ރާއްޖެ ''އިހަވަންދޫ ސްކޭމެއްގައި ނުޖެހޭނެ'' ޕްރޮގްރާމް މިރޭ ހއ. އިހަވަންދޫގައި ބާއްވާ ހޭލުންތެރިކަމުގެ ޕްރޮގްރާމް، “އިހަވަންދޫ ސްކޭމެއްގައި ނުޖެހޭނެ” މިރޭ އޮންނާނެކަމަށް އިހަވަންދޫ ކައުންސިލުން ބުނެފިއެވެ. “އިހަވަންދޫ ސްކޭމެއްގައި ނުޖެހޭނެ” ޕްރޮގްރާމަކީ ހއ.އަތޮޅު ކައުންސިލާއި ހއ.ދިއްދޫ ޕޮލިސް ސްޓޭޝަން ގުޅިގެން ރައްޔިތުން ހޭލުންތެރިކުރުމުގެ ގޮތުން އިހަވަންދޫގައި ހިންގާ ހާއްސަ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ މަގުސަދަކީ ވިލުންވެރި މުޖުތަމައެއް ބިނާކުރުމާއި، މަސްތުވާތަކެތިން ސަލާމަތްވެފައިވާ މުޖުތަމައެއް ބިނާކުރުންކަމަށް އިހަވަންދޫ ކައުންސިލުން ވަނީ ބުނެފައެ... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ކުޅިވަރު ކްލަބް ވޯލްޑް ކަޕް ފެށި މެޗުގައި މެސީގެ އިންޓަ މަޔާމީއާއި އަލް އަހްލީ އެއްވަރު ފީފާ ކްލަބް ވޯލްޑް ކަޕް ފެށި މެޗުގައި، އާޖެންޓީނާގެ ތަރި ލައޮނަލް މެސީ ކުޅެމުން އަންނަ އިންޓަ މަޔާމީއާއި އެފްރިކާގެ ޗެމްޕިއަން އަލް އަހްލީ ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ. ރޭ މަޔާމީގެ ހާޑްރޮކް ސްޓޭޑިއަމްގައި ކުޅުނު މި މެޗު އެއްވަރުވެފައި ވަނީ 0-0 ގެ ނަތީޖާއިންނެވެ. ފީފާއިން އިންތިޒާމް ކޮށްގެން މުޅިން އައު ފޯމެޓަކަށް ކުރިއަށް ގެންދާ ކްލަބް ވޯލްޑް ކަޕުގައި ޖުމްލަ 32 ޓީމް އަންނަނީ ވާދަކުރެއެވެ. ރޭ މެޗުގެ ފުރަތަމަ ހާފުގައި އަލް އަހްލީގެ […] އިބްރާހިމް ޚަލީލް · 1 އަހަރު ކުރިން
ވާހަކަ ސިލްސިލާ ވާހަކަ: ފުރާނައިން ލޯބިވަމޭ (24) ކުރީގެ އަދަދާއި ގުޅޭ: ” އޭ ރައު. ދެން މަށަށް ވެސް ޝައްކު ކުރަނީތަ؟ ސާބަސް.” އަފްޒާ ބުންޏެވެ. ” މި ވަރުން ދަންޏާ އަދި މަގޭ މޮޔަވާނެ ކަންނޭނގެ.” އެނދުމަތީ އިށީންނަމުން ރައުދާ ބުންޏެވެ. ” ދެން ތި ވާހަކަ ބާއްވާ. ސާމިހްގެ މަންމަމެން ކޮން ދުވަހަކުންތަ އަންނަނީ؟” އަފްޒާ އެހިއެވެ. އެއާއެކު އަނެއްކާ ވެސް ރައުދާގެ މޫޑު ހަރާބު ވެއްޖެއެވެ. އެނދު ހުރަހަށް ވެއްޓިގަންނަމުން ރައުދާ މޫނުމައްޗަށް ވައްތަރެއް ޖައްސާލިއެވެ. ” މާދަމާ ކަންނޭނގެ. […] ސަލާމާ ޢަބްދުލް ޢަލީމް · 1 އަހަރު ކުރިން
ބައިނަލްއަގުވާމީ އީރާނުން އިސްރާއީލަށް ވަރުގަދަ ހަމަލާތަކެއް ދީފި އީރާނުން އިސްރާއީލްގެ މުހިންމު ސިޓީތަކަށް އައު ހަމަލާތަކެއް ރޭ ދީފިއެވެ. އީރާނުގެ ހަމަލާތައް ދީފައި ވަނީ އައު މިސައިލްތަކާއި ޑްރޯންތައް ބޭނުންކޮށްގެންނެވެ. އިސްރާއީލުން ވެސް ވަނީ ރޭ އީރާންގެ ވެރިރަށް ތެހެރާނަށް ބޮން އަޅާފައެވެ. މިއީ ފުރިހަމަ ހަނގުރާމައަކަށް ވެދާނެކަމުގެ ބިރުވެރިކަން އިތުރުވެފައިވާއިރު، މިއީ އިސްރާއީލުން ހުކުރު ދުވަހު އީރާނާ ދެކޮޅަށް ހަނގުރާމަ ފެށިފަހުން މި ހަމަލާތައް ދެމިގެންދިޔަ ތިންވަނަ ދުވަހެވެ. އިސްރާއީލުގެ މީޑިއާތަކުން ބުނާ ގޮތުގައި، ހޮނިހިރު ދުވަހުގެ ރޭ އާދީއްތަ ދުވަހުގެ ފ... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ބައިނަލްއަގުވާމީ އިސްރާއީލުގެ އިތުރު ''އެފް-35''ގެ ޖެޓެއް ވައްޓާލައިފިން: އީރާން އީރާންގެ ވައިގެ ދިފާޢީ ބާރުތަކުން އިސްރާއީލު އެފް-35 ފައިޓަރ ޖެޓެއް ވައްޓާލައިފައިވާކަމަށް އެ ޤައުމުން ބުނެފިއެވެ. އީރާނުން ބުނިގޮތުގައި މިއީ ހުކުރު ދުވަހު އިސްރާއީލުން އެ ޤައުމާ ދެކޮޅަށް ހަމަލާތައް ފެށިފަހުން އެ ޤައުމުގެ ދިފާއީ ބާރުތަކުން ވައްޓާލި އިސްރާއީލްގެ އެފް-35 ފައިޓަރ ޖެޓްގެ ތިން ވަނަ ޖެޓެވެ. އީރާނުގެ ސަރުކާރުގެ މީޑިއާއިން ބުނާ ގޮތުގައި، އެފް-35 ޖެޓްގެ ތިންވަނަ އުޅަނދު ވައްޓާލެވުނީ ހުޅަނގު އީރާނުގެ މަތިން ދަތުރުކުރަނިކޮށެވެ. އަދި އެ ޖެޓްގެ ޕައިލެޓް ޖެޓުން ބޭރަށް […] ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ބައިނަލްއަގުވާމީ އިސްރާއީލަށް ބޮޑު ފަނާކުރުވަނިވި ހަމަލާއެއް ދޭން ތައްޔާރު: އީރާން ރައްދުގައި އިސްރާއީލަށް ބޮޑު ފަނާކުރުވަނިވި ހަމަލާއެއް ދޭން ތައްޔާރުވެފައިވާކަމަށް އީރާންގެ ސަރުކާރު މީޑިއާއިން ބުނެފިއެވެ. އީރާނުގެ ގަޑިން މިރޭ 21:45 ހާއިރު އެގަމުގެ ސަރުކާރުގެ ޓީވީން ރިޕޯޓު ކުރި ގޮތުގައި އިސްރާއީލަށް އަމާޒުކޮށް އީރާނުން ދޭ “ބޮޑު އަދި ފަނާކުރުވަނިވި” ބަދަލުހިފުމުގެ ހަމަލާތަކެއް ގަޑިއިރުތަކެއްގެ ތެރޭގައި ދޭން ފަށާނެއެވެ. އީރާން ޓީވީން އެހެން ބުނިތާ މިހާރު ގަޑިއިރެއްވުމާއި ވަނީ ކައިރިވެފައެވެ. އީރާނާއި އިސްރާއީލުން މިސައިލްތަކާއި ވައިގެ ހަމަލާތައް ދެމެދުގައި ބަދަލުކުރަމުންދާއިރު،... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ބައިނަލްއަގުވާމީ ދުނިޔޭގެ އެންމެ ބޮޑު ގޭސް ފީލްޑަށް އިސްރާއީލުން ހަމަލާދިނުމުން ރޯވި އަލިފާން ކޮންޓްރޯލްކޮށްފި އީރާނުގެ ބުޝެހުރު ޕްރޮވިންސްގައި ހުންނަ ފަޖުރު ޖާމް ގޭސް ރިފައިނަރީ އާއި ސައުތު ޕާރސް ގޭސް ފީލްޑަށް އިސްރާއީލުން މިރޭ ދިން ހަމަލާގައި ރޯވި އަލިފާން ކޮންޓްރޯލްކުރެވިފައިވާކަމަށް އީރާނުން ބުނެފިއެވެ. އީރާނުގެ ހަކަތައިގެ ދާއިރާއަށް ވަރަށް މުހިންމު ގޭސް ފީލްޑަށް އިސްރާއީލުން ހަމަލާ ދީފައިވާ ކަމަށް މިރޭ އީރާނުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާއިރު، އީރާނުގެ ތެލުގެ މިނިސްޓްރީން ބުނެފައިވަނީ ބުޝެހުރު ޕްރޮވިންސްގައި ހުންނަ ފަޖުރު ޖާމް ގޭސް ރިފައިނަރީ އާއި ސައުތު ޕާރސް ގޭސް ފީލްޑްގައި އިސްރާއީލުން ހަމަލާދި... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ބައިނަލްއަގުވާމީ އިސްރާއީލުގެ އަނިޔާވެރިކަމާ ދެކޮޅަށް މުޅި އުއްމަތް މަސައްކަތްކުރަންޖެހޭ: ޕާކިސްތާން-އީރާން އިސްރާއީލުގެ އަނިޔާވެރިކަމާ ދެކޮޅަށް މުޅި ބައިނަލްއަގްވާމީ މުޖުތަމައު އާއި މުޅި އުއްމަތް މަސައްކަތްކުރަންޖެހޭކަމަށް އީރާނާއެކު އެއްބަސްވެފައިވާކަމަށް ޕާކިސްތާނުގެ ބޮޑު ވަޒީރު ޝެހެބާޒް ޝަރީފް ވިދާޅުވެއްޖެއެވެ. ޕާކިސްތާނުގެ ބޮޑު ވަޒީރު ޝެހެބާޒް ޝަރީފް ވިދާޅުވީ، މިއަދު އީރާނުގެ ރައީސް ޑރ. މަސްއޫދު ޕެޒެޝްކިއަންއާ ވާހަކަ ދެކެވުނުކަމަށެވެ. މިގޮތުން އިސްރާއީލުން އީރާނަށް އަނިޔާވެރި ގޮތުގައި ދިން ހަމަލާއާ ދެކޮޅަށް އީރާނުގެ އަޚުންނާއި އުޚުތުންނާއެކު ޕާކިސްތާނުން ދެމިތިބި ކަމަށާއި، އެއްބައިވަންތަކަން ފާޅު... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ހަނިމާދޫ އެއާޕޯޓް ނިމުމުން ފްލައިޓުތައް ޓާމިނަލާ ކައިރި ކުރެވޭނެ: މުބީން ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ މަސައްކަތް އެއްކޮށް ނިމުމުން އެ އެއާޕޯޓަށް ޖައްސާ ފްލައިޓުތައް ޓާމިނަލާ ކައިރި ކުރެވޭނެ ކަމަށް ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މުބީން ވިދާޅުވެއްޖެއެވެ. މުބީން މިހެން ވިދާޅުވީ ހަނިމާދޫއަށް ޖައްސާ ފްލައިޓުތައް ޓާމިނަލާ ކައިރި ނުވުމުގެ ސަބަބުން ވާރޭ ވެހޭ ދުވަސްތަކުގައި ފަސިންޖަރުންނަށް ދިމާވާ ދަތިތަކާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. ހަނިމާދޫ އެއާޕޯޓަށް ޖެއްސި ފްލައިޓަކުން ފޭބި ފަސިންޖަރުން ވާރެއާ ތެމިގެން ޓާމިނ... އަޙްމަދު ވަހީދު · 1 އަހަރު ކުރިން
ބައިނަލްއަގުވާމީ އިސްރާއީލަށް އަދަބުދިބުމަކީ އީރާންގެ ރައްޔިތުންގެ ހައްގުގައި ކުރަންޖެހޭކަމެއް، އެކަން ދެމިގެންދާނެ: އީރާން އީރާނުން އިސްރާއީލަށް ދިން ހަމަލާގެ ދެވަނަ ރާޅަށްފަހު، އިސްރާއީލަށް އަދަބު ދިނުމަކީ އީރާންގެ ޤައުމީ ޢިއްޒަތް އަލުން ޤާއިމުކުރުމަށާއި އެ ޤައުމުގެ ރައްޔިތުންގެ ޙައްޤުތައް ރައްކާތެރިކުރުމަށް ކޮންމެހެން އަޅަންޖެހޭ ފިޔަވަޅެއްކަމަށް އީރާނުން ބުނެފިއެވެ. ރައްދު ހަމަލާގެ ދެވަނަ ރާޅުގެ ގޮތުގައި އީރާނުން ވަނީ އިސްރާއީލަށް މިސައިލް ހަމަލާތަކެއް ދީފައެވެ. މި ހަމަލާތަކަށްފަހު އީރާނު ސަރުކާރުގެ ރަސްމީ ތަރުޖަމާނު ފާތިމާ މުހާޖަރާނީ ވިދާޅުވެފައިވަނީ ޒަޔޮނިސްޓް ވެރިކަމުގެ ޓެރަރިސްޓު އަދި އަނިޔާވެރި ޢަމަލުތަކަށް... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ރާއްޖެ އިމްރާންގެ ބޮޑު ތުހުމަތެއް، ވިދާޅުވީ ބަޔަކު ޑރ. މަޖީދު ޝަހީދުކޮށްލީކަމަށް ރާއްޖޭގެ ގިނަ ބަޔެއްގެ ލޯބި ހޯއްދެވި މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. އަބްދުލް މަޖީދު އަބްދުލްބާރީގެ މަރާ ގުޅުވައިގެން އަދާލަތު ޕާޓީގެ ރައީސް އަދި މިދިޔަ ސަރުކާރުގެ ދާޚިލީ ވަޒީރު ޝައިހު އިމްރާން އަބްދުﷲ މިއަދު ބޮޑު ތުހުމަތެއް ފެންމަތި ކުރައްވައިފި އެވެ. ޑރ. މަޖީދު އަވަހާރަވީ އުމުރުފުޅުން 55 އަހަރުގައި 22 މެއި 2018 ގައި ސްރީ ލަންކާގައި އެވެ. އެ މަރަށް މިހާރު ވަނީ ހަތް އަހަރުވެފައެވެ. ރާއްޖޭގައި ތަޢުލީމް ފެތުރުމުގައި ހާއްސަކޮށް ދީނީ، ޝަރުޢީ […] ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ރާއްޖެ ''މެނިންގޯކޮކަލް ބަލި ޖެހުނު މީހާއާ ދިމާވި އެއްވެސް މީހެއްގެ ކިބައިން ބަލީގެ އަލާމާތް ފެނިފައެއްނުވޭ'' ރާއްޖޭއިން އިންވޭސިވް މެނިންގޯކޮކަލް ބަލީގެ ކޭހެއް ފެނިފައިވާއިރު، ބަލި ޖެހުނު މީހާއާ ދިމާވި އެއްވެސް މީހެއްގެ ކިބައިން ބަލީގެ އަލާމާތެއް ފެނިފައިނުވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފިއެވެ. މި ބަލީގެ ކޭހެއް ފެނުނުކަން އެޗްޕީއޭއިން އާންމުކޮށް ބުނީ މިހުގެ 7 ވަނަ ދުވަހުއެވެ. އެނގިފައިވާގޮތުގައި އެއީ މެލޭޝިޔާ އަށް ދަތުރުކޮށްފައިވާ ޒުވާނެކެވެ. އިންވޭސިވް މެނިންގޯކޮކަލް ބަލީގެ ކޭސްއެއް ފެނުމާ ގުޅިގެން މައުލޫމާތު އެއްކޮށް، ކޮންޓެކްޓް ޓްރޭސިންގް ހަދާ، ހައި ރިސްކް ކޮންޓެކް... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ބައިނަލްއަގުވާމީ އާ އަސްކަރީ ވެރިންނާއެކު އީރާނުން އިސްރާއީލަށް ވަރުގަދަ ރައްދު ހަމަލާދިނުމަށް ވަގުތު ބޭނުންވޭ އީރާނުގެ އަސްކަރީ އިސްވެެރިން އިސްރާއީލުގެ ހަމަލާތަކުގައި ޝަހީދުކޮށްލާފައިވުމާއެކުއަސްކަރިއްޔާ އަށް އަލަށް ހަވާލުވި ވެރިންނާއެކު އީރާނުން އިސްރާއީލަށް ވަރުގަދަ ރައްދު ހަމަލާދިނުމަށް ވަގުތު ބޭނުންވާނެކަމަށް އަސްކަރީ އަދި ސިޔާސީ ދިރާސާވެރިއެއްކަމަށްވާ އެލިޖާ މެގްނިއަރ ބުނެފިއެވެ. އަސްކަރީ އަދި ސިޔާސީ ދިރާސާކުރާ އެލިޖާ މެގްނިއަރ އަލްޖަޒީރާ އަށް ދިން ބަސްދީގަތުމެއްގައި ބުނެފައިވާ ގޮތުގައި، އިސްރާއީލްގެ ހަމަލާތަކުގައި އީރާންގެ ގިނަ އަދަދެއްގެ އިސް އަސްކަރީ ވެރިން ޝަހީދުވެފައިވުމާއި ގުޅިގެން، އިސްރާއީ... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ބައިނަލްއަގުވާމީ ޒަޔަނިސްޓް ޔަހޫދީ ދައުލަތަށް "ނަރަކައިގެ ދޮރުތައް" ހުޅުވާލާ ކުޅި ސަމާ ދައްކާލާނަން: އިރާން އިސްރާއީލުން އީރާނަށް ދިން ވަރުގަދަ ވައިގެ ހަމަލާތަކުގެ ބަދަލުގައި، އެ ގައުމަށް “ނަރަކަ” ދައްކާލާނެ ކަމަށް އީރާނުގެ އާ ކޮމާންޑަރ އިން ޗީފް މޭޖަރ ޖެނެރަލް މުހައްމަދު ޕަކްޕޫރު ވިދާޅުވެއްޖެއެވެ. މިއީ އިސްރާއީލުގެ ހަމަލާތަކުގައި އީރާނުގެ ކުރީގެ ކޮމާންޑަރ އިން ޗީފް އާއި އެހެނިހެން އިސް އޮފިޝަލުން ޝަހީދުވުމާ ގުޅިގެން، އަސްކަރިއްޔާގެ އެންމެ އިސް މަގާމަށް އައްޔަންކުރެވުމަށްފަހު ދެއްވި ފުރަތަމަ މެސެޖެވެ. އިސްރާއީލުގެ ހަމަލާތަކުގައި އީރާނުގެ އަސްކަރީ އަދި ނިއުކްލިއަރ ސައިޓްތަކަށް ވަރުގަދަ ގެއްލުންތަކެއް ލ... އިބްރާހިމް އަސްވާޤް · 1 އަހަރު ކުރިން
ބައިނަލްއަގުވާމީ ޣައްޒާގެ ބޮޑު ބަޔަކުން އިންޓަނެޓް ކެނޑި ކުއްލި އެހީއަށް ހުރަސްއެޅިއްޖެ އިސްރާއީލުން ފަލަސްތީނުގެ ޣައްޒާ އަށް ދެމުންދާ ވަރުގަދަ ހަަމަލާތަކުގެ ސަބަބުން ޣައްޒާގެ ބޮޑު ބަޔަކުން އިންޓަނެޓްގެ ޚިދުމަތް މެދުކެނޑި ކުއްލި އެހީގެ މަސައްކަތަށް ހުރަސްއެޅިއްޖެއެވެ. އިސްރާއީލުން އީރާނަށް ހަމަލާދެމުންދާއިރު، ޣައްޒާއަށް ދެމުންދާ ގަދަފަދަ ހަމަލާތައް ހުއްޓާލާފައެއް ނުވެއެވެ. އިސްރާއީލްގެ ހަމަލާތަކުގައި މިއަދު ފަތިހުން ފެށިގެން މިހާތަނަށް މަދުވެގެން 44 ފަލަސްތީނުގެ ރައްޔިތުން ވަނީ ޝަހީދުކޮށްލާފައެވެ. ބައިނަލްއަގްވާމީ މީޑިއާގައި ރިޕޯޓްކޮށްފައިވާގޮތުގައި އިސްރާއީލުގެ ހަމަލާތަކާ ގުޅިގެން... ޔުމްނާ ޢަލީ · 1 އަހަރު ކުރިން