ބައިނަލްއަގުވާމީ ފަލަސްތީނަށް ތާއީދުކުރި ޗައިނާގެ ދަރިވަރެއްގެ ވިސާ އެމެރިކާއިން ބާޠިލުކޮށްފި އެމެރިކާގެ ޔުނިވަރސިޓީ އޮފް ކެލިފޯނިއާ، ލޮސް އެންޖެލެސް (ޔޫސީއެލްއޭ) ގައި ފަލަސްތީނަށް ތާއީދުކޮށް ހިންގި ހަރަކާތްތަކެއް އިންތިޒާމުކުރި ޗައިނާގެ ދަރިވަރެއްގެ ވިސާ އެމެރިކާއިން ބާޠިލުކޮށްފިއެވެ. މި މައްސަލައާ ގުޅުންހުރި ފަރާތްތަކުން މަޢުލޫމާތު ދިންގޮތުގައި، މި ދަރިވަރުގެ ނަން ހާމަކޮށްފައެއް ނުވެއެވެ. ޔޫސީއެލްއޭގެ ކެމްޕަހުގައި ބޭއްވުނު މި ހަރަކާތްތަކުގައި ގިނަ އަދަދެއްގެ ދަރިވަރުންނާއި އެކްޓިވިސްޓުން ބައިވެރިވެފައިވެއެވެ. ނަމަވެސް، މި ހަރަކާތްތައް އިންތިޒާމުކުރި ޗައިނާ ދަރިވަރުގެ ވިސާ ބާޠިލުކޮށްފައ... އަޙްމަދު ދާއޫދު · 1 އަހަރު ކުރިން
ކުޅިވަރު ފަހުވަގުތު އެސްޕަންޔޯލުން ރެއާލް ބަލިކޮށްފި ސްޕެނިޝް ލީގުގައި ރޭ ރެއާލް މެޑްރިޑާއި އެސްޕަންޔޯލް ބައްދަލުކުރި މެޗު އެސްޕަންޔޯލުން ކާމިޔާބު ކޮށްފިއެވެ. އެސްޕަންޔޯލްގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ރެއާލުގެ މައްޗަށް ކުރި ހޯދީ 1-0 ގެ ނަތީޖާއިންނެވެ. ރެއާލުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި އެ ޓީމްގެ ހަމަލާތައް ހުއްޓުވުމުގައި، އެސްޕަންޔޯލްގެ ކީޕަރ ގާސިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ވެސް އޭނާއެވެ. ފުރަތަމަ ހާފުގައި ރެއާލުން އުފެއްދި ހަމަލާއެއްގައި ވިނީސިއަސް […] އިބްރާހިމް ޚަލީލް · 1 އަހަރު ކުރިން
ބައިނަލްއަގުވާމީ ޑީޕްސީކްއާ ގުޅޭ މަޢުލޫމާތު ސާފުކުރަން ދެކުނު ކޮރެއާއިން ނިންމައިފި ޗައިނާގެ އާޓިފިޝަލް އިންޓެލިޖެންސް މޮޑެލް ޑީޕްސީކްއާ ގުޅޭ މަޢުލޫމާތު ސާފުކުރަން ދެކުނު ކޮރެއާއިން ނިންމައިފިއެވެ. ދެކުނު ކޮރެއާގެ ޕާސަނަލް އިންފޮމޭޝަން ޕްރޮޓެކްޝަން ކޮމިޝަނުން ޗައިނާގެ އާޓިފިޝަލް އިންޓެލިޖެންސް މޮޑެލް ޑީޕްސީކްއާ ގުޅޭ މަޢުލޫމާތު ސާފުކުރުމަށް ނިންމައިފައިވާއިރު، މި ކޮމިޝަނުގެ އިސް އޮފިޝަލެއް ހުކުރު ދުވަހު ވިދާޅުވި ގޮތުގައި، ޑީޕްސީކްގެ ބޭނުންކުރާ ފަރާތްތަކުގެ އަމިއްލަ މަޢުލޫމާތު ބަލަހައްޓަމުންދާ ގޮތާ ގުޅޭ ގޮތުން ސުވާލު ކުރުމަށް ވަނީ ނިންމާފައެވެ. މި އޮފިޝަލް އިތުރަށް ވިދާޅުވި ގޮތުގ... އަޙްމަދު ދާއޫދު · 1 އަހަރު ކުރިން
ބައިނަލްއަގުވާމީ ފަލަސްތީނުގެ ރައްޔިތުން ހުސްކުރުމަށް ޓްރަމްޕްގެ ގޮވާލުމަށް އަރަބި ޚާރުޖީ ވާޒިރުން ދެކޮޅު ހަދައިފި ފަލަސްތީނުގެ ރައްޔިތުން އެހެން ޤައުމުތަކަށް ބަދަލުކުރުމަށް ޓްރަމްޕް ގޮވާލި ގޮވާލުމާމެދު އަރަބި ޚާރުޖީ ވަޒީރުން ދެކޮޅު ހަދައިފިއެވެ. ފަލަސްތީނުގެ ރައްޔިތުން އެއްވެސް ޙާލަތެއްގައި އެމީހުންގެ ބިމުން ބޭރުކުރުމާމެދު އަރަބި ޤައުމުތަކުގެ ޚާރުޖީ ވަޒީރުން ދެކޮޅު ކަން ހާމަކޮށްފައިވާއިރު، މިއީ ޣައްޒާގެ ރައްޔިތުން މިޞްރާއި އުރުދުނަށް ބަދަލުކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގޮވާލުމާ ދެކޮޅަށް ނެރުނު ބަޔާނެކެވެ. ގާހިރާގައި ބޭއްވުނު ބައްދަލުވުމަކަށްފަހު، މިޞްރު، އުރުދުން، ސައުދީ އަރަބިއްޔާ، ޤަޠަރު، އ... އަޙްމަދު ދާއޫދު · 1 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ހއ.އަތޮޅު ޗެމްޕިއަންކަން ހަތަރުވަނަ ފަހަރަށް ވަށަފަރުން ކާމިޔާބުކޮށްފި ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތްކަމަށްވާ “ގޯލްޑަން ފުޓްސަލް ޗެލެންޖު 2025” ގެ ހއ.އަތޮޅުގެ ފައިނަލުގައި އެންމެ ފަހުގެ ޗެމްޕިއަން ދިއްދޫ ބަލިކުރުމަށް ފަހު އެ އަތޮޅުގެ ޗެމްޕިއަންކަން ހަތަރުވަނަ ފަހަރަށް ވަށަފަރުން ކާމިޔާބު ކޮށްފިއެވެ. ރޭ ކުޅުން ފައިނަލް މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު އޮތީ 2-2 ގެ ނަތީޖާއިން ދެ ޓީމް އެއްވަރުވެފައެވެ. ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި ވަށަފަރުން ކުރި ހޯދީ 5-4 ގެ ނަތީޖާއިންނެވެ. ވަށަފަރުން މީގެކުރިން މި މުބާރާތުގެ […] އިބްރާހިމް ޚަލީލް · 1 އަހަރު ކުރިން
ބައިނަލްއަގުވާމީ އެމެރިކާގައި ވެއްޓުނު މަތިންދާބޯޓުން ދަތުރުކުރި އެކަކުވެސް ދިރިހުރިކަމުގެ އުންމީދެއް ނެތް އެމެރިކާގެ ފިލަޑެލްފިއާގެ އުތުރު-އިރުމަތީ ސަރަހައްދުގައި ހުންނަ ރޫޒްވެލްޓް މޯލް ކައިރިއަށް، ހުކުރު ދުވަހުގެ ރޭ، އެއާރ އެމްބިއުލާންސެއް ވެއްޓުނު ހާދިސާގައި އެއިން ދަތުރުކުރި އެއްވެސް މީހަކު ދިރިހުރިކަމުގެ އުންމީދެއް ނެތްކަމަށް އެ އުޅަނދު ނިސްބަތްވާ ކުންފުނިން ބުނެފިއެވެ. ޖެޓް ރެސްކިއު އެއަރ އެމްބިއުލާންސްގެ ފަރާތުން ހާމަކުރި ގޮތުގައި، މި ހާދިސާގައި ވެއްޓުނު އުޅަނދުގައި ކުޑަކުއްޖަކާއި އެ ކުއްޖާގެ ބެލެނިވެރިޔަކާއި، ޕައިލެޓާއި ކޯ-ޕައިލެޓާއި، ޑޮކްޓަރަކާއި ޕެރަމެޑިކެއް ހިމެނޭ ގޮތަށް ޖުމްލަ 6 މީހުން ތި... އަޙްމަދު ދާއޫދު · 1 އަހަރު ކުރިން
ކުޅިވަރު ފޮރެސްޓުން ބޮޑު މޮޅެއް ހޯދައި އާސެނަލްއާއި އަރާ ހަމަކޮށްފި އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ނޮޓިންހަމް ފޮރެސްޓާއި ބްރައިޓަން ބައްދަލުކުރި މެޗު ބޮޑު ތަފާތަކުން ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ ތިންވަނައަށް ފޮރެސްޓް ޖެހިލައިފިއެވެ. އަމިއްލަ ދަނޑުގައި ފޮރެސްޓުން ވަނީ 7-0 ގެ ތަފާތު ބޮޑު ނަތީޖާއިން ބްރައިޓަން ބަލިކޮށްފައެވެ. މި މޮޅާއިއެކު ފޮރެސްޓް ތިންވަނާގައި އޮތީ 24 މެޗުން 47 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނާގައި އޮތް އާސެނަލަށް 23 މެޗުން ލިބިގައި ވަނީ ވެސް 47 ޕޮއިންޓެވެ. އާސެނަލް މާދަމާރޭ އަމިއްލަ ދަނޑުގައި ނުކުންނާނީ ސިޓީއާއި ދެކޮޅަށެވެ. […] އިބްރާހިމް ޚަލީލް · 1 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ހިރިމަރަދޫ މީހުން ހަނިމާދުއަށް ބަދަލުކުރަން ނިންމައިފި ތިލަދުންމަތީ ދެކުނުބުރީ ހިރިމަރަދޫ މީހުން އެ އަތޮޅު ހަނިމާދުއަށް ބަދަލުކުރަން ސަރުކާރުން މިއަދު ނިންމައިފިއެވެ. ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ “ހިރިމަރަދޫގެ ރައްޔިތުން އެދުނު ގޮތަށް” އެ ރަށު ރައްޔިތުން ހަނިމާދުއަށް ބަދަލުކުރުމަށް ސަރުކާރުން މިހާރު ނިންމާފައިވާ ކަމަށެވެ. ހިރިމަރަދޫގެ އާބާދީ ވަރަށް ބޮޑަށް މަދުވުމުގެ ސަބަބުން އެ ރަށު މީހުން އެހެން ރަށަކަށް ބަދަލުކޮށްދިނުމަށް ސަރުކާރުގައި އެދެމުން އަންނަތާ މިހާރު ވަނީ އެތައް އަހަރެއް ވެފައެވެ. އެކަމާ... އިބްރާހިމް ޚަލީލް · 1 އަހަރު ކުރިން
ވިޔަފާރި މައްސަލަ ހައްލުކޮށް މުޅި މާލެއަށް ކަރަންޓް ދީފި ދިމާވި ޓެކްނިކަލް މައްސަލަ ހައްލުކޮށް މުޅި މާލެއަށް ކަރަންޓް ދީފިއެވެ. ޓެކްނިކަލް މައްސަލައެއް ދިމާވެ، މުޅި މާލެއިން ކަަރަންޓް ކެނޑުނީ ހެނދުނު 11:37 ހާއިރު އެވެ. މިހެން ދިމާވީ އިންޖީނުގެއަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން މާލޭގެ އިންޖީނުގެ ނިވިގެން ކަމަށް ސްޓެލްކޯއިން ބުނެފަވެއެވެ. 12:58 ގައި މީޑިއާތަކަށް ފޮނުވި މަސެޖެއްގައި އެ ކުންފުނިން ބުނީ، ދިމާވި މައްސަލަ ހައްލުކޮށް މުޅިމާލެއަށް އަލުން ކަރަންޓު ދީފައުވާ ކަމަށެވެ. ކަރަންޓުގެ ހިދުމަތް ނުލިބޭ ފަރާތެއް ވާނަމަ އެ ކުންފުނީގ […] ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ރާއްޖެ ދެ ވުޒާރާ އެއްކޮށްލައި، ވަޒީރަކަށް ތޯރިގް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަދި މިނިސްޓްރީ އޮފް ޓޫރިޒަމް އެއްކޮށްލައްވައި މިނިސްޓަރ އޮފް ޓޫރިޒަމް، އެންޑް، އެންވަޔަރަންމަންޓްގެ މަޤާމަށް ޠާރިޤު އިބްރާހީމް (ތޯބެ) މިއަދު ޢައްޔަނުކުރައްވައިފިއެވެ. ތޯރިގް މި މަގާމަށް ޢައްޔަނުކުރުމަށް ބޭއްވި ރަސްމިއްޔާތު ކުރިއަށްދިޔައީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޓޫރިޒަމް، އެންޑް، އެންވަޔަރަންމަންޓްގެ މަޤާމަށް ޢައްޔަނުކުރެއްވުމުގެ... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ވިޔަފާރި ކަރަންޓް ކެނޑުނީ ޓެކްނިކަލް މައްސަލައެއްގައި މާލޭގެ އިންޖީނުގެ ނިވިގެން: ސްޓެލްކޯ މާލޭގެ ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައިވަނީ އިންޖީނުގެއަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން މާލޭގެ އިންޖީނުގެ ނިވިގެން ކަމަށް ސްޓެލްކޯއިން ބުނެފިއެވެ. މިހާރު އިންޖީނުގޭގެ އިންޖީނުތައް އަލުން ހިންގަން ފެށުމާއެކު، ކަރަންޓު މެދުކެނޑުނު ސަރަޙައްދުތަކަށް ޚިދުމަތް އަލުން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އެ ކުންފުނިން ބުންޏެވެ. ”މި ވަގުތު މާލޭގެ 75 އިންސައްތަ ސަރަޙައްދަށް ކަރަންޓުގެ ޚިދުމަތް ވަނީ އަލުން ފޯރުކޮށްދެވިފައި. ބާކީ ހުރި ސަރަޙައްދުތަކަށް ކަރަންޓު ފޯރުކޮށްދިނުމުގެ މަސަ... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ވިޔަފާރި މޯލްޑިވިއަންގެ ބުކިން ސިސްޓަމަށް ޓެކްނިކަލް މައްސަލައެއް ގައުމީ އެއާލައިން މޯލްޑިވިއަންގެ ބުކިން ސިސްޓަމަށް ޓެކްނިކަލް މައްސަލައެއް ދިމާވެ ބުކިން ޚިދުމަތަށް ބުރޫއަރައިފިއެވެ. އެ ކުންފުނިން ބުނީ ބުކިން ސިސްޓަމަށް ޓެކްނިކަލް މައްސަލައެއް ދިމާވެފައިވާ ކަމަށެވެ. އެހެންވެ، ވީ އެންމެ އަވަހަކަށް އެ މައްސަލަ ހައްލުކުރަން މަސައްކަތް ކުރަމުން އަންނަކަމަށް މޯލްވިއަނުން ބުންޏެވެ. އެ ކުންފުނިން ބުނީ އެ މައްސަލަ ހައްލު ކުރެވެންދެން މޯލްޑިވިއަންގެ ހޮޓްލައިން 1671 ނުވަތަ އެ ކުންފުނީގެ އީ-މެއިލް cc@iasl.aero އަށް މެއިލް ކޮށްގެން ބުކިން ހެދުމުގެ ކަންކަން ކުރިއަށް ގެންދ... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ރާއްޖެ ޓެކްނިކަލް މައްސަލައެއް ދިމާވެ މުޅި މާލެއިން ކަރަންޓް ކެނޑިއްޖެ މުޅި މާލެއިން ކަރަންޓް ކެނޑިއްޖެއެވެ. ސްޓެލްކޯއިން ބުނީ، ކަރަންޓް ކެނޑުނީ ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ކަމަށެވެ. މައްސަލަ ދެނަގަނެ ހައްލު ކުރުމުގެ މަސައްކަތްތައް ކުރަމުން އަންނަކަމަށް ސްޓެލްކޯއިން ބުންޏެވެ. ކަރަންޓް ކެނޑުމުގެ ސަބަބުން ދިމާވާ ދަތިތަކަށް އެ ކުންފުނިން ވަނީ ކަސްޓަމަރުންގެ ކިބައިން މައާފަށް އެދިފައެވެ. ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ރާއްޖެ އެމްޑީޕީން އިންތިޒާމުކުރި ހިނގާލުން ބާއްވައިފި އިދިކޮޅު މައި ޕާޓީ، ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން އިންތިޒާމްކޮށްގެން ވެރިރަށް މާލޭގައި ރޭ ހިނގާލުމެއް ބާއްވައިފިއެވެ. މި ހިނގާލުމަށް އެމްޑީޕީން ގެންގުޅުނު ޝިއާރަކީ ”ފުދިއްޖެ، ފުނޑިއްޖެ”އެވެ. އެމްޑީޕީގެ ރައީސް ކުރީގެ ޚާރިޖީ ވަޒީރު އަބުދުﷲ ޝާހިދު އާއި އެ ޕާޓީގެ ޗެއާޕާސަން ކުރީގެ އިގްތިސޯދީ ވަޒީރު ފައްޔާޟު އިސްމާއީލް އާއި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް އާއި މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް ލީޑްކުރެއްވި މި ހިނގާލުމުގައި އެމްޑީޕީގެ އެހާރާއި މިހާރުގެ […] ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ރާއްޖެ ބްރިޖު މަތީ ހުރި ކޯނެއްގައި ޖެހި ހިނގި އެކްސިޑެންގައި މީހަކު ނިޔާވެއްޖެ ސިނަމާލެ ބްރިޖުގެ ސޯލާ ޕެނަލްތައް ކައިރީގައި މަސައްކަތެއް ކުރަން އަންގައިދޭން ބަހައްޓާފައި ހުރި ކޯނެއްގައި ޖެހި ހިނގި އެކްސިޑެންޓެއްގައި މިއަދު މީހަކު ނިޔާވެއްޖެއެވެ. ފުލުހުން ބުނީ، މިއަދު ހެނދުނު 8:19 ހާއިރު ބްރިޖުގެ ސޯލާ ޕެނަލްތައް ކައިރީގައި މަސައްކަތެއް ކުރަން އަންގައިދޭން ބަހައްޓާފައި ހުރި ކޯނެއްގައި ޖެހި އެކްސިޑެންޓެއް ހިނގައިގެން ރިޕޯޓްކޮށްފައިވާ ކަމަށެވެ. މި ކޯނަކީ ބްރިޖުގެ ހުޅުމާލެއިން މާލެއަށް އަންނަ ލޭނުގައި ސޯލާ ޕެނަލްތައް ކައިރީގައި މަސައްކަތެއް ކުރަން އަންގައިދިނުމަށް ބަހައްޓާފައި... ޔުމްނާ ޢަލީ · 1 އަހަރު ކުރިން