ރާއްޖެ ދަނޑުވެރިކަމުގެ ދާއިރާތަކުން ޑިގްރީ އާއި މާސްޓާސް އަށް ކިޔެވުމުގެ ފުރުސަތު ދަނޑުވެރިކަމުގެ އެކި ރާތަކުން ރާއްޖެއިން ބޭރުން ޑިގްރީ އާއި މާސްޓާސް އަށް ކިޔަވަން ސްކޮލާޝިޕް ފުރުސަތުތަކެއް މިނިސްޓްރީ އޮފް އެގްރިކަލްޗާ އެންޑް ވެލްފެއާއިން ހުޅުވާލައިފިއެވެ. މިއީ ދިވެހި ސަރުކާރާއި ވޯލްޑް ބޭންކާއި ގުޅިގެން ހިންގާ “ޓްރާންސްފޯމިން ފިޝަރީޒް މެނޭޖްމަންޓް އިން ސައުތު ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް ޕްރޮޖެކްޓް” ދަށުން ހުޅުވާލާ ފުރުސަތުތަކެކެވެ. މި ފުރުސަތުގެ ދަށުން ބެޗްލާސް ޑިގްރީ އިން ހުޅުވާލާފައިވަނީ އެގްރިކަލްޗަރަލް ސައިންސް، ވެޓެރިނަރީ/ ޒޫލޮޖީ/ އެނިމަލް ސައިންސ... އިބްރާހިމް ޚަލީލް · 1 އަހަރު ކުރިން
ރާއްޖެ އެފްބީއައި ބައިވެރިކޮށް ޒަކިއްޔާގެ މަރުގެ ތަހުގީގު ކުރިއަށް ނ. ހޮޅުދޫގައި ޒަޚަމްތަކަކާއެކު ނިޔާވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާގެ މަރުގެ މައްސަލައިގެ ތަހުގީގަށް އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި) ގެ އެހީ ފުލުހުން ހޯދަން ފަށައިފި އެވެ. ފުލުހުން މިއަދު ބުނީ، ޒަކިއްޔާ މޫސާގެ މަރުގެ މައްސަލައިގެ ތަހުގީގަށް އިތުރު ބައެއްގެ ރައުޔު ހޯދުމުގެ ގޮތުން އެމެރިކާގެ އެފްބީއައި އާއި ތަހުގީގުގައި ދިވެހި ފުލުހުން ހޯދާފައިވާ ހޯދުންތައް ހިއްސާކޮށް އެހީތެރިކަން ހޯދުމުން އަންނަކަމަށެވެ. އޭގެ އިތުރުން، ދިވެހި ފުލުހުންގެ ސީނިއަރ ތަހުގީގު ޓީމެއް […] ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ރާއްޖެ ރައީސް އިންނަމާދޫ ވޮލީ ކޯޓު ހުޅުއްވައިދެއްވައިފި ސަރުކާރުން ރ. އިންނަމާދޫގައި ތަރައްޤީކޮށްފައިވާ ވޮލީ ކޯޓު މިއަދު ހެނދުނު ހުޅުވައިފިއެވެ. ރ. އަތޮޅުގެ ބައެއް ރަށްތަކަށް ރައީސް މުޢިއްޒު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރޭ ވަނީ އިންނަމާދޫ އަށް ވަޑައިގެންފައެވެ. އެރަށަށް ވަޑައިގެން އެރަށުގެ ކައުންސިލާއި، އަންހެނުންތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއާއި އަދި އެރަށު ރައްޔިތުންނާއި ވަނީ ރޭ ބައްދަލުކުރަށްވާފައެވެ. އެއަށްފަހު ރައީސް ވަނީ މިއަދު ހެނދުނު އެރަށު ވޮލީ ކޯޓު ހުޅުއްވައިދެއްވާފައެވެ. އަދި ރައީސް ވަނީ އެތަން ބައްލަވާލައްވާފައެ... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ކުޅިވަރު ރޮޑްރިގޯއާއި ވިނީގެ ލަނޑުތަކުން ރެއާލަށް ފަސޭހަ މޮޅެއް ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ޗެމްޕިއަން ރެއާލް މެޑްރިޑާއި ސަލްޒްބާގް ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު ކާމިޔާބުކޮށް މުބާރާތުގެ ގަދަ 16 ބުރުގެ ޖާގަ ރެއާލުން ކަށަވަރުކޮށްފިއެވެ. ރޭ އަމިއްލަ ދަނޑުގައި ރެއާލް މޮޅުވެފައި ވަނީ 5-1 ގެ ތަފާތު ބޮޑު ނަތީޖާއިންނެވެ. ރޭ މެޗު ފަށައިގެން ފުރަތަމަ ދިހަވަރަކަށް މިނެޓް ސަލްޒްބާގްއިން ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް، އޭގެ ފަހުން ރެއާލުން ވަނީ މެޗުގެ ކޮންޓްރޯލް އަތުލާފައެވެ. ރެއާލްގެ ފުރަތަމަ ލަނޑު 23 ވަނަ މިނެޓުގައި ޖަހައދިނީ […] އިބްރާހިމް ޚަލީލް · 1 އަހަރު ކުރިން
ބައިނަލްއަގުވާމީ އެމެރިކާ-މެކްސިކޯ ބޯޑަރު ކައިރިއަށް އެމެރިކާއިން 1500 ސިފައިން ފޮނުވަނީ އެމެރިކާ- މެކްސިކޯ ބޯޑަރު ނުވަތަ އެމެރިކާގެ ދެކުނު ބޯޑަރު ރައްކާތެރިކުރުމަށް އަސްކަރިއްޔާގެ 1500 ސިފައިން ފޮނުވުމަށް ޕެންޓަގަންއިން ނިންމައިފިއެވެ. ޑިފެންސް ސެކްރެޓަރީ ރޮބަޓް ސަލެސެސް މި އަމުރުގައި ސޮއިކުރުމަށް ހަމަޖެހިފައިވަނީ ބުދަ ދުވަހުއެވެ. އެހެންނަމަވެސް، މި މިޝަނަށް ފޮނުވާނެ ވަކި އަސްކަރީ ބައިތަކެއް އަދި ކަނޑައެޅިފައެއް ނުވެއެވެ. ރައީސް ޓްރަމްޕްގެ އިންތިޚާބީ ވައުދުތަކުގެ ތެރޭގައި ބޯޑަރަށް އެކްޓިވް-ޑިއުޓީ ސިފައިން ފޮނުވުން ހިމެނެއެވެ. މި ނިންމުން ނިންމާފައިވަނީ ބޯޑަރު ސެކިއުރިޓީއާ ގުޅޭ ގޮތު... އަޙްމަދު ދާއޫދު · 1 އަހަރު ކުރިން
ރާއްޖެ އިންނަމާދޫގައި އޮޑިދޯނިފަހަރު ބަނުމުގެ ތަމްރީނުދޭ މަރުކަޒެއް ތަރައްޤީކުރަނީ ރ. އިންނަމާދޫގައި އޮޑިދޯނިފަހަރު ބަނުމުގެ ދާއިރާއިން ދިވެހި މަސައްކަތްތެރިން ބިނާކުރުމަށްޓަކައި ތަމްރީނުދޭ ޚާއްޞަ މަރުކަޒެއް ތަރައްޤީކުރަށްވާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. ރައީސް މިހެން ވިދާޅުވީ، ރ. އަތޮޅުގެ ބައެއް ރަށްތަކަށް އެމަނިކުފާނު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރޭ އިންނަމާދޫ އަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުގައެވެ. ރައީސްގެ ވާހަކަފުޅުގައި ވަނީ އޮޑިދޯނިފަހަރު ބަނުން ނުވަތަ ބޯޓު ބިލްޑިންގް ދާއިރާއިން... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ބައިނަލްއަގުވާމީ ޓްރަމްޕްގެ ގަރާރަށްފަހު ވެސް އެޕް ސްޓޯރުތަކުން ޓިކްޓޮކް އެޕް ނުލިބޭ ޓްރަމްޕްގެ ޚާއްސަ ގަރާރަށް ފަހު ވެސް އެޕް ސްޓޯރުތަކުން ޓިކްޓޮކް އެޕް ލިބެން ނެތްކަން ޓެކް މީޑިއާތަކުން ފާހަގަ ކޮށްފިއެވެ. އެމެރިކާގައި ޓިކްޓޮކް ހުއްދަކުރުމުގެ ގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ސޮއިކުރެއްވި އެ ގަރާރަށް ފަހުވެސް އައު ޔޫޒަރުންނަށް ޓިކްޓޮކް އެޕް ޑައުންލޯޑް ކުރެވެން ނެތަސް، މިހާރު އެޕް ބޭނުންކުރަމުންދާ ފަރާތްތަކަށް އެޕް ބޭނުންކުރެވޭނެކަން ޓިކްޓޮކުން ވަނީ ބުނެފައެވެ. އާދިއްތަ ދުވަހު އެޕް ވަގުތީގޮތުން ބަންދުވުމަށްފަހު، އޭގެ މަދު ގަޑިއިރުތަކެއްގެ ފަހުން، ކުރިން އެޕް ޑައުންލޯޑްކ... އަޙްމަދު ދާއޫދު · 1 އަހަރު ކުރިން
ޚަބަރު އިންނަމާދޫގައި 50 ހައުސިން ޔުނިޓް އަޅަނީ ރ. އިންނަމާދޫގައި 50 ޔުނިޓްގެ ހައުސިންގް މަޝްރޫޢެއް ހިންގަވާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. ރައީސް މިހެން ވިދާޅުވީ، ރ.އަތޮޅުގެ ބައެއް ރަށްތަކަށް އެމަނިކުފާނު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރޭ އިންނަމާދޫ އަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުގައެވެ. ރައީސްގެ ވާހަކަފުޅުގައި ވަނީ މި އަަހަރުގެ ބަޖެޓުން އެންމެ އިސްކަމެއް ދެއްވަނީ ބޯހިޔާވަހިކަމުގައި ހުރި ދަތިކަމަށް ދާއިމީ ޙައްލު ހޯއްދަވައިދެއްވަން ކަމުގައި ފާހަގަކުރަށ... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ބައިނަލްއަގުވާމީ 742 މިލިއަން ޑޮލަރުގެ ބިޓްކޮއިން އާއެކު އެއްލައިލެވުނު ހާޑްޑްރައިވް ހޯދުން ހުއްޓާލައިފި އެތައްމިލިއަން ޑޮލަރެއްގެ ބިޓްކޮއިން އާއެކު ގޮނޑަށް އެއްލައިލެވުނު ހާޑްޑްރައިވް ހޯދުން ހުއްޓައިލަން ޖެހިއްޖެއެވެ. ހާޑް ޑްރައިވްއެއްގައި ރައްކާކޮށްފައިވާ 742 މިލިއަން ޑޮލަރުގެ ބިޓްކޮއިން ހޯދުމަށް 12 އަހަރު ވަންދެން މަސައްކަތްކުރި ފަރާތުން އެމަސައްކަތް ދޫކޮށްލަން މަޖުބޫރުވީ ކަމާބެހޭ ފަރާތްތަކުން އެކަމަށް ހުއްދަ ނުދިނުމުންނެވެ. ވޭލްސްގެ އައިޓީ ދާއިރާގައި މަސައްކަތްކުރާ ޖޭމްސް ހައުވެލްސް އަކީ 2013 ވަނަ އަހަރު އޭނާގެ 8،000 ބިޓްކޮއިން ރައްކާކޮށްފައިވާ ހާޑް ޑްރައިވް ކުނިގޮނޑަކަށް އެއްލާލެވުނު ފަރާތެކެވ... އަޙްމަދު ދާއޫދު · 1 އަހަރު ކުރިން
ރާއްޖެ މަޖީދީމަގު ގެއެއްގައި އަލިފާން ރޯވެ އަނދަނީ މާލޭގެ މަޖީދީމަގުގައި ހުރި ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި، އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ސިފައިން އަލިފާން ނިއްވުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުން އެބަދެއެވެ. އެމްއެންޑީއެފުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ މަޖީދީމަގުގައި ހުންނަ “ސުޕްރިން ރިވާ” ނަމަކަށް ކިޔާ ގޭގައެވެ. ވިލާ މާޓު ހުންނަ އެ ސަރަހައްދުގައި ފަޔަރ އެންޑް ރެސްކިޔު ސާވިސްގެ ސިފައިން އަލިފާން ނިއްވުމުގެ މަސައްކަތް އެސަރަހައްދުގައި އަންނަނީ ކުރަމުންނެވެ. އަދި އެ ސަރަހައްދުގައި މީ... އިބްރާހިމް އަސްވާޤް · 1 އަހަރު ކުރިން
ރާއްޖެ ހުއްޓިފައިވާ ޖަމިއްޔާތައް އަލުން ފަށައިގަތުމަށް އިތުރު ފުރުސަތެއް ޖަމިއްޔާތަކުގެ ގާނޫނުން ލާޒިމްކޮށްފައިވާ، ޖަމިއްޔާތަކުގެ ރަޖިސްޓްރާއަށް ހުށަހަޅަންޖެހޭ ލިޔެކިއުންތައް ގަވާއިދުން ހުށަހަޅާފައި ނުވުމުގެ ސަބަބުން ހުއްޓިފައިވާ ޖަމިއްޔާތައް އަލުން ފަށައިގަތުމަށް، ހުށަހަޅަންޖެހޭ ލިޔެކިއުންތައް ހުށަހެޅުމަށްޓަކައި އިތުރު ފުރުސަތެއް މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އިން ހުޅުވާލައިފިއެވެ. ޔޫތު މިނިސްޓްރީން އިއްޔެކުރި އިއުލާނުގައި ވިދާޅުވީ މި ބުރުގައި އިތުރު ފުރުސަތު ދިނުމަށް ހަމަޖެހިފައިވަނީ 1971 އިން 1991 އަށް ރަޖިސްޓްރީ ކުރެވި، އިންއެކް... އިބްރާހިމް ޚަލީލް · 1 އަހަރު ކުރިން
ރާއްޖެ ރަސްމާދޫގެ ތަރައްޤީގައި ކުލަ ޖައްސައިދޭނަން: ރައީސް ރ. ރަސްމާދޫގެ ތަރައްޤީއަށް ކުރަންހުރި ކަންކަމުގައި ޢަމަލީ ސިފަ ގެނެސް، ކުލަ ޖައްސައިދެއްވާނެކަމަށް ރައީސް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. ރައީސް މިހެން ވިދާޅުވީ، ރ.އަތޮޅުގެ ބައެއް ރަށްތަކަށް އެމަނިކުފާނު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދުގެ ރަސްމާދޫއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުގައެވެ. ރައީސްގެ ވާހަކަފުޅުގައި ވަނީ ރަސްމާދޫގެ ތަރައްޤީއަށް ވަރަށްގިނަ ކަންކަން ކުރަން ހުރިކަން ފާހަގަކުރަށްވައި، ވަރަށް އިސްކަމެއް ދ... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ރާއްޖެ ހިފަހައްޓާނީ ޤާނޫނުން މަނާތަކެތި، ހުއްދަ ތަކެތިނަމަ ދޫކުރާނެ: ކަސްޓަމްސް މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ހިފަހައްޓަމުން ދަނީ ޤާނޫނީގޮތުން މަނާކުރެވިފައިވާ ތަކެތި ކަމަށާއި، ޤާނޫނީގޮތުން ރާއްޖެ އެތެރެކުރުން މަނާނޫން މުދަލާއި ތަކެތި ވެސް ދޫކުރަމުންދާނެކަމަށް އެ އިދާރާއިން ބުނެފިއެވެ. ކަސްޓަމްސް އިން މިފަދައިން ބުނީ، ރާއްޖެގެނައި ރޯލިންގ ޓޮބޭކޯ ޝިޕްމަންޓުތަކެއް ކަސްޓަމްސުން ހިފަހެއްޓުމަށްފަހު ދޫކޮށްލި ކަމަށް ބުނެ މީޑިޔާތަކުގައި ދައުރުވަމުންދާ ޚަބަރުތަކާއި ގުޅޭގޮތުން އެ އިދާރާގެ މީސްމީޑިއާގެ މަންސަތަކުގައި ކުރި ޕޯސްޓެއްގައެވެ. ކަސްޓަމްސް އިން ބުނީ އެ އިދާރާއަކީ ތަންފީޒީ... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ރާއްޖެ ރައީސްގެ ނިންމެވުން: މަޑުއްވަރީ އަށް އުފުލަންދޫ، ރ. މީދޫ އަށް ތާވަތާ ރ. މަޑުއްވަރީގެ އިޚްތިޞާޞްގައި އެ އަތޮޅު އުފުލަންދޫ، އަދި އެ އަތޮޅު މީދޫގެ އިޚްތިޞާޞްގައި އެ އަތޮޅު ތާވަތާ ހިމެނުއްވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ. ރައީސްގެ މި ނިންމެވުން ޢުލާންކުރެއްވީ، ރ.އަތޮޅުގެ ބައެއް ރަށްތަކަށް އެމަނިކުފާނު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދުގެ މަޑުއްވަރީއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުގައެވެ. ރައީސްގެ ވާހަކަފުޅުގައި މަޑުއްވަރީގައި ވަރަށް ގިނައިން ފައިބަރުގެ މަސައްކަތް، އިޤްތިޞާދީ މަސައ... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ހދ.އަތޮޅު ސެމީގައި މަކުނުދޫ އާއި ނައިވާދޫ އަދި ނޭކުރެންދޫ އާއި ކުމުންދޫ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތްކަމަށްވާ “ގޯލްޑަން ފުޓްސަލް ޗެލެންޖު 2025” ގެ ހދ.އަތޮޅުގެ ބުރުގެ ސެމީ ފައިނަލުގައި ނައިވާދޫއާއި މަކުނުދޫ ބައްދަލުކުރަން ޖެހުނުއިރު ނޭކުރެންދޫއާއި ކުމުންދޫ ބައްދަލުކުރަން ޖެހިއްޖެއެވެ. ހދ.އަތޮޅު ބުރުގެ ގްރޫޕް ސްޓޭޖް އެންމެ ފަހު މެޗުތައް އިއްޔެ ކުޅެފައިވާއިރު ގްރޫޕް އޭގެ އެއްވަނަ ޓީމުގެ ގޮތުގައި ސެމީ ފައިނަލުން ޖާގަ ހޯދީ ނޭކުރެންދޫއެވެ. ނޭކުރެންދޫން ވަނީ ކުޅުނު ހަތަރު މެޗުން 9 ޕޮއިންޓް ހޯދާފައެވެ. މި ގްރޫޕްގެ ދެވަނަ ހޯދީ މަކުނުދޫންނެވެ. […] އިބްރާހިމް ޚަލީލް · 1 އަހަރު ކުރިން