ހޯރަފުށިން ހޯކްސްއަށް ދޫކުރި ބިމުގައި މަސައްކަތް ކުރަނީ ގަވާއިދާ ޚިލާފަށް: އެލްޖީއޭ
ތެޔޮ އެތެރެކުރާ ކުންފުންޏެއް ކަމަށްވާ ހޯކްސްއަށް ހއ. ހޯރަފުށިން ދޫކޮށްފައިވާ ބިމުގައި މަސައްކަތް ކުރަމުން ދަނީ ގަވާއިދާ ޚިލާފަށް ކަމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ބުނެފިއެވެ. އެލްޖީއޭއިން މިހެން ބުނެފައި ވަނީ ހޯކްސްއަށް ބިމެއް ދިން މައްސަލާގައި އަމިއްލަ ފަރާތްކުން މަޖިލީހަށް ހުށަހެޅި މައްސަލައަކާ ގުޅިގެން އެކަން ސާފުކުރުމަށް ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމެޓީން އެލްޖީއޭގައި އެދުމުން ދީފައިވާ ޖަވާބުގައެވެ. މިއަދު އޮތް މާލިއްުޔަތު ކޮމެޓީގައި މި މައްސަލަ ކުރިއަށްގެންގޮސްފައިވާ...