ތިލަދުންމަތީ ޚަބަރު ކުޅުދުއްފުށި ސިޓީގެ ބޮޑު ބަޔަކުން ކަރަންޓު ކެނޑުނު މައްސަލައަށް ވަގުތީ ހައްލެއް ލިބިއްޖެ ކުޅުދުއްފުށި ސިޓީގެ ޖޫލިއެޓް ހިނގުމުގެ ހުޅަނގުކޮޅުގައިވާ ކަރަންޓު ކޭބަލަކަށް ލިބުނު ގެއްލުމުގެ ސަބަބުން ރަށުގެ ބޮޑު ބަޔަކުން ކަރަންޓު ކެނޑުނު މައްސަލައަށް މިހާރު ވަނީ ވަގުތީ ހައްލެއް ގެނެވި، މުޅި ރަށަށް އަލުން ކަރަންޓު ދީފި އެވެ. ފެނަކަ ކޯޕަރޭޝަނުގެ ކުޅުދުއްފުށި ބްރާންޗުން މިއަދު ބުނެފައިވަނީ، މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ މަސައްކަތް ކުރިއަށްދާ ވަގުތުތަކުގައި ރަށުގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އަދި ކަރަންޓު ކެނޑޭނެ ސަރަހައްދުތަކުގެ މަޢުލޫމާ... އިބްރާހިމް އަސްވާޤް · 1 އަހަރު ކުރިން
ރާއްޖެ ފަޒުލްގެ ގެ އިން ފެނުނު ފައިސާ އަނބުރާ ހަވާލުކޮށްފި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ދިރިއުޅޭ ގެ ފާސްކުރިއިރު ދަބަހަކުން 1.4 މިލިއަން ރުފިޔާ އޭނާއާއި ހަވާލުކޮށްފިއެވެ. ފުލުހުން މިއަދު ބުނި ގޮތުގައި އެޗްޑީސީ ގޯތި މައްސަލާގައި ތުހުމަތު ކުރެވޭ ފަރާތުގެ އެ ޕާޓްމަންޓުން ފެނުނު ފައިސާއާ ގުޅޭ ގޮތުން ބަލަންޖެހޭ ކަންކަން ބެލުމަށް ފަހު، އެ ފައިސާ މިހާރު ވަނީ އަނބުރާ ހަވާލުކޮށްފައި ކަމަށެވެ. އެއީ ސީދާ ކޮންފަރާތެއް ކަމެއް ފުލުހުން ބުނެފައި ނުވިނަމަވެސް، ބިންވެރިޔާ […] ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ރާއްޖެ ކެފޭއެއްގެ ބަދިގޭގައި ބިދޭސީންތަކެއް މާރީމާރީ ހިންގައި އެކަކު ޒަޚަމްކޮށްލައިފި މާލޭގައި ކެފޭއެއްގެ ބަދިގޭގައި ބިދޭސީންތަކެއްގެ މެދުގައި މާރާމާރީއެއް ހިނގައި އެކަކު ޒަޚަމްކޮށްލައިފިއެވެ. ފުލުހުން ބުނީ މި މައްސަލައިގެ ރިޕޯޓު ލިބުނީ މިއަދު މެންދުރު 12:10 ގައި ކަމަށެވެ. މި ކަން ހިނގާފައި ވަނީ މާލޭގެ މާވެޔޮ މަގުގައި ހުންނަ ”ތާސީރު” ކެފޭގެ ބަދިގޭގައެވެ. މި ހާދިސާގައި ބިދޭސީއަކު ޒަޚަމް ކޮށްލާފައިވާއިރު، އޭނާ އަށް އައިޖީއެމްއެޗް ހޮސްޕިޓަލްގައި މިހާރު ފަރުވާދެމުން އަންނަކަމަށް ފުލުހުން ބުނެއެވެ. މި ހާދިސާގެ ވީޑިއޯ މީސްމީޑިއާގައި ދައުރުވަމުން އަންނައިރު، ޒަޚަމްވި މީހާ ވެއްޓިފައި އޮއ... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ރާއްޖެ ރާއްޖެ-ލަންކާ، މަސައްކަތް ކުރަމުން ދަނީ ގުޅިގެން: ރައީސް ދިވެހިރާއްޖެ އާއި ސްރީލަންކާ އިން ދެ ޤައުމަށް ކުރިމަތިވާ ގޮންޖެހުންތަކުގައި ވެސް ފައިދާހުރި ކަންކަމުގައި ވެސް މަސައްކަތް ކުރަމުން ދަނީ ގުޅިގެންކަމަށް މަސައްކަތްކުރަށްވާނެކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. މިއަދު ފާހަގަކުރާ ސްރީލަންކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ރައީސް އަނުރަ ކުމާރަ ދިސާނަޔަކައަށާއި ބޮޑުވަޒީރު ޑޮކްޓަރ ހަރީނީ އަމަރަސޫރިޔާއަށް ރައީސް މުޢިއްޒު ފޮނުއްވި ސިޓީ ފުޅެެއްގައި މިދުވަހުގެ ތަހުނިޔާ ފޮނުއްވަމުން ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އ... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ރާއްޖެ ކުރީގެ ފިރިމީހާ މަރާލި ނަޒާހާގެ މައްސަލާގައި ސުޕްރީމް ކޯޓުން ހުކުމް އިއްވަނީ ކުރީގެ ފިރިމީހާ މަރާލި މައްސަލާގައި އުމުރަށް ޖަލަށްލާފައިވާ މަރިޔަމް ނަޒާހާގެ މައްސަލާގައި ސުޕްރީމް ކޯޓުން ހުކުމް އިއްވަން ތާވަލްކޮށްފި އެވެ. ހ. ބައިކެނޑިގޭ މަރިޔަމް ނަޒާހާ 25 އަހަރަށް ޖަލަށްލާން 2011 ވަނަ އަހަރު ޖިނާއީ ކޯޓުން ހުކުމްކުރީ ޖޫން، 2010 ގައި އޭނާގެ ކުރީގެ ފިރިމީހާ ކަމަށްވާ މއ. އެދުރުގޭ ހަސަން ޝާހިދަށް ވަޅިއަކުން ހަމަލާދީ މަރާލި މައްސަލާގަ އެވެ. ނަޒާހާގެ މައްޗަށް ކުރި ހުކުމް 2015 ވަނަ އަހަރު ހައި ކޯޓުން ދަމަހައްޓާފައިވާއިރު، އެ […] ހުސައިން ހަބީބް · 1 އަހަރު ކުރިން
ރާއްޖެ ކެންސަރާއި ދެކޮޅަށް ސަރުކާރުން މަސައްކަތް ކުރާނެކަމުގެ ޔަޤީންކަށް ރައީސް ދެއްވައިފި އުފާފާގަތި ޤައުމެއް ބިނާކުރުމަށް ކެންސަރު ބައްޔާ ދެކޮޅަށް ސަރުކާރުން މަސައްކަތް ކުރާނެކަމުގެ ޔަޤީންކަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ދެއްވައިފިއެވެ. ރައީސް މިއަދު ވަނީ ބައިނަލްއަޤުވާމީ ފެންވަރުގައި ފާހަގަކުރާ ދުނިޔޭގެ ކެންސަރު ބަލީގެ ދުވަހާ ގުޅިގެންޚާއްޞަ މެސެޖެއް އާންމުކުރަށްވާފައެވެ. މި މެސެޖުގައި ރައީސް ވަނީ އުފާވެތި، ދުޅަހެޔޮ، އަދި ވިލުންތެރި ޤައުމެއް ބިނާކުރުމަށް ކެންސަރު ބައްޔާ ދެކޮޅަށް ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ. މި މެސެޖުގައި 202... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ބައިނަލްއަގުވާމީ އޯޕަން އޭއައި އިން "ޑީޕް ރިސާރޗް" ނަމުގައި އައު ޓޫލެއް ތަޢާރަފުކޮށްފި އެމެރިކާގެ ޓެކްނޮލޮޖީ ދާއިރާގައި ކުރިއަރަމުންދާ ކުންފުނި އޯޕަން އޭއައި އިން “ޑީޕް ރިސާރޗް” ނަމުގައި ޗެޓްޖީޕީޓީގެ އައު ޓޫލެއް ތަޢާރަފުކޮށްފިއެވެ. މި ޓޫލްއަކީ ތަފްސީލީ ރިޕޯޓުތައް އުފައްދައިދޭ ޓޫލްއެކެވެ. މިއީ ޗައިނާގެ ޑީޕްސީކް ޗެޓްބޮޓުން އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ދާއިރާގައި ވާދަވެރިކަން އިތުރުކުރަމުންދާ ދަނޑިވަޅެއްގައި ކުރެވުނު އިޢުލާނެކެވެ. އޯޕަން އޭއައިގެ ސީއީއޯ ސެމް އޯލްޓްމަން މިކަން އިޢުލާނު ކުރެއްވީ ޓޯކިޔޯގައި ބޭއްވުނު ޖަލްސާއެއްގައެވެ. އޭނާ އިތުރަށް ހާމަކުރެއްވި ގޮތުގައި ވިޔަފާރިތަކ... އަޙްމަދު ދާއޫދު · 1 އަހަރު ކުރިން
ބައިނަލްއަގުވާމީ ސީރިއާގައި ދިން ކާރު ބޮމުގެ ހަމަލާއެއްގައި 20 މީހުން މަރުވެއްޖެ ސީރިއާގެ އުތުރުގައިވާ މަންބިޖު ސަރަޙައްދުގައި ދިން ކާރު ބޮމުގެ ހަމަލާއެއްގައި މަދުވެގެން 20 މީހުން މަރުވެ، އަދި ގިނަ އަދަދެއްގެ މީހުންނަށް އަނިޔާވެއްޖެކަމަށް ސީރިއާގެ ވަގުތީ ސަރުކާރުން މިއަދު ބުނެފިއެވެ. މިދިޔަ ޑިސެމްބަރު މަހު ރައީސް ބައްޝާރު އަލް-އަސަދުގެ ވެރިކަން ވައްޓާލުމަށްފަހު، މިއީ އެޤައުމުގައި ދިން އެންމެ ގިނަބަޔަކު މަރުވި ހަމަލާއެވެ. މި ސަރަޙައްދުގައި ތުރުކީގެ އެހީތެރިކަން ލިބިގެން ހަރަކާތްތެރިވާ ބާރުތަކާއި ކުރުދީންގެ ނުފޫޒު އޮންނަ ގްރޫޕަކާ ދެމެދު ހަނގުރާމަ ހިނގަމުންދާއިރު، މިއީ މިދިޔަ މ... އަޙްމަދު ދާއޫދު · 1 އަހަރު ކުރިން
ބައިނަލްއަގުވާމީ އެމެރިކާއިން މެކްސިކޯއަށް ކަނޑައެޅި ޓެރިފް އެއް މަސް ދުވަހަށް ފަސްކޮށްފި އެމެރިކާއިން މެކްސިކޯއަށް ކަނޑައެޅި ޓެރިފް އެއް މަސް ދުވަހަށް ފަސްކޮށްފިއެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައިވަނީ މެކްސިކޯއިން އެ ގައުމުގެ އުތުރު ސަރަޙައްދު ބަލަހައްޓަން 10،000 ނޭޝަނަލް ގާޑުން ގެންގުޅުމަށް އެއްބަސްވުމާ ގުޅިގެން މެކްސިކޯއަށް އަޅަން ނިންމާފައިވާ އައު ޓެރިފްތައް އެއް މަސް ދުވަހަށް ފަސްކޮށްފައިވާ ކަމަށެވެ. މި އެއްބަސްވުމުގެ މަޤްޞަދަކީ ޤާނޫނާ ޚިލާފަށް މަސްތުވާތަކެތި، ޚާއްޞަކޮށް ފެންޓަނިލް، އެތެރެކުރުން ހުއްޓުވުމެވެ. މެކްސިކޯގެ ރައީސް ކްލޯޑިއާ ޝެއިންބަމް ވިދާޅުވި ގޮތު... އަޙްމަދު ދާއޫދު · 1 އަހަރު ކުރިން
ރާއްޖެ ގާސިމްގެ ބަޔޯގްރަފީ ފޮތް ނެރުން މި މަހުގެ 10 ގައި ވިލާ ގްރޫޕްގެ ބާނީ ގާސިމް އިބްރާހީމްގެ ހަޔާތުގެ މައްޗަށް ލިޔެފައިވާ ބަޔޯގްރަފީ ފޮތް މި މަހުގެ 10 ވަނަ ދުވަހުގެ ރޭ ނެރުމަށް ހަމަޖައްސައިފި އެވެ. މި ފޮތް ލިޔުއްވާފައިވަނީ ތަޖުރިބާކާރު ނޫސްވެރިޔާ އަދި ލިޔުންތެރިޔާ މުހައްމަދު ޖަމީލެވެ. ވިލާ ފައުންޑޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން މި ފޮތް ނެރުމަށް ބާއްވާ ރަސްމިއްޔާތު ބާއްވަން ހަމަޖައްސާފައި ވަނީ އަންނަ ހޯމަ ދުވަހުގެ ރޭ ވިލާ ކޮލެޖުގައެވެ. މި ރަސްމިއްޔާތުގައި ގާސިމްގެ ބަޔޯގްރަފީގެ ހާޑްކަވަރު އެޑިޝަނުގެ އިތުރުން، […] ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ރާއްޖެ ޔާމީނަކީ މަކަރުވެރި ޚިޔާނާތްތެރިއެއް، އިންސާފް އަރާ ހަމަކުރާނެ: ފަލާހް ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްޤައްޔޫމަކީ މަކަރުވެރި ޚިޔާނާތްތެރިއެއްކަމަށް ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރު އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހް މިއަދު ވިދާޅުވެއްޖެއެވެ. ފަލާހް މިހެން ވިދާޅުވީ، ރައީސް ޔާމީން އިސް އުފައްދަވާފައިވާ ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް)ގެ ފްރޮންޓް އޮފީސް ޖަލްސާގައި ޔާމީން ދެއްކެވި ވާހަކަފުޅަކާއި ގުޅުވައިގެން ރަށްދު ދެއްވަމުންނެވެ. އެ ޖަލްސާގައި ޔާމީން ދެއްކެވި ވާހަކަފުޅުގައި ރައީސް ޑރ. މުހައްމަދު މުޢިއްޒު އަ... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ރާއްޖެ މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި އާސަންދައިން ކުރި ޚަރަދު ދަށަށް މިދިޔަ 2024 ވަނަ އަހަރުގެ ފަހު ކުއާޓަރުގައި ޤައުމީ ބޭސް ފަރުވާގެ ނިޒާމު، އާސަންދަ ސްކީމް މެދުވެރިކޮށް ބޭސް ފަރުވާ އަށް ކުރި ހޭދަ ކުރީ ކުއާޓަރާއި އަޅާބަލާއިރު %4.3 ދަށްވެއްޖެއެވެ. އާސަންދައިން މިއަދު ވަނީ އެ ކުންފުނީގެ މިދިޔަ އަހަރުގެ ފަހު ކުއާޓަރުގެ ތަފާސްހިސާބު އާންމުކޮށްފައެވެ. މި ތަފާސްހިސާބުން ފެންނަ ގޮތުގައި ފާއިތުވެދިޔަ 2024 ވަނަ އަހަރުގެ އޮކްޓޫބަރު 1 ވަނަ ދުވަހުން ފެށިގެން ޑިސެންބަރު 31 ވަނަ ދުވަހުގެ ނިޔަލަށް އާސަންދަ ސްކީމްގެ ދަށުން […] ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ރާއްޖެ ޖަނަވަރީ މަހެއްގައި އެންމެ ގިނައިން މަސްކިރުވީ މިއަހަރު: ފިޝަރީޒް މިނިސްޓްރީ 1997 ވަނަ އަހަރުން ފެށިގެން ޖަނަވަރީ މަހެއްގައި މިފްކޯއަށް އެންމެ ގިނައިން މަސްކިރާފައި ވަނީ 2025ގެ ޖަނަވަރީ މަހުކަމަށް އެ ކުންފުނިން މަސްވެރިކަމާބެހޭ ވުޒާރާއިން ބުނެފިއެވެ. މަސްވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަ ޖެނުއަރީ މަހު 8،324 މެޓްރިކް ޓަނުގެ މަސް ވަނީ މިފްކޯއަށް ކިރާފައެވެ. އެއީ، ރިކޯޑު އަދަދެއް ކަމަށް އެ ވުޒާރާއިން ބުންޏެވެ. އެހެންކަމުން މިއީ 1997 ވަނަ އަހަރުން ފެށިގެން މިހާތަނަށް އެ ކުންފުނީގެ ތާރީޚުގައި ޖަނަވަރީ މަހެއްގައި އެންމެ ގިނައިން […] ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ރާއްޖެ ފޭކް ޓްރާންސްފަރ ސްލިޕް ބޭނުންކޮށްގެން ވިޔަފާރިކުރި މީހަކު ހޯދަނީ ވިލިމާލޭ ފިހާރައަކުން މުދާ ގަތުމަށްފަހު، ފޭކް ފައިސާ ޓްރާންސްފަރ ސްލިޕެއް ބޭނުންކޮށްގެން މުޢާމަލާތެއް ހިންގާފައިވާ މައްސަލައެއްގައި މީހަކު ހޯދަން ފަށައިފިއެވެ. ފުލުހުން މިއަދު ބުނީ ވިލިމާލޭގައި ހުންނަ ސިމިނީ މާރޓް ފިހާރައިން މުދާ ގަތުމަށްފަހު، ޞައްޙަނޫން ފައިސާ ޓްރާންސްފަރ ސްލިޕެއް ބޭނުންކޮށްގެން މުޢާމަލާތެއް ހިންގާފައިވާ މައްސަލައެއް ތަޙުޤީޤުކުރަމުން އަންނަކަމަށެވެ. ފުލުހުންގެ މަޢުލޫމާތު ދިން ގޮތުގައި މިކަން ހިނގާފައިވަނީ 2024 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 27 ވަނަ ދުވަހުއެވެ. މި ވަގުތާ ހަމައަ... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ރާއްޖެ ރިސޯޓެއްގައި އިސް ވެރިޔަކަށް ހަމަލާދީފި ލ. އަތޮޅުގައި ހިންގާ ރިސޯޓެއްގައި އެ ރިސޯޓުގެ އިސް މަޤާމެއް އަދާކުރާ މީހަކަށް ހަމަލާދީ، މާރާމާރީ ހިންގައިފިއެވެ. މި ހާދިސާ ހިނގާފައިވަނީ 2025 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 2 ވަނަ ދުވަހުއެވެ. ފުލުހުން މަޢުލޫމާތު ދިން ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ ރިސޯޓުގެ އިސް މަޤާމެއް އަދާކުރާ މީހަކު ބައިސްކަލެއްގައި ދަނިކޮށް، ފަހަތުން އައި މީހަކު އައިސް ބޮލުގައި އެއްޗަކުން ޖަހައި މާރާމާރީ ހިންގުމުންނެވެ. މި މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުން […] ޔުމްނާ ޢަލީ · 1 އަހަރު ކުރިން