''ސިޔާސީ މަގާމްތަކުގައި ތިބީ 922 މީހުން''
ސިޔާސީ މަގާމްތަކުގައި ތިބި މީހުންގެ އަދަދު ސަރުކާރުން ހާމަކޮށްފިއެވެ. މިއަދު ހާމަކޮށް ރައީސް އޮފީހުން ބުނިގޮތުގައި ސިޔާސީ މަގާމުތަކުގައި މިވަގުތު ތިއްބެވީ 922 ބޭފުޅުންކަމަށެވެ. މިގޮތުން ވަޒީރުންގެ ގޮތުގައި ތިއްބެވީ 20 ބޭފުޅުންނެވެ. ވަޒީރުންގެ ފެންވަރުގައި ތިއްބެވީ 14 ބޭފުޅުންނެވެ. ސްޓޭޓް މިނިސްޓަރުންގެ ގޮތުގައި 93 ބޭފުޅުން ތިއްބެވިއިރު، ސްޓޭޓް މިނިސްޓަރުން ފެންވަރުގައި 07 ބޭފުޅަކު އެބަތިއްބެވިއެވެ. ޑިޕިއުޓީ މިނިސްޓަރުންގެ ގޮތުގައި 216 ބޭފުޅުން އަދި ޑިޕިއުޓީ މިނިސްޓަރުންގެ ފެންވަރުގައި 20 ބޭފުޅުނ...