ކުޅިވަރު ފަހުވަގުތު ގޮންޒާލޯ ގާސިއާ ޖެހި ލަނަޑުން މޮޅުވެ ރެއާލް ސެމީއަށް ސްޕެނިޝް ކަޕް / ކޮޕަ ޑެލް ރޭ ކުއާޓާ ފައިނަލުގައި ރޭ ލެގަނޭސްއާއި ރެއާލް މެޑްރިޑް ބައްދަލުކުރި މެޗު އެއްވަރުވާން ދަނިކޮށް، ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުމެ އެ ޓީމްގެ ޒުވާން ފޯވާޑް ގޮންޒާލޯ ގާސިއާ ޖެހި ލަނޑުން 3-2 ގެ ނަތިޖާއިން މޮޅުވެ މުބާރާތުގެ ސެމީ ފައިނަލުން ރެއާލް ޖާގަ ހޯދައިފިއެވެ. ކުރިއަށް ވަރުގަދަ މެޗުތައް ހުރުމާއި އަދި އަނިޔާގެ މައްސަލަތަކާއި ގުޅިގެން ރެއާލުގެ ފުރަތަމަ އެގާރާގައި އާންމުކޮށް ކުޅޭ ގިނަ ކުޅުންތެރިން ރޭ […] އިބްރާހިމް ޚަލީލް · 1 އަހަރު ކުރިން
ރާއްޖެ މިއަހަރު 35 މިސްކިތް ބިނާ ކުރުމުގެ މަޝްރޫޢުތައް ހިންގަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިސްކިތް ބިނާކުރުމުގެ 35 މަޝްރޫޢު މިއަހަރު ކުރިއަށްގެންދެވޭނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހަށް މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވައިދެއްވަމުން ރައީސް ވިދާޅުވީ، ދިވެހި އުންމަތުގެ ހާލާއި، މުސްތަޤުބަލު ކަނޑައެޅުމުގައި އެންމެ މުހިންމު އަސާސްތަކަކީ، މާތްވެގެންވާ އިސްލާމްދީނާއި، ދިވެހީންގެ އަމިއްލަވަންތަކަމާއި، ދިވެހީންގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުންކަން ކަށަވަރުކުރުން ކަމަށެވެ. ”ވަކިން ޚާއްޞަކޮށް ސައްތައިން... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ބައިނަލްއަގުވާމީ ބިލްގޭޓްސްގެ ލޯބިވެރިޔާއާއި ބެހޭގޮތުން ފުރަތަމަފަހަރަށް ވާހަކަ ދައްކަވައިފި މައިކްރޯސޮފްޓްގެ ބާނީ ބިލް ގޭޓްސް، އޭނާގެ ލޯބިވެރިޔާ ޕައުލާ ހަރޑްއާ ބެހޭގޮތުން ފުރަތަމަ ފަހަރަށް މީޑިއާއަށް ވާހަކަ ދައްކަވައިފިއެވެ. ޓުޑޭ ޝޯގައި ދެއްވި އިންޓަވިއުއެއްގައި 69 އަހަރުގެ ބިލް ގޭޓްސް ވިދާޅުވީ އޭނާ މިހާރު އުފަލުގައި އުޅުއްވާ ކަމަށާއި، ޕައުލާއާއެކު އޮލިމްޕިކްސްއަށް ދިއުމާއި އެހެނިހެން ގިނަ ކަންތައްތައް ކުރައްވަމުން ގެންދަވާ ކަމަށެވެ. ޕައުލާ ހަރޑަކީ ހެޔޮއެދޭ ފަރާތެއްގެ ގޮތުގައާއި ޑިވެލޮޕަރެއްގެ ގޮތުގައި މަސައްކަތްކުރައްވާ ބޭފުޅެކެވެ. އޭނާ ކުރިން ކައިވެނިކުރައްވާފައިވަނީ އޮރަކަލްގެ ކުރީގ... އަޙްމަދު ދާއޫދު · 1 އަހަރު ކުރިން
މަޖިލިސް މިއަހަރަކީ ނަތީޖާ ނެރުމުގެ އަހަރު: ރައީސް މިއަހަރަކީ ނަތީޖާ ނެރުމުގެ އަހަރު ކަމަށާއި، ކުރިއަށް އޮތީ އެ މޫސުންކަމަށް ރައީސް ޑރ. މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، މިއަހަރުގެ ރިޔާސީ ބަޔާން މަޖިލީހަށް އިއްވައިދެއްވަން ފެއްޓުވުމުގެ ގޮތުން ވާހަކަފުޅު ފައްޓަވަމުންނެވެ. ރައީސް ވާހަކަފުޅު ފައްޓަވާފައި ވަނީ، ރައީސް ސުމުއްވުލްއަމީރު އަލްމަރުޙޫމު މުޙައްމަދު އަމީންދޮށިމޭނާ ކިލެގެފާނުގެ ހިކުމަތްތެރި ބަސްކޮޅަކުންނެވެ. އެއީ ހިތްވަރާއި އަޒުމާއި އެކު މަސައްކަތުގެ ނަތީޖާއާއި ހަމައަށް ވާސިލްވުމަށް ގަދައަޅައި މަސައްކަތްކުރުމަށް ހިތްވ... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ރާއްޖެ ރައީސް، ނިއުޒީލަންޑްގެ ޤައުމީ ދުވަހުގެ ތަހުނިޔާ ފޮނުއްވައިފި ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ނިއުޒީލަންޑްގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ތަހުނިޔާ ފޮނުއްވައިފިއެވެ. ނިއުޒީލަންޑްގެެ ޤައުމީ ދުވަސް، ވައިޓެންގްއީ ޑޭގެ ތަހުނިޔާ ރައީސް ފޮނުއްވީ އެޤައުމުގެ އިސްވެރީންނަށް ވަކިވަކިން ފޮނުއްވި ސިޓީފުޅުތަކެއްގައެވެ. މިގޮތުން ރައީސް ވަނީ އެ ޤައުމުގެ ގަވަނަރ ޖެނެރަލް އޮފް ނިއުޒީލަންޑް، ނިއުޒީލަންޑް އޯޑަރ އޮފް މެރިޓް (ޖީ.އެން.ޒީ.އެމް)، ކިންގްސް ސަރވިސް އޯޑަރ (ކޭ.އެސް.އޯ) ހަރ އެކްސަލަންސީ ޑޭމް ސިންޑީ ކީރޯ އަށާއި، ނިއުޒީލަންޑްގެ ބޮޑުވަޒީރު ހިޒް އެކްސަލަންސީ ކްރިސްޓޮފަރ... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ބޭންކެއް އަޅަން ހަނިމާދޫން ހިލޭ ބިން ދެނީ ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫގައި ބޭންކެއްގެ ބްރާންޗެއް އަޅަން ބޭނުންވާ، ބޭންކަކަށް ހިލޭ ބިން ދޫކުރުމަށް އެ ރަށު ކައުންސިލުން ނިންމައިފިއެވެ. އެ ކައުންސިލުން މި ނިންމުން ނިންމާފައިވަނީ އިއްޔެ ބޭއްވި ކައުންސިލްގެ 166 ވަނަ އާންމު ބައްދަލުވުމުގައެވެ. ހަނިމާދޫގައި ބޭންކެއްގެ ބްރާންޗެއް ގާއިމްކުރަން ބޭނުންވާ ބޭންކަކަށް 3000 އަކަފޫޓުގެ ބިމެއް 50 އަހަރު ދުވަހުގެ މުއްދަތަށް ހިލޭ ދޫކުރުމަށް ކައުންސިލުގެ ޖަލްސާއިން ނިންމާފައިވަނީ ބައިވެރިވި 5 މެމްބަރުންގެ އިއްތިފާގުންނެވެ. މިކަމާއި ގުޅޭގޮތުން މި ނޫހަށް... އިބްރާހިމް ޚަލީލް · 1 އަހަރު ކުރިން
ޚަބަރު ޓްރަމްޕްގެ ޣައްޒާ ޕްލޭނަކީ ނުބައި އަދި ޒިންމާދާރުކަން ކުޑަ ޕްލޭނެއް: އދ. އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ ޣައްޒާ ޕްލޭނަށް އދ އާއި ހަމާސްއިން ފާޑުކިޔައިފިއެވެ. ޓްރަމްޕް ވިދާޅުވެފައިވަނީ ޣައްޒާގައި ދިރިއުޅޭ ފަލަސްތީނުގެ ރައްޔިތުން އެހެން ގައުމުތަކަށް ބަދަލުކުރުމަށްފަހު، އެ ސަރަހައްދު އެމެރިކާއިން ހިންގަން ބޭނުންވާ ކަމަށެވެ. އަދި އެ ސަރަހައްދު ތަރައްގީކޮށް “ދުނިޔޭގެ މީހުން” އެތަނުގައި ދިރިއުޅޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މި ޚިޔާލާ ގުޅިގެން އދ.ގެ ފަލަސްތީނު ސަރަހައްދުގެ ޚާއްސަ ރެޕޯޓަރު ފްރަންޗެސްކާ އަލްބަނީސް ވިދާޅުވެފައިވަނީ ޓްރަމްޕްގެ މި ޕްލޭނަކީ “ގާނޫނާ ޚިލާ... އަޙްމަދު ދާއޫދު · 1 އަހަރު ކުރިން
ރާއްޖެ މާލޭގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް މާލޭގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ސިފައިން ހަރަކާތްތެރިވާން ފަށައިފިއެވެ. އެމްއެންޑީއެފުން ބުނީ ހ. ކުއްޅަވައްދޮށުގޭ 3ވަނަ ފަންގިފިލާގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވާ ކަމަށެވެ. އެހެންވެ، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހަރަކާތްތެރިވަމުން އަންނަކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ. މި ހާދިސާގެ އިތުރު ތަފްސީލެއް އަދި ނުލިބެއެވެ. ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ރާއްޖެ މަޝްއަރު ކުންފުނީގެ ވެރިޔާގެ މައްޗަށް ހަތް ދަޢުވާއެއް އުމުރާ ދަތުރުތަކަށް މީހުން ގެންދާނެ ކަމަށް ބުނެ މީހުންގެ ފައިސާ ނަގައި މަކަރާއި ހީލަތް ހަދައި، ފައިސާއަށް ޚިޔާނާތްތެރިވެފައިވާ މައްސަލައެއްގައި މަޝްއަރު ގްރޫޕުގެ ވެރިޔާ އަލީ ފާރިޝްގެ މައްޗަށް ހަތް ދަޢުވާއެއް އުފުލައިފިއެވެ. މި ދަޢުވާތައް އުފުލިކަން ހާމަކޮށް ޕީޖީ އޮފީހުން މިއަދު ބުނީ މަޝްޢަރު ޙައްޖު އެންޑް ޢުމްރާ ގްރޫފްއިން އުމްރާއަށް ގެންގޮސްދޭނެކަމަށް ބުނެ މީހުން އަތުން ފައިސާ ނަގާ އެ ފައިސާއަށް ޚިޔާނާތްތެރިވިކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ދަޢުވާ ކުރުމަށް މިއަދު (5 ފެބްރުވަރީ 2025) […] ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ވިޔަފާރި އެމްޕީއެލްގެ އެމްޑީ އަކަށް ރިޝްވާން އައްޔަންކޮށްފި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމަށް މުހައްމަދު ރިޝްވާން މިއަދު އައްޔަންކޮށްފި އެވެ. ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ބުނީ، އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަޤާމަށް ހ، ހަބަރުގެ، މުހައްމަދު ރިޝްވާން ހަމަޖައްސާފައިވާ ކަމަށެވެ. ރިޝްވާނަކީ ރައީސް ޔާމީންގެ ސަރުކާރުގައި ރާއްޖޭގެ މައި ހޮސްޕިޓަލް (އައިޖީއެމްއެޗް)ގެ ކުރީގެ ޑެޕިއުޓީ ސީއީއޯގެ މަގާމު ފުރުއްވާފައިވާ، ކުރީގައި ފުލުހުންގެ ތެރޭގައި ޚިދުމަތްކުރަށްވާފައިވާ ބޭފުޅެކެވެ. ފ... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ރާއްޖެ މަސްތުވާތަކެއްޗާއިއެކު ހުޅުމާލެއިން މީހަކު ހައްޔަރުކޮށްފި މަސްތުވާތަކެތީގެ މައްސަލައެއްގައި ހުޅުމާލެއިން މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނިގޮތުގައި މަސްތުވާތަކެއްޗާއެކު ހުޅުމާލެ ފޭސް 2 އިން ވަނީ މީހަކު ރޭގެ ވަގުތެއް ހައްޔަރުކޮށްފައެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ގދ. ވާދޫ / ވެހި، އަމަން ޢަލީ ޚާލިދު (24އ) އެވެ. އަމަން ޢަލީ ޚާލިދު ހައްޔަރުކޮށްފައިވަނީ ރޭ ދަންވަރުގެ ވަގުތެއްގައި ހުޅުމާލެ ފޭސް 2 ގެ ފުލުހުން ޕެޓްރޯލް ކުރަމުންދިޔައިރު، ފުލުހުން ފެނުމުން އޭނާގެ އަމަލުތައް ހުރިގޮތުން ތުހުމަތުކުރެވިގެން ހުއްޓުވައި ބަލައިފާސްކުރުމުން މަސްތު... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ރާއްޖެ ރަމަޟާން އުމްރާއަށް ދާ މީހުން މިމަހު 28 ގެ ކުރިން ވެކްސިން ފުރިހަމަކުރުމަށް އެދިއްޖެ ރަމަޟާން އުމްރާއަށް ދާ މީހުން މިމަހު 28 ގެ ކުރިން ވެކްސިން ފުރިހަމަކުރުމަށް ދަމަނަވެށިން އިލްތިމާސްކޮށްފިއެވެ. ދަމަނަވެށިން މިއަދު ނެރުނު ޢިއުލާނެއްގައި ވަނީ 1446 ވަނަ އަހަރުގެ ރަމަޟާންމަހު އުމްރާ އަށް ދާ މީހުން މި ފެބްރުއަރީ މަހުގެ 28 ގެ ކުރިން އުމްރާ ވެކްސިން ޖަހާ ނިންމުމަށް އެދޭ ކަމަށެވެ. އެއްވެސް ސަބަބަކާހުރެ ރަމަޟާން މަސް ފެށުމުގެ ކުރިން ވެކްސިން ނުޖެހޭ ފަރާތްތަކުން ރަމަޟާން މަހުގެ ރޭތަކުގެ ތެރެއިން ދަމަނަވެށިން ޚިދުމަތް ދިނުމަށް ކަނޑައަޅާ ގަޑިތަކުގައި […] ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ވިޔަފާރި ހިމަންދޫ އިންޖީނުގޭ މުވައްޒަފުންގެ ފަރާތުން ފަލަސްތީނަށް 126،560 ރުފިޔާ ފަލަސްތީނަށް އެހީވުމަށް އއ. ހިމަންދޫ އިންޖީނުގޭ މުވައްޒަފުންގެ ފަރާތުން 126،560 ރުފިޔާ ހަދިޔާކޮށްފިއެވެ. ސްޓެލްކޯ އިން ބުނީ ހިމަންދޫ އިންޖީނުގޭގެ މުވައްޒަފުންގެ އިސްނެގުމާއެކު، ހިމަންދޫ ކައުންސިލް، ސަރުކާރުގެ މުއައްސަސާތައް އަދި ކްލަބް ޖަމްޢިއްޔާތަކާ ގުޅިގެން، ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުންނަށް އެހީތެރިވުމަށްޓަކައި ހަރަކާތެއް ހިންގާފައިވާ ކަމަށެވެ. “ހެލްޕް ޣައްޒާ – ދިވެހިން ހަނދާނެއް ނުނެތޭ” ގެ ނަމުގައި ހިންގުނު ޚައިރާތީ ހަރަކާތުން ޖުމްލަ 260,800 ރުފިޔާ (ދެލައްކަ ފަސްދޮޅަސްހާސް އަށްސަތޭކަ ރުފި... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ރާއްޖެ ވީއައިއޭ ސީޕްލޭން ޓަރމިނަލުން ވައްކަންކުރި މީހަކު ހޯދަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ސީޕްލޭން ޓަރމިނަލް ކައުންޓަރު ކައިރީގައިހުރި ފޮށިގަނޑެއް ވަގަށްނެގި މީހަކު ހޯދުމަށް މަސައްކަތްކުރަމުން އަންނަކަމަށް ފުލުހުން ބުނެފިއެވެ. ވައްކަން ކުރި މީހާގެ ވީޑިއޯ މީސްމީޑިއާގައި އާންމުކޮށް ފުލުހުން ބުނީ އެ ވީޑިއޯ އިން ފެންނަ މީހާއަކީ އެއަރޕޯޓް ޕޮލިސް އިންވެސްޓިގޭޝަނުން ތަހުގީގުކުރަމުންދާ ވައްކަމުގެ މައްސަލައެއްގައި ހޯދަމުން އަންނަ މީހެއްކަމަށެވެ. އެމީހާ ވަނީ 23 ނޮވެންބަރު 2024 ވަނަ ދުވަހުގެ ވަގުތެއްގައި ވީއައިއޭގެ ސީޕްލޭން ޓަރމިނަލް ކައުންޓަރު ކައިރީ... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ރާއްޖެ ލަމްހާ ދޫކޮށްލީ ގާނޫނާ ހިލާފަށް: ހައި ކޯޓް އައިޖީއެމްއެޗްގައި މަސައްކަތްކުރި ނަރުހެއް ކަމަށްވާ މޭރީ ގްރޭސް މަރާލި މައްސަލާގައި ދައުވާލިބޭ ހަލީމަތު ލަމްހާ ބަންދުން ދޫކޮށްލީ ގާނޫނާ ހިލާފަށް ކަމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ. އޮކްޓޫބަރު, 2021 ގައި މޭރީ މަރާލި މައްސަލާގައި ލަމްހާގެ މައްޗަށް ކުރަނީ އެކަމުގައި ބައިވެރިވުމުގެ ދައުވާ އެވެ. އަދި މޭރީގެ ފިރިމީހާ މާވިންގެ މައްޗަށް ކުރަނީ މޭރީ މަރާލުމުގެ ދައުވާ އެވެ. ދައުލަތުން ބުނަނީ އެ ދެ މީހުން ލޯބީގެ ގޮތުން ގުޅިގެން އުޅުމުގެ ތެރޭގައި މޭރީ […] ހުސައިން ހަބީބް · 1 އަހަރު ކުރިން