މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ކ. އަތޮޅުން ފެށިގެން ތ. އަތޮޅަށް (07:00 އިން 13:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ތިލަދުންގެ އަރުޝީފުން ހޯދުން

ފަހުގެ ހޯދުންތައް:
ފީނަންގޮސް އުޅެނިކޮށް ގެއްލުނު ކުއްޖާ ނިޔާވެފައި އޮއްވާ ފެނިއްޖެ

ފީނަންގޮސް އުޅެނިކޮށް ގެއްލުނު ކުއްޖާ ނިޔާވެފައި އޮއްވާ ފެނިއްޖެ

ފީނަން ގޮސްއުޅުނު 15 އަހަރުގެ ކުއްޖާ ނިޔާވެފަައި އޮއްވާ ފެނިއްޖެއެވެ. މިވަގުތު މާމިގިލި ބަނދަރު ސަރަހައްދުގައި ހުރި މީހަކު ”ތިލަދުން” އަށް ބުނީ އެ ކުއްޖާގެ ހަށިގަނޑު މޫދު އަޑިން ނަގާފައިވާ ކަމަށެވެ. އަދި އެ ކުއްޖާ އޮތީ ނިޔާވެފައި ކަމަށްވެސް ބުންޏެވެ. ފުލުހުން ވެސް މިހާރު ވަނީ އެ ކުއްޖާ ނިޔާވެފައިވާކަން ކަށަވަރުކޮށްދީފައެވެ. ”އެކުއްޖާ ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް ނިޔާވެފައިވާކަމަށް ސިއްހީމަރުކަޒުން ވަނީ މައުލޫމާތުދީފައި” ފުލުހުން ބުންޏެވެ. ފީނަން ގޮސްއުޅުނު 15 އަހަރުގެ ކުއްޖަކު […]

ޔުމްނާ ޢަލީ
ފީނަން ގޮސްއުޅުނު 15 އަހަރުގެ ކުއްޖަކު ގެއްލިއްޖެ

ފީނަން ގޮސްއުޅުނު 15 އަހަރުގެ ކުއްޖަކު ގެއްލިއްޖެ

އދ. މާމިގިލި ކައިރިން ފީނަން ގޮސްއުޅުނު 15 އަހަރުގެ ކުއްޖަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ފަށައިފިއެވެ. ފުލުހުން ބުނީ މިއަދު އދ. މާމިގިލި ކައިރިއަށް ފީނަން ގޮސްއުޅުނު ހަތަރު ކުދިން ތެރެއިން ކުއްޖަކު ގެއްލިގެން ރިޕޯޓްކޮށްފަައިވާ ކަމަށެވެ. ގެއްލިގެން ހޯދަމުން ދަނީ 15 އަހަރުގެ ފިރިހެންކުއްޖެއްކަމަށް ވެސް ފުލުހުން ބުންޏެވެ. އެ ކުއްޖާ ހޯދުމުގެ މަސައްކަތް ފުލުހުންނާއި، ސިފައިންނާއި އަދި މާމިގިލި ރައްޔިތުން ގުޅިގެން އަންނީ ކުރަމުންނެވެ. މާމިގިލިން ”ތިލަދުން” އާއި ވާހަކަ ދެއްކި މީހަކު ބުނީ […]

ޔުމްނާ ޢަލީ
ބިލެތްފަހީގައި މިއަހަރު އަތޮޅު ފެންވަރުގައި ޤައުމީ ދުވަސް ފާހަގަކުރަނީ

ބިލެތްފަހީގައި މިއަހަރު އަތޮޅު ފެންވަރުގައި ޤައުމީ ދުވަސް ފާހަގަކުރަނީ

ށ. އަތޮޅުގައި އަތޮޅު ފެންވަރުގައި ޤައުމީ ދުވަސް ފާހަގަކުރުމަށް އެ އަތޮޅު ބިލެތްފަހި ކައުންސިލާއި އަތޮޅު ކައުންސިލާ ދެމެދު އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. ބިލެތްފަހީގައި ށ. އަތޮޅުގައި އަތޮޅު ފެންވަރުގައި ޤައުމީ ދުވަސް ފާހަގަކުރުމަށް ހަމަޖެހުނީ ށ. އަތޮޅު ކައުންސިލުން ހުޅުވާލި ފުރުސަތުގެ ދަށުން ބީލަން ބިލެތްފަހި ކައުންސިލުން ކާމިޔާބުކޮށްގެންނެވެ. ށ. އަތޮޅު ކައުންސިލުން އަތޮޅު ފެންވަރުގައި ގައުމީ ދުވަސް ފާހަގަކުރަން ނިންމީ އަތޮޅު ރައްޔިތުންގެ މެދުގައި ޤައުމިއްޔަތު ދިރުވައި އާލާކޮށް އިޖްތިމ...

އައިޝަތު އައިނީ އާމިރު
ކޮޓަރިއެއް ތެރެއަށް ވެއްޓިފައި އޮއްވާ ފެނިގެން ހޮސްޕިޓަލަށް ގެންދިޔަ މީހަކު ނިޔާވެއްޖެ

ކޮޓަރިއެއް ތެރެއަށް ވެއްޓިފައި އޮއްވާ ފެނިގެން ހޮސްޕިޓަލަށް ގެންދިޔަ މީހަކު ނިޔާވެއްޖެ

މާލޭގެ ގެއެއް ތެރެއަށް ވެއްޓިފައި އޮއްވާ ފެނިގެން އެމެޖެންސީގައި އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންދިޔަ މީހަކު ހޮސްޕިޓަލްގައި ނިޔާވެފައިވާ މައްސަލައެއް ބަލަމުން އަންނަކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން ބުނިގޮތުގައި ނިޔާވެފައި ވަނީ ވަނީ މ. ސައިނޯސަރު، މުހައްމަދު ރަޝީދު 43، އެވެ. އޭނާ ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ ގޭގެ ކޮޓަރިއެއްގެ ތެރޭގައި ވެއްޓިފައި އޮއްވާ ފެނިގެންނެވެ. މުހައްމަދު ރަޝީދު ވެއްޓިފައި އޮއްވާ ފެނިގެން އެމެޖެންސީގައި ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ ހެނދުނު 10:10 ހާއިރުއެވެ. ފުލުހުން...

ޔުމްނާ ޢަލީ
''އަހާ'' ސިލްސިލާގެ އިތުރު ފޯރަމެއް މިރޭ؛ 4 ވަޒީރަކު ބައިވެރިވެވަޑައިގަންނަވާނެ

''އަހާ'' ސިލްސިލާގެ އިތުރު ފޯރަމެއް މިރޭ؛ 4 ވަޒީރަކު ބައިވެރިވެވަޑައިގަންނަވާނެ

ސަރުކާރުން ރައްޔިތުންނާ ގާތުން ގުޅުން ބަދަހިކޮށް، ސުވާލުތަކަށް ޖަވާބު ދެއްވުމަށް ބާއްވަމުން އަންނަ ”އަހާ” ސިލްސިލާގެ އިތުރު ފޯރަމެއް މިރޭ ބާއްވަން ނިންމައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ޕަބްލިކް ސާރވިސް މީޑިއާ (ޕީއެސްއެމް) ގުޅިގެން އާންމުކޮށް ހުޅުވާލައިގެން ކުރިއަށްގެންދާ މި ފޯރަމްގެ މިރޭގެ ފޯރަމަކީ، ”އަހާ” ސިލްސިލާގެ ދަށުން ބާއްވާ 6 ވަނަ ފޯރަމެވެ. މިރޭގެ ފޯރަމްގައި ރައްޔިތުންނަށް މަޢުލޫމާތު ދެއްވުމަށާއި ސުވާލުތަކަށް ޖަވާބު ދެއްވުމަށް 4 ވަޒީރަކު ބައިވެރިވެވަޑައިގަންނަވާނެއެވެ. މި ފޯރަމް...

ޔުމްނާ ޢަލީ
އުތީމު ފުޓްބޯޅަ ދަނޑުގައި ޓާފް އެޅުމުގެ މަސައްކަތް ނިންމާލައިފި

އުތީމު ފުޓްބޯޅަ ދަނޑުގައި ޓާފް އެޅުމުގެ މަސައްކަތް ނިންމާލައިފި

ހއ. އުތީމުގައި ޤާއިމްކުރާ ފުޓްބޯޅަ ދަނޑުގައި ޓާފް އެޅުމުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށް އުތީމު ކައުންސިލުން ބުނެފިއެވެ. އުތީމުގައި ޤާއިމްކުރާ މި ދަނޑަކީ މިނިސްޓްރީ އޮފް ސްޕޯރޓްސް ފިޓްނަސް އެންޑް ރެކްރިއޭޝަން އިން ގާއިމުކޮށްދޭ ދަނޑެކެވެ. އެގޮތުން މި ދަނޑުގައި ޓާފް އެޅުމުގެ މަސައްކަތް ނިމުމާއި ގުޅިގެން އުތީމު ކައުންސިލުން ބުނެފައިވަނީ ވަރަށް އަވަހަށް އާންމު ރައްޔިތުންނަށް ދަނޑު ބޭނުންކުރުމުގެ ހުއްދަ ލިބިގެންދާނެކަމަށެވެ. އަދި މި މަސަައްކަތް މިހާ ފުރިހަމަ އަށް ކުރިއަށް ގެންގޮސްފައިވާތީ އުތީމ...

އައިޝަތު އައިނީ އާމިރު
ތަރިކައިން އާމްދަނީ ހޯދުމަށް ތަކަންދޫ ހިރިގަލު ގަބުރުސްތާނު ތަރައްޤީ ކުރުމުގެ ފަހުގެ ތައްޔާރީތައް ފަށައިފި

ތަރިކައިން އާމްދަނީ ހޯދުމަށް ތަކަންދޫ ހިރިގަލު ގަބުރުސްތާނު ތަރައްޤީ ކުރުމުގެ ފަހުގެ ތައްޔާރީތައް ފަށައިފި

ތަރިކައިން އާމްދަނީ ހޯދުމުގެ މަސައްކަތުގެ ތެރެއިން ތަކަންދޫ ހިރިގަލު ގަބުރުސްތާނު ތަރައްޤީ ކުރުމުގެ ފަހުގެ ތައްޔާރީތައް ފަށާފައިވާކަމަށް ބާރަށު ދާއިރާގެ ޕީއެންސީގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ. ޕީއެންސީގެ ނައިބު ރައީސްކަން ވެސް ކުރަށްވަމުން ގެންދަވާ ޝުޖާއު މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގެ ވަޢުދާ އެއްގޮތަށް ތަރިކައިން އާމްދަނީ ހޯދުމުގެ މަސައްކަތުގެ ތެރެއިން ތަކަންދޫގެ ހިރިގަލު މަހާނަ ގައު ހިމެނޭ ސަހަރާ ތަރައްޤީ ކުރުމުގެ މަޝްރޫޢު ފެށުމ...

ޔުމްނާ ޢަލީ
މަގޫދޫގައި ހަދާ އެއާޕޯޓްގެ ފަޔަރ އިމާރާތުގެ ބިއްލޫރިތައް ތަޅާލައި، ރޯކޮށްލަން އުޅެފި

މަގޫދޫގައި ހަދާ އެއާޕޯޓްގެ ފަޔަރ އިމާރާތުގެ ބިއްލޫރިތައް ތަޅާލައި، ރޯކޮށްލަން އުޅެފި

ފ. މަގޫދޫގައި ތަރައްގީކުރަމުން އަންނަ އެއާޕޯޓްގެ ފަޔަރ އިމާރާތުގެ ބިއްލޫރިތައް ތަޅާލައި، އެތަނުގައި ރޯކޮށްލަން ބަޔަކު މަސައްކަތްކޮށްފިއެވެ. ފުލުހުން ބުނީ ފ.މަގޫދޫގައި ތަރައްގީ ކުރަމުންދާ އެއަރޕޯޓްގައި އިމާރާތް ކޮށްފައިވާ އެއަރޕޯޓް ފަޔަރ އިމާރާތުގެ ވަށައިގެންވާ ބިއްލޫރިތައް 13 ޖުލައި 2025 ވަނަ ދުވަހުގެރޭ ތަޅާލާފައިވާކަމުގެ ރިޕޯޓެއް ލިބިފައިވާ ކަމަށެވެ. މި މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިއަދު (14 ޖުލައި 2025 ވަނަ ދުވަހު) ގެ 07:47 އެހައިކަންހާއިރު ކަމަށް އެ އިދާރާއިން ބުންޏެވެ. ”މި މައް...

ޔުމްނާ ޢަލީ
އަލްސަންގެ އާއިލާއަށް ރައީސްގެ ތައުޒިޔާ، ޖަނާޒާ އަސުރުނަމާދަށްފަހު

އަލްސަންގެ އާއިލާއަށް ރައީސްގެ ތައުޒިޔާ، ޖަނާޒާ އަސުރުނަމާދަށްފަހު

ރޭ ހިނގި އެކްސިޑެންޓުގައި ނިޔާވި ޔޫސުފް އަލްސަން މުޙައްމަދުގެ އާއިލާއަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތައުޒިޔާ ފޮނުއްވައިފިއެވެ. ރައީސް މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރޭ މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އުމުރުން 17 އަހަރުގެ ކުއްޖަކު ނިޔާވި ޚަބަރު އެއްސެވީ ފުން ހިތާމައާއެކުގައި ކަމަށެވެ. ”މަރްޙޫމް ޔޫސުފް އަލްސަން މުޙައްމަދަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުން އެދި ދުޢާކުރަން. އެ މަރުޙޫމުގެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވަން. އަދި، މި އެކްސިޑެންޓުގައި ހާނީއްކަވެ ފަރުވ...

ޔުމްނާ ޢަލީ
ފަސޭހަކަމާއި އެކު ޕީއެސްޖީ ބަލިކޮށް، ޗެލްސީ ދުނިޔޭގެ ރަސްކަމަށް

ފަސޭހަކަމާއި އެކު ޕީއެސްޖީ ބަލިކޮށް، ޗެލްސީ ދުނިޔޭގެ ރަސްކަމަށް

ޔޫރަޕްގެ ޗެމްޕިއަން ޕީއެސްޖީ 3-0 އިން ބަލިކޮށް ޗެލްސީ ކްލަބް ވޯލްޑް ކަޕް ކާމިޔާބު ކޮށްފިއެވެ. އެމެރިކާގެ މެޓްލައިފް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗު ފަށައިގެން ޗެލްސީން ކުރިއަށް ޖެހިގެން ކުޅެމުންދިޔައިރު، ޕީއެސްޖީން ވެސް ލިބޭ ފުރުސަތުގައި އެޓޭކް ކުރެވޭތޯ ބަލަމުންދިޔައެވެ. އެ ގޮތުން، ޗެލްސީގެ ޑެޒީރޭ ޑުއޭ އަށް ލިބިގެންދިޔަ ފުރުސަތުގައި ބޭނުން ނުކުރެވިދިޔައިރު، ޑުއޭ ޖެހި ބޯޅައެއް ޗެލްސީގެ ކީޕަރު، ރޮބާޓް ސަންޗޭޒް ވަނީ މަތަކޮށްފައެވެ. ޗެލްސީ މި މެޗުގައި ޖެހި ތިން ލަނޑު […]

އިބްރާހިމް ޚަލީލް
ޔުމްނު ވެއްޓުނު ހާދިސާ ތަހްގީގުކުރަން އުފެއްދި ކޮމިޝަން އުވާލައްވައިފި

ޔުމްނު ވެއްޓުނު ހާދިސާ ތަހްގީގުކުރަން އުފެއްދި ކޮމިޝަން އުވާލައްވައިފި

18 އޭޕްރީލް 2025 ވަނަ ދުވަހު މާލޭގެ އިމާރާތަކުން ވެއްޓުނު ހައްވާ ޔުމްނު ރަޝީދުގެ ވެއްޓުނު ހާދިސާ ތަޙުޤީޤުކުރުމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު އުފެއްދެވި ”ޚާއްޞަ ކޮމިޝަން” އެ މަނިކުފާނު އިއްޔެ އުވައިލައްވައިފިއެވެ. އެމަނިކުފާނު އިއްޔެ އެ ކޮމިޝަން އުވައިލައްވައިފައިވަނީ، ރިޔާސީ ކޮމިޝަންތަކުގެ ޤާނޫނުގައިވާ ގޮތުގެ މަތީން، އެކަމަށްޓަކައި ނެރުއްވި ޤަރާރަކުންނެވެ. ރައީސް އެ ކޮމިޝަން އުފެއްދެވީ، 27 އެޕްރީލު 2025 ގައެވެ. އެ ކޮމިޝަނާ މަތިކުރެއްވީ، 18 އެޕްރީލު 2025 ވަނަ ދުވަހު މާލޭގެ ގެއެއްގެ […]

ޔުމްނާ ޢަލީ
ސިލްސިލާ ވާހަކަ: ފުރާނައިން ލޯބިވަމޭ (35)

ސިލްސިލާ ވާހަކަ: ފުރާނައިން ލޯބިވަމޭ (35)

ކުރީގެ އަދަދާއި ގުޅޭ: ” އަހަރެމެން ދިޔައީމަ މަންމަ މާ އުފާވާނެ. ދެން ވަދޭ ގެއަށް. ދޮންބެ މި ދަނީ ގެއަށް ދާން. ރައު އިންނާނެ ނުކެވިފައި.” ސާމިހް އެހެން ބުނެ ސައިކަލް ސްޓާޓް ކޮށްލިއެވެ. އަތުގައި އޮތް ޓިކެޓަށް ބަލައިލަމުން ސާޔާ ގެއަށް ވަންނަން ހިނގައިގަތީ ނުތަނަވަސް ހިތަކައިގެންނެވެ. ” އެ ރަށަށް ދިޔަޔަސް އެއްވެސް ކަމަކު އެއްވެސް ހަރަދެއް އަހަންނަކަށް ނުކުރެވޭނެ. ތަނަކަށް ކާން ދިޔަސް، ޕިކްނިކް ދިޔަސް، ގެއަށް އެއްޗެއް ގަތަސް. ސާޔާ […]

ސަލާމާ ޢަބްދުލް ޢަލީމް
މަކުނުދޫ ކައުންސިލުން ސްކޫލަށް 100000ރ، ޕްރީސްކޫލަށް 50000ރ ގެ އެހީ

މަކުނުދޫ ކައުންސިލުން ސްކޫލަށް 100000ރ، ޕްރީސްކޫލަށް 50000ރ ގެ އެހީ

ހދ. މަކުނުދޫ ކައުންސިލުން އެރަށު ސްކޫލަށާއި، އެރަށު ނާރެސް ޕްރީސްކޫލަށް މާލީ އެހީތެރިކަން ފޯރުކޮށްދީފިއެވެ. މިގޮތުން މަކުނުދޫ ކައުންސިލުން ވަނީ މި އެހީ ދިނުމުގެ ފަހުމުނާމާގައި މަކުނުދޫ ސްކޫލާއި، ނާރެސް ޕްރީސްކޫލާއެކު ފަހުމުނާމާތަކުގައި ސޮއިކޮށްފައެވެ. މަކުނުދޫ ކައުންސިލުން އެރަށު ސްކޫލަށް 100000ރުފިޔާގެ މާލީ އެހީތެރިކަން ފޯރުކޮށްދީފައިވާއިރު، ނާރެސް ޕްރީސްކޫލަށް 50000ރުފިޔާގެ މަލީ އެހީ ވަނީ ފޯރުކޮށްދީފައެވެ. މަކުނުދޫ ކައުންސިލުން ބުނީ އެ ރަށު ސްކޫލަށް ފޯރުކޮށްދިން އެހީތެރިކަމަކީ ފެންވަރު ރަނގަޅު...

ޔުމްނާ ޢަލީ
ކުޅުދުއްފުށީގައި ޕަންޗް ނީޑްލިން އެމްބްރޮއިޑަރީ ކޯހެއް ފަށައިފި

ކުޅުދުއްފުށީގައި ޕަންޗް ނީޑްލިން އެމްބްރޮއިޑަރީ ކޯހެއް ފަށައިފި

ކުޅުދުއްފުށީ ސިޓީގައި ޕަންޗް ނީޑްލިން އެމްބްރޮއިޑަރީ ކޯހެއް ހޮނިހިރު ދުވަހު ފަށައިފިއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނިގޮތުގައި މި ކޯހަކީ އެ ކައުންސިލާއި، އަބުޑީ މޯލްޑިވްސް ގުޅިގެން އެޓްމޯސްފިއަރ ފައުންޑޭޝަންގެ އެހީތެރިކަމާއިއެކު ކުރިއަށްގެންދާ ކޯހެކެވެ. މި ކޯސް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކުޅުދުއްފުށި ސިޓީ ކައުންސިލްގެ މެމްބަރު އާމިނަތު މަޖީދާއެވެ. މި ރަސްމިއްޔާތުގައި ކޯހުގެ ބައިވެރިންނަށް ޕަންޗް ނީޑްލިން ކިޓްތައް ހަވާލުކޮށްފައިވެއެވެ. އަންހެން ބޭފުޅުންނަށް ޚާ...

ޔުމްނާ ޢަލީ
ނުރައްކާތެރި އެކްސިޑެންޓްގައި ނިޔާވީ ތޭރަވާއާއި އަޝްފާގެ ދަރިފުޅު

ނުރައްކާތެރި އެކްސިޑެންޓްގައި ނިޔާވީ ތޭރަވާއާއި އަޝްފާގެ ދަރިފުޅު

މާލޭގައި މިރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ނިޔާވީ މަޝްހޫރު ލަވަކިޔުންތެރިން ކަމަށްވާ މުޙައްމަދު އަބްދުލްޣަނީ (ތޭރަވާ) އާއި މަރިޔަމް އަޝްފާގެ ހަމައެކަނި ދަރިފުޅު ޔޫސުފް އަލްސަން މުޙައްމަދު ކަމަށް މައުލޫމާތު ލިބިއްޖެއެވެ. މިރޭ އިރާކޮޅު މާލޭގެ  މާފަންނު ބަސް ޓާމިނަލް ކައިރީ ހިނގި މި އެކްސިޑެންޓާއި ގުޅިގެން ފުލުހުން ބުނެފައި ވަނީ މި އެކްސިޑެންޓް ހިނގީ ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް، ކަފިހި ހުރަސްމަތިން މަގު ހުރަސް ކުރި މީހެއްގެ ގައިގައި ޖެހުމަށްފަހު، އެ ސަރަހައްދުން […]

ޔުމްނާ ޢަލީ