ބައިނަލްއަގުވާމީ ''އިސްރާއީލުގެ އެންމެ ފަހުގެ ހަމަލާތަކުގައި ޣައްޒާގެ 350،000 ރައްޔިތުން މަޖުބޫރުން ގެދޮރު ދޫކޮށް ދާންޖެހުނު'' އިސްރާއީލުގެ ސިފައިންގެ ފަހުގެ ހަމަލާތަކުގެ ސަބަބުން ޣައްޒާ ސިޓީގެ އިރުމަތީ ސަރަހައްދުތަކުން މެދު އަދި ހުޅަނގު ސަރަހައްދުތަކަށް 350،000 އަށްވުރެ ގިނަ ރައްޔިތުން ތަން ދޫކޮށް ދާން ޖެހިފައިވާކަން ޣައްޒާގެ ސަރުކާރުން ހޮނިހިރު ދުވަހު ބުނެފިއެވެ. ޣައްޒާގެ ސަރުކާރުގެ މީޑިއާ އޮފީހުން ނެރުނު ބަޔާނެއްގައި ފާހަގަކޮށްފައިވާ ގޮތުގައި، 11 އޯގަސްޓް 2025 ގައި އިސްރާއީލުގެ އެއްގަމު ހަމަލާތައް ފެށުނީއްސުރެ ޣައްޒާ ސިޓީގެ މީހުން ދިރިއުޅޭ ސަރަހައްދުތަކަށް އަމާޒުކޮށް އަންނަނީ މެދުނުކެނޑި ހަމަލާތައް ދެމުންނެވެ. މި ހަމ... ނާޒިމާ އަލީ · 1 އަހަރު ކުރިން
ބައިނަލްއަގުވާމީ އެންމެ ބޮޑު WWE ގެ އިވެންޓް، ރެސްލްމޭނިއާ ސައުދީގައި ބާއްވަން ނިންމައިފި ވޯލްޑް ރެސްލިންގ އެންޓަޓެއިންމަންޓް (WWE) ގެ އެންމެ ބޮޑު އިވެންޓް ކަމަށްވާ ރެސްލްމޭނިއާ، ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާދުގައި ބޭއްވުމަށް ނިންމައިފި އެވެ. ފުރަތަމަ ފަހަރަށް ނޯތު އެމެރިކާއިން ބޭރުގައި، ރެސްލްމޭނިއާ ބޭއްވުމަށް ހަމަޖެހިފައިވަނީ 2027 ވަނަ އަހަރުގެ ތެރޭގަ އެވެ. މިއީ ރެސްލްމޭނިއާގެ 43 ވަނަ އިވެންޓެވެ. މި އިވެންޓް އިޢުލާންކުރުމުގެ ރަސްމިއްޔާތުގައި ޓްރިޕަލް އެޗް އާއެކު ރިޓަޔަރޑް ރެސްލަރުންކަމަށްވާ ޝޯން “ދަ ހާޓްބްރޭކް ކިޑް” މައިކަލްސް އަދި މާކް “ދަ އަންޑަރޓޭކަރ” ކަލަވޭ ގެ […] އަލީ އާދިލް · 1 އަހަރު ކުރިން
ރާއްޖެ އޭޖީ އޮފީހަށް 75 އަހަރު، ރަސްމީ ޖަލްސާ ރައީސް ޝަރަފްވެރިކޮށްދެއްވައިފި ބަންޑާރަނައިބުގެ އޮފީހަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި މިރޭ ބާސެލޯ ނަސަންދުރާގައި ބޭއްވުނު ރަސްމީ ޖަލްސާ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޝަރަފުވެރިކޮށްދެއްވައިފިއެވެ. މި ރަސްމިއްޔާތުގައި ރައީސް މުޢިއްޒު ވަނީ ބަންޑާރަނައިބުގެ އޮފީހުގެ “އަލިމަސް ޔޫބީލް ހަނދާނީ ފޮތް” ނެރުއްވައި، ބަންޑާރަނައިބުގެ އޮފީހުގެ އައު ވެބްސައިޓް އިފްތިތާޙްކޮށްދެއްވާފައެވެ. އަދި މި މުނާސަބަތުގައި ބަންޑާރަނައިބުގެ އޮފީހުގެ ފަރާތުން ރައީސަށް ހަނދާނީ ފިލައެއް އަރުވާފައިވެއެވެ. މި ހަނދާނީ ފިލާ އެރުވީ ބަންޑާރަނައިބު އަޙްމަދު... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ރާއްޖެ ކުރީގެ ރައީސުންނަށް ދޭ ޕެންޝަންގެ މިންވަރު ކުޑަކުރަން ފެނޭ: ނަޝީދު ކުރީގެ ރައީސުންނަށް ދެމުން އަންނަ ޕެންޝަންގެ މިންވަރު ކުޑަކުރަން ފެނިވަޑައިގަންނަވާކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ. ނަޝީދު މިފަދައިން ވިދާޅުވީ، މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. ނަޝީދުގެ ޕޯސްޓްގައި ކުރީގެ ރައީސުންނަށް ދެމުން އަންނަ ޕެންޝަންގެ މިންވަރު ކުޑަކުރަން ފެނިވަޑައިގަންނަވާކަމަށް ވިދާޅުވުމަށްފަހު ދެން ލިޔުއްވާފައި ވަނީ ލިބޭ މިންވަރަށް ކަންކަން ކުރުމަށް ނަސޭހަތްތެރިވެ ދިވެހި އަދީބަކު ހައްދަވާފައިވާ ޅެން ބައިތު ތަކެކެވެ. އެއީ، ‘’ލިބޭ މިންވަރު ނިކަން ދަނެ... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ބައިނަލްއަގުވާމީ އިސްރާއީލުން ދަނީ ކޮންމެ 10-15 މިނެޓުން ޣައްޒާ އަށް ބޮން އަޅަމުން: ރިޕޯޓް ކޮންމެ 10 އިން 15 މިނެޓަކުން އިސްރާއީލުގެ ހަނގުރާމަވެރި ޖެޓް މަތިންދާބޯޓުތަކުން ޣައްޒާ އަށް ބޮން އަޅަމުންދާކަމަށް އަލްޖަޒީރާއިން ރިޕޯޓްކޮށްފިއެވެ. އަލްޖަޒީރާއިން ބުނެފައިވާގޮތުގައި ކޮންމެ 10 އިން 15 މިނެޓަކުން އިސްރާއީލުގެ ހަނގުރާމަމަތީ ޖެޓް މަތިންދާބޯޓުތަކުން ޣައްޒާ އަށް ބޮންތައް އަޅަމުންދާއިރު، ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ރައްކާތެރި ހިޔާވަހިކަމެއް ނެތި މަގުމަތިވެފައެވެ. މ ހަމަލާތަކުގެ ސަބަބުން ޣައްޒާގެ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ އިމާރާތްތައް ވެސް ފުނޑުފުނޑުވަމުން ދާތީ ޣައްޒާގެ ރައްޔިތުނ... ނާޒިމާ އަލީ · 1 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ފޯކައިދޫގައި ހޯމްގާރޑެނިންގ އާއި ދަނޑުވެރިކަމުގެ މަޢުލޫމާތު ދިނުމުގެ ތަމްރީނު ޕްރޮގްރާމެއް ށ. ފޯކައިދޫގައި ހޯމް ގާރޑެނިންގ އަދި ދަނޑުވެރިކަމުގެ މަޢުލޫމާތު ދިނުމުގެ ތަމްރީނު ޕްރޮގްރާމެއް ބޭއްވުމަށް ހަމަޖެހިއްޖެއެވެ. މި ތަމްރީނު ޕްރޮގްރާމަކީ ހަނިމާދޫ އެގްރިކަލްޗަރަލް ސެންޓަރުން އިންތިޒާމްކޮށްގެން، ތިއަރީ އަދި ޕްރެކްޓިކަލް ބައިތައް ހިމެނޭހެން ކުރިއަށްގެންދާ 4 ދުވަހުގެ ޕްރޮގްރާމެކެވެ. މިގޮތުން މި ސެޕްޓެމްބަރ މަހު 18 އިން 21 އަށް ކުރިއަށް ގެންދާ މި ތަމްރީނު ޕްރޮގްރާމުގައި ނަގައިދެވޭ ބައިތަކުގެ ތެރޭގައި، ހައިޑްރޯޕޯނިކްސް/ ޝީލްޑިންގ ޓްރޭގައި މުޑުއްވައްކުރުމާއި، ގަސްކާނާ އަދި ފެންދޭނެ ރަނގަޅު... އައިޝަތު އައިނީ އާމިރު · 1 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކޮމަންވެލްތް ބީޗް ހޭންޑްބޯލް މުބާރާތުގައި ވާދަކުރާ ޓީމުތައް ކުޅުދުއްފުއްޓަށް، ހޫނު މަރުހަބާއެއް ކުޅުދުއްފުށި ސިޓީގައި ބާއްވާ ރާއްޖޭގެ ފުރަތަމަ ބައިނަލްއަގުވާމީ ބީޗް ހޭންޑްބޯލް މުބާރާތް ކަމަށްވާ ކޮމަންވެލްތު ބީޗް ހޭންޑްބޯލް ޗެމްޕިއަންޝިޕް 2025 ގައި ވާދަކުރާ ޓީމުތައް ކުޅުދުއްފުއްޓަށް އަންނަން ފަށައިފިއެވެ. މި ސެޕްޓެމްބަރ މަހުގެ 18 އިން 22 އަށް ބާއްވަން ހަމަޖެހިފައިވާ މި މުބާރާތް ފެށެން ބާކީ 5 ދުވަހަށް ވެފައިވާއިރު، މި މުބާރާތުގައި ވާދަކުރާ ޓީމުތަކުގައި ހިމެނޭ ޕާކިސްތާނު ޓީމުގެ ކުޅުންތެރިން ރޭގެ ވަގުތެއްގައި ވަނީ ކުޅުދުއްފުއްޓަށް އައިސްފައެވެ. މިގޮތުން ޕާކިސްތާނުގެ ކުޅުންތެރިން ކުޅުދުއްފުއްޓަ... އައިޝަތު އައިނީ އާމިރު · 1 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ޖޫނިއަރ އެތުލެޓިކްސް ޗެމްޕިއަންޝިޕުގައި ކުޅުދުއްފުށީ ދުވުންތެރިން ރިކޯޑުތައް ގާއިމުކޮށް ތާރީޚްގެ ތެރެއަށް ޏ. ފުވައްމުލަކު ސިޓީގައި މިހާރު ކުރިއަށްދާ 16 ވަނަ ނޭޝަނަލް ޖޫނިއަރ އެތުލެޓިކްސް ޗެމްޕިއަންޝިޕުގައި ކުޅުދުއްފުށީ ސިޓީގެ ދެ ދުވުންތެރިން ރިކޯޑުތަކެއް އައުކޮށްފިއެވެ. މި ސެޕްޓެމްބަރ މަހު 9 އިން 14 އަށް ކުރިއަށްދާ މި މުބާރާތުގައި މި ރިކޯޑުތައް މުގުރާލާފައިވަނީ ކުޅުދުއްފުއްޓައް ނިސްބަތްވާ “ޝަރީފް ސްޕޯޓްސް” ގެ ދެ އެތުލީޓުން ކަމަށްވާ، އަހުނާ ނިޒާރު އާއި އައިމިނަތު އައުހާ އަބްދުލްރަހްމާން އެވެ. މިގޮތުން އަހުނާ ވަނީ މި މުބާރާތުގައި 20 އަހަރުން ދަށުގެ 200 މީޓަރު ދުވުން 26.12 […] އައިޝަތު އައިނީ އާމިރު · 1 އަހަރު ކުރިން
ބައިނަލްއަގުވާމީ ޗާލީ ހިތްވަރުދިން ޣައްޒާ ހަނގުރާމައިގައި އެތައްހާސް ކުދިންނެއް ޝަހީދުވި! އޭނާގެ އަންހެނުން ރޮމުން ކިޔައިދިނީ ޗާލީ މަރާލުމުން ދަރިފުޅަށް ލިބޭނެ ނިކަމެތިކަން އެމެރިކާގެ ކޮންޒަވޭޓިވް އެކްޓިވިސްޓް އަދި އިސްރާއީލަށް ވަރުގަދައަށް ތާއީދުކޮށް އަޑުއުފުލި ފަރާތެއް ކަމުގައިވާ ޗާލީ ކާކް، ޔޫޓާ ވެލީ ޔުނިވަރސިޓީގެ ޑިބޭޓެއްގެ ތެރެއިން ގަޔަށް ބަޑިޖަހާ ބުދަ ދުވަހު މަރާލާފައިވާއިރު އޭނާގެ އަންހެނުންގެ މެސެޖެއް މިއަދު އާންމުކޮށްފިއެވެ. ޓާނިންގ ޕޮއިންޓް ޔޫއެސްއޭ (ޓީޕީޔޫއެސްއޭ)ގެ ބާނީ އަދި ސީއީއޯ، 31 އަހަރުގެ ޗާލީ ކާކް އަކީ މުސްލިމުންނާ ދެކޮޅަށް ނަފުރަތު އުފައްދައި، އިސްލާމް ދީނާއި ދެކޮޅު ކެމްޕޭން ވަރަށް ފުޅާ ދާއިރާއެއްގައި ހިންގަމުން އަންނަ މީހެކެވެ. އަދި އޭނާ […] ނާޒިމާ އަލީ · 1 އަހަރު ކުރިން
ރާއްޖެ އިސްރާއީލު ބައިވެރިވާނަމަ ޔޫރޯވިޝަން ބޮއިކޮޓް ކުރާނަން: ޑަޗް ބްރޮޑްކާސްޓަރުން ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ އިންސާނީ ކަތުލާއި ގުޅިގެން، އަންނަ އަހަރު ބާއްވާ ޔޫރޯވިޝަން ގާނަ މުބާރާތުގައި އިސްރާއީލު ބައިވެރިވާނަމަ، އެ މުބާރާތް ބޮއިކޮޓް ކުރުމުގައި ބައިވެރިވާނެ ކަމަށް ނެދަލޭންޑްސްގެ ޕަބްލިކް ބްރޯޑްކާސްޓަރު އެވްރޯޓްރޯސްއިން ކަށަވަރުކޮށްދީފިއެވެ. މިއީ އައިރިޝް ބްރޯޑްކާސްޓަރު އާރްޓީއީ އިންވެސް “ޣައްޒާގައި ހިނގަމުންދާ ނުރައްކާތެރި އިންސާނީ ގެއްލުންތަކާ ހުރެ” އިސްރާއީލު ބައިވެރިވާނަމަ ބައިވެރިނުވާނެ ކަމަށް ބުނުމަށްފަހު ޢިއުލާންކުރި ނިންމުމެކެވެ. ޔޫރޯވިޝަން ބޭއްވުމަށް ހަމަޖެ... ނާޒިމާ އަލީ · 1 އަހަރު ކުރިން
ރާއްޖެ ހަންނާނުގެ ބިލު ފާސްވިޔަސް ސޯޝަލް މީޑިއާ އެކައުންޓްތައް ބަންދުވާގޮތަކަށް ބިލުގައެއް ނެތް: ފަލާހް ތުޅާދޫ ދާއިރާގެ މިނިވަން މެންބަރު އަބްދުލްހަންނާނު އަބޫބަކުރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ “މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލު” މަޖިލީހުން ފާސްވިނަމަވެސް ސޯޝަލް މީޑިއާ އެކައުންޓްތައް ބަންދުވާގޮތަކަށް ބިލުގައެއް ނެތްކަމަށް ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރު އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހް މިއަދު ވިދާޅުވެއްޖެއެވެ. މަޖިލީހުގެ މެޖޯރިޓީ ލީޑަރުގެ ގޮތުގައި ވެސް ހުންނެވި ފަލާހް މިފަދައިން ވިދާޅުވެފައިވަ... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ބައިނަލްއަގުވާމީ ރަޝިޔާގެ ކަމްޗަޓްކާ އަށް ބާރުގަދަ ބިންހެލުމެއް، ސީދާ ނުރައްކާ ރާއްޖެއަކަށް ނެތް ރަޝިޔާަގެ އިރު އުތުރު އައްސޭރި ކަމްޗަޓްކާ އަށް ބާރުގަދަ ބިންހެލުމެއް އައިސްފައިވާކަމަށް ރިޕޯޓްކޮށްފިއެވެ. ރާއްޖޭގެ މޫސުމާބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިރިއޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން ބުނީ ރަޝިޔާަގެ އިރު އުތުރު އައްސޭރި ކަމްޗަޓްކާ އަށް ރިކްޓަރ މިންގަނޑުން 7.2 މެގްނިޓިއުޑްގެ ބިންހެލުމެއް އައިސްފައިވާކަމަށް ރެކޯޑް ކުރެވިފައިވާ ކަމަށެވެ. މެޓް އޮފީހުން ބުނިގޮތުގައި މި ބިންހެލުން ރެކޯޑް ކުރެވިފައި ވަނީ ރާއްޖޭގެ ގަނޑިން ހެނދުނު 7:37 ގައެވެ. އަދި މި ބިންހެލުން އައީ ރާއްޖޭގެ ވެރިރަށް މާލެ […] ނާޒިމާ އަލީ · 1 އަހަރު ކުރިން
ބައިނަލްއަގުވާމީ ފިލްމީ ދާއިރާގެ 8000 މީހުން ސޮއިކޮށް އިސްރާއީލާއި ދެކޮޅު ޕެޓިޝަނެއް ފިލްމީ ދާއިރާގެ 8000 މީހުން، އިސްރާއީލާއި ދެކޮޅަށް މަސައްކަތްކުރުމަށް ވަޢުދުވެ ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފި އެވެ. ފަލަސްތީނުގެ މިނިވަންކަމަށް ތާއީދުކޮށް، އެ ގައުމުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ނަސްލު ނައްތާލުމުގެ ޖަރީމާ (ޖެނޮސައިޑް) ހުއްޓުވުމަށް ގޮވާލައި، “ފިލްމް ވޯކަރސް ފޯ ފަލަސްޓައިން” ގެ ނަމުގައި 8000 އަށްވުރެ ގިނަ ފިލްމް މޭކަރުންނާއި ސިނަމާ މަސައްކަތްތެރިން ވަނީ އަހުދުވެފައެވެ. އޭގެތެރޭގައި، އަނިޔާވެރި އިސްރާއީލީ ކުންފުނިތަކާއި މުއައްސަސާތަކާއެކު މަސައްކަތް ނުކުރުމަށް ބައިނަލްއަގުވާމ... އަލީ އާދިލް · 1 އަހަރު ކުރިން
ރާއްޖެ ފަލަސްޠީނުގެ މިނިވަން ދަޢުލަތެއް ޤާއިމުކުރުމުގެ ގަރާރަށް ރާއްޖޭގެ ވޯޓު، ރައީސްގެ މަރުޙަބާ ފަލަސްޠީނުގެ މައްސަލައަށް ސުލްހަވެރި ޙައްލެއް ހޯދުމަށް އެކުލަވާލާފައިވާ އދ. ގެ ”އެންޑޯސްމަންޓް އޮފް ދަ ނިއުޔޯކް ޑެކްލެރޭޝަން އޮން ދަ ޕީސްފުލް ސެޓްލްމަންޓް އޮފް ދަ ކުއިޝަން އޮފް ދަ ފަލަސްތީނު އެންޑް ދަ އިމްޕްލިމެންޓޭޝަން އޮފް ދަ ޓޫ-ސްޓޭޓް ސޮލިއުޝަން” ބަލައިގަތުމާއި، މިނިވަން ދަޢުލަތެއް ޤާއިމުކުރުމަށް ނިންމި ނިންމުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މަރުޙަބާ ވިދާޅުވެއްޖެއެވެ. އދ.ގެ ޖެނެރަލް އެސެމްބްލީން އިސްރާއީލާއި ފަލަސްތީނުގެ މައްސަލައަށް ދެ ދައުލަތުގެ ހައްލައްގޮވާލައި، ފަލަސްތީނުގެ މިނިވަން ދަ... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ރާއްޖެ ކުޅުދުއްފުށީ ސިޓީ ސާފުކުރުމުގެ ހާއްސަ ހަރަކާތެއް ކުޅުދުއްފުށީ ސިޓީ ސާފުކުރުމުގެ ހާއްސަ ހަރަކާތެއް މިއަދު ކުރިއަށް ގެންގޮސްފިއެވެ. އެ ހަރަކާތާއި ގުޅޭގޮތުން ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނީ، އެއީ “ވޯލްޑް އެންވަޔަރަމަންޓް ޑޭ 2025” އާއި “ވޯލްޑް ކްލީނަޕް ޑޭ 2025 ” އާއި “އިންޓަނޭޝަނަލް ކޯސްޓަލް ކްލީންއަޕް ޑޭ 2025” ފާހަގަކުރުމަށާއި އަދި ކޮމަންވެލްތް ބީޗް ހޭންޑްބޯލް ގޭމްސް ފެށުމަށް ތައްޔާރުވުމަށްޓަކައި ކުރިއަށް ގެންދިޔަ ހަރަކާތެއްކަމަށެވެ. މި ހަރަކާތް ކުރިއަށް ގެންގޮސްފައި ވަނީ ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އެ ސިޓީގެ މުއައްސަސާތަކާއި ގުޅިގެންނެވެ.... ޔުމްނާ ޢަލީ · 1 އަހަރު ކުރިން