އަމާޒަކީ ދައުރު ނިމިގެންދާއިރު އޭ ލެވެލްއަކީ ސްކޫލް ނިންމާ މަރުހަލާކަމުގައި ހެދުން: ޝަފީޢު
މި ސަރުކާރުގެ އަމާޒަކީ މި ރިޔާސީ ދައުރުގެ ފަސް އަހަރު ނިމުމުގެ ކުރިން، އޭ ލެވެލްއަކީ ސްކޫލް ނިންމާ މަރުހަލާއަށް ހެދުން ކަމަށް ތަޢުލީމާ ބެހޭ ވަޒީރު ޑރ. އިސްމާއީލް ޝަފީޢު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، މަތީ އަރުތަވެރިންގެ އިނާމުދިނުމުގެ ރަސްމިއްޔާތުގެ 5 ވަނަ ދަންފަޅީގައި ވާހަކަފުޅުދައްކަވަމުންނެވެ. މި އަމާޒަކީ ދަރިވަރުންނަށް ތަޢުލީމީ ފުރުސަތުތައް ފުޅާކޮށް، އެއްވެސް ދަރިވަރެއް ބާކީ ނުކުރުމަށްޓަކައި ކަނޑައަޅާފައިވާ އަމާޒެއްކަން ވަޒީރު ފާހަގަކުރަށްވާފައިވާއިރު، އޭ ލެވެލްގައި ކިޔަވާ ދަރިވަރ...