މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ބިންހެލުމުގެ ޚަބަރު South Sandwich Islands region އަށް M5.1 ގެ ބިންހެލުމެއް އަތުވެއްޖެ - 28 މިނިޓު ކުރިން

ތިލަދުންގެ އަރުޝީފުން ހޯދުން

ފަހުގެ ހޯދުންތައް:
ރޯދައަށް ހުއްޓާ ނިދީގައި އިހްތިލާމު ވެއްޖެ ނަމަ؟ އެ ރޯދަ ރަނގަޅު ވާނެތޯ؟

ރޯދައަށް ހުއްޓާ ނިދީގައި އިހްތިލާމު ވެއްޖެ ނަމަ؟ އެ ރޯދަ ރަނގަޅު ވާނެތޯ؟

ރޯދައަށް ހުއްޓައި ނިދީގައި އިޙްތިލާމު ވެއްޖެ ނަމަ، (މަނި ބޭރުވެއްޖެނަމަ) އެ ރޯދަ ރަނގަޅު ވާނެތޯ؟ الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن تبعهم باحسان إلى يوم الدين، أما بعد: ޚުލާޞާ ޖަވާބު: ރޯދައަށް ހުއްޓައި ނިދީގައި އިޙްތިލާމު ވެއްޖެ ނަމަ، (މަނި ބޭރުވެއްޖެނަމަ) ހިނައިގަންނަން ވާނެއެވެ. އަދި އެކަމުގެ ސަބަބުން އޭނާގެ ރޯދައަކަށް އެއްވެސް އަސަރެއް ނުކުރާނެއެވެ. އަދި ރޯދައެއް ނުގެއްލޭނެއެވެ. އޭނާގެ މައްޗަށް […]

ޝެއިޚް މުޠީޢު އިސްމާޢީލް މުޙައްމަދު
އުރީދޫ 5ޖީ ރާއްޖޭގެ އާބާދީގެ 80% އަށް ލިބޭ ގޮތަށް ފުޅާކޮށްފި

އުރީދޫ 5ޖީ ރާއްޖޭގެ އާބާދީގެ 80% އަށް ލިބޭ ގޮތަށް ފުޅާކޮށްފި

އުރީދޫ މޯލްޑިވްސްއިން އިއުލާނުކުރި ގޮތުގައި، ކުންފުނީގެ 5ޖީ ނެޓްވޯކް މިހާރު ވަނީ ރާއްޖޭގެ އާބާދީގެ 80 އިންސައްތައަށް ފޯރާ މިންވަރަށް ފުޅާކޮށްފިއެވެ. އުރީދޫ މޯލްޑިވްސްއިން މައުލޫމާތު ދީފައިވާ ގޮތުގައި، މި ފުޅާކުރުމާއެކު އުރީދޫ 5ޖީ މިހާރު ލިބެނީ މީހުން ދިރިއުޅޭ 79 ރަށަކާއި 8 ރިސޯޓަކަށެވެ. އަދި ރާއްޖޭގެ އެކި ހިސާބުތަކުގައި 225 5ޖީ ސައިޓު ވަނީ ޤާއިމުކޮށްފައެވެ. މި ކުރިއެރުމާއެކު، އުރީދޫގެ 5ޖީ ނެޓްވޯކަކީ ރާއްޖޭގެ އެންމެ ވަރުގަދަ އަދި އެންމެ ފުޅާ 5ޖީ ނެޓްވޯކް […]

އިބްރާހިމް އަސްވާޤް
ކުޑަކުދިންތަކެއް ތޫނި ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގައިފި

ކުޑަކުދިންތަކެއް ތޫނި ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގައިފި

ހުޅުމާލެ ފޭސް 2 ގައި 18 އަހަރުން ދަށުގެ ކުޑަކުދިންތަކެއް ތޫނި ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގައިފިއެވެ. ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދިންގޮތުގައި، މި މާރާމާރީ ހިނގާފައި ވަނީ މިރޭ 10:00 ހާއިރުއެވެ. މި މާރާމާރީގައި އެތަނުން އެއް ކުއްޖަކަށް ޒަޚަމްވެފައިވާއިރު، މި މައްސަލައާ ގުޅިގެން 2 ކުދިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް ފުލުހުން ބުންޏެވެ. މީގެ އިތުރު 4 ކުދިން ހިފަހައްޓާފައިވާކަމަށް ވެސް ފުލުހުން ބުންޏެވެ. މި މައްސަލަ ތަޙުޤީޤުކުރަމުން އަންނަކަމަށް ފުލުހުން ވަނީ […]

ޔުމްނާ ޢަލީ
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރާ ބިލު އަލުން ވިސްނުމަށް އަނބުރާ މަޖިލީހަށް

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރާ ބިލު އަލުން ވިސްނުމަށް އަނބުރާ މަޖިލީހަށް

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ފަސް ފަނޑިޔާރުންނަށް މަދުކުރުމަށް ހިމަނާ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބިލު، އަލުން ވިސްނެވުމަށް އެދިވަޑައިގެން ރައީސް ޑރ. މުޙައްމަދު މުޢިއްޒު، އަނބުރާ ރައްޔިތުންގެ މަޖިލީހަށް މިއަދު ފޮނުއްވައިފިއެވެ. މި ބިލަކީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނަށް އިސްލާހް ގެނައުމުގެ ބިލެއްގެ ގޮތުގައި ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު އަމިއްލަ ހައިސިއްޔަތުން ހުށަހެޅުއްވި ބިލެކެވެ. މި އިޞްލާހުގައި ސުޕްރީމް ކޯޓުގައި މިހާރުތިބި ފަނޑިޔާރުންގެ އަދަދު 7 އި...

ޔުމްނާ ޢަލީ
ދައުލަތުގެ ހަރަދުގައި ހައްޖަށް ގެންދާ މީހުން ހޮވައިފި

ދައުލަތުގެ ހަރަދުގައި ހައްޖަށް ގެންދާ މީހުން ހޮވައިފި

ދިވެހި ސަރުކާރުގެ ހަރަދުގައި މިއަހަރު ހިލޭ ހައްޖަށް ފޮނުވުމަށް ހަމަޖެހިފައިވާ މީހުން ހޮވުމަށް ގުރުއަތުލައި 50 މީހުން ހޮވައިފިއެވެ. އިސްލާމިކް މިނިސްޓްރީގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، ގުރުއަތު ނަގާފައި ވަނީ ފަގީރުންގެ ދަފްތަރުގެ ތެރެއިން ހިލޭ ހައްޖަށް މީހުން ފޮނުވުމާއި ގުޅޭ އުސޫލުގެ ދަށުން ޝަރުތުހަމަވާ 302 މީހުންގެ މެދުގައެވެ. ހައްޖަށް ގެންދާ 50 މީހުންގެ ތެރެއިން އެއްވެސް ސަބަބަކާއިހުރެ މީހަކަށް ބައިވެރިނުވެވޭނަމަ އެ ޖާގަ ދެން ދިނުމަށް ވެސް އިތުރު 10 ފަރާތެއް ވަނީ […]

އިބްރާހިމް ޚަލީލް
އަނަސް މަރާލުމުގެ ދައުވާލިބޭ މީހުން ބަންދެއް ނުކުރެވޭނެ: ހައިކޯޓް

އަނަސް މަރާލުމުގެ ދައުވާލިބޭ މީހުން ބަންދެއް ނުކުރެވޭނެ: ހައިކޯޓް

ލިޓަސް ސާވިސް ސެންޓަރު ތެރޭގައި މަރާލި ރ. މީދޫއަށް ނިސްބަތްވާ މުހައްމަދު އަނަސްގެ މަރުގެ މައްސަލާގައި ދައުލަތުން ދައުވާކުރާ މީހުން ބަންދުކުރަން ހައި ކޯޓުން ދެކޮޅު ހަދައިފި އެވެ. ލިޓަސް ސާވިސް ސެންޓަރު ތެރޭގައި ޖުލައި، 2017 ގައި ގްރޫޕަކުން ގޮސް ހަމަލާދީ އަނަސް މަރާލި މައްސަލައިގައި ހަތް މީހަކަށް ދައުލަތުން ކްރިމިނަލް ކޯޓުގައި ދައުވާކުރި އެވެ. އެއީ ޅ. ކުރެންދޫ އަސުރުމާގޭ އަހުމަދު ޒަޔާނާއި މ. ލޮނުމިދިލިގޭ އަފްރާހު އަބްދުއްރައްޒާގު އަދި މ. ދިމިޝްގު އުސްމާން […]

ހުސައިން ހަބީބް
މަނަދޫ މީހަކު ގެއްލިގެން ހޯދަނީ

މަނަދޫ މީހަކު ގެއްލިގެން ހޯދަނީ

ނ.މަނަދޫ މީހަކު މާލެއިން ގެއްލިގެން ހޯދަމުންދާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ. ފުލުހުން ބުނީ ގެއްލިގެން ހޯދަމުން އަންނަނީ ނ. މަނަދޫ، އަބްދުﷲ ޝިހާދު 37، އެވެ. އާއިލާއާއި ހަވާލާދީ ފުލުހުން ބުނި ގޮތުގައި އޭނާއަކީ މާލޭގައި ދިރިއުޅޭ މީހެކެވެ. އެންމެ ފަހުން އޭނާގެ ހަބަރެއް އާއިލާއަށް ވެފައިވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ހަވީރު 4:50 ހާއިރުކަމަށްވެއެވެ. އެހެންވެ، އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް، ފުލުހުން ބުންޏެވެ. އޭނާއާއި ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ […]

އިބްރާހިމް ޚަލީލް
ސިލްސިލާ ވާހަކަ: ނާޒުކު ހިތެކޭ މިއީ (7)

ސިލްސިލާ ވާހަކަ: ނާޒުކު ހިތެކޭ މިއީ (7)

ކުރީގެ އަދަދާއި ގުޅޭ: “ޒައިދް، ދަރިފުޅާ ކައިވެނި ކުރަން ބޭނުން ވަންޏާ، ބައްޕަ ބޭނުމެއް ނޫން ލަސްކުރާކަށް ވެސް. އެއީ މި ފަހަރު މި ރަށަށް އައި ފަހުން ވެސް ދަރިފުޅުގެ ކައިވެންޏަށް އެދި މީހަކު ބައްޕައާ ވާހަކަ ދައްކައިފި. އެކަމަކު އެއީ ބައްޕަ ކަމުދާ ކަހަލަ މީހެއް ނޫން. ދަރިފުޅު ތިހެން ހުންނަންޏާ މީހުންގެ އުނދަގޫ ވެސް ފޯރާނެ. އެ ކަންކަމުން ސަލާމަތްވާނީ އަވަހަށް މީހަކާ އިނީމަ. އެހެންވީމަ، ދަރިފުޅު ލޯބިވާ، ރަނގަޅު މީހަކު ހުރިއްޔާ، […]

ސަލާމާ ޢަބްދުލް ޢަލީމް
ކުޅުދުއްފުށީ ނޫރު މިސްކިތު ކައިރީ ތަރައްޤީ ކުރި ޕާކިންޒޯން ހުޅުވައިފި

ކުޅުދުއްފުށީ ނޫރު މިސްކިތު ކައިރީ ތަރައްޤީ ކުރި ޕާކިންޒޯން ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލުން ރަށުގެ ނޫރު މިސްކިތުގެ އިރުމަތީގައި ތަރައްޤީ ކުރި އައު ޕާކިންޒޯން ހުޅުވައިފިއެވެ. ކުޅުދުއްފުށީ ޓްރެފިކް މައްސަލަތަކަށް ހައްލެއް ގެނެސް މިސްކިތަށް އަންނަ ފަރާތްތަކަށް ފަސޭޭހަކަމާއެކު ޕާކު ކޮށް، މަގުގައި ހިނގާބިގާވާ މީހުންނަށާއި އެއްގަމު އުޅަނދުފަހަރު ދުއްވުމަށް ފަސޭހަ ގޮތްތަކެއް ހޯދުމަށް ގާއިމް ކުރި މި ޕާކިންޒޯނަކީ، ޖާގައިގެ ދަތިކަމެއް ނުވާނެހެން ވަރަށް ފުޅާކޮށް ހަދާފައިވާ ޕާކިންޒޯނެކެވެ. ޕާކިންޒޯން ބިނާކުރުމަށްޓަކައި ކައުންސިލުން ވަނީ ނޫރު މިސްކިތުގެ އިރުމަތިން އިނ...

އައިޝަތު އައިނީ އާމިރު
އެކްސްގެ ޚިދުމަތް މެދުކެނޑުނީ ސައިބަރ ހަމަލާއެއްގެ ސަބަބުން: މަސްކް

އެކްސްގެ ޚިދުމަތް މެދުކެނޑުނީ ސައިބަރ ހަމަލާއެއްގެ ސަބަބުން: މަސްކް

ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސް (ކުރީގެ ޓްވިޓަރ) ގެ ޚިދުމަތް މެދުކެނޑުނީ ސައިބަރ ހަމަލާއެއްގެ ސަބަބުން ކަމަށް އެ ކުންފުނީގެ ވެރިޔާ އެލޮން މަސްކް ވިދާޅުވެއްޖެއެވެ. މި ހަފްތާގެ ހޯމަ ދުވަހު އެމެރިކާގައި ގާތްގަނޑަކަށް 12،000 އެކްސް ޔޫޒަރުންނަށް އެ ޕްލެޓްފޯމްގެ ޚިދުމަތް ނުލިބި ދިޔައެވެ. މިކަމާ ގުޅޭ ގޮތުން އެކްސްގައި ޕޯސްޓެއް ކުރައްވަމުން މަސްކް ވިދާޅުވީ، “އެކްސްއަށް ވަރަށް ބޮޑު ސައިބަރ ހަމަލާއެއް ދެވުނު. ކޮންމެ ދުވަހަކުވެސް އަޅުގަނޑުމެންނަށް ހަމަލާ އެބަދޭ. އެކަމަކު މިފަހަރު މިއީ […]

އަޙްމަދު ދާއޫދު
އެމެރިކާގެ މިލިޓަރީ އެކަޑަމީތަކުގައި ޖިންސީ ގޯނާ މަދުވެއްޖެ

އެމެރިކާގެ މިލިޓަރީ އެކަޑަމީތަކުގައި ޖިންސީ ގޯނާ މަދުވެއްޖެ

އެމެރިކާގެ މިލިޓަރީ އެކަޑަމީތަކުގައި ޖިންސީ ފުރައްސާރައިގެ މައްސަލަތައް ކުރީއަހަރުތަކަށްވުރެ މަދުވެއްޖެއެވެ. އެމެރިކާގެ ޑިފެންސް މިނިސްޓްރީން މިއަދު ނެރުނު 2023-2024 ވަނަ އަހަރުގެ ރިޕޯޓުގައި، އެ ގައުމުގެ މިލިޓަރީ އެކަޑަމީތަކުގައި ހިނގާ ޖިންސީ ފުރައްސާރައާއި އަނިޔާގެ މައްސަލަތައް މަދުވެފައިވާކަން ފާހަގަކޮށްފައިވެއެވެ. “މިފަހަރުގެ ސަރވޭއިން ދައްކާގޮތުގައި ވޭތުވެދިޔަ 10 އަހަރު ދުވަހު އިތުރުވަމުން އައި ނޭދެވޭ ޢަމަލުތައް މަދުވެފައިވާކަން ފާހަގަކުރެވޭ.” އެމެރިކާގެ ޑިފެންސް މިނިސްޓްރީގެ ސެކްޝުއަލް އެސޯ...

އަޙްމަދު ދާއޫދު
އެމެރިކާއާ އެކު ވާހަކަ ދެއްކުމަށް ޒެލެންސްކީ ސަޢޫދީއަށް

އެމެރިކާއާ އެކު ވާހަކަ ދެއްކުމަށް ޒެލެންސްކީ ސަޢޫދީއަށް

ޔޫކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ މިއަދު ސަޢޫދީ ޢަރަބިއްޔާއަށް ޒިޔާރަތްކޮށް، އެ ޤައުމުގެ ވަލީ ޢަހުދު މުޙައްމަދު ބިން ސަލްމާނާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުން ބޭއްވުނީ މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ޔޫކްރެއިން އަދި އަމެރިކާގެ އިސްވެރިންގެ މަޝްވަރާ ބައްދަލުވުމުގެ ކުރިންނެވެ. އެމެރިކާއިން އުއްމީދުކުރަނީ މި ބައްދަލުވުމުން ޔޫކްރެއިން އަދި ރަޝިޔާގެ މެދުގައި ހިނގަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ފާހަގަކުރެވޭ ކުރިއެރުމެއް ލިބޭނެ ކަމަށެވެ. ކުރީގައި ޔޫކްރެއިންގެ މައިގަނޑު އެއް އެ...

އަޙްމަދު ދާއޫދު
މޫސުން ގޯސްވާނެތީ ހއ.އަތޮޅުން ފެށިގެން ބޮޑު ބަޔަކަށް ހުދު ސަމާލު

މޫސުން ގޯސްވާނެތީ ހއ.އަތޮޅުން ފެށިގެން ބޮޑު ބަޔަކަށް ހުދު ސަމާލު

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން އއ. އަތޮޅަށް ހުދު ސަމާލު ނެރެފިއެވެ. ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން އިން ނެރުނު ސަމާލުގެ މެސެޖްގައި ބުނެފައި ވަނީ، ހއ. އަތޮޅުން ފެށިގެން ޅ. އަތޮޅާއި ދެމެދު ސަރަހައްދަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. މެޓް އޮފީހުން މި ސަރަހައްދުތަކަށް ހުދު ސަމާލު ނެރެފައި ވަނީ ހެނދުނު 6:30 އިން ފެށިގެން ހެނދުނު 11:30 އާއި […]

ޔުމްނާ ޢަލީ
ސަލާމަތީ ބާރުތަކުން ހިންގާ އޮޕަރޭޝަންގައި ތިން މީހަކު ހައްޔަރުކޮށްފި

ސަލާމަތީ ބާރުތަކުން ހިންގާ އޮޕަރޭޝަންގައި ތިން މީހަކު ހައްޔަރުކޮށްފި

ދިވެހި ފުލުހުންނާއި، ދިވެހި ސިފައިން ގުޅިގެން ރޭ ހިންގަން ފެށި އޮޕަރޭޝަންގައި ތިން މީހަކު ހައްޔަރުކޮށްފިއެވެ. ރޭ އެގާރަ ޖަހަން ކައިރިވެފައި ވަނިކޮށް ސަލާމަތީ ބާރުތައް ގުޅިގެން ޚާއްޞަ އޮޕަރޭޝަނެއް ފެށިކަމަށް ފުލުހުންގެ ޚިދުމަތުން ވަނީ ބުނެފައެވެ. މި އޮޕަރޭޝަން ފެށިކަން ހާމަކޮށް އެކްސްގައި ކުރި ޕޯސްޓް ކުޑައިރުކޮޅެއްތެރޭ ފުލުހުން ވަނީ ނަގާފައެވެ. އަދި ފަހުން މައުލޫމާތު ހާމަކުރާނެކަމަށް ބުނެ މީޑިއާތަކަށް މެސެޖެއް ފޮނުވިއެވެ. އެއަށްފަހު މެންދަމު 2:15 ހާއިރު އެކްސްގައި ކުރި ޕޯސްޓެއްގައި ފުލުހުން ބުނީ...

ޔުމްނާ ޢަލީ
ހުޅުމާލޭގައި ތެޔޮ ރައްކާކުރާ ޓޭންކުތަކެއް ހެދުމަށް ސްޓެލްކޯއިން އެމްޓީސީސީއާ ހަވާލުކޮށްފި

ހުޅުމާލޭގައި ތެޔޮ ރައްކާކުރާ ޓޭންކުތަކެއް ހެދުމަށް ސްޓެލްކޯއިން އެމްޓީސީސީއާ ހަވާލުކޮށްފި

ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ތެޔޮ ރައްކާކުރާ ޓޭންކުތަކެއް ހެދުމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ. މި އެއްބަސްވުމުގައި ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީއެވެ. އަދި އެމްޓީސީސީން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ، ރިޓަޔަރޑް ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ސަޢުދީއެވެ. މި މަޝްރޫޢުގެ ދަށުން 80،000 ލީޓަރުގެ ތެޔޮ ރައްކާކުރާ ދެ ޓޭންކު...

ޔުމްނާ ޢަލީ