މައި ޚަބަރަށް ދިޔުމަށް

ތިލަދުންގެ އަރުޝީފުން ހޯދުން

ފަހުގެ ހޯދުންތައް:
ޖަޕާނުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ރައީސް މުޢިއްޒުގެ ތަހުނިޔާ

ޖަޕާނުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ރައީސް މުޢިއްޒުގެ ތަހުނިޔާ

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ޖަޕާނުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި މިއަދު ތަހުނިޔާ ފޮނުއްވައިފިއެވެ. ރައީސް އޮފީހުން މިއަދު ހާމަކުރި ގޮތުގައި، ރައީސް ވަނީ ޖަޕާނުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ޖަޕާނުގެ އެމްޕެރާ ހިޒް މެޖެސްޓީ ނަރުހިތޯ އަދި ޕްރައިމް މިނިސްޓަރ ހިޒް އެކްސެލެންސީ ޝިގެރޫ އިޝިބާއަށާއި، ޖަޕާނުގެ ސަރުކާރަށާއި، އެގައުމުގެ ރައްޔިތުންނަށް ތަހުނިޔާ ފޮނުއްވާފައެވެ. ރައީސް އޮފީހުން ބުނިގޮތުގައި، ޖަޕާނުގެ އެމްޕެރާއަށާއި ބޮޑުވަޒީރަށް ވަކި ވަކިން ރައީސް ފޮނުއްވި ސިޓީފުޅުތަކުގައި، ރާއްޖެއާއ...

ޔުމްނާ ޢަލީ
ރޫމޭނިއާގެ ރިޔާސީ އިންތިޚާބު ބާތިލުކުރުމުން އެތައްހާސްބަޔަކު މަގުމައްޗަށް

ރޫމޭނިއާގެ ރިޔާސީ އިންތިޚާބު ބާތިލުކުރުމުން އެތައްހާސްބަޔަކު މަގުމައްޗަށް

ރޫމޭނިއާގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ބާތިލުކުރުމާއި ގުޅިގެން އެތައްހާސްބަޔަކު މުޒާހަރާ އަށް މަގުމައްޗަށް ނިކުމެއްޖެއެވެ. ރޮމޭނިއާގެ ވެރިރަށް ބުކަރެސްޓުގައި އެތައްހާސް ބަޔަކު މުޒާހަރާ ކުރަމުންދާއިރު، އެމީހުން ދަނީ އިދިކޮޅު ލީޑަރަށް ތާއީދުކޮށް ޝުޢޫރުތައް ފާޅުކުރަމުނެވެ. މުޒާހަރާގައި ބައިވެރިވި ފަރާތްތަކުން ގެންގުޅޭ ބެނާތަކުގައި އިންތިޚާބުގެ ފުރަތަމަ ބުރުން މޮޅުވި ކައްލިން ޖޯޖެސްކޫ އަށް ތާއީދުކުރާކަން ފާހަގަކޮށްފައިވާއިރު، އެމީހުން ދަނީ އިންތިޚާބުގެ ދެވަނަ ބުރު އަލުން ބޭއްވުމަށް ގޮވާލަމުންނެވ...

އަޙްމަދު ދާއޫދު
ޓްރަމްޕް ސަރުކާރުގެ އިސްވެރިންނާ ދެކޮޅަށް އެސޯސިއޭޓެޑް ޕްރެސްއިން ދައުވާކޮށްފި

ޓްރަމްޕް ސަރުކާރުގެ އިސްވެރިންނާ ދެކޮޅަށް އެސޯސިއޭޓެޑް ޕްރެސްއިން ދައުވާކޮށްފި

އެމެރިކާގެ ރައީސް، ޓްރަމްޕް ސަރުކާރުގެ އިސްވެރިންނާ ދެކޮޅަށް އެސޯސިއޭޓެޑް ޕްރެސް (އޭޕީ) އިން ދައުވާކޮށްފިއެވެ. ގޫގުލް މެޕްސް އިން މެކްސިކޯ ކަނޑުގެ ނަން “ގަލްފް އޮފް އެމެރިކާ” އަށް ބަދަލުކޮށްފައިވާއިރު، އޭޕީގެ ޚަބަރުތަކާއި ލިޔުންތަކުގައި އެގޮތަށް ލިޔަމުން ނުދިއުމާ ގުޅިގެން އޭޕީގެ ނޫސްވެރިންނަށް ވައިޓް ހައުސްގެ އިވެންޓްތަކާއި އޯވަލް އޮފީހާއި އެއަރ ފޯސް ވަން އަށް ވަނުން އެމެރިކާ ސަރުކާރުންވަނީ މަނާކޮށްފައެވެ. އޭޕީ އިން ދައުވާ ކުރީ މި މަނާކުރުމާ ގުޅިގެން، ޓްރަމްޕް އިދާރާގެ އިސް ތިން […]

އަޙްމަދު ދާއޫދު
ޚިދުމަތް ހޯދުމަށްފަހު ފައިސާ ނުދައްކާ ދާން އުޅުނު ޒުވާނަކު ހައްޔަރު

ޚިދުމަތް ހޯދުމަށްފަހު ފައިސާ ނުދައްކާ ދާން އުޅުނު ޒުވާނަކު ހައްޔަރު

މާލޭގެ ކެފޭއަކުން ޚިދުމަތް ހޯދުމަށްފަހު ފައިސާ ނުދައްކާ ދާން އުޅުނު ޒުވާނަކު ހައްޔަރުކޮށްފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން މިރޭ ބުނީ މާލޭގެ ބުރުޒުމަގުގައި ހުންނަ ކެފޭއަކުން ޚިދުމަތް ހޯދުމަށްފަހު ފައިސާއިސާ ނުދައްކާ ދާން އުޅުނު ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. މި މައްސަލާގައި ހަނދުވަރުދޭ / އދ. މާމިގިލީ، ޔާޝިން ރަޝީދު (23 އަހަރު) ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް ފުލުހުން ބުންޏެވެ. މި ހާދިސާ ހިނގާފައިވަނީ 20 ފެބްރުއަރީ 2025 ވަނަ ދުވަހުގެ [...

ޔުމްނާ ޢަލީ
ވިސްލްބްލޯކޮށްގެން އެއްވެސް މުވައްޒަކު ވަޒީފާއިން ވަކި ނުކުރާކަން ޕޯސްޓް އޮފީހުން ކަށަވަރުކޮށްދީފި

ވިސްލްބްލޯކޮށްގެން އެއްވެސް މުވައްޒަކު ވަޒީފާއިން ވަކި ނުކުރާކަން ޕޯސްޓް އޮފީހުން ކަށަވަރުކޮށްދީފި

ވިސްލްބްލޯކޮށްގެން އެއްވެސް މުވައްޒަކު ވަޒީފާއިން ވަކި ނުކުރާކަން ޕޯސްޓް އޮފީހުން ކަށަވަރުކޮށްދީފި ވިސްލްބްލޯ ކުރި މުވައްޒަފަކު ވަޒީފާއިން ވަކިކުރިކަމަށް ބައެއް މީޑިއާތަކުން ފަތުރަމުންދާ ޚަބަރުތަކަކީ ޙަޤީޤަތާ ޚިލާފު ދޮގު މަޢުލޫމާތު ކަމަށާއި، ވިސްލްބްލޯކޮށްގެން އެއްވެސް މުވައްޒަކު ވަޒީފާއިން ވަކި ނުކުރާކަމަށް މޯލްޑިވްސް ޕޯސްޓް ލިމިޓެޑުން މިއަދު ކަށަވަރުކޮށްދީފިއެވެ. މަސައްއަކަތުގެ ސުލޫކާއި އަޚްލާޤްގެ މައްސަލަތަކެއްގައި އެ ކުންފުނިން ވަކިކުރި މުވައްޒަފަކާއި ހަވާލާދީ، އެ ކުންފުނީގެ ވެރިންނާއި ކުންފ...

ޔުމްނާ ޢަލީ
ވެމްކޯގެ ހިދުމަތް ދިއްދޫގައި ރަސްމީކޮށް ފަށައިފި

ވެމްކޯގެ ހިދުމަތް ދިއްދޫގައި ރަސްމީކޮށް ފަށައިފި

ތިލަދުންމަތީ އުތުރުބުރީގެ ވެރިކަންކުރާ ދިއްދޫގައި ރަސްމީކޮށް ވެމްކޯގެ ހިދުމަތް ފަށައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ ދާދިފަހުން ހއ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ދިއްދޫއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ އެރަށުގައި ވެމްކޯގެ ހިދުމަތް ވީހާވެސް އަވަހަށް ފައްޓަވައި ދެއްވާނެކަމަށެވެ. އެއާއިއެކު މާލަސްތަކެއްނުވެ ސަރުކާރުން މިވަނީ އެ ހިދުމަތް ދިއްދޫގައި ފަށާފައެވެ. ދިއްދޫގައި އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މިހިދުމަތް ފައްޓަވައިދެއްވ...

އިބްރާހިމް ޚަލީލް
މީޑިއާތަކަށް ފައިސާ ދޫކުރުމުގެ ކަންކަން ވަނީ ހަމަޖެހިފައި: އިބްރާހީމް ވަހީދު

މީޑިއާތަކަށް ފައިސާ ދޫކުރުމުގެ ކަންކަން ވަނީ ހަމަޖެހިފައި: އިބްރާހީމް ވަހީދު

މީޑިއާތަކަށް ފައިސާ ދޫކުރުމުގެ ކަންކަން މިހާރު ވަނީ ހަމަޖެހިފައިކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާގެ ވަޒީރު އިބްރާހީމް ވަހީދު (އަސްވާޑް) މިއަދު ވިދާޅުވެއްޖެއެވެ. ވަޒީރު މިފަދައިން ވިދާޅުވީ، މީޑިއާތަކުގެ މުއައްސިސުންނާއި، އެޑިޓަރުންނާ މިއަދު ބައްދަލުކުރަށްވާ ދެއްކެވި ވާހަކާގައެވެ. ’’ހައި-ޓީ’’ ނަމުގައި ކުރިއަށްގެންދިޔަ މި ބައްދަލުވުމުގައި އަސްވާޑް ވިދާޅުވީ، މީޑިއާތަކަށް ފައިސާ ދޫކުރުމުގެ ކަންކަން މިހާރު މާލީ ވުޒާރާއިން ހަމަޖައްސާފައިވާ ކަމަށެވެ. މީޑިއާތަކަށް ފައިސާ...

ޔުމްނާ ޢަލީ
ރޯދަމަހު އިތުރުވާ ކަރަންޓް ޑިމާންޑަށް ސްޓެލްކޯއިން ޚާއްސަ ތައްޔާރީތަކެއް

ރޯދަމަހު އިތުރުވާ ކަރަންޓް ޑިމާންޑަށް ސްޓެލްކޯއިން ޚާއްސަ ތައްޔާރީތަކެއް

ކުރިއަށް އޮތް ރަމަޟާންމަހު މާލެ ސަރަހައްދުގައި އިތުރުވާނެ ކަމަށް ލަފާކުރެވޭ ކަރަންޓްގެ ޑިމާންޑަށް ޚިދުމަތް ދިނުމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ޚާއްސަ ތައްޔާރީތަކެއް ވަމުންދާ ކަމަށް އެ ކުންފުނިން މިއަދު ހާމަކޮށްފިއެވެ. ޕީއެސްއެމް ނިއުސްގެ “ރާއްޖެ މިއަދު” ޕްރޮގްރާމްގައި ވާހަކަދައްކަވަމުން، ސްޓެލްކޯގެ ޖެނެރަލް މެނޭޖަރ އިބްރާހިމް ނާޝިދު ވިދާޅުވީ، މިއަހަރުގެ ރަމަޟާންމަސް ދިމާވަނީ ހޫނު މޫސުމާއި ސްކޫލް ބަންދު ދުވަސްވަރަކާ ކަމަށްވުމުން، ކަރަންޓް ބޭނުންކުރާ މިންވަރު ވަރަށް ބޮޑަ...

ޔުމްނާ ޢަލީ
ތިލަދުންމަތިން ގޯލްޑަންގެ ފައިނަލުގައި ކުޅޭ ފުރަތަމަ ޓީމަކަށް ނައިވާދޫ

ތިލަދުންމަތިން ގޯލްޑަންގެ ފައިނަލުގައި ކުޅޭ ފުރަތަމަ ޓީމަކަށް ނައިވާދޫ

ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގެ ފައިނަލުން ފުރަތަމަ ފަހަރަށް ނައިވާދޫ ޖާގަ ހޯދައިފިއެވެ. މިއީ މި މުބާރާތުގެ ފައިނަލުން ތިލަދުންމަތީގެ ޓީމެއް ޖާގަ ހޯދި ފުރަތަމަ ފަހަރެވެ. ގޯލްޑަން ފުޓްސަލް މުބާރާތުގައި ތިލަދުންމަތީގެ އެންމެ ކާމިޔާބު ޓީމަކީ ވެސް ނައިވާދޫއެވެ. ރޭ ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުގައި ކުޅުނު ފުރަތަމަ ސެމީ ފައިނަލް މެޗުގައި ބައްދަލުކޮށްފައި ވަނީ ނައިވާދޫއާއި އެންމެ ފަހުގެ ޗެމްޕިއަން ލ.ގަމެވެ. ނައިވާދޫއިން މެޗު ކާމިޔާބުކޮށްފައި ވަނ 3-1 ގެ ނަތީޖާއިންނެވެ. ވާދަވެރި […]

އިބްރާހިމް ޚަލީލް
ސައޫދީގެ ތައުސީސީ ދުވަހުގެ މުނާސަބަތުގައި ރައީސްގެ ތަހުނިޔާ

ސައޫދީގެ ތައުސީސީ ދުވަހުގެ މުނާސަބަތުގައި ރައީސްގެ ތަހުނިޔާ

ރާއްޖޭގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ސަޢޫދީ ޢަރަބިއްޔާގެ ތައުސީސީ ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ރަސްގެފާނާއި ވަލީއަހުދަށް ތަހުނިޔާ ފޮނުއްވައިފިއެވެ. މިއަދަކީ (ފެބްރުއަރީ 22 ވަނަ ދުވަހަކީ) ސަޢޫދީ ޢަރަބިއްޔާގެ ތައުސީސީ ދުވަހެވެ. މިއަދުގެ މުނާސަބާގައި ރައީސް މުޢިއްޒު ފޮނުއްވި ތަހުނިޔާގައި، ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް-ސަޢޫދާއި، ވަލީއަހުދާއި ބޮޑުވަޒީރު، ހިޒް ރޯޔަލް ހައިނަސް މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސަޢޫދަށް އިޚްލާޞްތެރި ތަހުނިޔާއ...

ޔުމްނާ ޢަލީ
ހަނިމާދޫގައި ބޭއްވި "އިގްރައު" ޕްރޮގްރާމް ކާމިޔާބުކަމާއިއެކު ނިންމާލައިފި

ހަނިމާދޫގައި ބޭއްވި "އިގްރައު" ޕްރޮގްރާމް ކާމިޔާބުކަމާއިއެކު ނިންމާލައިފި

ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއިން އިސްނަގައިގެން އެ ރަށުގައި ކުރިއަށް ގެންދިޔަ “އިގްރައު” ޕްރޮގްރާމް ކާމިޔާބުކަމާއިއެކު ނިންމާލައިފިއެވެ. އިގްރައު ޕްރޮގްރާމަކީ ހަނިމާދޫގައި ޤުރުއާން ކިޔަވާކުދިންގެ، ކިޔެވުމުގެ ފެންވަރު ރަނގަޅު ކުރުމަށާއި ކުދިންނަށް އަދަބު އަހުލާގު ދަސްކޮށްދީ އިމާމުވެ ނަމާދުކުރަން ބޭނުންވާ ކުދިންނަށް އެކަމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ހަތަރު މަސްދުވަހުގެ މުއްދަތަށް ކުރިއަށް ގެންގޮސްފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ ފާއިތުވި އަހަރުގެ އޮކްޓޯބަރ މަހުގެ 1...

އިބްރާހިމް ޚަލީލް
ލ.ގަމުގެ އިޚްތިޞާޞްގައި ބޮޑުފިނޮޅު ހިމެނުމަށް ރައީސް ނިންމަވައިފި

ލ.ގަމުގެ އިޚްތިޞާޞްގައި ބޮޑުފިނޮޅު ހިމެނުމަށް ރައީސް ނިންމަވައިފި

ލ. އަތޮޅު ގަމުގެ އިޚްތިޞާޞްގައި އެ އަތޮޅު ބޮޑުފިނޮޅު ހިމެނުއްވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ. މި ނިންމެވުމާ ގުޅިގެން ރައީސް ވަނީ އިއްޔެ ޤަރާރެއް ނެރުއްވައި، ގަމުގެ އިޚްތިޞާޞަށް ގެނައި ބަދަލު ދައްކުވައިދޭ ޗާޓު ޖަދުވަލުކޮށް، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރައްވާފައިވެއެވެ. ރައީސް މުޢިއްޒު މިގޮތަށް ނިންމަވާފައިވަނީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުންނެވެ. މި ޤާނޫނުން، ދިވެހިރާއްޖ...

ޔުމްނާ ޢަލީ
ރައީސް މުޢިއްޒު، ސެއިންޓް ލޫސިއާގެ މިނިވަން ދުވަހުގެ ތަހުނިޔާ ފޮނުއްވައިފި

ރައީސް މުޢިއްޒު، ސެއިންޓް ލޫސިއާގެ މިނިވަން ދުވަހުގެ ތަހުނިޔާ ފޮނުއްވައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ސެއިންޓް ލޫސިއާގެ 45 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި، އެ ޤައުމުގެ އިސްވެރިންނަށް ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވައިފިއެވެ. ރައީސް މުޢިއްޒު މި ތަހުނިޔާ ފޮނުއްވާފައިވަނީ ސެއިންޓް ލޫސިއާގެ ގަވަރނަރ ޖެނެރަލް ހިޒް އެކްސެލެންސީ ސައިރިލް އީ.އެމް. ޗާލްސްއަށާއި، ބޮޑުވަޒީރު ހިޒް އެކްސެލެންސީ އޮނަރަބަލް ފިލިޕް ޖޯސެފް ޕިއޭރއަށެވެ. މީގެ އިތުރުން އެ ޤައުމުގެ ސަރުކާރަށާއި ރައްޔިތުންނަށްވެސް ރައީސް މުޢިއްޒު ވަނީ ތަހުނިޔާ ފޮނުއްވާފައެވެ. ރައީސް މުޢިއްޒު މި ތަހުނިޔާ ފޮނުއ...

ޔުމްނާ ޢަލީ
ރާއްޖޭގައި ބާއްވާ ބައިނަލްއަގުވާމީ ފުރަތަމަ ބީޗް ހޭންޑްބޯލް މުބާރާތް ކުޅުދުއްފުށީގައި ބާއްވަން މަސައްކަތްކުރަނީ

ރާއްޖޭގައި ބާއްވާ ބައިނަލްއަގުވާމީ ފުރަތަމަ ބީޗް ހޭންޑްބޯލް މުބާރާތް ކުޅުދުއްފުށީގައި ބާއްވަން މަސައްކަތްކުރަނީ

ދިވެހިރާއްޖޭގައި ބާއްވާ ބައިނަލްއަގުވާމީ ފުރަތަމަ ބީޗް ހޭންޑްބޯލް މުބާރާތް ކުޅުދުއްފުށީގައި ބޭއްވުމަށް މަސައްކަތް ކުރަމުން އަންނަ ކަމުގައި ކުޅުދުއްފުށި ސިޓީ ކައުންސިލުން ބުނެފިއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލާއި ހޭންޑްބޯލް މޯލްޑިވްސް ގުޅިގެން ކުޅުދުއްފުށީގައި ބޭއްވުމަށް މަސައްކަތް ކުރަމުން އަންނަނީ “ކޮމަންވެލްތު ބީޗް ހޭންޑްބޯލް ޗެލެންޖް 2025” އެވެ. މި މުބާރާތް ކުޅުދުއްފުށީގައި ހޯސްޓް ކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން އޭޝިއަން ހޭންޑްބޯލް ފެޑެރޭޝަންގެ ޖެނެރަލް ސެކްރެޓަރީއާއި ހޭންބޯލް...

އިބްރާހިމް ޚަލީލް
"ސްމާޓް ހަތިޔާރުގެ އައު ޖީލު" ދައްކާލާނަން: އީރާން

"ސްމާޓް ހަތިޔާރުގެ އައު ޖީލު" ދައްކާލާނަން: އީރާން

“ސްމާޓް ހަތިޔާރުގެ އާ ޖީލު” ދައްކާލާނެ ކަމަށް އީރާނުން ވައުދުވެއްޖެއެވެ. އީރާނުގެ ޤައުމީ ސަލާމަތީ ބާރުތަކުގެ ކޮމާންޑަރ ހަބީބުﷲ ސައްޔާރީ އިއުލާނު ކުރެއްވި ގޮތުގައި އިރާނުގެ އިސްލާމިކް ރިޕަބްލިކްގެ އަސްކަރިއްޔާ، ވައިގެ ބާރު، ކަނޑުގެ ބާރު އަދި ވައިގެ ދިފާއީ ބާރުން “ސްމާޓް ހަތިޔާރުގެ އާ ޖީލެއް” ދައްކުވައިދޭ ބޮޑު ސަމަރީ ތަމްރީނެއް ހޮނިހިރު ދުވަހު ފަށާނެއެވެ. މަކްރާން ސަރަހައްދުގެ ދެކުނު އިރުމަތީ އީރާން، އޮމާން ކަނޑު އަދި އުތުރު އިންޑިއާ ކަނޑުގައި ކުރިއަށްދާނެ ޒުލްފަގާރ 1403 […]

އަޙްމަދު ދާއޫދު