މައި ޚަބަރަށް ދިޔުމަށް

ތިލަދުންގެ އަރުޝީފުން ހޯދުން

ފަހުގެ ހޯދުންތައް:
އެމްޓީސީސީގެ ޑީއެމްޑީއަކަށް ޝަރީފް

އެމްޓީސީސީގެ ޑީއެމްޑީއަކަށް ޝަރީފް

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު (ޑީއެމްޑީ)ގެ މަގާމަށް އަހުމަދު ޝަރީފް އަބްދުއްރަހްމާން ޔޫސުފް އައްޔަންކޮށްފިއެވެ. ޝަރީފް އެ މަގާމަށް އައްޔަނު ކުރުމުން މަރުހަބާ ކިޔައި، އެމްޓީސީސީން ބުނީ އޭނާގެ ތަސައްވުރާއި ލީޑަޝިޕުގައި އެ ކުންފުންޏަށް ކާމިޔާބީގެ އައު އުސްމިންތަކަކަށް ދެވޭނެ ކަމުގެ އިތުބާރު އޮތް ކަމަށެވެ. އަމިއްލަ ވިޔަފާރީގައި އުޅުއްވާ ޝަރީފް ވަނީ މިދިޔަ އެމްޑީޕީގެ ސަރުކާރުގައި ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑު (އާރުއޭސީއެލް)ގ...

ޔުމްނާ ޢަލީ
ނިހާދު މާލީ ވުޒާރާއަށް ބަދަލުކޮށްފި

ނިހާދު މާލީ ވުޒާރާއަށް ބަދަލުކޮށްފި

ފަތުރުވެރިކަމާބެހޭ ވުޒާރާގެ ސްޓޭޓް ވަޒީރުކަމުގައި ހުންނެވި މުހައްމަދު ނިހާދު މާލީ ވުޒާރާގެ ސްޓޭޓް ވަޒީރު ކަމަށް އައްޔަން ކޮށްފި އެވެ. ސަރުކާރު ހިންގާ ޕީއެންސީގެ ހަރުގެ ޖަލްސާއެއްގައި ދެއްކެވި ވާހަކައަކާއި ގުޅިގެން 24 ޑިސެމްބަރު 2024 ގައި ނިހާދު ސަސްޕެންޑްކުރިއެވެ. މާލީ ވުޒާރާއިން ބުނެފައިވާ ގޮތުގައި ނިހާދު ވަނީ މިދިޔަ ބުރާސްފަތި ދުވަހު އެ ވުޒާރާގެ ސްޓޭޓް ވަޒީރަކަށް ޢައްޔަނުކޮށްފައެވެ. 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ފޭދޫ ދާއިރާގެ މެމްބަރުކަން ވެސް ކުރެއްވި ނިހާދު ފަތުރުވެރިކަމާބެހޭ […]

ޔުމްނާ ޢަލީ
ޤުރްއާން ހިތުދަސްކުރި ދެ ދަރިވަރަކާއި ޝަހީމް ބައްދަލުކުރަށްވައިފި

ޤުރްއާން ހިތުދަސްކުރި ދެ ދަރިވަރަކާއި ޝަހީމް ބައްދަލުކުރަށްވައިފި

ކިރީތި ޤުރްއާން ހިތުދަސްކުރި ދެ ދަރިވަރަކާއި އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިއަދު ބައްދަލުކުރަށްވައިފިއެވެ. މި ދެ ދަރިވަރުންނަކީ މުރުން 12 އަހަރުގެ ޒަލަފް ބިން ނާފިޢު (ޝާދީ ވިލާ، އދ. މަހިބަދޫ) އާއި އުމުރުން 17 އަހަރުގެ އާމިނަތު އިލްމާ ޠަލްޙަތު (މއ.ރިހި ރާޅު، މާލެ) އެވެ. ވަޒީރު ވަނީ  ޤުރުއާން ހިތުދަސްކޮށް، ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯދި މި ދެ ދަރިވަރުންނާއި އެ ދަރިވަރުންގެ ބެލެނިވެރިޔާއާއި ބައްދަލުކުރައްވައިފައެވެ. މި ބައްދަލުކުރެއްވުތައް […]

ޔުމްނާ ޢަލީ
ހއ.އަތޮޅު ކައުންސިލްތަކުގެ ފަންނީ ކޯސްތަކުގައި ކިޔަވާ މުވައްޒަފުންނަށް މާލީ އެހީ

ހއ.އަތޮޅު ކައުންސިލްތަކުގެ ފަންނީ ކޯސްތަކުގައި ކިޔަވާ މުވައްޒަފުންނަށް މާލީ އެހީ

ހއ. އަތޮޅުގެ ކައުންސިލްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ތެރެއިން ފަންނީ ކޯސްތަކުގައި ކިޔަވާ މުވައްޒަފުންނަށް މާލީ އެހީތެރިކަން ދިނުމަށް ހއ. އަތޮޅު ކައުންސިލުން އިއްޔެ ހުޅުވާލައިފިއެވެ. ހއ. އަތޮޅުގެ ކައުންސިލްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ތެރެއިން ފަންނީ ކޯސްތަކުގައި ކިޔަވާ މުވައްޒަފުންނަށް މާލީ އެހީތެރިކަން ދިނުމަށް ހއ. އަތޮޅު ކައުންސިލުން ނިންމީ އެ ކައުންސިލްގެ 4 ވަނަ ދައުރުގެ 149 ވަނަ ޢާންމު ބައްދަލުވުމުގައެވެ. މިގޮތުން މި އަހަރު އެ ކައުންސިލުން ހިންގުމަށް ނިންމާފައިވާ ޙަރަކާތ...

ޔުމްނާ ޢަލީ
ލަމްހާއަކީ މުޖްތަމައަށް ހުރި ނުރައްކަލެއް, އަލުން ބަންދު ކުރަންޖެހޭ: ދައުލަތް

ލަމްހާއަކީ މުޖްތަމައަށް ހުރި ނުރައްކަލެއް, އަލުން ބަންދު ކުރަންޖެހޭ: ދައުލަތް

އައިޖީއެމްއެޗްގައި މަސައްކަތްކުރި ނަރުހެއް ކަމަށްވާ މޭރީ ގްރޭސް މަރާލި މައްސަލާގައި ދައުވާލިބޭ ހަލީމަތު ލަމްހާއަކީ މުޖްތަމައުގެ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށާއި އެހެންވެ, އޭނާ އަލުން ބަންދު ކުރަން ޖެހޭ ކަމަށް ދައުލަތުން ހައި ކޯޓުގައި މިއަދު ބުނެފި އެވެ. އޮކްޓޫބަރު, 2021 ގައި މޭރީ މަރާލި މައްސަލާގައި ލަމްހާގެ މައްޗަށް ކުރަނީ އެކަމުގައި ބައިވެރިވުމުގެ ދައުވާ އެވެ. އަދި މޭރީގެ ފިރިމީހާ މާވިންގެ މައްޗަށް ކުރަނީ މޭރީ މަރާލުމުގެ ދައުވާ އެވެ. ދައުލަތުން ބުނަނީ އެ […]

ހުސައިން ހަބީބް
ލޯންޗު އެކްސިޑެންޓެއްގައި މީހަކު ނިޔާވި މައްސަލައިގައި ދަޢުވާކުރަނީ

ލޯންޗު އެކްސިޑެންޓެއްގައި މީހަކު ނިޔާވި މައްސަލައިގައި ދަޢުވާކުރަނީ

ފޭދޫ ފިނޮޅު ކައިރިން ދެ ލޯންޗެއް ޖެހި ހިނގި އެކްސިޑެންޓެއްގައި މީހަކު ނިޔާވި މައްސަލަ ތަޙުޤީޤުކޮށް ނިންމައި، ދެ މީހެއްގެ މައްޗަށް ދަޢުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން މަޢުލޫމާތު ދީފިއެވެ. މި މައްސަލައިގައި ދަޢުވާ ކުރުމަށް ފޮނުވާފައިވާ ދެ މީހުންނަކީ ކ. ކާށިދޫ / ހީނާވިލާ، ޔާނިސް ޙަމީދު (35އ) އާއި ހދ. ނޮޅިވަރަމް / ގްރީންހައުސް، މުޙައްމަދު ޖަމީލް (43އ) އެވެ. މި ދެ މީހުންނަކީ އެކްސިޑެންޓް ހިނގި ވަގުތު […]

އަލީ އާދިލް
ކުޅުދުއްފުށީގެ "މަލަފެހި" ނާސަރީ ރަސްމީކޮށް ހުޅުވައިފި

ކުޅުދުއްފުށީގެ "މަލަފެހި" ނާސަރީ ރަސްމީކޮށް ހުޅުވައިފި

ކުޅުދުއްފުށި ސިޓީގެ “ފިނިފެހި ސިޓީ” މަޝްރޫޢުގެ ދަށުން ގާއިމުކުރި “މަލަފެހި” ނާސަރީ އިއްޔެ ހުޅުވައިފިއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނިގޮތުގައި މިތަނަކީ އެ ކައުންސިލްގެ “ފިނިފެހި ސިޓީ” މަޝްރޫޢުގެ ދަށުން ދިވެހި ރެޑްކްރެސެންޓް އާއި ގުޅިގެން ތަރައްގީކޮށްފައިވާ ތަނެކެވެ. މި ނާސަރީ ގާއިމުކޮށްފައި ވަނީ ކުޅުދުއްފުށި ސިޓީގެ ނޮދަން އޮފީސް ކޮމްޕްލެކްސްގެ ގޯތިތެރޭގައެވެ. މި ނާސަރީ ހުޅުއްވައިދެއްވީ ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިިފް އާއި ދިވެހި ރެޑްކްރެސެންޓްގެ ކުޅުދުއްފުށީ ގޮފީގެ މެނޭޖަރު...

ޔުމްނާ ޢަލީ
ފުލުހުންގެ ޕްރޮމޯޝަންތައް ހުއްޓާލަން އަމުރު ނުކުރެވޭނެ: ހައި ކޯޓު

ފުލުހުންގެ ޕްރޮމޯޝަންތައް ހުއްޓާލަން އަމުރު ނުކުރެވޭނެ: ހައި ކޯޓު

ފުލުހުންނަށް ޕްރޮމޯޝަން ދިނުން މަޑުޖައްސާލަން އަމުރު ނުކުރެވޭނެ ކަމަށް ހައި ކޯޓުން މިއަދު ނިންމައިފި އެވެ. ފުލުހުންނަށް ޕްރޮމޯޝަން ދިނުން މަޑުޖައްސާލަން 2023 ވަނަ އަހަރު ނޮވެމްބަރު މަހު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެންގި އެންގުމަށް ފުލުހުން ތަބާނުވުމުން އެ މައްސަލަ އެ ކޮމިޝަނުން އޮތީ ސިވިލް ކޯޓަށް ހުށަހަޅައިފަ އެވެ. އެ މައްސަލަ ނިމެންދެން ޕްރޮމޯޝަން މަޑުޖައްސާލުމުގެ އަމުރަކަށް އެދުމުން ސިވިލް ކޯޓުން ނިންމީ އެފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށެވެ. އެ […]

ހުސައިން ހަބީބް
ދިއްދޫ އިސްލާމީ މަރުކަޒުގެ މަސައްކަތް އީދު ކުރިން ނިންމަނީ

ދިއްދޫ އިސްލާމީ މަރުކަޒުގެ މަސައްކަތް އީދު ކުރިން ނިންމަނީ

ހއ. ދިއްދޫގައި ސަރުކާރުން ބިނާކުރަމުން އަންނަ އިސްލާމީ މަރުކަޒުގެ މަސައްކަތް އަންނަ އަޟްހާ އީދުގެ ކުރިން (6 ޖޫން 2025) ނިންމަން މަސައްކަތް ކުރަމުން އަންނަ ކަމުގައި ކައުންސިލުން ބުނެފިއެވެ. މި ނޫހަށް މައުލޫމާތު ދެމުން ދިއްދޫ ކައުންސިލްގެ ރައީސް އިބްރާހީމް ރަޝީދު ބުނީ އެ ރަށުގައި ބިނާކުރަމުން އަންނަ އިސްލާމީ މަރުކަޒުގެ މަސައްކަތުގައި މިހާރު ކުރިއަށް ދަނީ ފިނިޝިންގެ މަސައްކަތް ކަމަށާއި، އަންނަ އަޟްހާ އީދުގެ ކުރިން މިސްކިތް އެއްކޮށް ނިންމައި ބޭނުން ކުރަން ފެށޭވަރު […]

އިބްރާހިމް ޚަލީލް
ފުލަމް އަތުން މޮޅުވެ ޔުނައިޓެޑަށް ހަމަޖެހުމެއް

ފުލަމް އަތުން މޮޅުވެ ޔުނައިޓެޑަށް ހަމަޖެހުމެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑާއި ފުލަމް ބައްދަލުކުރި މެޗު ހަނި ގޮތަކަށް ޔުނައިޓެޑުން ކާމިޔާބު ކޮށްފިއެވެ. ފުލަމްގެ ދަނޑުގައި ކުޅުނު މި މެޗު ޔުނައިޓެޑުން ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއިންނެވެ. ނަތީޖާތައް ދަށްވުމުގެ ސަބަބުން ރޭ މެޗަށް ނުކުތްއިރު އެ ޓީމް އޮތީ ވެސް ޕޮއިންޓް ތާވަލުގެ 14 ވަނާގައެވެ. ނަމަވެސް ރޭ ލިބުނު ތިން ޕޮއިންޓާއިއެކު ޔުނައިޓެޑް ވަނީ 12 ވަނައަށް ޖެހިލާފައެވެ. ޔުނައިޓެޑަށް 23 މެޗުން ލިބިފައި ވަނީ […]

އިބްރާހިމް ޚަލީލް
ސައިބަރ ކްރައިމް: ޑިޖިޓަލް ދުނިޔޭގެ ނުރައްކާ

ސައިބަރ ކްރައިމް: ޑިޖިޓަލް ދުނިޔޭގެ ނުރައްކާ

ސައިބަރ ކްރައިމަކީ ޒަމާނީ ޓެކްނޮލޮޖީއާއެކު އުފެދިގެން އައިސްފައިވާ އައު ބާވަތެއްގެ ކުށުގެ އަމަލުތަކެކެވެ. މިއީ ކޮމްޕިއުޓަރު ނުވަތަ ކޮމްޕިއުޓަރުގެ ވިއުގައެއް ބޭނުންކޮށްގެން ހިންގާ، ގާނޫނުން މަނާކޮށްފައިވާ ކުށުގެ އަމަލުތަކެވެ. މި ބާވަތުގެ ކުށްތަކުގެ ތެރޭގައި ޑޭޓާ ވަގަށް ނެގުމާއި، ކޮޕީރައިޓް ޚިލާފުވުމާއި، މެލްވެއަރ ފެތުރުމާއި، ހެކް ކުރުމާއި، ހަނގާކުރުމާއި، ބްލެކްމެއިލް ކުރުން ފަދަ އެތައް ބާވަތެއްގެ ނުރައްކާތެރި އަމަލުތައް ހިމެނެއެވެ. ސައިބަރ ކްރައިމްގެ އަމާޒަކަށް ވަކިވަކި ފަރުދުންނާއި، ވިޔަފާރިތަކާ...

އަޙްމަދު ވަހީދު
ރާއްޖޭގައި ޗައިނާ އަންހެނަކު ގެއްލިގެން ހޯދަނީ

ރާއްޖޭގައި ޗައިނާ އަންހެނަކު ގެއްލިގެން ހޯދަނީ

ޓޫރިސްޓު ވިސާގައި ރާއްޖެ އައި ޗައިނާ އަންހެނަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ފުލުހުން މިއަދު ބުނެފިއެވެ. ގެއްލިގެން ހޯދަމުންދަނީ ޗައިނާ ރައްޔިތެއްކަމަށްވާ ސޫ ޒިއޯނިންގ (30އ) އެވެ. ފުލުހުން ބުނިގޮތުގައި، ސޫ ޒިއޯނިންގ ރާއްޖެ އައިފަހުން އާއިލާއަށް ޚަބަރެއް ވެފައި ނުވާތީ، ވީނުވީއެއް ނޭނގި ގެއްލިގެން އާއިލާގެ ފަރާތުން ދިވެހިރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީ މެދުވެރިކޮށް ފުލުހުންނަށް ވަނީ މައްސަލަ ހުށަހަޅާފައެވެ. 22 ޖަނަވަރީ 2025 ގައި މ...

ޔުމްނާ ޢަލީ
ކޮލޮމްބިއާއާ ދެކޮޅަށް ފިޔަވަޅު އަޅަން ޓްރަމްޕް އަމުރުކޮށްފި

ކޮލޮމްބިއާއާ ދެކޮޅަށް ފިޔަވަޅު އަޅަން ޓްރަމްޕް އަމުރުކޮށްފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކޮލޮމްބިއާ ސަރުކާރާ ދެކޮޅަށް ފިޔަވަޅު އެޅުމަށް އަމުރުކޮށްފިއެވެ. ކޮލޮމްބިއަށް ފިޔަޅު އަޅަން ޓްރަމްޕްމް އަމުރުކުރީ ކުށްވެރިން އަނބުރާ ގެންދިއުމަށް ފޮނުވި ދެ ފްލައިޓް ބަލައިނުގަތުމާ ގުޅިގެންނެވެ. އެ ޤައުމާ ދެކޮޅަށް ޓެރިފްްއާ ވިސާ ހަނިކުރުމާއި އަދި އެހެނިހެން ފިޔަވަޅުތައް އަޅާނެ ކަމަށް އޭނާ ވަނީ ބުނެފައެވެ. އާދީއްތަ ދުވަހު އޭނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް “ޓްރޫތް ސޯޝަލް” ގައި ޓްރަމްޕް ބުނި ގޮތުގައި މި ފިޔަވަޅުތަކަކީ ކޮލޮމްބިއާގެ ރައީސް ގުސްޓާވޯ ޕެޓްރޯގެ […]

އަޙްމަދު ދާއޫދު
ޖަރުމަނު އެއަރޮސްޕޭސް އިންޖިނިއަރަކު ކަނޑުއަޑީގައި ރެކޯޑެއް ހަދައިފި

ޖަރުމަނު އެއަރޮސްޕޭސް އިންޖިނިއަރަކު ކަނޑުއަޑީގައި ރެކޯޑެއް ހަދައިފި

ޕެނަމާގެ އުތުރު ސަރަޙައްދުގެ ކަނޑުއަޑީގައި ބަހައްޓާފައިވާ ކެޕްސިއުލެއްގައި 120 ދުވަހު ދިރިއުޅެ، ޑީކޮމްޕްރެޝަން ނުކޮށް އެންމެ ދިގު މުއްދަތަކަށް ކަނޑުއަޑީގައި އުޅުނު މީހާގެ ދުނިޔޭގެ ރެކޯޑު ޖަރުމަނުގެ އެއަރޮސްޕޭސް އިންޖިނިއަރެއް ކަމުގައިވާ ރުޑިގަރ ކޯޗް (59 އަހަރު) ހަދައިފިއެވެ. މި ރެކޯޑު ހެދި ކަން ގިނިސް ވޯލްޑް ރެކޯޑްސްގެ ފަނޑިޔާރު ސުސާނާ ރެޔެސް ހުކުރު ދުވަހުވަނީ ކަށަވަރުކޮށްދީފައެވެ. ކަނޑުއަޑީގައި 11 މީޓަރު ފުންމިނުގައި ބަހައްޓާފައިވާ 30 އަކަމީޓަރުގެ ކެޕްސިއުލްގައި ހޭދަކުރި 120 ދުވަހުގެ މުއްދަތަށް...

އަޙްމަދު ދާއޫދު
ގްރީންލޭންޑް އެމެރިކާގެ ބާރުގެ ދަށަށް އަންނާނެ: ޓްރަމްޕް

ގްރީންލޭންޑް އެމެރިކާގެ ބާރުގެ ދަށަށް އަންނާނެ: ޓްރަމްޕް

ގްރީންލޭންޑް އެމެރިކާގެ ބާރުގެ ދަށަށް އަންނާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. ގްރީންލޭންޑް އެމެރިކާގެ ބާރުގެ ދަށަށް ގެނެވޭނެ ކަމަށް އެމަނިކުފާނު ގަބޫލުކުރައްވާ ކަމަށް ފާއިތުވި ހަފްތާތަކުގައި ވެސް ވިދާޅުވެފައި ވާއިރު ޓްރަމްޕް މިވަނީ އަނެއްކާވެސް އެކަން ތަކުރާރު ކުރައްވާފައެވެ. “އަހަރެމެންނަށް އެތަން ލިބޭނެ ކަމަށް އަހަރެން ހިތަށްއަރަނީ،” އެއަރ ފޯސް ވަން މަތީގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވިއެވެ. ޓްރަމްޕް އިތުރަށް ވިދާޅުވީ ގްރީންލޭންޑްގެ 57،000 ރައ...

އަޙްމަދު ދާއޫދު