ކުޅުދުއްފުށީ ސިޓީ ކައުންސިލުން ރަށުގެ ނޫރު މިސްކިތުގެ އިރުމަތީގައި ތަރައްޤީ ކުރި އައު ޕާކިންޒޯން ހުޅުވައިފިއެވެ.

ކުޅުދުއްފުށީ ޓްރެފިކް މައްސަލަތަކަށް ހައްލެއް ގެނެސް މިސްކިތަށް އަންނަ ފަރާތްތަކަށް ފަސޭޭހަކަމާއެކު ޕާކު ކޮށް، މަގުގައި ހިނގާބިގާވާ މީހުންނަށާއި އެއްގަމު އުޅަނދުފަހަރު ދުއްވުމަށް ފަސޭހަ ގޮތްތަކެއް ހޯދުމަށް ގާއިމް ކުރި މި ޕާކިންޒޯނަކީ، ޖާގައިގެ ދަތިކަމެއް ނުވާނެހެން ވަރަށް ފުޅާކޮށް ހަދާފައިވާ ޕާކިންޒޯނެކެވެ.

Ad
rt

ޕާކިންޒޯން ބިނާކުރުމަށްޓަކައި ކައުންސިލުން ވަނީ ނޫރު މިސްކިތުގެ އިރުމަތިން އިންވެގެން އޮތް 4 ގޯތި އެހެން ސަރަހައްދަކަށް ބަދަލުކޮށްފައެވެ.

ކުޅުދުއްފުށީ ނޫރު މިސްކިތުގެ އިރުމަތީގައި ތަރައްޤީ ކުރި އައު ޕާކިންޒޯން، ފޮޓޯ: ސިޓީ ކައުންސިލް

މީގެ އިތުރުން ޕާކިންޒޯނުގެ ތަޅުން އެޅުމުގެ އަމަލީ މަސައްކަތްތައް ކޮށްދެއްވާފައި ވަނީ އާރު.ޑީ.ސީ ކުޅުދުއްފުށީ ސައިޓްގެ މުވައްޒަފުންނެވެ. މި ވެދިން އެހީއަށް ސިޓީ ކައުންސިލުން ވަނީ ކުންފުނީގެ އިސްރަށްވެހިންނަށާއި މުވައްޒަފުންނަށް ހާއްސަ ޝުކުރެއް ދަންނަވާފައެވެ.

މިސްކިތްތައް ހިމެނޭ ސަރަހައްދުތަކުގައި ޕާކު ކުރާނެ ޖާގައިގެ ދަތިކަން ހައްލު ކުރުމުގެ ގޮތުން ރަށުގައި ހުންނަ ޖަމާއަތު މިސްކިތުގައިވެސް ވަނީ މިދިޔަ ހަފްތާ ޕާކިންޒޯނެއް ތަރައްޤީ ކޮށްފައެވެ.