ބަންޑާރަ ކޮށީގައި ދިވެހި ފިރިހެނަކު ނިޔާވެފައިވާ މައްސަލައެއް ތަޙުޤީޤު ކުރަމުން އަންނަކަމަށް ފުލުހުން ބުނެފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދިންގޮތުގައި، މި މައްސަލަ ފުލުހުންނަށް ރިޕޯޓުކުރެވުނީ މިރޭގެ ވަގުތެއްގައެވެ.

Ad
rt

ނިޔާވި ފަރާތަކީ އުމުރުން 35 އަހަރުގެ ދިވެހި ފިރިހެނެއްކަން ފުލުހުން ވަނީ ކަށަވަރުކޮށްދެއްވާފައެވެ. ނަމަވެސް، މި ވަގުތަށް އިތުރު މަޢުލޫމާތެއް ހާމަކުރައްވާފައެއް ނުވެއެވެ.

ބަންޑާރަކޮށްޓަކީ ސިފައިންގެ މައި މަރުކަޒު ހުންނަ ތަނެވެ.