ޕެންޓްހައުސް ހަ ދުވަހުގެ ތެރޭގައި ހުސްކުރަން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ފުލުހުން އޭނާ އަށް އެންގި އެވެ. އެ އެންގުމާ އެއްގޮތަށް ބައްސާމް އެތަން ހުސްކުރި ނަމަވެސް, ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގެ އަމުރު […] ހުސައިން ހަބީބް · 1 އަހަރު ކުރިން
ރާއްޖެ ރޫހާނީ ފަރުވާ އިޝްތިހާރުކުރާ މައްސަލައެއް، ރިޕޯޓްކޮށްދިނުމަށް އެދިއްޖެ ބޭރު މީހަކު ރާއްޖޭގަައި ރޫހާނީ ފަރުވާ އިޝްތިހާރުކުރާ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ. މިފަދަ މައްސަލައެއް ބަލަން ފެށިކަން ހާމަކޮށް ފުލުހުން މިއަދު ބުނީ، “މާސްޓަރ ދުރްގާ ރާއޯ ގުރުޖީ” ނަމަކަށް ކިޔާ މީހަކު ދިވެހިރާއްޖޭގައި ރޫހާނީ ފަރުވާގެ ހިދުމަތްތަކެއް ދޭކަމަށް ބުނެ ސޯޝަލް މީޑިއާގެ މަންސަތަކުގައި އިޝްތިހާރު ކުރަމުންދާ މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. މި މައްސަލައާ ގުޅިގެން، ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ކަމާބެހޭ އިދާރާތަ... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ކުޅިވަރު ފަސް މެޗަށް ފަހު ޗެލްސީއަށް މުހިންމު މޮޅެއް އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޗެލްސީއާއި ވުލްވްސް ބައްދަލުކުރި މެޗު ޗެލްސީން ކާމިޔާބު ކޮށްފިއެވެ. އަމިއްލަ ދަނޑުގައި ޗެލްސީން ވަނީ 3-1 ގެ ނަތީޖާއިން ވުލްވްސް ބަލިކޮށްފައެވެ. ލީގުގައި އެންމެ ފަހުން ކުޅުނު ފަސް މެޗުން ވެސް ޗެލްސީއަށް މޮޅެއް ނުހޯދުނެވެ. ނަމަވެސް ރޭ މެޗުން މޮޅުވެ އެ ޓީމް މިވަނީ މެންޗެސްޓާ ސިޓީއާއި ނިއުކާސަލް ފަހަތަށް ޖައްސާލުމަށް ފަހު ޕޮއިންޓް ތާވަލުގެ ހަތަރުވަނައަށް ޖެހިލާފައެވެ. ޗެލްސީ ހަތަރުވަނާގައި އޮތީ 22 މެޗުން 40 ޕޮއިންޓް ހޯދައިގެންނެވެ. […] އިބްރާހިމް ޚަލީލް · 1 އަހަރު ކުރިން
ރާއްޖެ ކައުންސިލް އިދާރާގެ އާ އިމާރާތް އަޅާ 55 ރަށުގެ ތެރޭ ބޮޑުތިލަދުންމަތީގެ 16 ރަށެއް 55 ރަށެއްގައި ކައުންސިލް އިދާރާގެ އާ ޢިމާރާތް އެޅުމަށް އިއްޔެ ސަރުކާރުން މެލޭޝިއާގެ ކުންފުންޏަކާއި ހަވާލުކޮށްފައިވާއިރު، އޭގެ ތެރޭގައި ބޮޑުތިލަދުންމަތީގެ 16 ރަށެއް ހިމެނިއްޖެއެވެ. ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ދިވެހި ސަރުކާރުން މި މަސައްކަތް ހަވާލުކޮށްފައި ވަނީ، މެލޭޝިޔާގެ ހެކްސްޓަރ ގްލޯބަލް އާއެވެ. މި އެއްބަސްވުމުގެ ދަށުން ކައުންސިލް އިދާރާގެ އާ އިމާރާތް އަޅާ ރަށްތަކުގެ ލިސްޓް، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތާއި ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު، އެކްސްގައި ކުރެއްވި... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ރާއްޖެ ރައީސް ރ.އަތޮޅަށް ފުރާވަޑައިގެންފި ރައީސް ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މާޅޮސްމަޑުލު އުތުރުބުރީ(ރ.އަތޮޅު)ގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގަންނަވައިފިއެވެ. ރައީސް އޮފީހުގެ އިސްތަރުޖަމާނު ހީނާ ވަލީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއީ ތިން ދުވަހުގެ ދަތުރުފުޅެއް ކަމަށެވެ. އަދި މި ދަތުރުފުޅުގައި ރ.އަތޮޅުގެ އެގާރަ ރަށަކަށް ރައީސް ވަޑައިގަންނަވާނެކަމަށް ވެސް ހީނާ ވިދާޅުވެފައެވެ. މިދަތުރުފުޅާއި ގުޅިގެން ރައީސް އޮފީހުން ބުނީ މި ދަތުރުފުޅުގައި ރައީސް ވަޑައިގަންނަވާނެ 11 ރަށަކީ، އަނގޮޅިތީމު،... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ވާހަކަ ސިލްސިލާ ވާހަކަ: ލޯބިވިޔަސް (41) ” އޯހް. އެހެންވިއްޔާ ނަންބަރ ދީފަ ދޭބަލަ.” ނީޒާ އަނެއްކާ ވެސް ބުންޏެވެ. ނީޒާގެ ކިބައިން ސަލާމަތްވެވެން ނެތިގެން އަރޫޝާ އޮފީހުން ނިކުތީ ނަންބަރު ނެތްކަމަށް ބުނެފައެވެ. ފަހުން ވާނެ ގޮތަކާއިމެދު ވިސްނަން ވެސް އޭނާ ހުރީ ބޭނުން ނުވެފައެވެ. ގެއަށް ގޮސް ވަނުމާއެކު ފުރަތަމަ ވެސް އަރޫޝާއާ ބައްދަލް ވީ ދާއިންއެވެ. ދާއިން ފެނުމާއެކު އަރޫޝާއަށް ހުއްޓެވުނީ އޭރު ވެސް ނީޒާގެ ވާހަކަތައް އޭނާގެ ސިކުނޑިތެރޭ އެނބުރެމުން ދާތީއެވެ. އަރޫޝާ ބަލަމުން ދާ ގޮތުން އޭނާ […] ސަލާމާ ޢަބްދުލް ޢަލީމް · 1 އަހަރު ކުރިން
ބައިނަލްއަގުވާމީ މާސްގައި އިންސާނުންނަށް ދިރިއުޅެވޭނެގޮތް ހަދަން ބޭނުން: ޓްރަމްޕް މާސްގައި އިންސާނުންނަށް ދިރިއުޅެވޭނެގޮތް ހަދަން ބޭނުން ކަމުގައި ޓްރަމްޕް ވިދާޅުވެއްޖެއެވެ. “އަހަރުމެންގެ މެނިފެސްޓޯ ޑެސްޓިނީ ތަރިތަކާ ހަމައަށް ގެންދާނަން” އެމެރިކާގެކެޕިޓަލް ރޮޓަންޑާގައި ބޭއްވުނު ހުވާކުރުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވިދާޅުވިއެވެ. މި ޖަލްސާގައި ސްޕޭސްއެކްސްގެ ވެރިޔާ އީލޮން މަސްކްވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ. ނަމަވެސް މިކަން ޙާޞިލްކުރާނެ ގޮތުގެ ތަފްޞީލީ މަޢުލޫމާތު އަދި ހާމަކުރައްވާފައެއް ނުވެއެވެ. މަސްކްއަކީ މާރސްގައި އިންސާނީ އާބާދީއެއް ޤާއިމްކުރުމަށް އެ... އަޙްމަދު ދާއޫދު · 1 އަހަރު ކުރިން
ބައިނަލްއަގުވާމީ އެމެރިކާގައި ޓިކްޓޮކް ބަންދުކުރުން ފަސްކުރުމުގެ އަމުރުގައި ޓްރަމްޕް ސޮއިކުރަށްވައިފި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އެ ޤައުމުގައި 75 ދުވަހަށް ޓިކްޓޮކް ބަންދުކުރުން ފަސްކުރުމުގެ އަމުރުގައި ސޮއިކުރަށްވައިފިއެވެ. މި ނިންމުން ފަސްކޮށް އެމެރިކާގައި ޓިކްޓޮކް ބޭނުންކުރުމަށް އިތުރު މުހުލަތެއް ދެއްވާނެކަމަށް ޓްރަމްޕް ވަނީ އާދީއްތަ ދުވަހު ވަޢުދުވެވަޑައިގެންފައެވެ. މި ވަޢުދާއި އެއްގޮތަށް ވެރިކަމާއި ހަވާލުވެޑައިގަތުމަށްފަހ ޓްރަމްޕް ވަނީ ޓިކްޓޮކް ބަންދުކުރުން 75 ދުވަހަށް ފަސްކުރުމަށް ތަންފީޒީ އަމުރެއްގައި ސޮއިކުރައްވާފައެވެ. މި އަމުރުން އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓަށް އަންގަނީ، ކޮން... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ކޮލަމް މަކަރާއި ހީލަތަކީ ކޮބާ؟ ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް މަކަރާއި ހީލަތަކީ މުޖުތަމަޢުގެ ހަމަޖެހުމަށް ނޭދެވޭ އަސަރުކުރާ، ޤާނޫނީ ގޮތުން ކުށެއްގެ ގޮތުގައި ބެލެވޭ ޢަމަލެކެވެ. މިއީ ވަކި ޚިދުމަތެއް ފޯރުކޮށްދޭނެ ކަމަށް ބުނެ، އޭގެ އަގުގެ ގޮތުގައި ފައިސާ، މުދާ ނުވަތަ ޚިދުމަތެއް ހޯދުމަށްފަހު، އެ ޚިދުމަތް ނުދިނުމެވެ. މިފަދަ މައްސަލަތަކުގައި ފުލުހުންގެ ދައުރު ކަނޑައެޅެނީ މައްސަލައިގެ ބާވަތަށާއި ހާދިސާ ހިނގާފައިވާ ގޮތަށް ރިޢާޔަތްކޮށެވެ. މަކަރާއި ހީލަތުގެ މައިގަނޑު ބާވަތްތަކުގެ ތެރޭގައި އޮޅުވާލައިގެން ފައިސާ ހޯދުން، ލިޔެކިޔުންތަކަށް ނާޖާއިޒު ބަދަލު ގެނައުން، ޚިދުމަ... އަޙްމަދު ވަހީދު · 1 އަހަރު ކުރިން
ބައިނަލްއަގުވާމީ ބައިޑެން، އެންމެ ފަހު ދުވަހު އާއިލާގެ މެންބަރުންތަކަކަށް ދެއްވީ މަޢާފް އެމެރިކާގެ ރައީސް ޖޯ ބައިޑެން، އެމަނިކުފާނުގެ ރިޔާސީ ދައުރުގެ އެންމެ ފަހު ދުވަހު، އާއިލާގެ ގިނަ މެންބަރުންނަށް މަޢާފް ދެއްވައިފިއެވެ. މިގޮތުން ޖޭމްސް ބީ. ބައިޑެން، ސާރާ ޖޯންސް ބައިޑެން، ވެލެރީ ބައިޑެން އޯވެންސް، ޖޯން ޓީ. އޯވެންސް، އަދި ފްރާންސިސް ޑަބްލިއު. ބައިޑެންއަށް މަޢާފް ދެއްވާފައިވެއެވެ. ޑޮނަލްޑް ޓްރަމްޕްގެ ރައީސްކަމުގެ ހުވާކުރުމުގެ ކުރިން ދެއްވި މި މަޢާފާއެކު، ބައިޑެން ވިދާޅުވެފައިވަނީ މަޢާފު ދެއްވީ އެމަނިކުފާނުގެ އާއިލާއަށް އަމާޒުކޮށްފައިވާ “ސިޔާސީ ގޮތުން ބާރުއަޅައިގެން” ކުރެވޭ ތަހުގީގުތ... އަޙްމަދު ދާއޫދު · 1 އަހަރު ކުރިން
ބައިނަލްއަގުވާމީ ސީރިއާގެ ބަނދަރެއްގައި ފޮރުވާފައިހުރި ޑްރަގް ގުދަނެއް ފެނިއްޖެ ސީރިއާގެ ލަޓަކިއާ ބަނދަރުގައި ރައްކާކޮށްފައި ހުރި ކެޕްޓަގަން ޑްރަގް ގުދަނެއް ފެނިއްޖެއެވެ. ސީރިއާގެ ސެކިއުރިޓީ ބާރުތަކުން އާދީއްތަ ދުވަހު ހޯދި ޑްރަގް ގުދަނަކީ ވައްޓާލެވުނު އަސަދް ވެރިކަމުގެ ކެޕްޓަގަން ޓްރެފިކިންގ އާ ގުޅުންހުރި ތަނެއްކަން ޖެނެރަލް ސެކިއުރިޓީ އެޑްމިނިސްޓްރޭޝަންއިން ވަނީ ހާމަކޮށްފައެވެ. އާދީއްތަ ދުވަހު އަނަޑޯލު އެޖެންސީއަށް މައުލޫމާތު ދެމުން، ކޮމާންޑަރ އަބޫ އުސާމާ ވިދާޅުވީ މި ގުދަން ކޮންޓްރޯލް ކުރަމުން ގޮސްފައިވަނީ ވައްޓާލެވުނު ވެރިޔާ ބައްޝާރް އަލް-އަސަދްގެ އަޚް މާހިރް އަލް-އަސަދްގ... އަޙްމަދު ދާއޫދު · 1 އަހަރު ކުރިން