މައި ޚަބަރަށް ދިޔުމަށް

ތިލަދުންގެ އަރުޝީފުން ހޯދުން

ފަހުގެ ހޯދުންތައް:
ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުން އޭޕްރީލް 7 ގައި!

ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުން އޭޕްރީލް 7 ގައި!

ދިރާސީ އާ އަހަރު، މި އަހަރުގެ އޭޕްރީލްމަހުގެ 7 ވަނަ ދުވަހު ފަށާ ގޮތަށް ދިރާސީ އަހަރުގެ އެކަޑަމިކް ކަލަންޑަރު އެޑިއުކޭޝަން މިނިސްޓްރީން އިއްޔެ އާންމުކޮށްފިއެވެ. އެޑިއުކޭޝަން މިނިސްޓްރީން އިއްޔެ އާންމު ކުރި 2026-2025 ގެ އެކަޑެމިކް ކަލަންޑަރ އިން ދައްކާ ގޮތުގައި ފުރަތަމަ ޓާމުގެ ކިޔެވުން ފެށުމަށް ހަމަ ޖެހިފައި ވަނީ އަންނަ އޭޕްރީލް މަހުގެ 7 ވަނަ ދުވަހުއެވެ. ފުރަތަމަ ޓާމުުގައި ޖުމްލަ 81 ދުވަހު ކިޔަވައިދޭ ގޮތަށް ހަމަ ޖެހިފައިވާއިރު ދެވަނަ ޓާމުގައި ކިޔަވައީދޭނީ 99 […]

އައިޝަތު އައިނީ އާމިރު
ސިލްސިލާ ވާހަކަ: ލޯބިވިޔަސް (53)

ސިލްސިލާ ވާހަކަ: ލޯބިވިޔަސް (53)

ކުރީގެ އަދަދާއިގުޅޭ: ” ކޮންކަމަކާ ތިހާ ރުޅިއެއް ތި އައީ؟ އަހަރެން މި ބުނީ އެތާ މީހުން ތިބިއްޔާ ނަދީމް ކޮންމެހެން މިހާރުން މިހާރަށް ދާން ޖެހޭ ހޭ؟ އަހަރެންގެ ބައްޕަގެ ޕްރޮޖެކްޓް ނުނިންމާ ނަދީމްއަކަށް ނުދެވޭނެ. ބައްޕައަށް ލިބޭނެ ގެއްލުން ނަދީމްއަށް ހަމަ ރަނގަޅަށް ވެސް އެނގޭނެ.” އެންމެ ފަހުން ޒައިނާ، އޭނާގެ ކަންބޮޑުވުން ހާމަ ކޮށްފިއެވެ. ” ޒައިނާއަށް ޒައިނާގެ ބައްޕަގެ ޕްރޮޖެކްޓް މުހިއްމު ވިޔަސް އަހަންނަށް، އެއަށް ވުރެ އަހަރެންގެ ކޮއްކޮ މާ […]

ސަލާމާ ޢަބްދުލް ޢަލީމް
އޭޕްރީލް 15އިން ފެށިގެން ހެޔޮއަގުގައި ހުރިހާ ބޭހެއް ލިބޭނެ: ރައީސް

އޭޕްރީލް 15އިން ފެށިގެން ހެޔޮއަގުގައި ހުރިހާ ބޭހެއް ލިބޭނެ: ރައީސް

މި އަހަރުގެ އޭޕްރީލް މަހުގެ 15 ވަނަ ދުވަހުން ފެށިގެން ހުރިހާ ބާވަތެއްގެ ބޭސް ހެޔޮ އަގުގައި އެސްޓީއޯ ބޭސްފިހާރަތަކުން ލިބެން ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ ދ. އަތޮޅަށް މިހާރު ކުރަށްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މީދޫ އަށް ވަޑައިގެން އެރަށު ރައްޔިތުންނާ މުޚާތަބުކޮށް ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް ވިދާޅުވީ މިދާދި ފަހުން ބޭސް ލިބުން ދަތިވެފައިވަނީ ބޭހުގެ އަގު ދަށްކުރުމުން، ސަރުކާރަށް ދަތިކުރުމުގެ ބޭނުމުގައި...

ޔުމްނާ ޢަލީ
ޢުމްރާއަށްދާ ފަރާތްތައް މެނިންޖައިޓިސް ވެކްސިން ޖެހުމަށް ސަޢޫދީން އިލްތިމާސްކޮށްފި

ޢުމްރާއަށްދާ ފަރާތްތައް މެނިންޖައިޓިސް ވެކްސިން ޖެހުމަށް ސަޢޫދީން އިލްތިމާސްކޮށްފި

ރަމަޟާންމަހު ޢުމްރާއަށްދާ ފަރާތްތައް މެނިންޖައިޓިސް ވެކްސިން ޖެހުމަށް ސަޢޫދީން އިލްތިމާސްކޮށްފިއެވެ. ރަމަޟާން މަހު ޢުމްރާއަށް ދިއުމަށް ގަސްތުކުރާ ފަރާތްތަކުން މެނިންޖައިޓިސް ވެކްސިން ޖެހުމުގެ މުހިންމުކަން ސަޢޫދީ ޢަރަބިއްޔާގެ ޞިއްޙަތާބެހޭ މިނިސްޓްރީން ފާހަގަ ކޮށްފައިވާއިރު، މިއީ ބަލިތަކުން ރައްކާތެރިވުމަށާއި ގައިން ގަޔަށް އަރާ ބަލިތައް ފެތުރުން ހުއްޓުވުމަށް އެޅޭ ފިޔަވަޅެއްގެ ގޮތުގައި ސަޢޫދީ ޕްރެސް އޭޖެންސީ (އެސްޕީއޭ) އިން ހޯމަ ދުވަހު ރިޕޯޓުކޮށްފައިވެއެވެ. ސަޢޫދީ ޢަރަބިއްޔާއަށް ދިއުމުގެ މަދުވެގެން...

އަޙްމަދު ދާއޫދު
މީޑިއާ ކައުންސިލާއި ބްރޯޑްކޮމް އެއްކޮށްލުމުގެ މަސައްކަތް އަވަސްކުރަން ލަފާދީފި

މީޑިއާ ކައުންސިލާއި ބްރޯޑްކޮމް އެއްކޮށްލުމުގެ މަސައްކަތް އަވަސްކުރަން ލަފާދީފި

ޚަަރަދު ކުޑަކުރުމަށް އަޅާފިޔަވަޅެއްގެ ގޮތުގައި މޯލްޑިވްސް މީޑިއާ ކައުންސިލާއި ބްރޮޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އެއްކޮށްލުމުގެ މަސައްކަތް އަވަސްކުރަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔތު ކޮމެޓީން، ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަށް ލަފާދީފިއެވެ. މި ލަފާ ހިމެނޭ މާލިއްޔަތު ކޮމެޓީގެ ރިޕޯޓު އިއްޔެގެ މަޖިލީހުގެ ޖަލްސާގައި ވަނީ ފާސްކޮށްފައެވެ. މި ރިޕޯޓުގައި ކޮމެޓީން ރައީސަށް އަރުވާ ލަފައެއްގެ ގޮތުގައި މިނިވަން މުއައްސަސާތަކުގެ ތެރޭގައި ހިމެނޭ މޯލްޑިވްސް މިޑިއާ ކައުންސިލާއި، ބްރޯޑްކޮމް އެއްކޮށްލައިފި...

ޔުމްނާ ޢަލީ
ޕުޓިންއާއި ޝީ ފޯނުން ގުޅުއްވާ ގުޅުންތައް ވަރުގަދަ ކުރުމަށް މަޝްވަރާ ކުރައްވައިފި

ޕުޓިންއާއި ޝީ ފޯނުން ގުޅުއްވާ ގުޅުންތައް ވަރުގަދަ ކުރުމަށް މަޝްވަރާ ކުރައްވައިފި

ރަޝިޔާގެ ރައީސް ޕުޓިންއާއި ޗައިނާގެ ރައީސް ޝީ ޖިންޕިންގއާ ދެބޭފުޅުން ފޯނުން ގުޅުއްވާ ގުޅުންތައް ވަރުގަދަ ކުރުމަށް މަޝްވަރާ ކުރައްވައިފިއެވެ. މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ހޯމަ ދުވަހު ދެ ލީޑަރުން ދިގު ފޯން ކޯލެއް ކުރެއްވި އިރު، ދެ ޤައުމުގެ ދެމެދުގައިވާ އެކުވެރިކަމާއި ޑިޕްލޮމެޓިކް ގުޅުން އިތުރަށް ކުރިއެރުވުމާ ބެހޭގޮތުން ފުޅާ މަޝްވަރާއެއް ކުރެއްވިއެވެ. އިޤްތިޞާދު، ވިޔަފާރި، އިންވެސްޓްމަންޓް، ޘަޤާފަތް، ތަޢުލީމް އަދި ކުޅިވަރުގެ ދާއިރާތަކުގައި ދެފަރާތަށް ފައިދާ ހުރި އެއްބާރުލުން އިތުރުކުރެވޭނެ ގޮތްތަ...

އަޙްމަދު ދާއޫދު
މަސްވެރިންނަށް ރޯދަ އިނާޔަތް ލިބޭގޮތް ހަދަން ބޭނުން: ރައީސް

މަސްވެރިންނަށް ރޯދަ އިނާޔަތް ލިބޭގޮތް ހަދަން ބޭނުން: ރައީސް

މަސްވެރިންނަށް ރޯދަ އިނާޔަތް ލިބޭގޮތް ހަދަން ބޭނުންފުޅުވާކަމަށާއި، ހަމައެޔާއެކު އެހެން ފަންނުތަކުގެ މީހުންނަށް ވެސް ރޯދަ އިނާޔަތް ލިބޭނެގޮތަށް ކަންކަން ތަރުތީބުކުރެއްވުމަކީ ވިސްނުންފުޅެއްކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ދ.އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިރޭ މީދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރަށްވާ ދެއްކެވި ވާހަކަފުޅުގައެވެ. ރައީސްގެ ވާހަކަފުޅުގައި ވަނީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮ...

ޙުސައިން ޝަހުދީ
އިހުސާންގެ އިތުބާރު ނެތް ކަމުގެ މައްސަލަ މާދަމާ އަށް އެޖެންޑާކޮށްފި

އިހުސާންގެ އިތުބާރު ނެތް ކަމުގެ މައްސަލަ މާދަމާ އަށް އެޖެންޑާކޮށްފި

ހޯމްލޭންޑު އެންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާންގެ އިތުބާރު ނެތް ކަމުގެ މައްސަލަ މާދަމާ ބާއްވާ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ. މާދަމާ ހެނދުނު 09:00 ގައި ފަށާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މިނިސްޓަރު އިހުސާންގެ މައްސަލަ އޮތީ ފުރަތަމަ އައިޓަމެއްގެ ގޮތުގައެވެ. އިހުސާނުގެ އިތުބާރުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ އިދިކޮޅު އެމްޑީޕީގެ 12 މެމްބަރުންގެ ސޮޔާއިއެކުއެވެ. ހުށަހަޅާފައިވާ މައްސަލާގައި ބުނެފައިވަނީ އިހުސާނުގ މަގާމާއި ހަވާލުވެވަޑައިގެންނެވިތާ އެއް އަހަރާއި ދެ މަސް ދުވަ...

އިބްރާހިމް ޚަލީލް
މާއުނގޫދޫގެ ގޭބިސީތަކުގެ ރޯދަމަހުގެ ކުނި ފީ ކައުންސިލުން މާފުކޮށްދީފި

މާއުނގޫދޫގެ ގޭބިސީތަކުގެ ރޯދަމަހުގެ ކުނި ފީ ކައުންސިލުން މާފުކޮށްދީފި

ށ. އަތޮޅު މާއުނގޫދޫ ކައުންސިލުން މިއަހަރުވެސް ރަމަޟާން މަހާ ގުޅިގެން ރަށުގެ ގޭބިސީތަކުގެ އެއް މަސްދުވަހުގެ ކުނި މެނޭޖްކުރުމުގެ ޚިދުމަތުގެ ފީ މާފުކޮށްދީފިއެވެ. މިއީ އެހެން އަހަރުތަކެކޭވެސް އެއްގޮތަށް މި ކައުންސިލުން ނިންމާފައިވާ ނިންމުމެކެވެ. މާއުނގޫދޫ ކައުންސިލްގެ ރައީސް އާދަމް ސަލީމް ވިދާޅުވި ގޮތުގައި، މި ނިންމުން ނިންމާފައިވަނީ ރަމަޟާން މަހުގެ ބަރަކާތާއި ރަޙްމަތުގެ ތެރެއިން ރައްޔިތުންނަށް ލުޔެއް ހޯދައިދިނުމުގެ ގޮތުންނެވެ. އަދި މިކަމަކީ ރަށުގެ ރައްޔިތުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަ...

ޔުމްނާ ޢަލީ
މާއެނބޫދޫ ބިން ހިއްކައި، ވަކި ރަށެއް ވެސް ހިއްކައިދެނީ

މާއެނބޫދޫ ބިން ހިއްކައި، ވަކި ރަށެއް ވެސް ހިއްކައިދެނީ

ދ. މާއެނބޫދޫ ބިންހިއްކައި، އެ ރަށަށް ވަކި ރަށެއް ވެސް ހިއްކައި ދެއްވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ދ.އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު މާއެނބޫދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރަށްވާ ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް ވާހަކަފުޅުގައި، އެ މަނިކުފާނު ބޭނުންފުޅުވަނީ ރައްޔިތުން އެދޭ ގޮތަށް، ރައްޔިތުން އެދޭ އަމާޒަށް ކަންކަން ކުރައްވަން ކަމުގައި ވިދާޅުވިއެވެ. އެގޮތުން މާއެނބޫދޫއަށް ވަޑައިގެންނެ...

ޔުމްނާ ޢަލީ
މުސާރައިން 10% އުނިކުރަން ނުފެންނަކަމަށް ލަފާދިނުމަށް މަޖިލީހުން ފާސްކޮށްފި

މުސާރައިން 10% އުނިކުރަން ނުފެންނަކަމަށް ލަފާދިނުމަށް މަޖިލީހުން ފާސްކޮށްފި

މިނިވަން މުވައްސަސާތަކާއި، މުސްތަގީލް މަގާމްތަކުގެ މުސާރައިން 10 އިންސައްތަ ކުޑަކުރަން ނުފެންނަކަމަށް ލަފާދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން މިއަދު ފާސްކޮށްފިއެވެ. މި ނިންމުން ނިންމާފައިވަނީ މިއަދު ބޭއްވުނު މަޖިލީހުގެ ޖަލްސާގައި ނެގުނު ވޯޓަކުންނެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހުށަހަޅުއްވާފައިވާ އިޤްތިޞާދީ އިޞްލާޙީ އެޖެންޑާގެ ދަށުން، ދައުލަތުގެ ޚަރަދުތައް ކުޑަކުރުމުގެ މަޤްޞަދުގައި، ކުރިއަށް އޮތް 2 އަހަރުދުވަހުގެ މުއްދަތަށް އެޅުމަށް ނިންމާފައިވާ ފިޔަވަޅުތަކާ ގުޅޭގޮތުން ރައީސް ފޮނުއްވާފަ...

ޔުމްނާ ޢަލީ
މުޖުތަމަޢު އިޞްލާޙު ކުރުމުގައި އެކަކު އަނެކަކަށް އެހީތެރިވެދިނުމަށް ރައީސްގެ އިލްތިމާސެއް

މުޖުތަމަޢު އިޞްލާޙު ކުރުމުގައި އެކަކު އަނެކަކަށް އެހީތެރިވެދިނުމަށް ރައީސްގެ އިލްތިމާސެއް

ދިވެހި މުޖުތަމަޢު އިޞްލާޙު ކުރުމުގައި އެކަކު އަނެކަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ އިލްތިމާސްކުރައްވައިފިއެވެ. ރައީސް މި އިލްތިމާސް ކުރެއްވީ ދ.އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިއްޔެ އެއަތޮޅު ކުޑަހުވަދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރެއްވި ރޭ ދެއްކެވި ވާހަކަފުޅުގައެވެ. ސަރުކާރުން ރައްޔިތުންނަށްޓަކައި ކުރައްވަމުންގެންދަވާ މަސައްކަތްތަކާ ގުޅޭގޮތުން ބައެއް ފަރާތްތަކުން ދޮގު ވާހަކަތަކަށް ފަތުރަމުންދާކަން ފާހަގަކުރަށްވ...

ޔުމްނާ ޢަލީ
އޮސްޓްރޭލިއާއިން ޓެލެގްރާމް 640،000 ޑޮލަރުން ޖޫރިމަނާކޮށްފި

އޮސްޓްރޭލިއާއިން ޓެލެގްރާމް 640،000 ޑޮލަރުން ޖޫރިމަނާކޮށްފި

އޮސްޓްރޭލިއާގެ އޮންލައިން ސޭފްޓީ ކޮމިޝަނުން، މެސެޖިންގ ޕްލެޓްފޯމް ޓެލެގްރާމް 640،000 އެމެރިކާ ޑޮލަރު (ގާތްގަނޑަކަށް 1 މިލިއަން އޮސްޓްރޭލިއަން ޑޮލަރު) އިން ޖޫރިމަނާކޮށްފިއެވެ. މި ޖޫރިމަނާ ކުރީ ކުޑަކުދިންނަށް ކުރާ އަނިޔާއާއި ހަރުކަށި ފިކުރުގެ މައްސަލަތައް ހުއްޓުވުމަށް އަޅާފައިވާ ފިޔަވަޅުތަކާ ގުޅޭ ސުވާލުތަކަށް ޖަވާބުދިނުން ލަސްކުރުމުންނެވެ. އޮސްޓްރޭލިއާގެ އީ-ސޭފްޓީ ކޮމިޝަނުން 2024 ގެ މާރިޗު މަހު ޔޫޓިއުބް، އެކްސް (ކުރީގެ ޓްވިޓަރ)، ފޭސްބުކް، ޓެލެގްރާމް އަދި ރެޑިޓްއަށް ސުވާލުތަކެއް ހުށަހެޅިއެވެ. މި ސު...

އަޙްމަދު ދާއޫދު
ތިން މެޗަށް ފަހު ރެއާލަށް މޮޅެއް

ތިން މެޗަށް ފަހު ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ރެއާލް މެޑްރިޑާއި ޖިރޯނާ ބައްދަލުކުރި މެޗު ރެއާލުން ކާމިޔާބުކޮށްފިއެވެ. އެ ޓީމުން މެޗު ކާމިޔާބު ކޮށްފައިވަނީ 2-0 ގެ ނަތީޖާއިންނެވެ. ލީގުގައި އެންމެ ފަހުން ކުޅުނު ތިން މެޗުން ރެއާލަށް މޮޅެއް ނުހޯދުނެވެ. ދެ މެޗުން އެއްވަރުވެ އެއް މެޗުން ބަލިވެ ގެއްލުނު ޕޮއިންޓް ތަކާއިއެކު އެ ޓީމަށް އެއްވަނަ ވެސް އޮތީ ގެއްލިފައެވެ. ނަމަވެސް ރޭ މެޗުގައި ރެއާލުން ވަނީ ރަނގަޅު ކުޅުމެއްދައްކައި މެޗު ކާމިޔާބު ކޮށްފައެވެ. މިވަގުތު ޕޮއިންޓް ތާވަލުގެ […]

އިބްރާހިމް ޚަލީލް
ރޯދަމަހުގެ ފެނާއި ކަރަންޓު ބިލުން މިއަހަރުވެސް ޑިސްކައުންޓު

ރޯދަމަހުގެ ފެނާއި ކަރަންޓު ބިލުން މިއަހަރުވެސް ޑިސްކައުންޓު

ކުރިއަށް އޮތް މި އަހަރުގެ ރޯދަމަހުގައިވެސް ފެނާއި ކަރަންޓު ބިލުން ސަރުކާރުން ޑިސްކައުންޓް ދޭނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ އިއުލާންކުރައްވައިފިއެވެ. ރައީސް މުޢިއްޒު މި ކަން އިއުލާންކުރެއްވީ، އެމަނިކުފާނު ދ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން ކުޑަހުވަދޫއަށް ކުރެއްވި ޒިޔާރަތުގައި ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. ސަރުކާރުން ވަނީ މިދިޔަ އަހަރު ވެސް ރޯދަ ހަދިޔާއެއްގެ ގޮތުގައި ރޯދަ މަހުގެ ކަރަންޓާއި ފެން ބިލުން ޑިސްކައުންޓް ދީފައެވެ. “ކުރީ ރޯ...

ޔުމްނާ ޢަލީ