މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ބިންހެލުމުގެ ޚަބަރު South Sandwich Islands region އަށް M5.1 ގެ ބިންހެލުމެއް އަތުވެއްޖެ - 28 މިނިޓު ކުރިން

ތިލަދުންގެ އަރުޝީފުން ހޯދުން

ފަހުގެ ހޯދުންތައް:
އުރީދޫން ހިއްސާއަކަށް 3.43 ރުފިޔާ ބަހަން ފާސްކޮށްފި

އުރީދޫން ހިއްސާއަކަށް 3.43 ރުފިޔާ ބަހަން ފާސްކޮށްފި

އުރީދޫ މޯލްޑިވްސްގެ އަހަރީ އާންމު ޖަލްސާގައި މިދިޔަ އަހަރުގެ ފައިދާއިން ހިއްސާއަކަށް 3.43 ރުފިޔާ ބަހަން ފާސްކޮށްފިއެވެ. މި ގޮތަށް ފާސްކޮށްފައި ވަނީ އާދީއްތަ ދުވަހުގެ ރޭ ބޭއްވުނު ޖަލްސާގައި ހިއްސާދާރުންގެ 99 ޕަސެންޓުގެ ވޯޓުންނެވެ. މި ޖަލްސާގައި ކުންފުނީގެ 60 ހިއްސާދާރުންނާއި 11 ޕްރޮކްސީ ހޯލްޑަރުން ބައިވެރިވިއެވެ. މިއަހަރު ބަހަން ނިންމި އަދަދަކީ 2023 ވަނަ އަހަރު ބެހި 3.27 ރުފިޔާއަށްވުރެ 16 ލާރި އިތުރު އަދަދެކެވެ. ހިއްސާގެ ފައިދާ ބެހުމުގެ އިތުރުން، ޖަލްސާގައި އުރީދޫގެ […]

ޔުމްނާ ޢަލީ
ބޭނުންކުރެވޭ ރިޒާވް 179.1 މިލިޔަން ޑޮލަރަށް އަރައިފި

ބޭނުންކުރެވޭ ރިޒާވް 179.1 މިލިޔަން ޑޮލަރަށް އަރައިފި

ދައުލަތުގެ ބޭނުންކުރެވޭ ރިޒާވް ނުވަތަ ޔޫޒަބަލް ރިޒާވް 179.1 މިލިޔަން ޑޮލަރަށް އަރައިފިއެވެ. މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިދިޔަ ފެބްރުއަރީ މަހުގެ ނިޔަލަށް ދައުލަތުގެ ރަސްމީ ރިޒާވް އަދި ބޭނުންކުރެވޭ ރިޒާވް ވަނީ އިތުރުވެފައެވެ. މި ހިސާބުން ދައްކާގޮތުގައި އަހަރު ފެށުނުއިރު ޖެނުއަރީ މަހުގެ ނިޔަލަށް ރަސްމީ ރިޒާވް ހުރީ 708.1 މިލިޔަން ޑޮލަރުގައި ނަމަވެސް ފެބްރުއަރީ މަހުގެ ނިޔަލަށް މި އަދަދު […]

ޔުމްނާ ޢަލީ
ކުޅުދުއްފުށީގައި މަދިރި ކޮންޓްރޯލް ކުރުމަށް މަދިރި އުފެދޭ ތަންތަނަށް ބޭސް އަޅައިފި

ކުޅުދުއްފުށީގައި މަދިރި ކޮންޓްރޯލް ކުރުމަށް މަދިރި އުފެދޭ ތަންތަނަށް ބޭސް އަޅައިފި

ކުޅުދުއްފުށީގައި މިދުވަސްކޮޅު މަދިރީގެ އުނދަގޫ ރައްޔިތުންނަށް ބޮޑުވެފައިވާތީ މަދިރި އާލާވާ ގޮތަށް ހުންނަ ތަންތަން ނައްތާލުމުގެ ގޮތުން ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިސްނަގައިގެން ރަށުގެ ހުރިހާ ކާނުތަކަށާއި، މަދިރި އުފެދޭގޮތަށް ހުރި ތަންތަނަށް މަދިރި ބޭސް އަޅައިފިއެވެ. ރަށުގެ ހުރިހާ ތާރު މަގެއްގެ ކާނުތަކަށް ބޭސް އަޅާާފައިވާއިރު، ރަށުގެ އޮޑި އެހެލާ ސަރަހައްދާއި ރަށުގެ އިރުމަތި ފަރާތު ބޮނބި އޮޅަށް ވެސް ވަނީ ބޭސް އަޅާފައެވެ. މަދިރި ފަނި އިތުރަށް އާލާވިޔަ ނުދީ، މަދިރި އަށް ބަދަލުވުމުގެ ކުރިން […]

އައިޝަތު އައިނީ އާމިރު
ރަޝީދު މަގާމުން ވަކިކުރުމުގެ މަސައްކަތް ފަށަން ފާސްކޮށްފި

ރަޝީދު މަގާމުން ވަކިކުރުމުގެ މަސައްކަތް ފަށަން ފާސްކޮށްފި

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ނައިބު ރައީސް އިބްރާހިމް ރަޝީދު މަގާމުން ވަކިކުރުމުގެ މަސައްކަތް ފަށަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މިއަދު ފާސްކޮށްފި އެވެ. ރަޝީދު ވަކިކުރުމުގެ މަޝްވަރާތައް ކޮމެޓީގައި ކުރިއަށް ގެންދިޔައީ މައިކު ނުޖައްސައެވެ. ރަޝީދު މަގާމުން ވަކިކުރަން އުޅޭ ސީދާ ސަބަބެއް އަދި ސާފެއްްނުވެއެވެ. މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ކޮމެޓީގައި ބައިވެރިވެވަޑައިގަތް މެމްބަރުންކުރެ އެންމެ މެމްބަރެއްފިޔަވައި ދެން ތިއްބެވި މެ...

ޔުމްނާ ޢަލީ
ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ އިސްލާހު ސައްހަ: އޭޖީ

ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ އިސްލާހު ސައްހަ: އޭޖީ

ސިޔާސީ ޕާޓީން ވަކިވުމުން ނުވަތަ ވަކިކުރުމުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ރަނގަޅު ކަމަށާއި އަދި އެ އިސްލާހު މިހާރުގެ މަޖިލިސް މެންބަރުންނަށް ހިނގާނެ ކަމަށް ކަނޑައަޅަން ދައުލަތުން ސުޕްރީމް ކޯޓުގައި އެދިއްޖެ އެވެ. މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް މިދިޔަ އަހަރު ގެނައި އިސްލާހު ބާތިލްކުރަން ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި ވަކީލް އަލީ ހުސައިން ހުށަހެޅުއްވި މައްސަލާގައި, އެ އިސްލާހު 20 ވަނަ މަޖިލީހުގެ […]

ހުސައިން ހަބީބް
ކުރިއަށް އޮތް ދެ ދުވަހު މޫސުން ގޯސްވާނެ: މެޓް

ކުރިއަށް އޮތް ދެ ދުވަހު މޫސުން ގޯސްވާނެ: މެޓް

ކުރިއަށް އޮތް ދެ ދުވަހު ރާއްޖޭގެ އެކި ހިސާބަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށްފިއެވެ. ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން މިއަދު ބުނީ، ރާއްޖޭގެ އިރުމަތީގައި އުފެދިފައިވާ ކޮޅިގަނޑު މަޑުމަޑުން ހުޅަނގަށް ޖެހޭނެކަމަށް ލަފާކުރެވޭތީ 11 އަދި 12 މާރިޗް ގައި ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކޮށް އުތުރާއި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށެވެ. ”އެހެންކަމުން އާންމުކޮށް ހުރިހާ ފަރާތްތަކުން، މޫސުމަށް ސަމާލު ވުމަ...

ޔުމްނާ ޢަލީ
ނޫރު މަދަހަ މުބާރާތުގެ ފައިނަލުގެ ހާއްސަ ޖަޖެއްގެ ގޮތުގައި ބައިވެރިވުމަށް ޝަލަބީ މޮޅަދޫއަށް

ނޫރު މަދަހަ މުބާރާތުގެ ފައިނަލުގެ ހާއްސަ ޖަޖެއްގެ ގޮތުގައި ބައިވެރިވުމަށް ޝަލަބީ މޮޅަދޫއަށް

ތިލަދުންމަތީ އުތުރުބުރީ މޮޅަދޫގައި ކުރިއަށްދާ ނޫރު މަދަހަ މުބާރާތުގެ ފައިނަލް ރައުންޑްގެ ގެސްޓް ޖަޖެއްގެ ގޮތުގައި ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޝަލަބީ އިބްރާހިމް ބައިވެރިވާނެކަމަށް އެ ރަށު ކައުންސިލުން ބުނެފިއެވެ. އެ ރަށު ކައުންސިލުން އިސްނަގައިގެން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ އަދި މޮޅަދޫ ސްކޫލް ގުޅިގެން ބާއްވާ މި މުބާރާތުގެ ފައިނަލް އޮންނާނީ މިރޭ 21:30 ގައި އެ ރަށު ސްކޫލް ހޯލުގައެވެ. މި މުބާރާތް ފަށާފައިވަނީ މި މަހު 5 ވަނަ ދުވަހުއެވެ. މުބާރާތުގައި […]

އިބްރާހިމް ޚަލީލް
ސިލްސިލާ ވާހަކަ: ނާޒުކު ހިތެކޭ މިއީ (6)

ސިލްސިލާ ވާހަކަ: ނާޒުކު ހިތެކޭ މިއީ (6)

ކުރީގެ އަދަދާއި ގުޅޭ: ޒައިދް އެހެން ބުނެ، އަނޫޝާގެ އަތްތިލައިގައި ބޮސް ދިނެވެ. ލަދުން ގޮސް އަނޫޝާއަށް މޫނު އަނބުރައިލެވުނެވެ. ” އަނޫޝާ! ” ރުޅިވެރިކަމާއެކު އަނޫޝާގެ މަންމަ ގޮވާލި އަޑަށް، ދެ މީހުންނަށް ވެސް ތެޅި ގަނެވުނީ އެއް ފަހަރާއެވެ. ކޮޅަށް ތެދުވެ، އަނޫޝާ ފަތަށް ބަލައިލި އިރު، މަންމަ ހުރީ ގޭ ދޮރުމަތީގައެވެ. ކޮޅަށް ތެދުވުމަށްފަހު ޒައިދް ވެސް ބިރުން ހުރެ، ރާމިޒާއަށް ބަލައިލިއެވެ. ” ހަމަ މިހާރު އެތެރެއަށް އާދޭ.” ރާމިޒާ ބުނެލިއެވެ. […]

ސަލާމާ ޢަބްދުލް ޢަލީމް
ކޮމަންވެލްތާއެކު ގުޅުން ހަރުދަނާކުރުމަށް ރާއްޖެ ތައްޔާރު: ރައީސް

ކޮމަންވެލްތާއެކު ގުޅުން ހަރުދަނާކުރުމަށް ރާއްޖެ ތައްޔާރު: ރައީސް

ކޮމަންވެލްތުގެ ކޮންމެ ފަރުދެއްގެ ކުރިއެރުން ކަށަވަރުކުރުމަށްޓަކައި، ކޮމަންވެލްތާއި މެންބަރު ޤައުމުތަކާއެކު އޮތް ގުޅުން ހަރުދަނާކުރުމަށް ދިވެހިރާއްޖެއިން ތައްޔާރަށް އޮތްކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މުޢިއްޒު މިފަދައިން ވިދާޅުވެފައިވަނީ ކޮމަންވެލްތު ދުވަހުގެ މުނާސަބަތުގައި ފޮނުއްވި މެސެޖުގައެވެ. މި މެސެޖުގައި ރައީސް ވިދާޅުވެފައިވަނީ ކޮމަންވެލްތު ދުވަސް ފާހަގަކުރަމުންދާ މި ދަނޑިވަޅުގައި ހަނދާންކޮށްދެނީ، ކޮމަންވެލްތު އާއިލާގެ އެއްބައިވަންތަކަމުގައި ހުރި ބާރުކަ...

ޔުމްނާ ޢަލީ
އެޕަލްގެ ސްމާޓް ހޯމް ހަބް ސިރީގެ ގޮންޖެހުންތަކާ ހުރެ ލަސްވެއްޖެ

އެޕަލްގެ ސްމާޓް ހޯމް ހަބް ސިރީގެ ގޮންޖެހުންތަކާ ހުރެ ލަސްވެއްޖެ

އެޕަލްގެ ސްމާޓް ހޯމް ހަބް ސިރީގެ ގޮންޖެހުންތަކާ ހުރެ ލަސްވެއްޖެއެވެ. އެޕަލްއިން މިދިޔަ އަހަރު ވަޢުދުވި “އިތުރަށް ތަރައްޤީ ކުރެވިފައިވާ” ސިރީގެ ވާޝަން ނެރުން ލަސްވެފައިވާކަން މިހަފްތާގައި އެ ކުންފުނިން އިޢުލާންކޮށްފައެވެ. ބްލޫމްބާގްގެ މާކް ގާމަން ބުނާގޮތުން، މިކަމުގެ ސަބަބުން އެ ކުންފުނިން ޕްލޭންކުރި ސްމާޓް ހޯމް ހަބްގެ ނެރުންވެސް ލަސްވެގެން ގޮސްފައިވެއެވެ. އެޕަލްއިން ދީފައިވާ ބަޔާނެއްގައި، އެޕަލް އިންޓެލިޖެންސް ސުއިޓްގެ ބައެއްގެ ގޮތުގައި ހިމެނޭ އަޕްގްރޭޑްކުރެވިފައިވާ ސިރީގެ ފީޗަރތައް ނެރުމަށް “ހީ...

އަޙްމަދު ދާއޫދު
ވައިޓް ހައުސް ކައިރީގައި ސީކްރެޓް ސާވިސްއިން މީހެއްގެ ގަޔަށް ބަޑި ޖަހައިފި

ވައިޓް ހައުސް ކައިރީގައި ސީކްރެޓް ސާވިސްއިން މީހެއްގެ ގަޔަށް ބަޑި ޖަހައިފި

އާދީއްތަ ދުވަހުގެ މެންދަމުގެ ފަހުން ވައިޓް ހައުސް ކައިރީގައި ހަތިޔާރެއް ހިފައިގެންހުރި މީހަކަށް ޔޫ.އެސް. ސީކްރެޓް ސަރވިސްގެ އޮފިސަރުން ބަޑިޖަހައިފި ކަމަށް އެ އޭޖެންސީގެ ފަރާތުން ކަށަވަރުކޮށްދީފިއެވެ. ސީކްރެޓް ސަރވިސްގެ ތަރުޖަމާނު އެންތޯނީ ގުގްލިއެލްމީ ބުނިގޮތުގައި މި ޙާދިސާ ހިނގީ މާރޗް 9 ވަނަ ދުވަހުގެ މެންދަމުގެ ފަހު 12 ގައި ވައިޓް ހައުސްގެ އައިޒެންހަވަރ އެގްޒެކެޓިވް އޮފީސް ޢިމާރާތުގެ ހުޅަނގު އުތުރު ކަންމަތީގައެވެ. ހޮނިހިރު ދުވަހު އިންޑިއާނާގެ ޕޮލިސް ޑިޕާޓްމަންޓުން ބުނީ، އަމިއްލަ ފުރާނައަށް ގެއް...

އަޙްމަދު ދާއޫދު
ފްރާންސުން ޔުކްރެއިނަށް 211 މިލިއަން ޑޮލަރުގެ އަސްކަރީ އެހީދެނީ

ފްރާންސުން ޔުކްރެއިނަށް 211 މިލިއަން ޑޮލަރުގެ އަސްކަރީ އެހީދެނީ

ފްރާންސުން ޔުކްރެއިނަށް 211 މިލިއަން ޑޮލަރުގެ އަސްކަރީ އެހީދޭން ނިންމައިފިއެވެ. ފްރާންސްގެ ދިފާއީ ވަޒީރު ސެބަސްޓިއަން ލެކޯނު ވިދާޅުވީ ފްރާންސްއިން ޔުކްރެއިނަށް 195 މިލިއަން ޔޫރޯ (211 މިލިއަން ޑޮލަރު) ގެ ސަލާމަތީ އަސްކަރީ އެހީ ފޯރުކޮށްދޭން ނިންމައިފައިވާއިރު، މި އެހީ ފޯރުކޮށްދެނީ ރަޝިޔާގެ ހިފެހެއްޓިފައިވާ އެސެޓްތަކުން ލިބޭ އިންޓަރެސްޓް ބޭނުންކޮށްގެން ކަމަށެވެ. ހޮނިހިރު ދުވަހު ފްރެންޗް ނޫސް “ލަ ޓްރިބިއުން” އަށް ދެއްވި އިންޓަވިއުއެއްގައި ލެކޯނު ވިދާޅުވީ، މި އެހީ ޕެކޭޖު މެދުވެރިކޮށް 155-އެމްއެމް އާޓ...

އަޙްމަދު ދާއޫދު
ހިޔާ އަލިނޫރު ޤުރުއާން މުބާރާތް ފަށައިފި

ހިޔާ އަލިނޫރު ޤުރުއާން މުބާރާތް ފަށައިފި

ހޯރަފުށި އިންޓެގްރޭޓެޑް ޔޫތު އެޑްވާންސްމެންޓް އެސޯސިއޭޝަން (ހިޔާ) ޖަމިއްޔާއިން އިންތިޒާމް ކޮށްގެން ބާއްވާ “ހިޔާ އަލިނޫރު ޤުރުއާން މުބާރާތް 1446” ފަށައިފިއެވެ. މި މުބާރާތުގައި ވާދަކުރަނީ ހޯރަފުށީ ދާއިރާގައި ހިމެނޭ ތިން ރަށް ކަމަށްވާ، ހޯރަފުށި، ތުރާކުނު އަދި އުލިގަމުގެ ދަރިވަރުންނަށެވެ. މުބާރާތުގައި ހޯރަފުށީހެ 40 ދަރިވަރުން ވާދަކުރާއިރު، ތުރާކުނުން 10 ބައިވެރިން އަދި އުލިގަމުން 10 ބައިވެރިން ވާދަކުރެއެވެ. މުބާރާތުގައި ހިމެނެނީ ހަތަރު އުމުރުފުރާއެކެވެ. އެއީ 4 އަހަރާއި 6 އަހަރާއި ދެމެދު، 7 އަހަރާއި...

އިބްރާހިމް ޚަލީލް
ފްލެޓް ލިސްޓާ ގުޅިގެން އެމްޑީޕީން ދެއްކީ އަސްލެއްނެތް ވާހަކަތަކެއް: ގެދޮރުވެރިކަމާބެހޭ ވުޒާރާ

ފްލެޓް ލިސްޓާ ގުޅިގެން އެމްޑީޕީން ދެއްކީ އަސްލެއްނެތް ވާހަކަތަކެއް: ގެދޮރުވެރިކަމާބެހޭ ވުޒާރާ

“ގެދޮރުވެރިޔާ” ސްކީމްގެ ދަށުން 4,000 ފްލެޓް ލިބޭ ފަރާތްތަކުގެ އަލަށް އާންމުކުރެވުނު ލިސްޓާ ގުޅިގެން ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ދެއްކި ވާހަކަތަކަކީ އެއްވެސް އަސްލެއްނެތް، ރައްޔިތުންނަށް އޮޅުވާލުމަށް ދެއްކި ވާހަކަތަކެއްކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވުޒާރާއިން މިއަދު ބުނެފިއެވެ. އެ ވުޒާރާއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ވަނީ އެމްޑީޕީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްކި ވާހަކަތައް ދޮގުކޮށްފައެވެ. މި ބަޔާނުގައި ވުޒާރާއިން ފާހަގަކޮށް...

ޔުމްނާ ޢަލީ
މިލަންދޫއަށް ޑްރަގް އެތެރެކުރަން އުޅުނުކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރު

މިލަންދޫއަށް ޑްރަގް އެތެރެކުރަން އުޅުނުކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރު

ށ. މިލަންދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނުކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ ކުޅުދުއްފުށި ސިޓީން ފުރައިގެން ޑިންގީއެއްގައި ދަތުރުކުރަމުންދާ ބަޔަކު ށ. މިލަންދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ. މާރިޗު 5 ވަނަ ދުވަހު މިލަންދޫ ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި މަސްތުވާތަކެތި ކަމަށްބެލޭ އެއްޗެހި އަޅާފައި ހުރި ރަބަރު ޕެކެޓްތަކަކާއެކު ދެ މީހަކު ހައ...

ޔުމްނާ ޢަލީ