އިސްރާއީލަށް ޖާސޫސްކޮށްދޭ ޓީމެއްގެ އިސްވެރިޔާއަށް އީރާނުގައި މަރުގެ އަދަބުދީފި
އީރާނުގައި އިސްރާއީލަށް ޖާސޫސްކޮށްދިނުމަށް ހަރަކާތްތެރިވާ ޓީމެއްގެ އިސް އިސް ލީޑަރަށް އީރާނުގައި މަރުގެ އަދަބުދީފިއެވެ. އީރާނަށް އިސްރާއީލުން ދިން ފުރަތަމަ ހަމަލާ ވެސް އޭގެ ފަހުން ދެމުން އަންނަ ގިނަ ހަމަލާތައް ވެސް ދެމުން އަންނަނީ އީރާންގައި ތިބި އިސްރާއީލްގެ ޖާސޫސީ އިދާރާ މޮސާޑުގެ އެޖެންޓުން ދިން މައުލޫމާތުގެ އަލީގައެވެ. ފުރަތަމަ ހަމަލާގައި ވަނީ އީރާނުގެ އިސް މިލިޓަރީ އޮފިޝަލުންނާއި ނިއުކްލިއަރ ސައިންޓިސްޓުން މަރާލާފައެވެ. އެ ހަމަލާ ދީފައި ވަނީ އެ ބޭފުޅުން ބައްދަލުވުމަކަށް އެއްތަންވެވަޑައިގެން...