އެމްއެމްއޭ އިން މޯލްޑިވްސް އިސްލާމިކް ސޯޝަލް ފައިނޭންސް އިނީޝިއޭޓިވް ލޯންޗްކޮށްފި
މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން، މޯލްޑިވްސް އިސްލާމިކް ސޯޝަލް ފައިނޭންސް އިނީޝިއޭޓިވް (އެމްއައިއެސްއެފްއައި) މިއަދު ލޯންޗްކޮށްފިއެވެ. މި އިނީޝިއޭޓިވް އިފްތިތާޙުކޮށްދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ. އަދި މާލީ ދާއިރާއާއި ސަރުކާރުގެ އިސްވެރިން މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ. އެމްއެމްއޭއިން ބުނިގޮތުގައި މިއީ އިސްލާމިކް ސޯޝަލް ފައިނޭންސް ޤައުމީ ބޭންކިންގ އޮނިގަނޑަށް އެއްކޮށްލުމަށް އެޅުނު ފާހަގަކޮށްލެވޭ ފިޔަވަޅެކެވެ. މި ރަސްމިއްޔާތުގައި ރައީސް ޑ...