ތިލަދުންމަތީ ޚަބަރު ށ.އަތޮޅުގައި ޕާސްޕޯޓުގެ ހިދުމަތް ފަށައިފި ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ވައުދުފުޅާއި އެއްގޮތްވާގޮތުގެ މަތީން މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޕާސްޕޯޓްގެ ހިދުމަތް ފޯރުކޮށްދިނު މޯލްޑިވްސް އިމިގްރޭޝަނުން ކަނޑައަޅާފައިވާ އަމާޒުގެ ތެރެއިން ށ.އަތޮޅުގައި ޕާސްޕޯޓްގެ ހިދުމަތް ރަސްމީކޮށް ފަށައިފިއެވެ. ޕާސްޕޯޓްގެ ހިދުމަތް އެ އަތޮޅުގައި ފައްޓަވައިދެއްވީ ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަހީދެވެ. އިމިގްރޭޝަނުން ވިދާޅުވީ ށ.އަތޮޅުގައި ހިދުމަތް ފެށުމާއެކު އޮންލައިންކޮށް ހުށަހަޅާ ޕާސްޕޯޓްތައް އެ އަތޮޅުން... އިބްރާހިމް ޚަލީލް · 1 އަހަރު ކުރިން
ބައިނަލްއަގުވާމީ ޗައިނާގެ އާބާދީ ދަށަށް ދިއުމާއެކު ކައިވެނިކުރާ އުމުރު ދަށްކުރަނީ ޗައިނާގެ އާބާދީ ދަށަށް ދިއުމާއެކު އެގައުމުގައި ކައިވެނިކުރެވޭ އުމުރު ދަށްކުރުމަށް ހުށަހަޅައިފިއެވެ. ޗައިނާގެ އާބާދީ ދަށަށްދާން ފެށުމާއި ގުޅިގެން، އެ ޤައުމުގެ ސިޔާސީ ލަފާދޭ ކޮމިޓީގެ މެންބަރެއް ވަނީ ކައިވެނީގެ ޤާނޫނީ އުމުރު 18 އަހަރަށް ދަށްކުރުމަށް ހުށަހަޅާފައެވެ. މި ހުށަހެޅުމުގެ މަޤްޞަދަކީ އާބާދީ އިތުރުކުރުމަށް މަގުފަހިކޮށް، “އުފަންވާ ކުދިންގެ އަދަދު އިތުރުކުރުމުގެ ފުރުޞަތު” ހޯދުމެވެ. ޗައިނާގެ ޕީޕަލްސް ޕޮލިޓިކަލް ކޮންސަލްޓޭޓިވް ކޮންފަރެންސް (ސީޕީޕީސީސީ) ގެ ނެޝަނަލް ކޮމިޓީގެ މެންބަރު ޗެން ސޮންގްޝީ... އަޙްމަދު ދާއޫދު · 1 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ހދ.އޭއީސީގެ ސެން ކުލާހުގެ ދަރިވަރުން ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރަށް ޒިޔާރަތެއް ހދ އަތޮޅު ތަޢުލީމީ މަރުކަޒުގެ ސެން ކުލާހުގެ ދަރިވަރުން އެ އަތޮޅު ހަނިމާދޫގައި ހުންނަ އެގްރިކަލްޗަރ ސެންޓަރަށް ޒިޔާރާތްކޮށް މައުލޫމާތު ހޯދައިފިއެވެ. އަދި ދަރިވަރުންނާ އެކީ 13 މުދައްރިއްސުންވެސް ވަނީ ބައިވެރިވެފައެވެ. މި ޒިޔާރަތުގެ މައިގަނޑު މަގުސަދަކީ އެގްރިކަލް ސެންޓަރުގައި ހުރި ތަފާތު ގަސްގަހާގެއްސާއި ގުޅޭ މަޢުލޫމާތު ހޯދައި، ގަސް ހައްދާނެ ގޮތް ގޮތާއި ގަހަށް ދޭން ޖެހޭނެ އަޅާލުން ފަދަ ކަންކަން ދިރާސާ ކުރުމެވެ. އެގްރިކަލްޗަރ ސެންޓަރުގެ އިތުރުން ދަރިވަރުން ވަނީ ހަނިމާދޫ ސްކޫލަށް އަދި […] އައިޝަތު އައިނީ އާމިރު · 1 އަހަރު ކުރިން
ބައިނަލްއަގުވާމީ ޒެލެންސްކީ ރައީސްކަމުގައި ދެމިހުންނާނެކަން ކަށަވަރުކޮށްދީފި ޒެލެންސްކީ ރައީސްކަމުގައި ދެމިހުންނާނެކަން ޔުކްރެއިނުގެ ރައްޔިތުންގެ މަޖިލީހުން ކަށަވަރުކޮށްދީފިއެވެ. ޔުކްރެއިނުގެ ރައްޔިތުންގެ މަޖިލީހުން އަންގާރަ ދުވަހު ވޯޓެއް ނަގައި، ވޮލޮޑިމިރް ޒެލެންސްކީ އެ ޤައުމުގެ ރައީސްކަމުގައި ހަނގުރާމައިގެ މުއްދަތުގައި ދެމިހުންނާނެކަން ކަށަވަރުކޮށްދީފައި މިވަނީ އޭނާގެ ރައީސްކަމުގެ މަޤާމްގެ ޞައްޙަކަމާމެދު ބައެއް ފަރާތްތަކުން ސުވާލު އުފައްދަމުންދާ ދަނޑިވަޅެއްގައެވެ. ވެރްޚޯވްނާ ރާޑާ (ޔުކްރެއިނުގެ ރައްޔިތުންގެ މަޖިލިސް) އިން މި ޤަރާރު ފާސްކުރީ 268 މެންބަރުންގެ ތާއީދާއެކުއެ... އަޙްމަދު ދާއޫދު · 1 އަހަރު ކުރިން
ރާއްޖެ މެމްބަރުންގެ ގޮނޑީގެ މައްސަލާގައި ވަގުތީ އަމުރާ ގުޅިގެން ސުޕްރީމް ކޯޓުގައި މާދަމާ އަޑުއެހުމެއް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޕާޓީން ވަކިކޮށްފިނަމަ މެމްބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހުގެ ދަށުން އެއްވެސް މެންބަރަކާ މެދު ފިޔަވަޅު އެޅުން ހުއްޓުވުމުގެ ވަގުތީ އަމުރަކަށް އެދިފައިވާ މައްސަލާގެ އަޑުއެހުމެއް ސުޕްރީމް ކޯޓުން މާދަމާއަށް ތާވަލްކޮށްފި އެވެ. ޕާޓީން ވަކިވެއްޖެ ނަމަ ނުވަތަ ވަކިކޮށްފި ނަމަ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީ އަށް ގެނައި އިސްލާހު ބާތިލް ކުރަން ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހުސައިން ހުށަހަޅާފައިވާ ދުސްތޫރީ މައްސަލާގައި އޭނާގެ ފަރ... ހުސައިން ހަބީބް · 1 އަހަރު ކުރިން
ވިޔަފާރި އެމްއެމްއޭ އިން ތަމްވީލް އިސްލާމިކް ފައިނޭންސް އިނިޝިއޭޓިވް އިފްތިތާހުކޮށްފި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އިސްލާމީ މާލީ ނިޒާމަށް ހޭލުންތެރިކަން އިތުރުކޮށް، މި ދާއިރާއިން މީހުން ތަމްރީނުކުރުމަށް ޚާއްސަކޮށްގެން ފަށާފައިވާ ‘ތަމްވީލް އިސްލާމިކް ފައިނޭންސް އިނިޝިއޭޓިވް’ މިއަދު ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ. މި އިނިޝިއޭޓިވް އިފްތިތާހުކޮށްދެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދެވެ. އިފްތިތާހީ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ، ރާއްޖޭގެ އިސްލާމީ މާލީ ނިޒާމު ކުރިއެރުވުމުގައި އެންމެ މުހިންމު ދައުރެއް... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
މަޖިލިސް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް ހުށަހެޅި ބިލު ކޮމެޓީން ފާސްކޮށްފި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ފަސް ފަނޑިޔާރުންނަށް މަދުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު، މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ. މި ބިލަކީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނަށް އިސްލާހް ގެނައުމުގެ ބިލެއްގެ ގޮތުގައި ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު އަމިއްލަ ހައިސިއްޔަތުން ހުށަހެޅުއްވި ބިލެކެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ބިލު ބަލައިގަތުމަށްފަހު، މެންދުރުފަހު އެ ބިލު ދިރާސާކުރުމަށް ޖުޑިޝަރީ ކޮމިޓީއަށް ފޮނުވުނެވެ. އޭގެ ދެތިން ގަޑ... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ރާއްޖެ އިހްސާންގެ އިތުބާރުނެތް ކަމަށް ދައްކަން އުޅެނީ ހަމަނުޖެނުން ނަގާލަން: ނައިބު ރައީސް ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވަޒީރު ޢަލީ އިޙްސާންގެ އިތުބާރު ނެތްކަމަށް ދެއްކުމަށް މަސައްކަތްކުރަނީ ޤައުމުގެ ހަމަޖެހުން ނަގާލުމަށް ކަމަށް ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ. ނައިބު ރައީސް މިހެން ވިދާޅުވީ، އިދިކޮޅު އެމްޑީޕީން މަޖިލީހަށް ހުށަހެޅި ދާޚިލީ ވަޒީރު އިހްސާންގެ އިތުބާރުގެ މައްސަލަ މިއަދު މަޖިލީހުގައި ކުރިއަށް ގެންގޮސްފައި ވަނިކޮށް އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. ނައިބު ރައީސްގެ ޕޯސްޓްގައި ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ތަސައްވުރުގެ ތެރެއިން ޖ... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ނައިވާދޫގެ ކާމިޔާބީގައި ސަޕޯޓަރުންގެ އާދަޔާޚިލާފް ހިތްވަރު ގޯލްޑަން ފުޓްސަލް ޓޯނަމަންޓްގެ މި އަހަރުގެ މުބާރާތުގެ ފައިނަލް މިރޭ 20:00 ގައި ފެށެން ކުޑަތަންވަމުން އަންނައިރު، މިރޭގެ މެޗަށް އެ ޓީމުގެ ސަޕޯޓަރުން ދަނީ ވަރަށް ބޮޑަށް ތައްޔާރުވަމުންނެވެ. މިރޭ ނައިވާދޫ ނުކުންނާނީ މުބާރާތުގައި އަލަށް ފައިނަލުގައި ކުޅޭ ކާށިދޫއާއި ދެކޮޅަށެވެ. މި މުބާރާތުގައި ނައިވާދޫއިން ދައްކަމުންދާ މޮޅު ކުޅުމާއި، އެ ޓީމުގެ ކާމިޔާބީގައި ސަޕޯޓަރުންގެ ދައުރު ފާހަގަކޮށްލެވެއެވެ. މި އަހަރުގެ މުބާރާތް ފެށުނީއްސުރެ ނައިވާދޫއިން ވަނީ ފާހަގަކޮށްލެވޭ ކުޅުމެއް ދައްކާފައެވެ. އަތޮޅު ފައިނަލުން... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ރާއްޖެ ހުޅުދެލީ ބިންހިއްކުމުގެ މަސައްކަތް ޖުލައި މަހު ފަށަނީ ދ. ހުޅުދެލީގެ ބިންހިއްކުމުގެ މަސައްކަތް މިއަހަރުގެ ޖުލައި މަހު ފެށޭނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު އިޢުލާނުކުރައްވައިފިއެވެ. އެމަނިކުފާނު މިކަން އިޢުލާނުކުރެއްވީ ނިލަންދެއަތޮޅު ދެކުނުބުރީގެ ރަށްތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ހުޅުދެއްޔަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރަށްވައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް މުޢިއްޒު ވިދާޅުވިގޮތުގައި، ހުޅުދެލީގެ ފަޅުތެރެއިން ހިއްކެން އޮތް އެންމެ ބޮޑު މިނެއްގައި ބިންހިއްކުމުގެ މަސައްކަތް ކުރިއަށްގެންދަވާނެއެވެ. އަދި މި މަސ... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ރާއްޖެ ފްލެޓް ލިސްޓް މާދަމާ އާންމު ކުރަނީ 4000 ފްލެޓްގެ ލިސްޓު އަންނަ ބުރާސްފަތި ދުވަހު (މާދަމާ) އާންމުކުރައްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މުޢިއްޒު މިހެން ވިދާޅުވީ، ދ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ހުޅުދެލީގައި އެރަށު ރައްޔިތުންނާ ބައްދަލުކުރަށްވާ ދެއްކެވި ވާހަކަފުޅުގައެވެ. މި ލިސްޓް ރޯދައިގެ ކުރިން އާންމުކުރަށްވާނެކަމަށް ރައީސް ވަނީ މީގެ ކުރީން ވެސް ވިދާޅުވެފައެވެ. ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓު ރޯދަ މަހުގެ ކުރިން އިއުލާންކުރެވޭނެ: ރައީސް ހުޅުދެލީގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވި... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ބޮޑުތިލަދުންމަތި އޮތީ ނައިވާދޫއާއިއެކު ތިލަދުންމަތީ ދެކުނުބުރިއަށް ނިސްބަތްވާ ނައިވާދޫއަކީ ބޮޑުތިލަދުންމަތީގެ ފުޓްސަލްގައި އެންމެ ކާމިޔާބު ރަށެވެ. އެއީ ބޮޑުތިލަދުންމަތީގެ “ފުޓްސަލް ކިންގް” އެވެ. ނައިވާދޫއިން ގޯލްޑަން ފުޓްސަލް ޓޯނަމަންޓްގައި ހޯދާފައިވާ ކާމިޔާބީތަކުން އެ ޓީމައކީ ފުޓްސަލްގައި ކިހާ ހުނަރުވެރި ޓީމެއްކަން ބުނެދެއެވެ. ގޯލްޑަން ފުޓްސަލް މުބާރާތުގައި ހދ.އަތޮޅު ޗެމްޕިއަންކަން 7 ފަހަރު އަދި ޒޯން ޗެމްޕިއަންކަން ތިންފަހަރު މިހާތަނަށް އެ ޓީމުން ވަނީ ހޯދާފައެވެ. މިއީ ތިލަދުންމަތީގެ އެއްވެސް ޓީމަކަށް މިހާތަނަށް ހޯދިފައިނުވާވަރުގެ ކާ... އިބްރާހިމް ޚަލީލް · 1 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ށ.ފޭދޫގައި ވެސް ރޯދަމަހުގެ ކުނި ފީ މާފު! ށ. އަތޮޅު ފޭދޫ ކައުންސިލުން މި އަހަރުގެ ރަމަޟާން މަހާއި ދިމާކޮށް، އެރަށުގެ މީހުން ދިރިއުޅޭ ކޮންމެ ގޭބީސީ އަކުން ކުނި މެނޭޖް ކުރުމުގެ ޚިދުމަތުގެ ފީ މާފުކޮށްދީފިއެވެ. ފޭދޫ ކައުންސިލްގެ ރައީސް އަހުމަދު ރައިޝަމް ‘’ތިލަދުން’’ އަށް ވިދާޅުވީ، މި ނިންމުން ނިންމާފައި ވަނީ ރަމަޟާން މަހުގެ ބަރަކާތާއި ރަޙްމަތުގެ ތެރެއިން ރައްޔިތުންގެ މަންފާ އަށްޓަކައި ލުޔެއް ހޯދައި ދިނުމަށް ކަމަށެވެ. މިގޮތަށް ނިންމާފައި ވަނީ ފޭދޫ ކައުންސިލްގެ ހަތަރުވަނަ ދައުރުގެ 211 ވަނަ ޖަލްސާގައެވެ. […] އައިޝަތު އައިނީ އާމިރު · 1 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރީ މުވައްޒަފުންނަށް ތަމްރީން ސެޝަން ކުޅުދުއްފުށީ ސިޓީ ކައުުންސިލުން ރައްޔިތުންނަށް ފޯރުކޮށްދެވޭ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް، މުވައްޒަފުންގެ މަސައްކަތުގެ ހުނަރުތައް އިތުރަށް ތަރައްގީކޮށް ފުޅާ ކުރުމަށް ތަމްރީން ސެޝަން އެއް ބާއްވައިފިއެވެ. މި ސެޝަންގައި ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރީ މުވައްޒަފުން ބައިވެރިވެފައި ވާއިރު، މައިގަނޑު ކަމަކަށް ޖީޕީޓީ މޮޑެލް ތަކާއި، އާޓިފިޝަލް އިންޓެލިޖެންސް ނުވަތަ ” އޭއައި ” އަދި އަދުގެ ވަސީލަތްތައް ބޭނުން ކޮށްގެން މަސައްކަތް ކުރުމަށް ދަސްކޮށްދީފައިވެއެވެ. އޮކްސިކާގެ ގަވަރމެންޓް އެންޑް އިންޓަ... އައިޝަތު އައިނީ އާމިރު · 1 އަހަރު ކުރިން
ބައިނަލްއަގުވާމީ ދުނިޔޭގެ އެންމެ ބޮޑު 'ބަޔޯހައިބްރިޑް' ރޮބޮޓް އަތް ޖަޕާނުން ތަރައްޤީކޮށްފި ދުނިޔޭގެ އެންމެ ބޮޑު ‘ބަޔޯހައިބްރިޑް’ ރޮބޮޓް އަތް ޖަޕާނުން ތަރައްޤީކޮށްފިއެވެ. ޖަޕާނުގެ ދިރާސާކުރާ ޓީމަކުން ދުނިޔޭގެ އެންމެ ބޮޑު ‘ބަޔޯހައިބްރިޑް’ ރޮބޮޓް އަތް ތަރައްޤީކޮށްފައިވާއިރު، މި ރޮބޮޓް އަތަކީ އިންސާނުންގެ މަސްތަކުގެ ޓިޝޫ ބޭނުންކޮށްގެން ހަރަކާތްކުރުވާ އަތެކެވެ. ޓޯކިޔޯގެ ކިޔޯޑޯ ނިއުސްއިން ރިޕޯޓުކުރި ގޮތުގައި، މި ރޮބޮޓް އަތުގައި ފަސް އިނގިލި ހުރެއެވެ. އަދި މި އަތް ބޭނުންކޮށްގެން މަސްނޫއީ އަތްތައް ތަރައްޤީކުރެވިދާނެކަމަށް ދިރާސާކުރާ ފަރާތްތަކުން އުންމީދުކުރެއެވެ. މި ރޮބޮޓް އަތުގެ ދިގުމިނަކީ އ... އަޙްމަދު ދާއޫދު · 1 އަހަރު ކުރިން