ޗައިނާއިން ސައުތު ޗައިނާ ކަނޑުގައި އަސްކަރީ ތަމްރީނުތަކެއް
ޗައިނާއިން ސައުތު ޗައިނާ ކަނޑުގައި އަސްކަރީ މަޝްޤުތަކެއް ހިންގައިފިއެވެ. ޗައިނާގެ އަސްކަރިއްޔާއިން މިތަމްރީނުތައް ހިންގައިފައިވާއިރު، ފިލިޕީންސްއަށް އިންޒާރުދީ، “ޗައިނާ ރުޅިއެރުވުމުގެ” ޢަމަލުތަކުން ދުރުހެލިވުމަށް ވަނީ ގޮވާލައިފައެވެ. ޗައިނާގެ ޕީޕަލްސް ލިބަރޭޝަން އާމީގެ ސަދަން ތިއޭޓަރ ކޮމާންޑްގެ ޓިއަން ޖުންލީ ވިދާޅުވި ގޮތުގައި މި ތަމްރީނު ދަތުރުތައް ކުރިއަށް ގެންދިޔައީ ހުކުރު ދުވަހުއެވެ. އޭނާ ވިދާޅުވި ގޮތުގައި މި ދަތުރުތައް ކުރިއަށް ގެންދިޔައީ ފިލިޕީންސްއިން ސަރަޙައްދުން ބޭރުގެ ޤައުމުތަކާއެކު “ޖޮ...