މައި ޚަބަރަށް ދިޔުމަށް

ތިލަދުންގެ އަރުޝީފުން ހޯދުން

ފަހުގެ ހޯދުންތައް:
ސްކޭމް އިތުރުވެފައިވާއިރު ސިމް ކާޑާ މެދު ވަރަށް ބޮޑަށް ފަރުވާތެރިވާން ޖެހޭ، ޒިންމާ ނަގަން ޖެހިދާނެ!

ސްކޭމް އިތުރުވެފައިވާއިރު ސިމް ކާޑާ މެދު ވަރަށް ބޮޑަށް ފަރުވާތެރިވާން ޖެހޭ، ޒިންމާ ނަގަން ޖެހިދާނެ!

ސިމް ކާޑާ މެދު ވަރަށް ބޮޑަށް ފަރުވާތެރިވާން ޖެހޭކަމަށާއި، އެ މެދުވެރިކޮށް ސްކޭމްތަކެއް ހިންގަމުންދާތީ އެކަމުގެ ޒިންމާ ނަގަން ޖެހިދާނެ ކަމަށް ފުލުހުންގެ އެންޓި-ސްކޭމް ސެންޓަރުން މިއަދު އާންމުންގެ ސަމާލުކަމަށް އެކަން ގެނެސް އަންގައިފިއެވެ. އެންޓި-ސްކޭމް ސެންޓަރުން ދެއްވި އިރުޝާދުތަކުގައި، ކޮންމެ ރައްޔިތަކުވެސް އެމީހެއްގެ ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާ ސިމް ކާޑުތައް ޔަގީންކުރުމަށް އަންގަވާފައިވެއެވެ. އަދި އެއްވެސް ސަބަބަކާ ހުރެ ބޭނުން ނުކުރާ ސިމް ކާޑެއް އޮތްނަމަ، އޭގެ ޚިދުމަތް ވަގުތުން ކަނޑާލުމަށ...

އިބްރާހިމް އަސްވާޤް
ހުކުރު ވަގުތު ފިހާރައެއްގެ ޓިނު ނަގައިގެން ވަދެ ވައްކަންކޮށްފި

ހުކުރު ވަގުތު ފިހާރައެއްގެ ޓިނު ނަގައިގެން ވަދެ ވައްކަންކޮށްފި

މާލޭގައި ހުންނަ އެމްޓީސީސީ ވިލިމާލެ ފެރީ ޓާމިނަލްގައި ހިންގާ ފިހާރައަކަށް ވަދެ ވައްކަމެއް ކޮށްފިކަމަށް ފުލުހުންނަށް ރިޕޯޓުކޮށްފިއެވެ. މި ވައްކަން ހިންގާފައިވަނީ ހުކުރު ނަމާދު ވަގުތު ފިހާރަ ބަންދުކޮށްފައި ހުއްޓާއެވެ. ވައްކަން ކުރި ފަރާތުން ފިހާރައަށް ވަދެފައިވަނީ ފިހާރައިގެ ޓިނު ނަގައިގެންކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ. ފުލުހުންގެ މަޢުލޫމާތު ދޭގޮތުގައި މި ވައްކަމުގައި ފިހާރައިން ފޯނަކާއި ފައިސާ ވަގަށް ގެންގޮސްފައިވެއެވެ. ނަމަވެސް ވަގަށް ގެންދިޔަ ތަކެތީގެ ޖުމްލަ އަގު އަދި ހާމަކޮށްފައެއް ނ...

އަލީ އާދިލް
ނަތަންޔާހޫ ގުޅި، އިންޑިއާގެ ކަންބޮޑުވުންތައް ހިއްސާކުރިން: މޯދީ

ނަތަންޔާހޫ ގުޅި، އިންޑިއާގެ ކަންބޮޑުވުންތައް ހިއްސާކުރިން: މޯދީ

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫގެ ފޯނު ކޯލެއް ލިބުނުކަމަށާއި، މެދުއިރުމަތީގެ ހާލަތާއި ގުޅިގެން އިންޑިއާގެ ކަންބޮޑުވުންތައް އޭނާ އާއި ހިއްސާކުރަށްވާފައިވާނެކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެއެވެ. އިސްރާއީލުން ފަލަސްތީނަށާއި، ލުބުނާން، ސީރިޔާ އަދި ޔަމަނަށް ހަމަލާތައްދީ ހަނގުރާމަ ކުރަމުން އަންނައިރު، މިއަދު ވަނީ އީރާނަށް ހަމަލާދީ ހަނގުރާމަ ފަށާފައެވެ. މި ހަނގުރާމައާއި މެދެ ދުނިޔެ ކަންބޮޑުވެފައިވާއިރު، އިންޑިއާގެ ބޮޑުވަޒީރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅު...

ޔުމްނާ ޢަލީ
ގެއްލިގެން ހޯދި ފަތުރުވެރިޔާ އޮތީ މަރުވެފައި

ގެއްލިގެން ހޯދި ފަތުރުވެރިޔާ އޮތީ މަރުވެފައި

ކަނޑޫމާ ތިލަ ކައިރިޔަށް ޑައިވިނަށް ފޭބި ފަތުރުވެރިއަކު ގެއްލިގެން މިއަދު ހޯދާފައިވާއިރު، އެމީހާ މަރުވެފައި އޮއްވާ ފެނިއްޖެއެވެ. މާފުށީ ކައިރީ އޮންނަ ކަނޑޫމާ ތިލަ ކައިރިޔަށް، މިއަދު ހެނދުނު ޑައިވިނަށް ފޭބި ޖަޕާނު ފަތުރުވެރިއަކު ގެއްލިގެން ހޯދުމުގެ މަސައްކަތްކުރަމުން އަންނަކަން އެމްއެންޑީއެފުން ހާމަކުރީ މެންދުރު 2:14 ގައެވެ. އެމީހާ ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަން ކުރަމުންދަނިކޮށް، އެމީހާފެނިފައިވާކަމަށް އެމްއެންޑީއެފުން ވަނީ އިރުއޮއްސި 6:1...

ޔުމްނާ ޢަލީ
ޙައްޖުން އެނބުރި އަންނަ މީހުންނަށް ޚާއްސަ ފްލޫ ކްލިނިކްތަކެއް ޤާއިމްކޮށްފި

ޙައްޖުން އެނބުރި އަންނަ މީހުންނަށް ޚާއްސަ ފްލޫ ކްލިނިކްތަކެއް ޤާއިމްކޮށްފި

ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށްފަހު ރާއްޖެ އަންނަ ފަރާތްތަކަށް ޚާއްސަކޮށް ފްލޫ ކްލިނިކްތަކެއް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އާއި ހުޅުމާލޭ ހޮސްޕިޓަލްގައި ޤާއިމްކޮށްފިއެވެ. އައިޖީއެމްއެޗުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ޙައްޖުގެ އަޅުކަމުން އެނބުރި އައުމަށްފަހު، ބަލީގެ އެއްވެސް އަލާމާތެއް ފާހަގަކުރެވިއްޖެނަމަ، އަދި ސިއްޙީ ގޮތުން އެއްވެސް އެހީތެރިކަމެއް ބޭނުންވާނަމަ، މި ކްލިނިކްތަކަށް ދިއުމަށް އެ ހޮސްޕިޓަލުން ވަނީ އެދިފައެވެ. “ފްލޫ ކްލިނިކަށް ވަ...

ޔުމްނާ ޢަލީ
އިސްރާއީލުން އީރާނަށް ދިން ހަމަލާތައް ރައީސް ހަރުކަށި އިބާރާތުން ކުށްވެރިކުރަށްވައިފި

އިސްރާއީލުން އީރާނަށް ދިން ހަމަލާތައް ރައީސް ހަރުކަށި އިބާރާތުން ކުށްވެރިކުރަށްވައިފި

ހައްދުފަހަނާ އަޅާފައިވާ އިސްރާއީލުން، އީރާނަށް ދެމުން ހަމަލާތައް ރާއްޖޭގެ ރައީސް ޑރ. މުޙައްމަދު  މުޢިއްޒު މިއަދު ކުށްވެރިކުރަށްވައިފިއެވެ. ރައީސް މުޢިއްޒު މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިސްރާއީލުން އިސްލާމީ ޖުމްހޫރިއްޔާ އީރާނަށް ދެމުންދާ އަނިޔާވެރި ހަމަލާތައް ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކުރަށްވާ ކަމަށެވެ. މިފަދަ ޢަމަލުތަކަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފު، އަދި ސަރަޙައްދީ ސުލްޙަ އާއި ސްޓެބިލިޓީއަށް ނުރައްކާވާފަދަ ކަންތައްތަކެއް ކަމަށް ވެސް ރައީސް ވިދާޅުވެފަވެއެވެ. ރައ...

ޔުމްނާ ޢަލީ
ދިވެހި ޙައްޖުވެރިންގެ ފުރަތަމަ ގުރޫޕު ރާއްޖެ އަތުވެއްޖެ

ދިވެހި ޙައްޖުވެރިންގެ ފުރަތަމަ ގުރޫޕު ރާއްޖެ އަތުވެއްޖެ

1446 ވަނަ އަހަރު ރާއްޖެއިން ޙައްޖުގެ އަޅުކަމަށް ސަޢުދީ ޢަރަބިއްޔާއަށް ދަތުރުކުރި ޙައްޖުވެރިންގެ ތެރެއިން ފުރަތަމަ ގްރޫޕް މިއަދު ރާއްޖެ އަތުވެއްޖެއެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދިންގޮތުގައި، މިއަހަރު ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށްފަހު ދިވެހި ޙައްޖުވެރިންގެ ފުރަތަމަ ގުރޫޕު މިއަދު މެންދުރު ވަނީ ރާއްޖެ އައިސްފައެވެ. މި ފުރަތަމަ ގުރޫޕު ރާއްޖެ އައިސްފައިވަނީ މަދީނާގެ ޕްރިންސް މުޙައްމަދު ބިން ޢަބްދުލްޢަޒީޒް އިންޓަރނޭޝަނަލް އެއަރޕޯޓުން ފުރައިގެންނެވެ. އިސްލާމީ ކަންތައްތަ...

ޙުސައިން ޝަހުދީ
ހައްޖު ކޯޕަރޭޝަންގެ ނަމުގައި ސްކޭމް މެސެޖުތަކެއް

ހައްޖު ކޯޕަރޭޝަންގެ ނަމުގައި ސްކޭމް މެސެޖުތަކެއް

މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ނަމުގައި ސްކޭމް މެސެޖްތަކެއް ފޮނުވަމުންދާތީ ސަމާލުވުމަށް އެ ކޯޕަރޭޝަނުން މިއަދު އާންމުންނަށް އިލްތިމާސްކޮށްފިއެވެ. ހައްޖު ކޯޕަރޭޝަނުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، އޮޅުވާލައިގެން ފައިސާ ހޯދުމުގެ މަޤްޞަދުގައި އެ ކޯޕަރޭޝަންގެ ނަމުގައި ދިވެހި އާންމު ރައްޔިތުންގެ ފޯނުތަކަށް މެސެޖްތަކެއް ފޮނުވަމުންދާކަން އެ ކޯޕަރޭޝަންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. “މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އެއްވެސް ފަރާތަކަށް ލިންކް ފޮނުވައިގެން ފައިސާ ދައްކަން މެސެޖެއް ނުކ...

ޔުމްނާ ޢަލީ
ކަނޑޫމާ ތިލަ ކައިރިޔަށް ޑައިވިނަށް ފޭބި ފަތުރުވެރިއަކު ގެއްލިއްޖެ

ކަނޑޫމާ ތިލަ ކައިރިޔަށް ޑައިވިނަށް ފޭބި ފަތުރުވެރިއަކު ގެއްލިއްޖެ

ކަނޑޫމާ ތިލަ ކައިރިޔަށް ޑައިވިނަށް ފޭބި ފަތުރުވެރިއަކު ގެއްލިގެން ހޯދަން ފަށައިފިއެވެ. އެމްއެންޑީއެފުން ބުނީ މާފުށީ ކައިރީ އޮންނަ ކަނޑޫމާ ތިލަ ކައިރިޔަށް، މިއަދު ހެނދުނު ޑައިވިނަށް ފޭބި ފަތުރުވެރިއަކު ގެއްލިގެން ހޯދަމުން އަންނަކަމަށެވެ. ގެއްލިގެން ހޯދަމުން އަންނަނީ ޖަޕާނަށް ނިސްބަތްވާ ފަތުރުވެރިއެކެވެ. އެމީހާ ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަން އަންނަނީ ހަރަކާތްތެރިވަމުންނެވެ. މިކަމުގެ އިތުރު ތަފްސީލެއް އަދި ނުލިބެއެވެ.

ޔުމްނާ ޢަލީ
ރެއާލަށް ބަދަލުވެވުނީތީ އާނޯލްޑް ހުރީ އުފަލުން

ރެއާލަށް ބަދަލުވެވުނީތީ އާނޯލްޑް ހުރީ އުފަލުން

ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކްލަބް ކަމަށްވާ ރެއާލް މެޑްރިޑަށް ކުޅުމުގެ ފުރުސަތު ލިބުމަކީ ކޮންމެ ކޮންމެ އިރަކު ވާނެކަމެއް ނޫން ކަމަށާއި، ރެއާލަށް ބަދަލުވެވުނީތީ ވަރަށް އުފަލުން ހުރިކަމުގައި ލިވަޕޫލް ދޫކޮށް ރެއާލަށް ބަދަލުވި އިންގްލެންޑްގެ ފުލްބެކް ޓްރެންޓް އަލެކްސަންޑަ އާނޯލްޑް ބުނެފިއެވެ. އުމުރުން 26 އަހަރުގެ އާނޯލްޑް ރަސްމީކޮށް ރެއާލްގެ ކުޅުންތެރިއެއްގެ ގޮތުގައި ދައްކާލާފައި ވަނީ އިއްޔެއެވެ. އޭނާ ރެއާލްގައި ބޭނުންކުރާނީ 12 ނަންބަރު ޖޯޒީއެވެ. ލިވަޕޫލްގައި އޭނާ ބޭނުން ކޮށްފައި ވަނީ 66 […]

އިބްރާހިމް ޚަލީލް
''މުސްލިމުންގެ އުޚުއްވަތްތެރިކަމުގައި ކުޑަކުއްޖެއް ބޮޑުމީހެއް މުއްސަނޖެއް ފަޤީރެއް އެނޫންވެސް މީހެއް ތަފާތެއްނެތް''

''މުސްލިމުންގެ އުޚުއްވަތްތެރިކަމުގައި ކުޑަކުއްޖެއް ބޮޑުމީހެއް މުއްސަނޖެއް ފަޤީރެއް އެނޫންވެސް މީހެއް ތަފާތެއްނެތް''

އިސްލާމްދީނުގައި އުޚުއްވަތްތެރިކަމަކީ އެންމެ މަތިވެރި އަދި މުހިންމު އެއް އަސާސެވެ. މި މަތިވެރި ދީނުގައި މުއްސަނދި މީހަކާއި ފަޤީރު މީހަކާ ދެމެދު، ނުވަތަ ދޮން މީހަކާއި ކަޅު މީހަކާ ދެމެދު، އަދި ކުޑަކުއްޖަކާއި ބޮޑު މީހަކާ ދެމެދު އެއްވެސް ތަފާތެއް ނުކުރެއެވެ. އެންމެހައި މުސްލިމުންނަކީ އެއް އުއްމަތެއްގެ ގޮތުގައި ބަލައި، އެކަކު އަނެކަކަށް އިޙްތިރާމްކޮށް، ލޯބިވާންޖެހޭ ބައެކެވެ. މިއަދުގެ ހުކުރު ޚުޠުބާގައި މުސްލިމުންގެ އުޚުއްވަތްތެރިކަމުގައި މުއްސަނދިޔަކާއި ފަޤީރަކާއި ދޮންމީހަކާއި ކަޅުމީހަކާއި ކުޑަކުއްޖަކ...

ޔުމްނާ ޢަލީ
އީރާނުން އިސްރާއީލަށް 100 ޑްރޯން ދޫކޮށްލައި ރައްދުގައި ހަމަލާދީފި

އީރާނުން އިސްރާއީލަށް 100 ޑްރޯން ދޫކޮށްލައި ރައްދުގައި ހަމަލާދީފި

އިސްރާއީލުން އީރާނާއި ދެކޮޅަށް އިސްވެ ހަނގުރާމަ ފަށައި، އީރާނުގެ ނިއުކްލިއަރ މަރުކަޒުތައް ހިމެނޭހެން އާންމު އިމާރާތްތަކަށް ހަމަލާދީފައިވާއިރު، އީރުން ވެސް ރައްދުގައި ހަމަލާދީފިއެވެ. އިސްރާއީލް ޑިފެންސް ފޯސަސް (އައިޑީއެފް) ގެ ސްޕޯކްސްޕަރސަން ބްރިގޭޑިއަރ ޖެނެރަލް އެފީ ޑެފްރިން ބުނެފައިވަނީ އީރާނުން “ގާތްގަނޑަކަށް 100 ޔޫއޭވީ އިސްރާއީލްގެ ސަރަހައްދަށް” ދޫކޮށްލާފައިވާ ކަމަށާއި، އެ ހަމަލާތައް ހުއްޓުވުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ. ބްރިގޭޑިއަރ ޖެނެރަލް އެފީ ޑެފްރިން ބުނެފައިވަނީ އިސްރާއީލުން 200 ވ...

ޔުމްނާ ޢަލީ
އިސްރާއީލުން އީރާނަށް ހަމަލާދީ ހަނގުރާމަ ފަށައިފި

އިސްރާއީލުން އީރާނަށް ހަމަލާދީ ހަނގުރާމަ ފަށައިފި

ހައްދުފަހަނާ އަޅާފައިވާ އިސްރާއީލުން އީރާނަށް ހަމަލާދީ ހަނގުރާމަ ފަށައިފިއެވެ. ދަ ޓައިމްސް އޮފް އިޒްރޭލް އިން ރިޕޯޓްކުރާ ގޮތުގައި، “ރައިޒިންގ ލަޔަން” ގެ ނަމުގައި ފެށި އޮޕަރޭޝަނެއްގައި އިޒްރޭލްގެ މިލިޓަރީން ވަނީ އީރާނަށް ހަމަލާދޭން ފަށާފައެވެ. ހައްދުފަހަނާއަޅާފައިވާ އިޒްރޭލްގެ ޖައްބާރު ބޮޑުވަޒީރު ބެންޖަމީން ނަތަންޔާހޫ ބުނިގޮތުގައި މި ހަމަލާތައް އަމާޒުކުރެވިފައިވަނީ އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމާއި، ބެލިސްޓިކް މިސައިލްތަކާއި އަދި މިލިޓަރީ ޤާބިލިއްޔަތަށެވެ. “މި އޮޕަރޭޝަން ކުރިއަށްދާނީ މިޝަން ފުރިހ...

ޔުމްނާ ޢަލީ
މަޖީދީ މަގުގައި ދަތިވާގޮތަށް ގަވައިދުން ބޭރުން ޕާކް ކުރާނަމަ ޓޯވކޮށް ފިޔަވަޅުއަޅަނީ

މަޖީދީ މަގުގައި ދަތިވާގޮތަށް ގަވައިދުން ބޭރުން ޕާކް ކުރާނަމަ ޓޯވކޮށް ފިޔަވަޅުއަޅަނީ

މާލޭގެ މަޖީދީ މަގުގައި އާންމު ދަތުރުފަތުރާއި ޕަބްލިކް ޓްރާންސްޕޯޓަށް ދަތިވާގޮތަށް ގޮތަށް ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުންނަ އުޅަނދުތައް ޓޯވކޮށް ފިޔަވަޅު އަޅަމުން އަންނަކަމަށް ފުހުން މިރޭ ބުނެފިއެވެ. ފުހުން ބުނިގޮތުގައި މަޖީދީ މަގުގައި އާންމު ދަތުރުފަތުރާއި ޕަބްލިކް ޓްރާންސްޕޯޓަށް ދަތިވާގޮތަށް ގޮތަށް ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުންނަ އުޅަނދުތައް ޓޯވ ކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ. މީގެ އިތުރުން އެގޮތަށް ޕާކް ކޮށްފައިވާ އުޅަނދު ދުއްވި ފަރާތްތަކާމެދު ފިޔަވަޅު އަޅަމުން އަންނަކަމަށް ވެސް...

ޔުމްނާ ޢަލީ
ކުޅުދުއްފުށީގެ ތާރީޚާއި ސަގާފަތް ދައްކުވައިދޭ މޮނިއުމަންޓް ފަރުމާކުރަން ހުޅުވާލައިފި، ހޮވޭފަރާތަކަށް -/5000ރ

ކުޅުދުއްފުށީގެ ތާރީޚާއި ސަގާފަތް ދައްކުވައިދޭ މޮނިއުމަންޓް ފަރުމާކުރަން ހުޅުވާލައިފި، ހޮވޭފަރާތަކަށް -/5000ރ

ހދ. ކުޅުދުއްފުށި ސިޓީގެ ތާރީޚާއި ސަގާފަތް ދައްކުވައިދޭ ޚާއްސަ މޮނިއުމަންޓެއް ފަރުމާކުރުމުގެ ފުރުސަތު ކުޅުދުއްފުށި ސިޓީ ކައުންސިލުން އާންމުކޮށް ހުޅުވާލައިފައެވެ. މި މަޝްރޫޢުގެ މަޤްޞަދަކީ ރަށުގެ ވަނަވަރާއި ފަޚުރުވެރި މާޒީ ރަމްޒުކޮށްދޭނެ ފާހަގަކޮށްލެވޭ ނިޝާނެއް ޤާއިމްކުރުމެވެ. މި މޮނިއުމަންޓް ބިނާކުރުމަށް ހަމަޖެހިފައިވަނީ ރަށުގެ ބަނދަރުމަތީ ސަރަހައްދުގައެވެ. ފަރުމާ ހުށަހަޅާ ފަރާތްތަކުން، މޮނިއުމަންޓުގެ ފަރުމާ ވާންޖެހޭނީ ކުޅުދުއްފުށި ރަމްޒުކޮށްދޭ، ބަލާލަން ރީތި، އަދި އިސްލާމްދީނާއި އާންމު އިޖްތިމާއީ...

އިބްރާހިމް އަސްވާޤް