ރިޕޯޓް ލޯފަން ހައްޖުވެރިއެއްގެ ޝުޢޫރު: އެންމެ އުފާވަނީ އަމިއްލަ ފައިސާއިން ހައްޖަށް ދެވުމުން ޙައްޖުގެ އަޅުކަމަކީ އިސްލާމް ދީނުގެ މައިގަނޑު އެއް ރުކުނެވެ. މި މަތިވެރި ދީނުގައި ކުޅަދާނަކަން ލިބިގެންވާ މީހާ ޢުމުރުން އެއް ފަހަރު ޙައްޖު ވުމަކީ ވާޖިބެކެވެ. މިއަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ދުނިޔޭގެ އެކިކަންކޮޅުތަކުގެ މުސްލިމުން މިހާރު ވަނީ މާތްވެގެންވާ މައްކާ އަށް ޖަމާވެފައެވެ. ޙައްޖުގެ އަޅުކަމުގެ މައިގަނޑު މަރުކަޒަކީ މައްކާގައި ހުންނަ ކަޢުބާ އެވެ. ﷲ ގެ ގެފުޅެވެ. އެއީ ﷲ ގެ އަޅަކު ﷲ ރުއްސެވުން ހޯއްދެވުމަށްޓަކައި ދިރިއުޅުއްވި އިސްލާމީ ގޮތް ހަނދާން […] ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ރާއްޖެ އޮސްޓްރޭލިއާއިން ރާއްޖެއަށް އަސްކަރީ ކަނޑު އުޅަނދެއް އޮސްޓްރޭލިއާ ސަރުކާރުން ދިވެހިރާއްޖެއަށް އަސްކަރީ ކަނޑު އުޅަނދެއް ހަދިޔާކުރުމަށް ނިންމައިފިއެވެ. އޮސްޓްރޭލިއާގެ ބޮޑުވަޒީރުގެ ނައިބު އަދި ޑިފެންސް މިނިސްޓަރު ރިޗާޑް މާލްސް މިއަދު ވަނީ ރާއްޖެއަށް ރަސްމީ ދަތުރުފުޅެއްގައި ޒިޔާރަތް ކުރަށްވާފައެވެ. މި ނިންމުން އިއުލާނުކުރެއްވީ މި ޒިޔާރަތުގެ ތެރެއިން މުހިންމު މަޝްވަރާތަކަކަށްފަހު ރާއްޖޭގެ ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫނާއި އޮސްޓްރޭލިއާގެ ބޮޑުވަޒީރުގެ ނައިބު މިއަދު ދެއްވި ޚާއްސަ ޖޮއިންޓް ސްޓޭޓްމަންޓެއްގައެވެ. މި ސްޓޭޓްމަންޓް ދެއްވަމުން އޮސްޓްރ... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު މުރައިދޫއިން ތިލައުތުރު ވޮލީ މުބާރާތުގެ ތަށި ދިފާއުކޮށްފި ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލުން އިންތިޒާމުކޮށްގެން ހއ.އަތޮޅު ރަށްތަކަށް ހުޅުވާލައިގެން، ހޯރަފުށީގައި ބޭއްވި “ތިލައުތުރު އަންހެން ވޮލީ މުބާރާތް 2025” ގެ ތަށި މުރައިދޫއިން ދިފާއުކޮށްފިއެވެ. ރޭ ހޯރަފުށީ ވޮލީ ކޯޓްގައި ކުޅުނު ފައިނަލު މެޗުގައި ބައްދަލުކުރީ މުރައިދޫއާއި އިހަވަންދޫއެވެ. މުރައިދޫއިން ފައިނަލު މެޗު ކާމިޔާބު ކޮށްފައި ވަނީ 3 ސެޓް 1 ސެޓުންނެވެ. މިއީ މި މުބާރާތުގެ ބޭއްވި ދެވަނަ ފަހަރެވެ. ފުރަތަމަ މުބާރާތް މިދިޔަ އަހަރު ބާއްވާފައި ވަނީ މުރައިދޫގައެވެ. އެ މުބާރާތުގައި ވެސް […] އިބްރާހިމް ޚަލީލް · 1 އަހަރު ކުރިން
ބައިނަލްއަގުވާމީ މޯދީ ޖުލައި މަހު ރާއްޖެ ވަޑައިގަންނަވާނެ: އިންޑިއާގެ މީޑިއާ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އަންނަ މަހު ދިވެހިރާއްޖެއަށް ކުރައްވާ ދަތުރުފުޅަށް ތައްޔާރީތައް ފަށާފައިވާކަމަށް އިންޑިއާގެ މީޑިއާއިން ރިޕޯޓްކޮށްފިއެވެ. މިއީ 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހު ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރު އައުމަށްފަހު ބޮޑުވަޒީރު މޯދީ ދިވެހިރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުކަން ފާހަގަކޮށް އިންޑިއާގެ ”ވިއޮން” ނޫހުގައި ބުނެފައިވާ ގޮތުގައި މިދަތުރުފުޅު ކުރިއަށްދާނީ ދެ ޤައުމުގެ ދެމެދުގައި ޑިޕްލޮމެޓިކް ގުޅުން ޤާއިމުކުރެވުނުތާ 60 އަހަރު ފުރޭ މުނާސަބަތާއި ގުޅިގެން... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ވާހަކަ ސިލްސިލާ ވާހަކަ: ފުރާނައިން ލޯބިވަމޭ (21) ކުރީ ދުވަހުގެ އަދަދާއި ގުޅޭ: ” ތިހެން އަހަންނަށް ނުބަލާ ކިތައް ދުވަސް ވަންދެން ހުރެވޭނެ؟” މަރިޔަމް އެހިއެވެ. އެއީ މީގެ ކުރިން ދުވަހަކު ވެސް ހަސަންއަށް އިވުނު އަޑެއް ނޫނެވެ. އެ އަޑުގައިވާ މޮޅިވެރިކަމާއި ހިތްދަތިކަން، ހަސަންގެ ހިތުގެ އެންމެ ފުނަށް ފޯރައިފިއެވެ. ” ސާޔާ ނިދިފައި އޮތިއްޔާ ބާއްވާފަ އާދޭ.” މޮޅިވެރި އަޑަކުން ހަސަން ބުންޏެވެ. ހަސަން އެހެން ބުނުމާއެކު މަރިޔަމް އަވަސް އަވަހަށް ގެއާ ދިމާލަށް ހިނގައިގަތެވެ. ހަސަންއަށް މަރިޔަމްއާ ދިމާލަށް ބަލައިލެވުނީ […] ސަލާމާ ޢަބްދުލް ޢަލީމް · 1 އަހަރު ކުރިން
ބައިނަލްއަގުވާމީ ކާބޯތަކެތި ހޯދަން ގޮސްތިބި ފަލަސްތީނު 32 މީހަކު ޝަހީދުކޮށްލައިފި ޣައްޒާގައި އެހީ ފޯރުކޮށްދޭ ތަންތަނުގައި ކާބޯތަކެއްޗަށް އިންތިޒާރުކުރަމުންދިޔަ ފަލަސްތީނު މީހުންގެ ގަޔަށް އިސްރާއީލުގެ ޖައްބާރު ސިފައިން ބަޑިޖެހުމުން ފަަލަސްތީނުގެ 32 މީހަކު ޝަހީދުވެ 200 އަށް ވުރެ ގިނަ މީހުން ޒަޚަމްވެއްޖެއެވެ. އިސްރާއީލް ސިފައިން ވަނީ ޣައްޒާގައި އެހީ ބަހަމުން ދިޔަ ދެ ތަނަކަށް އެއްވެފައިވާ ފަލަސްތީނުގެ މީހުންނަށް އަމާޒުކޮށް ޓޭންކަރުތައް ބޭނުންކޮށްގެން ހަމަލާދީފައެވެ. އާދީއްތަ ދުވަހުގެ ހެނދުނު ޣައްޒާގެ ދެކުނުގައިވާ ރަފާހުގައި އެހީ ބެހުމުގެ ސަރަހައްދެއްގައި އެއްވެފައިވާ އެތައް ހާސް... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ރާއްޖެ ބަންގްލަދޭޝް މީހަކަށް ވަޅިން ހަމަލާދީ ޒަޚަމްކޮށްލައިފި މާލޭގައި ބަންގްލަދޭޝް މީހަކަށް ވަޅިން ހަމަލާދީ ރޭ ޒަޚަމްކޮށްލައިފިއެވެ. ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދިންގޮތުގައި، މި މާރާމާރީ ހިނގާފައިވަނީ ޝަހީދު ކުޑަނޭވި ތުއްތު މަނިކު ހިނގުމުގައެވެ. މި ހާދިސާ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ރޭ މެންދަމުން އަނބުރާ 3:10 އާއި ހާއިރުއެވެ. މި ހަމަލާގައި އަނިޔާ ލިބިފައިވަނީ ބަންގްލަދޭޝްގެ ފިރިހެނަކަށެވެ. އެމީހާ އަށް އައި.ޖީ.އެމް ހޮސްޕިޓަލްގައި އަންނަނީ ފަރުވާދެމުންނެވެ. އަނިޔާ ލިބުނު މީހާގެ ޙާލަތާ ބެހޭ އިތުރު މަޢުލޫމާތެއް މި ވަގުތު ލިބިފައެއް ނުވެއެވެ. މި މައްސ... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ބައިނަލްއަގުވާމީ އިންޑިއާގައި ކޮވިޑް ކޭސްތައް މައްޗަށް، އެންމެ ބާރަށް ފެތުރެނީ ކެރެލާގައި އަވަށްޓެރި އިންޑިއާގައި ކޮވިޑްގެ ކޭސްތައް އިތުރުވެ، ދެ މަރު ރިޕޯޓްކޮށްފިއެވެ. އިންޑިއާގެ މީޑިއާއިން ބުނާގޮތުގައި އެ ޤައުމުގައި އެކްޓިވް ކޭސްތަކުގެ ޢަދަދު 3،700 އަށްވުރެ ވަނީ މަތިވެފައެވެ. މިއީ މަސްތަކެއް ފަހުން ފެނުނު ފުރަތަމަ ފާހަގަކުރެވޭ އިތުރުވުމެވެ. އިންޑިއާގެ މިނިސްޓްރީ އޮފް ހެލްތު އެންޑް ފެމިލީ ވެލްފެއަރ (އެމްއޯއެޗްއެފްޑަބްލިއު) ގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 360 އަށްވުރެ ގިނަ އައު އިންފެކްޝަންތައް ރިޕޯޓު ކޮށްފައިވެއެވެ. އާދީއްތަ ދުވަހުގެ ނިޔަލަށް،... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކުޅުދުއްފުށީގެ ފެނުގެ ޚިދުމަތް އިޔާދަ ކުރަނިވި ހަކަތައަށްބަދަލުކުމުގެ މަޝްރޫޢުއެއް ކުޅުދުއްފުށި ސިޓީގައި ފެން އުފައްދާ ނިޒާމަށް ބޭނުންވާ ހުރިހާ ހަކަތައެއް އިރުގެ ހަކަތައަށް ބަދަލުކުރުމަށްޓަކައި މާލެ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމް.ޑަބްލިޔު.އެސް.ސީ) އާއި ޖަޕާންގެ ކެނެޑޭވިއާ ކޯޕަރޭޝަން އާއި ދެމެދު އެއްބަސްވުމެއްގަައި ސޮއި ކޮށްފިއެވެ. މިއަދު މީރުމާ މާލަމުގައި ބޭއްވި ރަސްމިއްޔާތުގައި މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް އެއްބަސްވުމުގައި އެމް.ޑަބްލިޔު.އެސް.ސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުލް މަތީން މުހައްމަދެވެ. އަދި ކެނެޑޭވިއާ ކޯޕަރޭޝަންގެ ފަރާތ... އައިޝަތު އައިނީ އާމިރު · 1 އަހަރު ކުރިން
ރާއްޖެ ބަންޑާރަ ކޮށީގައި މީހަކު ނިޔާވި މައްސަލަ ފުލުހުން ބަލަނީ ބަންޑާރަ ކޮށީގައި ދިވެހި ފިރިހެނަކު ނިޔާވެފައިވާ މައްސަލައެއް ތަޙުޤީޤު ކުރަމުން އަންނަކަމަށް ފުލުހުން ބުނެފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދިންގޮތުގައި، މި މައްސަލަ ފުލުހުންނަށް ރިޕޯޓުކުރެވުނީ މިރޭގެ ވަގުތެއްގައެވެ. ނިޔާވި ފަރާތަކީ އުމުރުން 35 އަހަރުގެ ދިވެހި ފިރިހެނެއްކަން ފުލުހުން ވަނީ ކަށަވަރުކޮށްދެއްވާފައެވެ. ނަމަވެސް، މި ވަގުތަށް އިތުރު މަޢުލޫމާތެއް ހާމަކުރައްވާފައެއް ނުވެއެވެ. ބަންޑާރަކޮށްޓަކީ ސިފައިންގެ މައި މަރުކަޒު ހުންނަ ތަނެވެ. ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ވިޔަފާރި ކަރަންޓް ކެނޑެން މެދުވެރިވި ސަބަބު ދެނަގަނެ މައުލޫމާތު އާންމު ކުރާނަން: ފަހުމީ މިއަދު ގްރޭޓަރ މާލެ އިންޓަރކަނެކްޝަން ގްރިޑަށް ކުރިމަތިވި މައްސަލައިގެ ސަބަބުން މާލެ އާއި ހުޅުމާލެއަށް ކަރަންޓު ކެނޑުނު ހާދިސާއާ ގުޅޭ މަޢުލޫމާތު ދެނެގަނެ ފަހުން އާންމުކުރާނެ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ. ފަހުމީ ވިދާޅުވީ، ގްރޭޓަރ މާލެ އިންޓަރކަނެކްޝަން ގްރިޑަށް ކުރިމަތިވެފައިވާ މައްސަލަ މިހާރު ވަނީ ހައްލުކުރެވި، މާލެ އާއި ހުޅުމާލެއަށް ކަރަންޓުގެ ޚިދުމަތް އަލުން ފޯރުކޮށްދެވިފައި ކަމަށެވެ. އަދި ފަހުމީ ވަނީ ކަރަންޓު އ... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
މަޖިލިސް މަޖިލީހުގެ ދެވަނަ ދައުރުގެ ފުރަތަމަ ޖަލްސާ މާދަމާ ރައްޔިތުންގެ މަޖިލީހުގެ މި 2025 ވަނަ އަހަރުގެ ދެވަނަ ދައުރުގެ ފުރަތަަމަ ޖަލްސާ މާދަމާ އަށް ތާވަލުކޮށްފިއެވެ. މާދަމާ ހެނދުނު 9:00 ގައި ފަށާ މި ޖަލްސާގެ އެޖެންޑާގައި އެންމެ މުހިންމު މައްސަލައެއްގެ ގޮތުގައި އޮތީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ޢައްޔަންކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ނަންފުޅުތައް ދިރާސާކޮށް ގޮތެއް ނިންމުމަށް އެ މައްސަލައާއި ގުޅޭ ދާއިމީ ކޮމިޓީއަށް ފޮނުވުމުގެ މައްސަލަ އެވެ. މީގެ އިތުރުން ނޭޕާލާއި، އަޔަރލޭންޑާއި އަދި ޔުކްރޭނަށް ނޮން-ރެސިޑެ... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ރާއްޖެ މާލޭގެ ހުރިހާ ސަރަހައްދަކަށް ކަރަންޓް ދީފި މާލޭގެ ހުރިހާ ސަރަހައްދަކަށް މިހާރު ވަނީ ކަރަންޓް ދެވިފައިކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ބުނެފިއެވެ. ސްޓެލްކޯއިން ބުނި ގޮތުގައި ހުޅުމާލޭ ރުއްގަނޑު 1 ސަރަހައްދުގައި ބަހައްޓާފައިވާ ޓްރާންސްފޯމަރ އެއް ފިޔަވައިޔަވައި އެހެން ހުރިހާ ޓްރާންސްފޯމަރ އެއް މިހާރު ވަނީ އެނަރޖައިޒް ކުރެވިފައެވެ. މި ޓްރާންސްފޯމަރ ހުރި ސަރަހައްދު ފިޔަވައި އެހެން ސަރަހައްދުތަކުގައި ކަރަންޓް ނުލިބޭ ކަސްޓަމަރެއް ހުރިނަމަ އަލުގަނޑުމެންގެ އިމަރޖެންސީ ނަންބަރު 104 އަށް ގުޅުއްވުން އެދޭ ކަމަށް ސްޓެލްކޯއި... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ވިޔަފާރި މާލޭގެ ބޮޑު ބަޔަކަށް ކަރަންޓް ދީފި މާލޭގެ ބޮޑު ބަޔަކަށް ކަރަންޓް ދެވިފައިވާކަމަށް ސްޓެލްކޯއިން ބުނެފިއެވެ. އެ ކުންފުނިން ބުނީ އިތުރު ސަރަހައްދުތަކަށް ކަރަންޓް ދިނުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށެވެ. ޓެކްނިކަލް މައްސަލައެއް ދިމާވެ މާލެ އާއި ހުޅުމާލެއާއި ހުޅުލެ ހިމެނޭހެން ކަރަންޓް ކެނޑުނީ މިއަދު މެންދުރު 12:45 ހާއިރުއެވެ. މިކަމާގުޅޭ މައުލޫމާތު ދިނުމުގެ ނޫސްވެރިންގެ ބައްދަލުވުމެއް 15:30 ގައި ބާއްވަން ސްޓެލްކޯއިން ވަނީ ނިންމާފައެވެ. ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ރާއްޖެ ވީއައިއޭ އަށް ކަރަންޓް ދީފި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) އަށް ކަރަންޓު އަލުން ފުރިހަމައަށް ލިބިފައިވާކަމަށް އެ އެއާޕޯޓް ހިންގާ އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފިއެވެ. އެމްއޭސީއެލުން ބުނިގޮތުގައި މިއަދު މެންދުރުފަހު 2:05 ގައި ވީއައިއޭ އަށް އަލުން ކަރަންޓު ވަނީ ލިބިފައެވެ. އެމްއޭސީއެލުން ބުނީ ކުރިން، މާލެ ސަރަޙައްދުގައި ދިމާވި ކަރަންޓު ކެނޑުމުގެ މައްސަލައިގެ ސަބަބުން އެއަރޕޯޓަށްވެސް އޭގެ އަސަރުކުރި ކަމަށެވެ. އެއީ މައި ކަރަންޓު ވިއުގަ އަކީ އެމްއޭސީއެލްގެ އަމިއްލަ ކަރަންޓު އުފެއްދުމުގެ ނިޒާމ... ޔުމްނާ ޢަލީ · 1 އަހަރު ކުރިން