ރާއްޖެ ފިއްލަދޫއަށް ބޭނުންވެފައިވާ ކަންކަން ރައީސަށް ދަންނަވައިފި ހއ. ފިއްލަދޫއަށް ބޭނުންވެފައިވާ ކަންކަން ރައީސް ޑރ. މުހައްމަދު މުޢިއްޒު އާއި މިއަދު އެ ރަށު ކައުންސިލުން ހިއްސާކުރަށްވައިފިއެވެ. ހއ. އަތޮޅުގެ 10 ރަށަކަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ދެވަނަ މަންޒިލެއްގޮތުގައި ރައީސް ވަނީ ފިއްލަދޫ އަށް ވަޑައިގެންފައެވެ. އެރަށަށްކުރެއްވި ޒިޔާރަތުގައި ރައީސް ވަނީ ފިއްލަދޫ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ) ކޮމިޓީ އަދި މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރަށުގެ ތަރައްޤީއަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރަށްވާ... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ކުޅިވަރު ހިލާލުން ނޭމާގެ ކޮންޓްރެކްޓް އުވާލައިފި ބްރެޒިލްގެ ފުޓްބޯޅަ ތަރި ނޭމާ އާއި ސައުދީ ޕްރޯ ލީގުގެ އަލް ހިލާލުން ހަދާފައިވާ އެއްބަސްވުން އުވާލައިފިއެވެ. ނޭމާ (32) އއަލް ހިލާލަށް ސޮއިކޮށްފައި ވަނީ 2023 ވަނަ އަހަރުއެވެ. އެއީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެ ކޮންޓްރެކްޓްގެ ޖުމްލަ އަގަކީ 400 މިލިއަން ޑޮލަރެވެ. ދެ އަހަރު ތެރޭ، ނޭމާ އަށް މި އަދަދު ލިބޭ އެ ކޮންޓްރެކްޓް ތެރޭގައި ކޮންޓްރެކްޓްގައި ސޮއިކުރާއިރު ދޭ ބޯނަހާއި މުސާރައިގެ އިތުރުން އިސްތިހާރުގެ ޑީލްތައް ހިމެނެއެވެ. […] އިބްރާހިމް ޚަލީލް · 1 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު މުރައިދޫ ބަނދަރު ބޭރުތޮށީގެ މައްސަލަ ހައްލުކޮށްދީ، މަގު ހެދުމުގެ ވައުދު ފުއްދައިދޭނަން: ރައީސް މުރައިދޫ ބަނދަރު ބޭރުތޮށީގެ މައްސަލަ ހައްލުކޮށްދީ، މަގު ހެދުމުގެ ވައުދު ފުއްދައިދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެެއެވެ. ރައީސް މިހެން ވިދާޅުވީ، މިއަދު އެމަނިކުފާނު ހއ. އަތޮޅުގެ ރަށްތަކަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ފުރަތަ މަންޒިލެއްގެ ގޮތުގައި މުރައިދޫ އަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރަށްވައި ވާހަކަފުޅު ދައްކަވަމުންނެވެ. މުރައިދޫގެ ތަރައްޤީއަށް ރާއްވަވާފައިވާ ކަންކަމަށް އަލިއަޅުއްވައިލައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މުރައިދޫއަ... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ރާއްޖެ ދިވެއްސަކަށް ދިވެހި ބަސް ނޭނގިގެން ތަރުޖަމާނެއްގެ އެހީ ދީިފި މަކަރާއި ހީލަތުގެ މައްސަލައެއްގައި ތުހުމަތު ކުރެވޭ ދިވެއްސަކަށް ދިވެހި ބަސް ނޭނގޭތީ، ކޯޓުގައި ތަރުޖަމާނެއްގެ އެހީތެރިކަން ހޯދައިފި އެވެ. މަކަރާއި ހީލަތް ހެދުމުގެ މައްސަލައެއްގައި ހައްޔަރުކުރި އުމުރުން 19 އަހަރުގެ ދިވެހި ފިރިހެނަކަށް ދިވެހި ބަސް ފަހުމު ނުވާތީ ކްރިމިނަލް ކޯޓުން އިއްޔެ ބަންދު މުއްދަތު އަޑުއެހުން ކުރިއަށް ގެންގޮސްފައިވަނީ ތަރުޖަމާނެއްގެ އެހީގައި ކަމަށް އެ ކޯޓުގެ އަމުރުގައިވެ އެވެ. ފުލުހުން ކޯޓުގައި ބުނެފައިވާ ގޮތުގައި މަކަރާއި ހީލަތުން ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ އެ މީހާގެ […] ހުސައިން ހަބީބް · 1 އަހަރު ކުރިން
ރާއްޖެ މުރައިދޫ ކައުންސިލާއި އަންހެނުންގެ ކޮމެޓީއާއި ރައީސް ބައްދަލުކުރަށްވައިފި ހއ. މުރައިދޫ ކައުންސިލާއި އަންހެނުންގެ ކޮމެޓީއާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ) ކޮމިޓީ އަދި މުއައްސަސާތަކުގެ އިސްވެރިންނާ ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ބައްދަލުކުރަށްވައިފިއެވެ. މި ބައްދަލުވުން ކުރިއަށް ދިޔައީ މިއަދު ރައީސް ހއ. އަތޮޅުގެ 10 ރަށަކަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ފުރަތަ މަންޒިލެއްގެ ގޮތުގައި މުރައިދޫ އަށް ކުރެއްވި ޒިޔާރަތުގެ ތެރެއިންނެވެ. މި ބައްދަލުވުމުގައި ކައުންސިލުން ވަނީ މުރައިދޫއަށް ބޭނުންވެފައިވާ ކަންކަން ރައީސަށް ދަންނަވާފައެވެ. މިގޮތުން ކައުންސ... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ރާއްޖެ މުރައިދޫ ފުލުހުންގެ މަރުކަޒުގެ ބިންގާއަޅައި، އޭޓީއެމް އެއްބަސްވުމުގައި ސޮއިކޮށްފި ހއ. މުރައިދޫގައި އަޅާ ފުލުހުންގެ މަރުކަޒުގެ ބިންގާއަޅައި، އެރަށުގައި ބަހައްޓާ އޭޓީއެމް އެޅުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ. މިކަންކަން ކުރިއަށް ގެންގޮސްފައި ވަނީ ރައީސް ޑރ. މުހައްމަދު މުޢިއްޒު ހއ. އަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން މިއަދު މުރައިދޫއަށް ކުރަށްވާ ޒިޔާރަތުގެ ތެރެއިންނެވެ. މުރައިދޫ ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅުއްވައި ދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާންއެވެ. މުރައިދޫގައި ބޭންކް އޮފް މޯލްޑިވްސް ގެ އޭޓީއެމް ޤާއިމުކުރުމުގެ އެއްބަސްވުމުގ... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ރާއްޖެ ކުޅުދުއްފުށީގައި ދެވަނަ ސްވިމިން ޓްރެކް އަޅަން ބޭނުންވާ ސާމާނު ފޯރުކޮށްދީފި ކުޅުދުއްފުށި ސިޓީގައި ދެވަނަ ސްވިމިން ޓްރެކެއް އަޅަން ބޭނުންވާ ސާމާނު ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވުޒާރާއިން ފޯރުކޮށްދީފިއެވެ. ސްވިމިން ޓްރެކް އެޅުމަށް ބޭނުންވާ ސާމާނު ކުޅުދުއްފުއްޓަށް ގެނައުމާ ގުޅިގެން ސްޕޯޓްސް މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރު ނަވާޒް އަސަދު ވިދާޅުވީ، ސްވިމިން ޓްރެކް އަޅަން ބޭނުންވާ ސާމާނު ސިޓީ ކައުންސިލާއި ހަވާލުކުރެވިފައިވާ ކަމަށާއި މިކަން ވުޖޫދަށް ގެނައުމުގައި އެހީތެރިކަން ދެއްވާފައިވާތީ ރައީސުލްޖުމްހޫރިއްޔާއަށާއި، މިނިސްޓަރަށާއި ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑި... އިބްރާހިމް ޚަލީލް · 1 އަހަރު ކުރިން
ރާއްޖެ ޓޫރިޒަމް މިނިސްޓަރު ފައިސަލް މަގާމުން ވަކިކޮށްފި މިނިސްޓަރ އޮފް ޓޫރިޒަމްގެ މަގާމުގައި ހުންނެވި އިބްރާހީމް ފައިޞަލް، މަގާމުން ވަކިކުރައްވައިފިއެވެ. ރައީސް އޮފީހުން މިއަދު ބުނީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ޓޫރިޒަމް މިނިސްޓަރު ފައިސަލް މަގާމުން ވަކިކޮށްފައިވާ ކަމަށެވެ. ފައިސަލް ޓޫރިޒަމް މިނިސްޓަރުކަމުން ވަކިކުރުމާއި ގުޅިގެން ރައީސް ވަނީ އެ މިނިސްޓްރީ ވަގުތީގޮތުން ހިންގެވުން މިއަދުން ފެށިގެން މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މުޙައްމަދު ސަޢީދުއާ ހަވާލުކުރައްވާފައެވެ. ފައިސަލް ޓޫރިޒަމް މިނިސްޓަރުކަމަށް ޢައްޔަނުކުރަށްވާފައި... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ވާހަކަ ސިލްސިލާ ވާހަކަ: ލޯބިވިޔަސް (43) ކުރީގެ އަދަދާއި ގުޅޭ: ނަދީމް އެހާ އަވަހަށް ބަދަލުވެދާނެކަމަށް ފަހަރެއްގައި ވެސް ރިޒާ ހިއެއް ނުކުރެއެވެ. ކޮޓަރިން ނިކުމެގެން ކާގެއަށް ދިޔައިރު ވެސް ރިޒާ ހުރީ އެ ފިކުރުތަކުގައެވެ. ފޯނު ޖީބަށް ލުމަށްފަހު ނަދީމް ފުން ނޭވާއެއް ދޫކޮށްލިއެވެ. އެ ވަގުތު އޭނާ ސިހުނީ ފަހަތުން އައިސް ޒައިނާ، އޭނާގެ ގައިގައި ބައްދާލުމުންނެވެ. ” ކޮން ދުވަހެއް އަހަރެމެންނަށް މި މިނިވަންކަން ނުލިބެނީ؟” ޒައިނާ ބުންޏެވެ. އޭނާ، ނަދީމްގެ ގައިން ދޫ ކޮށްލުމަށްފަހު އައިސް ނަދީމްގެ ކުރިމަތީގައި […] ސަލާމާ ޢަބްދުލް ޢަލީމް · 1 އަހަރު ކުރިން
ރާއްޖެ ރައީސް ހއ. އަތޮޅަށް ރައީސް ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ތިލަދުންމަތީ އުތުރުބުރީ(ހއ.އަތޮޅު)ގެ ބައެއް ރަށްތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގަންނަވައިފިއެވެ. ރައީސް އޮފީހުން ބުނީ ރައީސްގެ މި ދަތުރުފުޅުގައި ހއ.އަތޮޅުގެ 10 ރަށަކަށް ވަޑައިގަންނަވާނެ ކަމަށެވެ. އެ ރަށްތަކަކީ ދިއްދޫ، ފިއްލަދޫ، ހޯރަފުށި، އިހަވަންދޫ، މާރަންދޫ، މޮޅަދޫ، މުރައިދޫ، ތަކަންދޫ، އުލިގަމު އަދި އުތީމަށެވެ. ރައީސްގެ މި ދަތުރުފުޅުގައި ފުރަތަމަ މަންޒިލެއްގެ ގޮތުގައި ވަޑައިގަންނަވާނީ މުރައިދޫއަށެވެ. މި ދަތުރުފުޅުގައި މި ރަށްތަކަ... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ބައިނަލްއަގުވާމީ ޗައިނާގެ 'ޑީޕްސީކް' އެޕަލްގެ ޑައުންލޯޑް ރޭންކިންގެ އެއްވަނައަށް ޗައިނާގެ އޭއައި ޕްލެޓްފޯމް ޑީޕްސީކް، އޯޕަންއޭއައިގެ ޗެޓްޖީޕީޓީ އަށްވުރެ ކުރިއަރައިގެން ދިޔުމާއެކު އެޕަލްގެ ޑައުންލޯޑް ރޭންކިންގެ އެއްވަނައަށް އަރައިފިއެވެ. ޓެކްކްރަންޗްގެ ރިޕޯޓެއްގައި ވާގޮތުން ޗައިނާގެ އައު އޭއައި ޕްލެޓްފޯމް ޑީޕްސީކް ވަނީ އެޕަލްގެ ޑައުންލޯޑް ރޭންކިންގައި އެމެރިކާގެ މަޝްހޫރު އޭއައި ޕްލެޓްފޯމް ޗެޓްޖީޕީޓީއަށްވުރެ ކުރިއަރައިގެން ގޮސްފައެވެ. މިފާއިތުވި ފަސްދުވަހުގެ ތެރޭރޭގައި ލޯންޗްކުރި ޑީޕްސީކް ވަނީ އެންމެ ކުޑަދުވަސްކޮޅެއްގެ ތެރޭގައި އެންމެ ބޮޑަށް ކުރިއެރި ޕްލެޓްފޯމްގެ މަޤާމުވެސް ހޯ... އަޙްމަދު ދާއޫދު · 1 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކުޅުދުއްފުށީ "ހާލު ކިހިނެއް؟" ޕްރޮގްރާމްގައި ފާހަގަކުރެވުނު ނާޒުކު ހާލަތުގައި އުޅޭ ފަރާތްތަކަށް އެހީވާން ފަށައިފި ހދ.ކުޅުދުއްފުށީގައި ކުރިއަށްގެންދިޔަ “ހާލު ކިހިނެއް” ޕްރޮގްރާމްގައި ފާހަގަކުރެވުނު ނާޒުކު ހާލަތްތަކުގައި ދިރިއުޅޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް މިނިސްޓްރީ އޮފް ސޯސަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓުން ފަށައިފިއެވެ. “ހާލު ކިހިނެއް؟” ޕްރޮގްރާމަކީ އޯގާތެރި މުޖުތަމައެއް ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ތަސައްވުރުގެދަށުން ރައްޔިތުންގެ ހާލަތު ދެނެގަނެ، ގާތުން ހިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން ފެށި ޕްރޮގްރާމެކެވެ. މިޕްރޮގްރާމުގެ ތެރެއިން ރާއްޖޭގ... އިބްރާހިމް ޚަލީލް · 1 އަހަރު ކުރިން
ބައިނަލްއަގުވާމީ ޓްރަމްޕް އިންޑިއާއަށް: އަހަރެމެން އަަތުން ހަތިޔާރު ގަތުން އިތުރުކުރޭ! އެމެރިކާގެ ހަތިޔާރު ގަތުން އިތުރުކުރުމަށް ޓްރަމްޕް އިންޑިއާއަށް ގޮވާލައިފިއެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާ ދެމެދު ކުރެވުނު ފޯނު މަޝްވަރާއެއްގައި، ދެ ގައުމުގެ ސިޔާސީ ގުޅުން ކުރިއެރުވުމަށް މަސައްކަތް ކުރަން އެއްބަސްވެވަޑައިގެންނެވިއެވެ. ވައިޓް ހައުސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، އެމެރިކާގައި އުފައްދާ ސަލާމަތީ އާލާތްތައް އިންޑިއާއިން ގަތުން އިތުރުކުރުމުގެ މުހިންމުކަމާއި، ދެ ގައުމު ދެމެދު ހަމަހަމަ ވިޔަފާރީގެ ގުޅުމެއް ގާއިމުކުރުމަށ... އަޙްމަދު ދާއޫދު · 1 އަހަރު ކުރިން
ބައިނަލްއަގުވާމީ ޣައްޒާގެ ރައްޔިތުން އެހެން ގައުމުތަކަށް ފޮނުވައިނުލުމަށް އދ. އިން ގޮވާލައިފި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހެޅި، ޣައްޒާގެ ރައްޔިތުން އެހެން ޤައުމުތަކަށް ބަދަލުކުރުމުގެ ހުށަހެޅުއްވުމަށް އ.ދ އިން ދެކޮޅު ހަދައިފިއެވެ. އ.ދ ގެ ސްޕޯކްސްޕަރސަން ސްޓެފާން ދުޖާރިކް ވިދާޅުވި ގޮތުގައި “މީހުން ބާރުގެ ބޭނުންކޮށްގެން ބަދަލުކުރުމަށް ނުވަތަ ނަސްލު ފޮހެލުމަށް ހުށަހަޅާ އެއްވެސް ޕްލޭނަކަށް އެއްބަސްވެވެން ނެތް” ކަމަށެވެ. މިދިޔަ ހޮނިހިރު ދުވަހު ޓްރަމްޕް ވިދާޅުވެފައިވަނީ ޣައްޒާ “ސާފުކޮށް” އެތަނުގެ ރައްޔިތުން މިޞްރާއި އުރުދުނަށް ބަދަލުކުރުމަށެވެ. އަދި އިޒްރާއީލުގެ ހަނގުރާމައިގެ ސަބަބު... އަޙްމަދު ދާއޫދު · 1 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކުޅުދުއްފުށީގައި 18 އަހަރު ނުވާކުއްޖަކު ޕިކަޕެއް ދުއްވި މައްސަލައެއް ކުޅުދުއްފުށީ ސިޓީގައި 18 އަހަރު ނުފުރޭ ކުޑަކުއްޖަކު ޕިކަޕެއް ދުއްވި މައްސަލައެއް ސަމާލުކަމަށް އައިސްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދިންގޮތުގައި، މި މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައީ ސޯޝަލް މީޑިއާގައި ދައުރުވަމުންދިޔަ ވީޑިއޯއަކާ ގުޅިގެންނެވެ. މި ވީޑިއޯގައި ފެންނަނީ ކުޅުދުއްފުށީގައި ދުއްވި ޕިކަޕެއް ފެންސްއެއްގައި ޖެހޭ މަންޒަރުކަމަށް ފުލުހުން ބުންޏެވެ. މި މައްސަލައާ ގުޅިގެން މިހާތަނަށް ބެލިބެލުމުން އެ ޕިކަޕް ދުއްވާފައިވަނީ 18 އަހަރު ނުފުރޭ ކުޑަކުއްޖެއްކަން... ޔުމްނާ ޢަލީ · 1 އަހަރު ކުރިން