ރާއްޖެ ފުލުހަކާއި ކުއްޖަކާ ދެމެދު ހަމަނުޖެހުމެއް، މައްސަލަ ބަލަނީ ރ. މީދޫގައި ފުލުހަކާއި ކުއްޖަކާ ދެމެދު ހިނގި ހަމަނުޖެހުމުގެ މައްސަލައެއް ބަލަމުން އަންނަކަމަށް ފުލުހުން މިއަދު ބުނެފިއެވެ. މި މައްސަލައިގައި ދެ ފަރާތުން ވެސް އެކަކު އަނެކަކަށް އަނިޔާކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭތީ، ދެ މައްސަލައެއްގެ ގޮތުގައި ތަޙުޤީޤު ކުރިއަށް ގެންދާ ކަމަށް ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދީފައިވެއެވެ. ފުލުހުންގެ ޚިދުމަތުން ބުނާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ 2025 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 6 ވަނަ ދުވަހުގެ ރޭ ރ. މީދޫ މަގުމަތީގައެވެ. އެ […] ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ރާއްޖެ އުމަރުގެ ތުހުމަތެއް، އުޅެނީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ނުބާއްވަން ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށްލުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް މަސައްކަތްކުރަނީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ނުބޭއްވުމަށް ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ތުހުމަތުކުރަށްވައިފިއެވެ. އަންނަ ރިޔާސީ ރޭހުގައި ވެސް ވާދަކުރަށްވާނެކަން މިހާރު ވެސް ޢިއުލާންކުރަށްވާފައިވާ އުމަރު މި ތުހުމަތު ކުރަށްވާފައި ވަނީ މިއަދު އާންމުކުރެއްވި ބަޔާނެއްގައެވެ. އެ ބަޔާނުގައި އުމަރު ވިދާޅުވީ، މި ދެ އިންތިޚާބު އެއްކޮށްލުމުގެ ބޭނުމަކީ ހަމައެކަނި ޚަރަދު ޚަރަދު ކުޑަކ... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ކުޅިވަރު އެންމެ ފަހުވަގުތު ޔުނައިޓެޑް މޮޅުވިއިރު، ހީރޯއަކީ މެގުއާ އިނގިރޭސި އެފްއޭ ކަޕްގެ ހަތަރުވަނަ ބުރުގައި ރޭ މެންޗެސްޓާ ޔުނައިޓެޑާއި ލެސްޓާ ސިޓީ ބައްދަލުކުރި މެޗު ފަހުވަގުތު ޔުނައިޓެޑުން ކާމިޔާބުކޮށް މުބާރާތުގެ ފަސްވަނަ ބުރުން ޖާގަ ހޯދައިފިއެވެ. އަމިއްލަ ދަނޑުގައި ރޭ ޔުނައިޓެޑް މޮޅުވީ 2-1 ގެ ނަތީޖާއިންނެވެ. މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑުނެގީ ލެސްޓާއިންނެވެ. މި ލަނޑު ފުރަތަމަ ހާފު ނިމެން ތިން މިނެޓަށްވެފައި ވަނިކޮށް ޖަހައިދިނި ޑި ކޯޑޯވާ ރެއިޑްއެވެ. ފުރަތަމަ ހާފު ނިމިގެން ދިޔަކީ މި ނަތީޖާއިން ލެސްޓާ ކުރީގައި އޮވެގެންނެވެ. […] އިބްރާހިމް ޚަލީލް · 1 އަހަރު ކުރިން
ރާއްޖެ މަކުނުދޫ އާއި ހިރިމަރަދޫ ހިމެނޭހެން 12 ރަށެއްގައި ބައި-އިލެކްޝަންގެ ވޯޓުލުން ކުރިއަށް ހދ. މަކުނުދޫ އާއި ހިރިމަރަދޫ ހިމެނޭހެން 12 ރަށެއްގައި ބައި-އިލެކްޝަންގެ ވޯޓުލުން ފެށިގެން މިއަދު ކުރިއަށް އެބަދެއެވެ. އިލެކްޝަން ކޮމިޝަން (އީސީ) އިން މި ބައި-އިލެކްޝަންތަކުގެ ވޯޓުލުން ކުރިއަށް ގެންދަން ނިންމާފައި ވަނީ މިއަދު ހެނދުނު 8:00 އިން ހަވީރު 16:00 އާއި ހަމައަށެވެ. މިއަދު ބައި އިލެކްޝަންގައި މަކުނުދޫ ކައުންސިލް މެމްބަރެއް ހޮވުމަށް ވޯޓުލުން ކުރިއަށްދާއިރު، ހިރިމަރަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއަށް މެމްބަރަކު ހޮވުން ވެސް މީގެ ތެރޭ ހިމެނިގެން ކުރިއަށް އެބަދެއެވެ. މަކުނުދ... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ބައިނަލްއަގުވާމީ އެމެޒޯންގެ ކްލައުޑް ވިޔަފާރި ދަށްވެ ހިއްސާގެ އަގަށް އަސަރުކޮށްފި ދުނިޔޭގެ އެންމެ ބޮޑެތި ޓެކްނޮލޮޖީ ކުންފުނިތަކުގެ ތެރޭގައި ހިމެނޭ އެމެޒޯންގެ ވިޔަފާރިގެ 4 އިންސައްތަ ދަށަށް ގޮސް ހިއްސާގެ އަގަށްވެސް ނޭދެވޭ އަސަރުކޮށްފިއެވެ. އެކުންފުނީގެ ހިއްސާގެ އަގު ދަށަށް ގޮސްފައިވަނީ ކުންފުނީގެ ކްލައުޑް ކޮމްޕިއުޓިންގ ވިޔަފާރީގެ ކުރިއެރުން އިންވެސްޓަރުން އުންމީދުކުރި މިންވަރަށްވުރެ ދަށްވުމާ ގުޅިގެންނެވެ. އެމެޒޯންގެ ކްލައުޑް ޔުނިޓް ކަމުގައިވާ އެމެޒޯން ވެބް ސަރވިސަސް (އޭޑަބްލިއުއެސް) ގެ އާމްދަނީ 19 އިންސައްތަ އިތުރުވެ 28.79 ބިލިއަން ޑޮލަރަށް އަރާފައިވެއެވެ. ނަމަވެސް މިއީ އެނަލި... އަޙްމަދު ދާއޫދު · 1 އަހަރު ކުރިން
ބައިނަލްއަގުވާމީ ފަލަސްތީނުގެ މިނިވަން ދައުލަތެއް ސައޫދީގައި ގާއިމް ކުރެވިދާނެ: ނަތަންޔާހޫ ފަލަސްތީނުގެ ދައުލަތެއް އެމީހުންގެ އަމިއްލަ ވަޠަނުގެ ބަދަލުގައި ސައޫދީ އަރަބިއްޔާގައި ޤާއިމުކުރެވިދާނެކަމަށް ހައްދުފަހަނަ އަޅާފައިވާ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ ބުނެފިއެވެ. އޭނާ މިހެން ބުނެފައި ވަނީ ފަލަސްތީނުގެ މިނިވަންކަމާއި އަމިއްލަވަންތަކަމުގެ ޙައްޤު އެއްކޮށް ނަފީކުރަމުންނެވެ. ބުރާސްފަތި ދުވަހު އިސްރާއީލުގެ ޗެނަލް 14 އަށް ދިން އިންޓަވިއުއެއްގައި ނަތަންޔާހޫ ބުނީ، “ސައޫދީ އަރަބިއްޔާގައި ފަލަސްތީނުގެ ދައުލަތެއް ޤާއިމުކުރެވިދާނެކަމަށާއި، އެމީހުންގެ އަތުގައި ވަރަށް ގިނަ ބިން އެބ... އަޙްމަދު ދާއޫދު · 1 އަހަރު ކުރިން
ޚަބަރު ބައިނަލްއަގްވާމީ ކްރިމިނަލް ކޯޓަށް ދަތިކުރަން ޓްރަމްޕް އަމުރުކޮށްފި ބައިނަލްއަގްވާމީ ކްރިމިނަލް ކޯޓަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމުގެ ގަރާރެއްގައި ޓްރަމްޕް ސޮއިކުރައްވައިފިއެވެ. މިއީ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ ޣައްޒާގައި ހިންގި އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކުގެ ކުށްތަކުގެ ސަބަބުން އޭނާއާއި ދެކޮޅަށް އައިސީސީ އިން ހައްޔަރުކުރުމުގެ އަމުރެއް ނެރުމާ ގުޅިގެން އެޅި ފިޔަވަޅެއް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. ބުރާސްފަތި ދުވަހު ސޮއިކުރެއްވި މި އަމުރުގައި، ޓްރަމްޕް ވިދާޅުވެފައިވަނީ އައިސީސީ އިން “އެމެރިކާ އާއި އެމެރިކާގެ ގާތް އެކުވެރި އިޒްރޭލް އަށް އަމ... އަޙްމަދު ދާއޫދު · 1 އަހަރު ކުރިން
ރާއްޖެ އެމްބިއުލާންސަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް މާލޭގެ އަމީނީމަގުގައި، ކުރީގެ ހައުސިންގ މިނިސްޓްރީ ކައިރީގައި އިމަޖެންސީގައި ދިޔަ އެމްބިއުލާންސަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ. ފުލުހުން މައުލޫމާތު ދިން ގޮތުގައި މި މައްސަލަ ވަނީ ފުލުހުންނަށް ރިޕޯޓުކޮށްފައެވެ. މި އެކްސިޑެންޓް ހިނގާފައި ވަނީ މިރޭ އިރާކޮޅު 7:35 ހާއިރުއެވެ. މި އެކްސިޑެންޓުގައި ސައިކަލު ދުއްވި މީހާގެ ނިއްކުރިމަތި ދުޅަވެ އަނިޔާވެފައިވާއިރު، އޭނާއަށް ފަރުވާ ދިނުމަށް ވަނީ އައި.ޖީ.އެމް ހޮސްޕިޓަލަށް ގެންގޮސްފައެވެ. މި އެކްސިޑެންޓުގައި ހިމެނޭ ދެ އުޅަނދުވެސް ދުއްވާފައި... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކުޅުދުއްފުއްޓާއި ފުނަދޫ އެއާޕޯޓްގެ ޚިދުމަތް ފުޅާކުރުމުގެ މަސައްކަތް މިއަހަރު ފަށަނީ ހދ. ކުޅުދުއްފުށި ސިޓީގައި އޮންނަ އެއާޕޯޓާއި، ށ. ފުނަދޫ އެއާޕޯޓްގެ ޚިދުމަތް ފުޅާކުރުމުގެ މަސައްކަތް މިއަހަރު ފައްޓަވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް އިއްޔެ މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުންނެވެ. ރައީސް ވިދާޅުވިގޮތިގައި، ޖިއޮގްރެފިކަލީ ރާއްޖެ އުފެދިފައި އޮންނަ ގޮތުން، އެއްރަށުން އަނެއް ރަށަށް ދަތުރުފަތުރު ކުރުމަކީ، ޒަރޫރީ ބޭނުމަކަށް ވެފައި އޮންނަކަމެކެވެ. އެހެންކަމުން އާންމު ރައްޔިތުންނަށް ވެސް ޒަމާނުއްސުރެ އޮތ... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ރާއްޖެ ދެމައިން ނިޔާވި މައްސަލަ: އިހުމާލު އޮތްތޯ ބެލުމަށް ޖިނާއީ ތަޙުޤީޤެއް ގއ. ވިލިނގިލީގައި އިއްޔެ ހިނގި ހިތާމަވެރި ހާދިސާއެއްގައި މާބަނޑު އަންހެނަކާއި އޭނާގެ ދަރިފުޅު ނިޔާވުމާ ގުޅިގެން، އެ މައްސަލައިގައި އެއްވެސް ފަރާތެއްގެ އިހުމާލެއް އޮތްތޯ ބެލުމަށް ޖިނާއީ ތަޙުޤީޤެއް ފަށައިފިއެވެ. ދާޚިލީ ވަޒީރު އަލީ އިހުސާން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، މި ހާދިސާގައި އެއްވެސް ފަރާތެއްގެ އިހުމާލެއް އޮތްތޯ ބެލުމަށް ޖިނާއީ ތަޙުޤީޤެއް ހިންގުމަށާއި، އިހުމާލުވެފައިވާ ފަރާތެއް ވާނަމަ އެ ފަރާތެއް ނުވަތަ ފަރާތްތަކެއް ހޯދައި ޤާނޫނީ ފިޔަވަޅު އެޅުމަށް ސަރުކާރުގެ ފަރ... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ރާއްޖެ ޔޮޓެއްގައި އަލިފާން ރޯވެ އަޑިއަށް “ނަވައިމާ” ނަމަކަށް ކިޔާ ޔޮޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި، އެ ޔޮޓް އަޑިއަށް ހިނގައްޖެއެވެ. ގޮސްފައިވާ ކަމަށް ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދީފިއެވެ. ފުލުހުން މައުލޫމާތުދިން ގޮތުގައި މި ހާދިސާ ހިނގާފައިވަނީ 2025 ފެބްރުއަރީ 5 ވަނަ ދުވަހުގެ ފަތިހު 3:43 ހާއިރުއެވެ. މި ޔޮޓްގައި ރޯވީ ރީތިރަށް ރިސޯޓާ ދިމާ 5 މޭލު ބޭރުގައި ދަތުރުކުރަމުން ދަނިކޮށެވެ. ހާދިސާ ހިނގި ވަގުތު ޔޮޓުގައި 5 މީހަކު ތިބިކަމަށް މަޢުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ބުނެއެވެ. އޭގެ […] ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ރާއްޖެ އައިޖީއެމްއެޗްގައި ނުކުޅެދުންތެރިކަން ހުންނަ މީހަކު ނިޔާވި މައްސަލައެއް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގެ އިމަޖެންސީ ރޫމްގައި ފަރުވާދެމުން ދިޔަ ނުކުޅެދުންތެރިކަން ހުންނަ މީހަކު ނިޔާވި މައްސަލައެއް ހުށަހެޅިފައިވާކަމަށް ފުލުހުން މިއަދު ބުނެފިއެވެ. ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދިންގޮތުގައި، މި މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ 6 ފެބްރުއަރީ 2025 ވަނަ ދުވަހުގެ ރޭ 23:30 އެހާކަށްހާއިރުއެވެ. އެ މީހާ ހޮސްޕިޓަލަށް ގެންގޮސްފައިވަނީ ތަނަކުން ވެއްޓި ލިބުނު އަނިޔާއަކާ ގުޅިގެން ނޫންކަން ފާހަގަކުރެވޭކަމަށް ފުލުހުން ބުނެފައިވާއިރު، ފުލުހުން ބެލި ބެ... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ބައިނަލްއަގުވާމީ ޑީޕްސީކްގެ ސޯސް ކޯޑުން ޒާތީ މަޢުލޫމާތު ފޮނުވާކަން ހާމަވެއްޖެ ޑީޕްސީކްގެ ސޯސް ކޯޑުން އެމެރިކާއިން މަނާކޮށްފައިވާ ޗައިނާގެ ކުންފުންޏަކަށް މަޢުލޫމާތު ފޮނުވާކަން ހާމަވެއްޖެއެވެ. ސެކިއުރިޓީ ދިރާސާކުރާ ފަރާތްތަކުން ތުހުމަތު ކޮށްފައިވާގޮތުގައި ޑީޕްސީކްގެ ވެބްސައިޓުގައި ހުރި ކޮމްޕިއުޓަރ ކޯޑަކުން، ޔޫޒަރުންގެ ޒާތީ މައުލޫމާތު ފޯރުކޮށްދެމުންދަނީ އެމެރިކާއިން ހިންގުން މަނާކޮށްފައިވާ ޗައިނާގެ ސަރުކާރުގެ ޓެލެކޮމިއުނިކޭޝަން ކުންފުންޏެއް ކަމުގައިވާ ޗައިނާ މޮބައިލްއަށެވެ. ޑީޕްސީކްގެ ޗެޓްބޮޓަކީ މިހާރު އެމެރިކާގައި އެންމެ ގިނައިން ޑައުންލޯޑުކުރާ އެޕްލިކޭޝަންކަން ފާހަގަކުރެވެ... އަޙްމަދު ދާއޫދު · 1 އަހަރު ކުރިން
ކުޅިވަރު ފަސޭހަކަމާއިއެކު ޓޮޓެންހަމް ބަލިކޮށް ލިވަޕޫލް ފައިނަލަށް ފަސޭހަކަމާއިއެކު ޓޮޓެންހަމް ބަލިކޮށް ލިވަޕޫލުން އިނގިރޭސި ލީގް ކަޕްގެ ފައިނަލުން ޖާގަ ހޯދައިފިއެވެ. ޓޮޓެންހަމްގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގެ މެޗުގައި 1-0 ގެ ނަތީޖާއިން މޮޅުވީ ޓޮޓެންހަމެވެ. ރޭ ދެވަނަ ލެގުގެ މެޗު ކުޅެފައުވަނީ ލިވަޕޫލްގެ ދަނޑުގައެވެ. ލިވަޕޫލުން ރޭ މެޗު ކާމިޔާބުކުރީ 4-0 ގެ ނަތީޖާއިންނެވެ. ވުމާއިއެކު އެ ޓީމަށް ފައިނަލުން ޖާގަ ލިބިފައިވަނީ 4-1 ގެ އެގްރިގޭޓް ނަތީޖާއިންނެވެ. ރޭ މެޗުގެ 34 ވަނަ މިނިޓުގައި މުހައްމަދު ސަލާ ދިން ބޯޅަ އަކުން […] އިބްރާހިމް ޚަލީލް · 1 އަހަރު ކުރިން
ބައިނަލްއަގުވާމީ ދެކުނު ކޮރެއާގެ އެއާޕޯޓުތަކުގައި ބަރޑް ޑިކެޓްޝަން ކެމެރާ ހަރުކުރަނީ ޑިސެމްބަރު މަހު ދެކުނު ކޮރެއާގައި ހިނގި އެ ޤައުމުގެ އެންމެ ނުރައްކާތެރި ވައިގެ ހާދިސާއާ ގުޅިގެން، ދެކުނު ކޮރެއާގެ ހުރިހާ އެއަރޕޯޓެއްގައި ބާރޑް ޑިޓެކްޝަން ކެމެރާތަކާއި ރާޑާތައް ހަރުކުރުމަށް އެ ޤައުމުގެ ސަރުކާރުން އަމުރުކޮށްފިއެވެ. ބިމާއި، އުމްރާނީ ތަރައްޤީއާއި، ދަތުރުފަތުރުގެ ވުޒާރާއިން ބުރާސްފަތި ދުވަހު މި އައު ޕްލޭން އިއުލާނުކުރީ، ޤައުމުގެ އެއަރޕޯޓުތަކުގެ ޚާއްޞަ ސަލާމަތީ ބަލައި ފާސްކުރުމުގެ ބައެއްގެ ގޮތުގައެވެ. މީގެ އިތުރުން، ޚާއްޞަކޮށް ދޫނި ގިނައިން އެއްވާ ސަރަޙައްދުތަކުގެ ތަފްޞީލީ ސަރވޭއެއްވެ... އަޙްމަދު ދާއޫދު · 1 އަހަރު ކުރިން