ތިލަދުންމަތީ ޚަބަރު ކޭއާރުއެޗުގައި ލެޕްރޮސްކޮޕިކް ހަރނިޔާ ސާޖަރީއެއް ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފި ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް (ކޭއާރްއެޗް) ގެ ސާޖަރީ ޑިޕާޓްމަންޓުން އޭޕްރީލް މަހު ލެޕްރޮސްކޮޕިކް ޓްރާންސްއެބްޑޮމިނަލް ޕްރީޕެރިޓޮނިއަލް ރިޕެއަރ (ޓީއޭޕީޕީ) އެއް ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފައިވާ ކަމަށް އެ ހޮސްޕިޓަލުން ހާމަކޮށްފިއެވެ. އެގޮތުން މި ސާޖަރީއަކީ ކަނާތްފަރާތުގެ އިންޑައިރެކްޓް އިންގުއިނަލް ހަރނިޔާއަށް ކުރެވުނު ސާޖަރީއެކެވެ. އަދި މި ސާޖަރީ ކުރިއަށް ގެންދިޔައީ ކޭއާރްއެޗްގެ ސާޖަރީ ޓީމުން އެކަނި ކަމަށް ހޮސްޕިޓަލުން ބުނެފައިވެއެވެ. ކޭއާރްއެޗުން ބުނެފައިވަނީ މި ސާޖަރީ އަކީ ހޮސްޕިޓަލަށ... އައިޝަތު އައިނީ އާމިރު · 1 އަހަރު ކުރިން
ރާއްޖެ ސަމާލުވޭ! ފޮޓޯ އެބަހުއްޓޭކިޔާފައި ޓެލެގްރާމުން ފޮނުވަނީ ފިޝިންގ ލިންކްތަކެއް ޓެލެގްރާމް މެދުވެރިކޮށް ދައުރުވަމުންދާ ނުރައްކާތެރި ފިޝިންގ ލިންކްތަކަކާ ގުޅޭގޮތުން ސަމާލުވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުގެ ސައިބަރ ކްރައިމް ޑިޕާޓްމަންޓުން އެދިއްްޖެއެވެ. މިކަމާ ބެހޭގޮތުން ސައިބަރ ކްރައިމް ޑިޕާޓްމަންޓް އިން ބުނީ، މި ލިންކްތަކަކީ އަމިއްލަ ފޮޓޯތަކާއި މަޢުލޫމާތު އެބަހުރިކަމަށް ކަމަށް ބުނެ މީހުންގެ އަމިއްލަ މަޢުލޫމާތު ހޯދުމަށް ސްކޭމަރުން ބޭނުންކުރަމުންދާ ވަސީލަތެއް ކަމަށެވެ. އަދި މިފަދަ ލިންކްތަކަށް ނުފިއްތުމަށާއި، އެހެން ފަރާތްތަކާ ހިއްސާނުކުރުމަށް އަދި ވަގުތުން ރިޕޯޓްކުރުމަށް ރަ... އައިޝަތު އައިނީ އާމިރު · 1 އަހަރު ކުރިން
ރާއްޖެ މާމިގިލީގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި އެރަށު ބަޔަކު ހައްޔަރުކޮށްފި މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ޑްރަގް އެންފޯސްމަންޓާއި އދ. އަތޮޅުގައި މަސައްކަތްކުރާ ފުލުހުންނާއި އިންޓެލިޖެންސް ގުޅިގެން މާމިގިލީގައި ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ފަސް މީހަކު ހައްޔަރުކޮށްފިއެވެ. ޖޫން މަހުގެ 2 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކުރެވުނު ފަރާތްތަކުގެ ތެރޭގައި އދ. މާމިގިލި/ ރީފްސައިޑް، ރިސްވާން އިބްރާހިމް (30އ) އާއި އދ. މާމިގިލި / ވިލެޖް، އަޙްމަދު ފިރުޝާން (28އ) އާއި އދ. މާމިގިލި / ރޯޅި، މުޙައްމަދު ޝަހުދު (27އ) އާއ... އަލީ އާދިލް · 1 އަހަރު ކުރިން
ކޮލަމް ދުނިޔޭގެ އެންމެ ބޮޑު ފިނިކުރާ ނިޒާމާއެކު ޙާޖީންނަށް ފިނިކަން ކުރިއަށް އޮތް ޙައްޖު ދުވަސްތަކަށް ތައްޔާރުވުމުގެ ގޮތުން މައްކާގެ މަސްޖިދުލް ޙަރަމުގައި ދުނިޔޭގެ އެންމެ ބޮޑު ފިނިކުރާ ނިޒާމު (އެއަރކޮންޑިޝަން) ބޭނުންކުރަން ފަށައިފި އެވެ. މަސްޖިދުލް ޙަރަމާއި މަސްޖިދުއް ނަބަވީގެ ކަންތައްތަކާ ބެހޭ ހަރަމައިން އިން ހާމަކުރިގޮތުގައި، މި ނިޒާމަކީ 155،000 ޓަނުގެ ފިނިކުރުމުގެ ޤާބިލުކަން ލިބިފައިވާ ނިޒާމެކެވެ. މި ނިޒާމު ޤާއިމުކުރެވިފައިވަނީ ދެ މައި މަރުކަޒެއްގެ މައްޗަށެވެ. މީގެ ތެރެއިން ޝާމިޔާ ސްޓޭޝަނުން 120،000 ޓަނާއި އަޖިޔާދު ސްޓޭޝަނުން 35،000 ޓަނުގެ ފިނިކުރުމުގެ ޤާބިލު... އިބްރާހިމް އަސްވާޤް · 1 އަހަރު ކުރިން
ބައިނަލްއަގުވާމީ ޖީ7 ސަމިޓަށް މޯދީއަށް ދަޢުވަތު ނުފޮނުވަން ކެނެޑާއިން ނިންމައިފި ދުނިޔޭގެ ހަތަރުވަނައަށް އެންމެ ބޮޑު އިގްތިސާދު އޮތް ގައުމު، އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް މިއަހަރުގެ ޖީ7 ސަމިޓަށް ދަޢުވަތު ނުފޮނުވަން ކެނެޑާއިން ނިންމައިފިއެވެ. މިއީ 2019 ވަނަ އަހަރުން ފެށިގެން އިންޑިއާ މި ސަމިޓުގައި ބައިވެރިނުވާ ފުރަތަމަ ފަހަރެވެ. ސަމިޓަށް ދަޢުވަތު ހޯދުމަށް އިންޑިއާގެ ބޮޑުވަޒީރުގެ ފަރާތުން އެތައް މަސައްކަތްތަކެއް ކުރެއްވިކަމަށް އަޑު ފެތުރިފައިވެ އެވެ. މީގެ ތެރޭގައި އެސް. ޖައިޝަންކަރު ސަމިޓުގެ އެންމެ ފަހުގެ ވަގުތުތަކުގައިވެސް ކެނެޑާއާއެކު ގުޅުން ރަނގަޅުކުރުމަށް މަސައ... އަލީ އާދިލް · 1 އަހަރު ކުރިން
ވިޔަފާރި މިދިޔަ މަހުގެ ބިލު ތައްޔާރު ކުރީ އަގުހެޔޮ ޓެރިފް ރޭޓުގައި: ސްޓެލްކޯ މިދިޔަ މެއި މަހުގެ ކަރަންޓު ބިލްތައް ތައްޔާރުކޮށްފައިވަނީ އަގުހެޔޮކޮށްފައިވާ އައު ޓެރިފް ރޭޓްތަކަށް ކަމަށް ސްޓެލްކޯއިން މިއަދު ހާމަކޮށްފިއެވެ. މިއީ ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ނިންމެވުމާ އެއްގޮތަށް ގެނެވުނު ބަދަލެއްކަމަށް އެ ކުންފުނިން ބުނެފައިވެއެވެ. ސްޓެލްކޯއިން މައުލޫމާތު ދެމުން ބުނީ، މި ބަދަލާއެކު ކަރަންޓު ބިލް ދެއްކުމަށް ރައްޔިތުން ކުރާ ހޭދަ ކުޑަވެގެންދާނެ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ފޮނުވާ ހުރިހާ ކަރަންޓު ބިލްތަކެއް ވެސް ތައްޔާރުކުރެވިގެން ދާނީ މި އައު ޓެރިފް ރޭޓްތަކަށް ކަމަށ... އިބްރާހިމް އަސްވާޤް · 1 އަހަރު ކުރިން
ވިޔަފާރި މާލީ އިދާރާއަކަށް ލައިސަންސް ދޫކުރާނީ ގާނޫނީ ހުރިހާ ކަމެއް ފުރިހަމަވުމުން: އެމްއެމްއޭ ރާއްޖޭގައި އޮޕަރޭޓުކުރުމަށް މާލީ އިދާރާއަކަށް ލައިސަންސް ދޫކުރާނީ ގާނޫނީ ގޮތުން ފުރިހަމަކުރަންޖެހޭ ހުރިހާ ކަމެއް ފުރިހަމަވުމުން ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ހާމަކޮށްފި އެވެ. އެމްއެމްއޭ އިން މިއަދު ނެރުނު ނޫސް ބަޔާނުގައި ބަޔާންކޮށްފައިވާ ގޮތުގައި، ބޭންކު ލައިސަންސް ދޫކުރުމުގައި އަމަލުކުރަނީ ތިން މަރުހަލާއަކަށެވެ. އެއީ ލައިސަންސް ނަގަން ބޭނުންވާ ފަރާތަށް މަޢުލޫމާތު ފޯރުކޮށްދިނުމާއި، ހުށަހެޅުން ވަޒަންކުރުމާއި، އަދި ލައިސަންސް ދިނުމުގެ މަރުހަލާއެވެ. ލައިސަންސްއަށް އެދ... އިބްރާހިމް އަސްވާޤް · 1 އަހަރު ކުރިން
ރާއްޖެ އދ.ގެ އާންމު މަޖިލީހުގެ 80 ވަނަ ސެޝަންގެ ނައިބު ރައީސްކަން ރާއްޖެ އަށް ދިވެހިރާއްޖެއިން އދ.ގެ އާންމު މަޖިލީހުގެ 80 ވަނަ ސެޝަންގެ ނައިބު ރައީސްކަމުގެ އިންތިޚާބީ ގޮނޑިއެއް ކާމިޔާބުކޮށްފިއެވެ. މި އިންތިޚާބު ބޭއްވީ ހޯމަ ދުވަހު ނިއުޔޯކުގައި ހުންނަ އދ.ގެ މައި މަރުކަޒުގައެވެ. އދ.ގެ އާންމު މަޖިލީހުގެ ކޮންމެ ސެޝަނަކަށް އޭޝިއާ ޕެސިފިކް ގުރޫޕުގެ ތެރެއިން ފަސް ނައިބު ރައީސުން އިންތިޚާބުކުރެއެވެ. މި މަޤާމަށް ދިވެހިރާއްޖެއިން ކުރިމަތިލީ މިދިޔަ އަހަރުގެ ޖަނަވަރީ މަހުގެ 22 ވަނަ ދުވަހުއެވެ. މި މަޤާމުގެ ދައުރަކީ އެއް އަހަރު ދުވަހެވެ. މި ކާމިޔާބީއާ ގުޅިގެން […] ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ވިޔަފާރި އެންމެ އުފާވެރި ދުވުން "އުރީދޫ ފަން ރަން" އަށް ތައްޔާރު؟ ރަޖިސްޓްރޭޝަނަށް ހުޅުވާލައިފި ރާއްޖޭގައި ބާއްވާ އެންމެ އުފާވެރި ދުވުން ކަމަށްވާ “އުރީދޫ ފަން ރަން 2025 އައްޑޫ ސިޓީ” ގައި ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މިފަހަރުގެ ފަން ރަން އޮންނާނީ ޖޫން މަހުގެ 27 ވަނަ ދުވަހު އައްޑޫ ސިޓީ މަރަދޫގައެވެ. މި ހަރަކާތުގައި ބައިވެރިވާ ފަރާތްތަކަށް ދެ ކިޓްގެ އޮޕްޝަނެއް އިޚްތިޔާރު ކުރެވޭނެއެވެ. އެގޮތުން 210 ރުފިޔާގެ ސްޓޭންޑަޑް ކިޓްގައި ފަން ރަން ޓީޝާޓާއި ރިސްޓްބޭންޑް ހިމެނޭއިރު، 110 ރުފިޔާގެ ފަން ކިޓްގައި ޓީޝާޓާއި ރިސްޓްބޭންޑުގެ އިތުރުން […] އިބްރާހިމް އަސްވާޤް · 1 އަހަރު ކުރިން
ރާއްޖެ އަންހެނުންނަށް ޚާއްޞަ ލޯނުގެ ދެވަނަ ފިޔަވަހި މި މަހު ފަށަނީ ވިޔަފާރީގެ ދާއިރާގައި އަންހެނުން ބާރުވެރިކުރުމަށް އަންހެނުންނަށް ޚާއްޞަކޮށް ދޫކުރާ “ފަށާ މަދަދު ލޯނު” ސްކީމްގެ ދެވަނަ ފިޔަވަހި މި މަހުގެ 15 ވަނަ ދުވަހު ފަށާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން މިއަދު ހާމަކޮށްފިއެވެ. އެސްޑީއެފްސީ އިން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، މި ލޯނު ސްކީމްގެ ދެވަނަ ފިޔަވަހީގެ އެޕްލިކޭޝަން ބަލައިގަތުން މި މަހުގެ 15 ވަނަ ދުވަހު ފަށައި، އަންނަ އޮގަސްޓް މަހުގެ 31 ވަނަ ދުވަހުގެ […] ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ރާއްޖެ ޙައްޖާޖީންނަށް ބޭނުންވާ ބޭހާއި ވެކްސިން ހިލޭ ލިބޭގޮތައް ހަމަޖައްސައިފި ދިވެހިން ޙައްޖަށް ދާން ޖަހާ ވެކްސިނާއި ބޭނުންވާ ބޭސް އަދި ޙައްޖަށް ގޮސް ތިބޭއިރު ޑޮކްޓަރަށް ދެއްކުމަށް ފަހު ނަގާ ބޭސް ވެސް ދެން ލިބޭނީ ހިލޭ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު އިޢުލާނުކުރައްވައިފިއެވެ. ރައީސް މުޢިއްޒު މިކަން އިޢުލާނުކުރެއްވީ މިއަދު ހަވީރު މައްކާގައި ދިވެހި ޙައްޖުވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ބައްދަލުވުމުގައި ރައީސް ވިދާޅުވީ މިއަދުން ފެށިގެން ޙައްޖާޖީންނަށް ބޭނުންވާ ބޭސް ހިލޭ ލިބޭނެ ކަމަށެވެ. މީގެ އިތުރުން، ކުރިއަށް އޮތް […] ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ރާއްޖެ ޙައްޖުގައި ތިބޭ މުއްދަތު 15 ދުވަހަށް ކުރުކޮށްލިކަމަށް ބުނާ ވާހަކަ ދޮގުކޮށްފި ޙައްޖުގައި ތިބޭ މުއްދަތު ސަރުކާރުން 15 ދުވަހަށް ކުރުކޮށްލިކަމަށް ބުނެ ދައްކަމުންދާ ވާހަކަތަކަކީ ޙަޤީޤަތާ ޚިލާފު ވާހަކަތަކެއްކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ. ވަޒީރު ޝަހީމް ވިދާޅުވީ، މިއަހަރުގެ ޙައްޖު ދަތުރުގައި 15 ދުވަހު ތިބޭ އެއްވެސް ބަޔަކު ނުތިބޭނެކަމަށް ޙައްޖު ކޯޕަރޭޝަނުން މަޢުލޫމާތު ދީފައިވާ ކަމަށެވެ. މިގޮތުން، އެއް ފްލައިޓްގައި ދާ ޙައްޖުވެރިން 18 ދުވަސް އަދި އަނެއް ތިން ފްލައިޓްގެ ޙައްޖުވެރިން 19 ދުވަހު […] ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ރާއްޖެ ގާޑިއަން ކްލާސް ޕެޓްރޯލް ބޯޓެއް އޮސްޓްރޭލިއާއިން ރާއްޖެއަށް ހަދިޔާކުރަނީ އޮސްޓްރޭލިއާ ސަރުކާރުން ދިވެހި އަސްކަރިއްޔާއަށް “ގާޑިއަން ކްލާސް” ޕެޓްރޯލް ބޯޓެއް ހަދިޔާކުރުމަށް ނިންމައިފިއެވެ. މި ކަން އިއުލާން ކުރައްވާފައިވަނީ މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅެއްގައި އޮސްޓްރޭލިއާގެ ބޮޑުވަޒީރުގެ ނައިބު އަދި ޑިފެންސް މިނިސްޓަރު ރިޗާޑް މާލްސްއެވެ. ބަންޑާރަ ކޮށީގައި ރާއްޖޭގެ ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫންއާއެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރިޗާޑް މާލްސް ވިދާޅުވި ގޮތުގައި މިހާރު ކުރިއަށްދަނީ އެ ބޯޓު ބަނުމުގެ މަސައްކަތެވެ. އަދި އަންނަ އަހަރު... އިބްރާހިމް އަސްވާޤް · 1 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ނޮޅިވަރަންފަރާއި ކުޅުދުއްފުށީގައި ޝޫޓްކުރި "ކަނބުލޮ" އޯގަސްޓް މަހު އަޅުވަނީ ހދ. ނޮޅިވަރަންފަރާއި ހދ. ކުޅުދުއްފުށި ސިޓީގައި ޝޫޓްކުރި “ކަނބުލޮ” މި އަހަރުގެ އޯގަސްޓް މަހު އަޅުވާނެ ކަމަށް އިޢުލާނުކޮށްފިއެވެ. ކިޑް ޕްރޮޑަކްޝަންއާއި ސެޓަރން ސްޓޫޑިއޯއިން ހުށަހަޅާ މި ފިލްމަކީ، ކުޑަކުދިންނަށާއި އަންހެނުންނަށް ހިމާޔަތާއި ރައްކާތެރިކަން ދޭންޖެހޭ ފަރާތްތަކުން އެމީހުންނަށް ދެމުންދާ އަނިޔާތަކަށް ކެތްކުރުމަށް މަޖުބޫރުކުރުވާ މައްސަލަތަކުގެ މައްޗަށް އަލިއަޅުވާލާފައިވާ ފިލްމެކެވެ. މި ފިލްމުގައި މުޖުތަމަޢުގައި އަބުރުވެރިންގެ ގޮތުގައި އުޅޭ މީހުން، ގޭތެރޭގައި ފޮރުވިގެން ތިބެ ކުޑަކުދިންނަށް ކ... އަލީ އާދިލް · 1 އަހަރު ކުރިން
ރިޕޯޓް ލޯފަން ހައްޖުވެރިއެއްގެ ޝުޢޫރު: އެންމެ އުފާވަނީ އަމިއްލަ ފައިސާއިން ހައްޖަށް ދެވުމުން ޙައްޖުގެ އަޅުކަމަކީ އިސްލާމް ދީނުގެ މައިގަނޑު އެއް ރުކުނެވެ. މި މަތިވެރި ދީނުގައި ކުޅަދާނަކަން ލިބިގެންވާ މީހާ ޢުމުރުން އެއް ފަހަރު ޙައްޖު ވުމަކީ ވާޖިބެކެވެ. މިއަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ދުނިޔޭގެ އެކިކަންކޮޅުތަކުގެ މުސްލިމުން މިހާރު ވަނީ މާތްވެގެންވާ މައްކާ އަށް ޖަމާވެފައެވެ. ޙައްޖުގެ އަޅުކަމުގެ މައިގަނޑު މަރުކަޒަކީ މައްކާގައި ހުންނަ ކަޢުބާ އެވެ. ﷲ ގެ ގެފުޅެވެ. އެއީ ﷲ ގެ އަޅަކު ﷲ ރުއްސެވުން ހޯއްދެވުމަށްޓަކައި ދިރިއުޅުއްވި އިސްލާމީ ގޮތް ހަނދާން […] ޔުމްނާ ޢަލީ · 1 އަހަރު ކުރިން