މިދިޔަ އަހަރު ކުޅުދުއްފުށީ ޕަބްލިކް ލައިބްރަރީއަށް 4665 މީހުން ޒިޔާރާތްކުރި
ކުޅުދުއްފުށި ސިޓީ ކައުންސިލުން އެ ރަށު ނޮލެޖް ސެންޓަރުގައި ޤާއިމްކޮށްފައިވާ އާންމު ކުތުބުޚާނާ އަށް ޒިޔާރާތްކޮށްފައިވާ ފަރާތްތަކުގެ އަދަދު ޖުމްލަ 4665 އަށް އަރާފައިވާކަމަށް ކުޅުދުއްފުށި އާންމު ކުތުބުޚާނާގެ 2024 ވަނަ އަހަރު އަހަރީ ރިޕޯޓުން ދައްކައިފިއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވަނީ 2024 ވަނަ އަހަރު ސެޕްޓެމްބަރ މަހުގެ 16 ވަނަ ދުވަހު ޤާއިމްކުރި މި ކުތުބުޚާނާ އަށް ރިއާޔަތްކޮށް އަހަރީ ރިޕޯޓެއް އެކުލަވާލާފައެވެ. މި ރިޕޯޓުގައި ވަނީ ކުތުބުޚާނާގެ މައިގަނޑު މަޤުސަދުތަކާއި، ޢަމަލުކުރެވޭ އުސޫލުތަކާއ...