ކަރަންޓް ފޯރުކޮށްދިނުމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލާއެކު އެއްބަސްވުމެއްގައި ސޮއިކުރުން އަވަސްކޮށްދޭން އެދިއްޖެ
ކުޅުދުއްފުށި ސިޓީ ކައުންސިލުން މި ހަފްތާ ވުޒާރާތަކުގެ އިސްވެރިންނާއި ކުރެއްވި ބައްދަލުވުންތަކުގެ ތެރެއިން ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އަދި ޗީފް އޮޕަރޭޓިން އޮފިސަރ އާއި ބައްދަލުކުރައްވައިިފިއެވެ. މި ހަފްތާގެ ބުދަ ދުވަހު މިނިސްޓްރީގައި ކުރެއްވި މި ބަައްދަލުމުގައި ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ މޭޔަރ މުޙައްމަދު އާޠިފް އާއި ކައުންސިލުގެ ބައެއް މެންބަރުން ބައިވެރިވެޑައިގެންފައިވެއެވެ. ސިޓީ ކައުންސިލުން މައުލޫމާތު ދިންގޮތުގައި އެންމެ މުހިންމު ކަމެއްގެ ގޮތުގައި މި ބައްދަލުވ...