މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ބ. އަތޮޅަށް (15:00 އިން 20:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ތިލަދުންގެ އަރުޝީފުން ހޯދުން

ފަހުގެ ހޯދުންތައް:
އޮރެންޖް ހިޔާގައި ހެދި ތެލެސީމިއާ ސެންޓަރު ސިއްހީ ވުޒާރާއާއި ހަވާލުކޮށްފި

އޮރެންޖް ހިޔާގައި ހެދި ތެލެސީމިއާ ސެންޓަރު ސިއްހީ ވުޒާރާއާއި ހަވާލުކޮށްފި

ރައީސުލްޖުމްހޫރިއްޔާ، ސިފައިންގެ އެންމެމަތީ ވެރިޔާ ޑރ.މުހައްމަދު މުއިއްޒު، ގައުމީ ހާއްސަ މަސައްކަތެއްގެ ގޮތުގައި ސިފައިންނާ ހަވާލުކުރައްވައިގެން ތެލެސީމިއާ ސެންޓަރު ހުޅުމާލޭ އޮރެންޖްހިޔާއަށް ބަދަލުކުރުމަށް ފެށި މަސައްކަތް ނިންމައި، މިއަދު ސިއްހަތާއި ބެހޭ ވުޒާރާއާއި ހަވާލުކޮށްފިއެވެ. މިކަން ހާމަކޮށް އެމްއެންޑީއެފުން މިއަދު ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ، ސިފައިންގެ އެންމެމަތީ ވެރިޔާ ޑރ. މުހައްމަދު މުއިއްޒު، ގައުމީ ހާއްސަ މަސައްކަތެއްގެ ގޮތުގައި ސިފައި...

އިބްރާހިމް ޚަލީލް
އާސެނަލް ކަޓުވާލައި ޕީއެސްޖީ ފައިނަލަށް

އާސެނަލް ކަޓުވާލައި ޕީއެސްޖީ ފައިނަލަށް

ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގެ ދެވަނަ ލެގުގެ މެޗު ވެސް ކާމިޔާބުކޮށް ޕީއެސްޖީން މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ. މި ދެ ޓީމް ބައްދަލުކުރި ސެމީ ފައިނަލުގެ ފުރަތަމަ ލެގުގެ މެޗު ކުރީ ހަފްތާގައި ކުޅުނީ އާސެނަލްގެ ދަނޑުގައެވެ. އެ މެޗު ޕީއެސްޖީ ކާމިޔާބުކުރީ 1-0 ގެ ނަތީޖާއިންނެވެ. ދެވަނަ ލެގުގެ މެޗު ރޭ ޕީއެސްޖީގެ ދަނޑުގައި ކުޅެފައިވާއިރު، ރޭ މެޗު ޕީއެސްޖީން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއިންނެވެ. ޕީއެސްޖީއަށް ފައިނަލުން ޖާގަ ލިބިފައިވަނީ 3-1 […]

އިބްރާހިމް ޚަލީލް
ކުޅުދުއްފުށީގައި އިމާރާތްކުރަން ފަށާފައިވާ 400 ހައުސިންގ ޔުނިޓުގެ މަސައްކަތް އަވަސްކޮށްދިނުމަށް އެދިއްޖެ

ކުޅުދުއްފުށީގައި އިމާރާތްކުރަން ފަށާފައިވާ 400 ހައުސިންގ ޔުނިޓުގެ މަސައްކަތް އަވަސްކޮށްދިނުމަށް އެދިއްޖެ

ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ ސްްޓޭޓް މިނިސްޓަރ ހަސަން ރަޝީދު އާއި އެ ވުޒާރާގެ ބައެއް އިސްވެރިންނާއި ބައްދަލުކުރައްވައިފިއެވެ. ހޯމަ ދުވަހު ބޭއްވި މި ބައްދަލުވުމުގައި ކުޅުދުއްފުށި ސިޓީގެ މޭޔަރ މުޙައްމަދު އާޠިފް އާއި ބައެއް ކައުންސިލަރުން ވަނީ ބައިވެރިވެވަޑައިގެންފައެވެ. ކުޅުދުއްފުށި ސިޓީ ކައުންސިލުން މައުލޫމާތު ހާމަކޮށްފައިވާ ގޮތުގައި މި ބައްދަލުވުމުގައި، ކުޅުދުއްފުށި ސިޓީގައި ސަރުކާރުން އިމާރާތްކުރަން ފަށާފައިވާ 400 ހައުސިންގ ޔުނިޓުގެ މަސަ...

އައިޝަތު އައިނީ އާމިރު
އިންޑިއާ އާ ދެކޮޅަށް ހަމަލާދިނުމަށް ޕާކިސްތާނު ސަރުކާރުން އެ ޤައުމުގެ ބާރުތަކަށް ހުއްދަދީފި

އިންޑިއާ އާ ދެކޮޅަށް ހަމަލާދިނުމަށް ޕާކިސްތާނު ސަރުކާރުން އެ ޤައުމުގެ ބާރުތަކަށް ހުއްދަދީފި

އިންޑިއާ އާ ދެކޮޅަށް ޙަމަލާދިނުމަށް ޕާކިސްތާނު ސަރުކާރުން އެ ޤައުމުގެ އަސްކަރިއްޔާއަށާއި ހަތިޔާރުއެޅި އެހެނިހެން ބާރުތަކަށް ހުއްދަދީފިއެވެ. އިންޑިއާއިން ޕާކިސްތާނަށާއި ޕާކިސްތާނުގެ ބެލުމުގެ ދަށުގައިވާ ސަރަޙައްދުތަކަށް ދިން މިސައިލް ޙަމަލާގައި މަދުވެގެން 26 އާންމު ރައްޔިތުން މަރުވެފައިވާ ކަމަށް ޕާކިސްތާނުން ވަނީ ބުނެފައެވެ. މި ޙަމަލާއަކީ “ޓެރަރިސްޓް ޙަމަލާއަކަށް” ދިން ޖަވާބެއްގެ ގޮތުގައި އިންޑިއާއިން ބުނެފައިވާއިރު، ޕާކިސްތާނުގެ ބަންޑާރަ ނައިބު މި ޙަމަލާ ސިފަކޮށްފައިވަނީ “އުދުވާނީ އަމަލެއް” އަދި...

އަޙްމަދު ދާއޫދު
ޣައްޒާގެ ރެސްޓޯރެންޓަކަށް ހަމަލާދީ 33 މީހުން ޝަހީދުކޮށްލައިފި

ޣައްޒާގެ ރެސްޓޯރެންޓަކަށް ހަމަލާދީ 33 މީހުން ޝަހީދުކޮށްލައިފި

ޣައްޒާ ސިޓީގެ އުތުރުގައި އޮންނަ ރިމާލް ސަރަަހައްދުގައި ހުރި ރެސްޓޯރަންޓަކާއި މާރުކޭޓަކަށް އިސްރާއީލުން ދިން ދެ ހަމަލާއެއްގައި ފަލަސްތީނުގެ މަދުވެގެން 33 ރައްޔިތުން ޝަހީދުވެ، އެތައް ބަޔަކަށް އަނިޔާވެއްޖެ ކަމަށް ހަމާސްގެ ބެލުމުގެ ދަށުން ހިންގާ ސިއްހީ ވުޒާރާއިން ބުދަ ދުވަހު ބުނެފިއެވެ. އަލް-ވަހުދާ މަގުގައި ހުރި ތައިލެންޑީ ރެސްޓޯރަންޓާއި ކައިރީގައި އޮތް މާރުކޭޓަށް ދިން މި ދެ ހަމަލާ އައިސްފައިވަނީ ގާތްގަނޑަކަށް އެއް ވަގުތެއްގައެވެ. މި ދެ ތަން ހުރީ ގާތްގަނޑަކަށް 100 މީޓަރު ދުރުގައެވެ. […]

އަޙްމަދު ދާއޫދު
އިންޑިއާ އާއި ޕާކިސްތާނާ ދެމެދު މެދުވެރިއެއްގެ ރޯލް އަދާކުރުމަށް ތުރުކީ ތައްޔާރު

އިންޑިއާ އާއި ޕާކިސްތާނާ ދެމެދު މެދުވެރިއެއްގެ ރޯލް އަދާކުރުމަށް ތުރުކީ ތައްޔާރު

އިންޑިއާ އާއި ޕާކިސްތާނުގެ މެދުގައި އޮތް ގުޅުން ރަނގަޅުކުރުމަށް ވާހަކަ ދެއްކުމަށް މެދުވެރިއެއްގެ ރޯލް އަދާކުރުމަށް ތުރުކީ ތައްޔާރަށް އޮތްކަމަށް އުރުދުޣާން ވިދާޅުވެއްޖެއެވެ. ތުރުކީގެ ރައީސް ރަޖަބް ޠައްޔިބު އުރުދުޣާން ވަނީ ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފްއާ ފޯނުން ވާހަކަދައްކަވައި، އިންޑިއާ އާއި ޕާކިސްތާނުގެ މެދުގައި އޮތް ގުޅުން ރަނގަޅުކުރުމަށް ތުރުކީން “އެންމެ މަތީ ދަރަޖައަކަށް” މަސައްކަތްކުރާނެ ކަމަށް ވިދާޅުވެފައެވެ. މި ވާހަކަފުޅުތައް ދައްކަވާފައިވަނީ ބުދަ ދުވަހުއެވެ. ތުރުކީގެ ކޮމިއުނިކޭޝ...

އަޙްމަދު ދާއޫދު
ކުޅުދުއްފުށީގައި ބާއްވާ ފޮޓޯގްރަފީ ވޯކްޝޮޕްގެ ރެޖިސްޓްރޭޝަނަށް ހުޅުވާލައިފި

ކުޅުދުއްފުށީގައި ބާއްވާ ފޮޓޯގްރަފީ ވޯކްޝޮޕްގެ ރެޖިސްޓްރޭޝަނަށް ހުޅުވާލައިފި

ކުޅުދުއްފުށީ ސިޓީގައި ބާއްވާ “ބޭސިކް ފޮޓޯގްރަފީ ވޯކްޝޮޕް” ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި ވޯކްޝޮޕަކީ އިންފިނިކާ އެކަޑަމީއާއި ކުޅުދުއްފުށި ސިޓީ ކައުންސިލް ގުޅިގެން ކުރިއަށްގެންދާ ވޯކްޝޮޕެކެވެ. މިމަހު 21 އިން 24 އަށް ކުޅުދުއްފުށި ސިޓީގައި ބާއްވަން ހަމަޖެހިފައިވާ މި ވޯކްޝޮޕުގައި ފޮޓޯގްރަފީއަށް ޝައުގުވެރިވާ 15 އަހަރުން މަތީގެ ކޮންމެ މީހަކަށްވެސް ހިލޭ ބައިވެރިވެވޭނެކަމަށް އިންފިނިކާ އެކަޑަމީ އިން ހިއްސާކޮށްފައިވާ އިއުލާނުގައިވެއެވެ. އެގޮތުން މި ވޯކްޝޮޕުގައި ކިޔަވައިދެވޭނެ މުހިންމު ބ...

އައިޝަތު އައިނީ އާމިރު
ޝުޖާޢު ފުލުހުންގެ ޚިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރައްވައިފި

ޝުޖާޢު ފުލުހުންގެ ޚިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރައްވައިފި

ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު ފުލުހުންގެ ޚިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރައްވައިފިއެވެ. މިކަމަށްޓަކައި މިއަދު އިސްކަންދަރު ބިލްޑިންގގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދާޚިލީ ސަލާމަތާއި ފަންނިންޔަތާ ބެހޭ ވަޒީރު އަލީ އިހުސާންއެވެ. މި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއީލް ނަވީން، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ، ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި ކޮމިޝަންޑް އޮފިސަރުންގެ އިތުރުން ކޮމިޝަނަރގެ އާއިލާ މެމްބަރުން ބައިވެރިވެލެއްވިއެވެ...

ޔުމްނާ ޢަލީ
ޔުނެސްކޯގެ އެހީގައި ތަރިކައިގެ ދާއިރާއިން ތަމްރީނު ފުރުޞަތުތައް ހޯދުމަށް މަޝްވަރާކޮށްފި

ޔުނެސްކޯގެ އެހީގައި ތަރިކައިގެ ދާއިރާއިން ތަމްރީނު ފުރުޞަތުތައް ހޯދުމަށް މަޝްވަރާކޮށްފި

ޔުނެސްކޯގެ އެހީގައި ދިވެހިރާއްޖެއަށް ތަރިކައިގެ ދާއިރާއިން ތަމްރީނު ފުރުޞަތުތައް ހޯދުމަށް މަޝްވަރާކޮށްފިއެވެ. މި މަޝްވަރާ ކޮށްފައި ވަނީ މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ ޔުނެސްކޯ ދެކުނު އޭޝިއާގެ ކަލްޗަރ ސެކްޓަރ، ޗީފް ޖުންހީ ހަންއާ މިއަދު ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމާއެކު ކުރިއަށް ގެންދެވި ބައްދަލުކުރެއްވުމުގައެވެ. ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން މައުލޫމާތުދީފައިވާ ގޮތުގައި މި ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ހިރިގަލު މިސްކިތްތައް ޔުނެސްކޯ...

އައިޝަތު އައިނީ އާމިރު
ޗައިނާއިން އިންޑިއާގެ ހަމަލާ ސިފަކުރީ "ހިތާމަވެރި" ކަމެއްގެ ގޮތުގައި، ގޮވާލީ ސުލްހަވުމަށް

ޗައިނާއިން އިންޑިއާގެ ހަމަލާ ސިފަކުރީ "ހިތާމަވެރި" ކަމެއްގެ ގޮތުގައި، ގޮވާލީ ސުލްހަވުމަށް

އިންޑިއާ އިން “އޮޕަރޭޝަން ސިންދޫރު” ގެ ނަމުގައި، ޕާކިސްތާނާއި ޕާކިސްތާނުގެ ބެލުމުގެ ދަށުގައިވާ ކަޝްމީރުގެ 9 ސަރަޙައްދަކަށް ރޭ ދިން މިސައިލް ހަމަލާ “ހިތާމަވެރި” ކަމެއްގެ ގޮތުގައި ސިފަކޮށް، ދެފަރާތުންވެސް ހަމަޖެހުމަށް ޗައިނާއިން ގޮވައިލައިފިއެވެ. ޗައިނާގެ ޚާރިޖިއްޔާ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، މިއަދު ފަތިހު އިންޑިއާއިން ހިންގި ސިފައިންގެ އޮޕަރޭޝަނަކީ ހިތާމަވެރި ކަމެއްކަމުގައި ޗައިނާއިން ދެކޭކަމަށެވެ. އަދި މިހާރު ކުރިއަށްދާ ހާލަތާމެދު ކަންބޮޑުވާކަމަށެވެ. “އިންޑިއާއާއި ޕާކިސްތާނަކީ...

ޔުމްނާ ޢަލީ
މާލޭގެ ގެއެއްގެ ފާޚާނާ ތެރޭ މީހަކު ނިޔާވެފައި އޮއްވާ ފެނިއްޖެ

މާލޭގެ ގެއެއްގެ ފާޚާނާ ތެރޭ މީހަކު ނިޔާވެފައި އޮއްވާ ފެނިއްޖެ

މާލޭގެ ގެއެއްގެ ފާޚާނާ ތެރޭ މީހަކު ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ. ފުލުހުން ބުނީ މާލޭގެ ހެންވޭރުގައި ހުންނަ ގެއެއްގެ ފާޚާނާތެރެއިން ނިޔާވެފައި އޮތް މީހަކު ފެނިގެން ހަރަކާތްތެރިވަމުން އަންނަކަމަށެވެ. އޭނާ ނިޔާވެފައި އޮއްވާ ފެނުނީ އެ ގޭގެ ހަތަރު ވަނަ ފަންގިފިލާގައި ހުންނަ އެޕާޓްމަންޓެއްގެ ފާޚާނާ ތެރެއިންނެވެ. ނިޔާވެފައި އޮއްވާ ފެނުނީ އުމުރުން 46 އަހަރުގެ އަބުދުﷲ މުފީދު، ގ.ލަންކާ/މާލެ އެވެ. މި ހާދިސާ އާއި ގުޅޭ އިތުރު ތަފްސީލެއް އަދި ނުލިބެއެވެ.

ޔުމްނާ ޢަލީ
ތަމްރީނު ހަދަން ގޮސްހުއްޓައި ހާލުދެރަވި ޕޮލިސް ކޮންސްޓަބްލް ނިޔާވެއްޖެ

ތަމްރީނު ހަދަން ގޮސްހުއްޓައި ހާލުދެރަވި ޕޮލިސް ކޮންސްޓަބްލް ނިޔާވެއްޖެ

ދ. ވާނީގައި ތަމްރީނު ހަދަން ގޮސްހުއްޓާ ހާލު ދެރަވެގެން މާލެ ގެނެސް ފަރުވާދެމުން ދިޔަ، ޕޮލިސް ކޮންސްޓަބަލް ޙުސައިން ގާއިސް (34އ) މިއަދު ނިޔާވެއްޖެއެވެ. ޕޮލިސް ކޮންސްޓަބަލް ޙުސައިން ގާއިސް (34އ) އަކީ ދ. ވާނީގައި ހުންނަ ޕޮލިސް ޓްރެއިނިންގ ސެންޓަރުގައި ކުރިއަށްދާ 40 ވަނަ ޕޮލިސް އިނީޝިއަލް ޓްރެއިނިންގ ކޯހުގައި ތަމްރީން ހަދަމުން ދިޔަ ދަރިވަރެކެވެ. އޭނާގެ ހާލު ކުއްލިއަކަށް ދެރަވެގެން މާލެ ގެންނަންޖެހުމާއި ގުޅިގެން ފުލުހުން އެދުވަހު ބުނީ، 4 މެއި 2025 ވަނަ […]

ޔުމްނާ ޢަލީ
އޯއައިސީގެ އެސްޖީ ރައީސް މުޢިއްޒު އާއި ބައްދަލުކުރަށްވައިފި

އޯއައިސީގެ އެސްޖީ ރައީސް މުޢިއްޒު އާއި ބައްދަލުކުރަށްވައިފި

އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ސެކްރެޓަރީ ޖެނެރަލް، ހިސެން ބްރާހިމް ޠާހާ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އާއި މިއަދު ބައްދަލު ކުރައްވައިފިއެވެ. ރައީސް އޮފީހުން ބުނިގޮތުގައި މިއަދު މެންދުރު ރައީސް އޮފީހުގައި އޮތް މި ބައްދަލުވުމުގައި ރައީސް މުޢިއްޒު ވަނީ އޯ.އައި.ސީއިން ރާއްޖެއަށް ދެއްވަމުން ގެންދަވާ އެއްބާރުލެއްވުމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި އެ ޖަމްޢިއްޔާގެ ހަރުދަނާ ލީޑަރޝިޕަށްވެސް ތަޢުރީފު ކުރައްވާފައިވެއެވެ. އޯ.އައި.ސީގެ ސެކްރެޓަރީ ޖެނެރަލް ހިސެން ބްރާހިމް ޠާހާ...

ޔުމްނާ ޢަލީ
ބަޖެޓާއި ގުޅިގެން ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ކަންބޮޑުވުން ހިއްސާކޮށްފި

ބަޖެޓާއި ގުޅިގެން ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ކަންބޮޑުވުން ހިއްސާކޮށްފި

ކުޅުދުއްފުށި ސިޓީ ކައުންސިލުން ސިޓީތަކާއި އިދާރީ ދާއިރާތަކާ ބެހޭ ވުޒާރާގެ ވަޒީރު، އާދަމް ޝަރީފް އުމަރާއި ބައްދަލުކުރައްވައިފިއެވެ. މި ހަފްތާގެ ހޯމަ ދުވަހު ބޭއްވި މި ބައްދަލުވުމުގައި ކުޅުދުއްފުށި ސިޓީގެ މޭޔަރ މުޙައްމަދު އާޠިފް އާއި ބައެއް ކައުންސިލަރުން ވަނީ ބައިވެރިވެވަޑައިގެންފައެވެ. ކުޅުދުއްފުށި ސިޓީ ކައުންސިލުން މައުލޫމާތު ހާމަކޮށްފައިވާ ގޮތުގައި މި ބައްދަލުވުމުގައި، 2024 ވަނަ އަހަރު ދައުލަތުގެ ބަޖެޓުގައި ކުޅުދުއްފުއްޓަށް ހިިމެނިފައިވާ މަޝްރޫޢުތައް 2025 ވަނަ އަހަރު ބަޖެޓުން ފެންނަން ނެތުމުގެ...

އައިޝަތު އައިނީ އާމިރު
އިސްލާމިކް ފައިނޭންސްގެ މައި މާލީ މަރުކަޒަކަށް ރާއްޖެ ހެދުމަކީ އަމާޒެއް: ރައީސް

އިސްލާމިކް ފައިނޭންސްގެ މައި މާލީ މަރުކަޒަކަށް ރާއްޖެ ހެދުމަކީ އަމާޒެއް: ރައީސް

އިސްލާމިކް ފައިނޭންސްގެ މައި މާލީ މަރުކަޒަކަށް ދިވެހިރާއްޖެ ހެދުމަކީ މި ސަރުކާރުގެ އަމާޒެއްކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މުޢިއްޒު މިފަދައިން ވިދާޅުވީ، މަރުކަޒީ ބޭންކް، އެމްއެމްއޭގެ މޯލްޑިވްސް އިސްލާމިކް ސޯޝަލް ފައިނޭންސް އިނީޝިއެޓިވް އިފްތިތާހް ކުރުމަށް މިއަރު ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މި ސަރުކާރުގެ ތަސައްވުރަކީ ޑިޖިޓަލް އިޤްތިޞާދީ ބަދަލަކުން ހަކަތަ ލިބިފައިވާ، އިސްލާމިކް...

ޔުމްނާ ޢަލީ