ރާއްޖެ ހާފިޒުންނަށް ރައީސް ދެއްވާ އިނާމާއި މެޑަލް ދިނުން ރޯދަ މަހުގެ 27ގައި ކީރިތި ޤުރްއާން ހިތުދަސްކުރާ ހާފިޒުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑެއްޔާއި އިނާމު، މިއަހަރުގެ ރަމަޟާން މަހުގެ 27 ވިލޭރޭ ދެއްވާ ގޮތަށް ހަމަޖައްސަވައިފިއެވެ. ރައީސް އޮފީހުން ބުނިގޮތުގައި މި އިނާމު މި ތާރީޚަށް ހަމަޖެއްސެވުމުގެ މައިގަނޑު ސަބަބަކީ، ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުން ޙާފިޡުންނަށް ރަސްމީކޮށް ސަނަދު ހަވާލުކުރައްވަމުން ގެންދަވަނީ، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ރަމަޟާން މަހުގެ 27 ވިލޭރޭ ބާއްވަވާ ޖަލްސާގައި ކަމަށްވާތީއެވެ. އަދި މި ޖަލްސާއަކީ ހާފިޒުންނަށް ރައީސުލްޖުމްހޫރިއް... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ރާއްޖެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުގެ ބިލު މަޖިލީހުން ފާސްކޮށްފި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގެ ބިލު ރައްޔިތުންގެ މަޖިލީހުގެ ދައުރުން މިއަދުގެ ޖަލްސާގައި ފާސްކޮށްފިއެވެ. މި ބިލަކީ ސަރުކާރުގެ ފަރާތުން ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހް ސްޕޮންސަރ ކުރައްވާފައިވާ ބިލެކެވެ. މި ބިލު ފާސްވެފައިވަނީ މަޖިލީހުގެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 76 މެންބަރުންގެ ތެރެއިން 64 މެންބަރުންގެ ތާއީދާއެކުގައެވެ. ބިލާ ދެކޮޅަށް ވޯޓު ދެއްވާފައިވަނީ 12 މެންބަރުންނެވެ. މި ބިލު ދިރ... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
މަޖިލިސް ޚިޔާލު ހޯދުމުގެ ވޯޓު ނެގުމުގެ ބިލުގައި ރިޔާސީ ދައުރު ދަންމާލައި ރަސްކަމަކަށް ބަދަލުކުރާ ވާހަކައެއް ނެތް: ފަލާހް ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގެ ބިލުގައި ރިޔާސީ ދައުރު ދަންމާލައި ރަސްކަމަކަށް ބަދަލުކުރާ ވާހަކައެއް ނެތްކަމަށް ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރު އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހް ވިދާޅުވެއްޖެއެވެ. މަޖިލީހުގެ މެޖޯރިޓީ ލިޑަރުގެ ގޮތުގައި ވެސް ހުންނެވި ފަލާހް މިފަދައިން ވިދާޅުވީ، މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގެ ބިލު، މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓަށް ބަހުސްކުރަށ... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ރާއްޖެ ފޭކު ސްލިޕް ފޮނުވައިގެން ވިޔަފާރިކުރި މީހަކު ހައްޔަރުކޮށްފި ގއ. ވިލިނގިލީ އެކި ފިހާރަތަކަށް ސައްހަ ނޫން ސްލިޕް ފޮނުވައިގެން ވިޔަފާރިކުރަމުން ދިޔަ މީހަކު ހައްޔަރުކޮށްފައެވެ. ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ގ. ރޯޒީ / މާލެ، މުޙައްމަދު ޝާރިފް (37އ) އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މި މަހުގެ 12 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުންނެވެ. ފުލުހުން ބުނީ އެ އިދާރާގެ ތަހުގީގަށް މިހާތަނަށް ހޯދިފައިވާ މައުލޫމާތުން ދައްކާ ގޮތުގައި، އޭނާ ވަނީ ސައްހަ ނޫން ސްލިޕް ފިނުވައިގެން ވިލިނގިލީގެ އެކި […] ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ރާއްޖެ ނިލަންދޫން ގެއްލުނު ކުއްޖާ ވަނީ ފެނިފައި، ހާލު ރަނގަޅު: ފުލުހުން ފ. ނިލަންދޫއިން ގެއްލިގެން ހޯދަމުން ދިޔަ 14 އަހަރުގެ އަންހެންކުއްޖާ ފެނިފައިވާކަމަށް ފުލުހުން ބުނެފިއެވެ. އެ ކުއްޖާ ގެއްލިގެން އާއިލާއިން ފުލުހުންނަށް ރިޕޯޓްކުރީ ރޭ 22:15 ހާއިރު އެވެ. އެކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ފުލުހުން ހާމަކުރީ ރޭ 23:59 ހާއިރުއެވެ. މިއަދު ހެނދުނު 7:50 ހާއިރު ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައި ވަނީ އެ ކުއްޖާ ރޭ 2:40 ހާއިރު ފެނިފައިވާކަމަށެވެ. އަދި ކުއްޖާގެ ހާލު ރަނގަޅުކަމަށް ވެސް ބުންޏެވެ. އިތުރު ތަފްސީލެއް […] ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ބައިނަލްއަގުވާމީ ޤަތަރު އެކަންޏެއްނުވާނެ، އަރަބި، އިސްލާމީ ދުނިޔެ އެ ޤައުމާއެކުގައި ވާނެ: އަރަބި ލީގުގެ އެސްޖީ ޤަތަރު އެކަންޏެއްނުވާނެކަމަށާއި، އަރަބި އަދި އިސްލާމީ ދުނިޔެ އޮތީ އެ ޤައުމާއެކުގައި ކަމަށް ވިދާޅުވެ، އަރަބި ލީގުގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު އަބޫލް ގައިތު އާދީއްތަ ދުވަހު އިސްރާއީލުގެ އަމަލުތަކާމެދު ހަރުކަށި އިންޒާރެއް ދެއްވައިފިއެވެ. ދޯހާގައި ބޭއްވުމަށް ހަމަޖެހިފައިވާ އަރަބި އަދި އިސްލާމީ ލީޑަރުންގެ ކުއްލި ސަމިޓުގެ ތައްޔާރީ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، އަބޫލް ގައިތު ވިދާޅުވީ މި ސަމިޓުން ވަރުގަދަ މެސެޖެއް ދޭނެ ކަމަށެވެ. “ޤަތަރު އެކަންޏެއްނުވާނެ. އަރަބި އަދި އިސްލާމީ ދުނިޔެ އެ ޤައ... ނާޒިމާ އަލީ · 1 އަހަރު ކުރިން
ކުޅިވަރު ޔަމާލް ނުލާ ވެސް ބާސާއަށް ހަ ލަނޑުގެ މޮޅެއް ސްޕެނިޝް ލަލީގާގައި ރޭ ބާސެލޯނާއާއި ވެލެންސިއާ ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު، ބާސާއިން ކާމިޔާބު ކޮށްފިއެވެ. ރޭ އަމިއްލަ ދަނޑުގައި ބާސާއިން ވަނީ 6-0 ގެ ބޮޑު ތަފާތުން ވެލެންސިއާ ބަލިކޮށްފައެވެ. އުމުރުން 18 އަހަރުގެ ލެމީން ޔަމާލް، ނިމިގެންދިޔަ އިންޓަނޭޝަނަލް ބްރޭކްގައި ސްޕެއިނުން ކުޅުނު ދެ މެޗުގައި ވެސް ބޮޑުބައިގައި ކުޅުނެވެ. އަނިޔާގައި ހުރި ޔަމާލް ލައްވައި ދެ މެޗު ކުޅުވުމުން ބާސާއިން ވަނީ އެކަމާއި ހިތްހަމަ ނުޖެހުން ވެސް ފާޅުކޮށްފައެވެ. ޔަމާލްގެ އުކުޅުވަޅަށް ލިބިފައިވާ އަނިޔާއެއްގެ […] އިބްރާހިމް ޚަލީލް · 1 އަހަރު ކުރިން
ބައިނަލްއަގުވާމީ ޣައްޒާގެ ކުޑަކުދިންގެ ބޮލަށާއި މެޔަށް އަމާޒުކޮށް، ބަޑިޖަހާފައިވަނީ އެއްގޮތަކަށް: ބައިނަލްއަގުވާމީ ޑޮކްޓަރުން ފަލަސްތީނުގައި ހިނގަމުންދާ ނަސްލު ނައްތާލުމުގެ ޖަރީމާގައި ޔަހޫދީ އިޒްރޭލުން ޣައްޒާގެ ކުޑަކުދިންގެ ހަށިގަނޑަށް ބަޑިޖަހާފައިވާ ގޮތް ވަރަށް ކަންބޮޑުވާ މިންވަރަށް އެއްގޮތްވާކަން، ޑަޗް ނޫސް “ދަ ވޯކްސްކްރަންޓް” އިން ކުރި ތަހުގީގަކުން ހާމަ ވެއްޖެ އެވެ. މިކަން ހާމަވެފައިވަނީ ކުޑަކުދިންނަށް ގަސްތުގައި އަމާޒުކޮށް ހަމަލާދޭކަމުގެ ކަންބޮޑުވުން ދުނިޔޭގެ އެކިކަންކޮޅުގައި އަދި ހާއްސަކޮށް ޔޫރަޕުގެ ގައުމުތަކުގައި އުފެދިފައިވާ ދަނޑިވަޅެއްގަ އެވެ. “ދަ ވޯކްސްކްރަންޓް” ނޫހުން ވާހަކަ ދެއްކި 17 ޑޮކްޓަރުންނާއި ނަރުހަކީ... އަލީ އާދިލް · 1 އަހަރު ކުރިން
ކުޅިވަރު ފަހުވަގުތު ބާންލީ ބަލިކޮށް ލިވަޕޫލުން ރެކޯޑް ދަމަހައްޓައިފި އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޗެމްޕިއަން ލިވަޕޫލާއި ބާންލީ ބައްދަލުކުރި މެޗުން ފަހުވަގުތު މޮޅުވެ، ލިވަޕޫލުން މޮޅުވުމުގެ ރެކޯޑް ދަމަހައްޓައިފިއެވެ. މި މެޗުގައި ލިވަޕޫލުން ބާންލީގެ މައްޗަށް ކުރި ހޯދާފައި ވަނީ 1-0 ގެ ނަތީޖާއިންނެވެ. ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗު ކާމިޔާބުކުރި ހަމައެކަނި ޓީމަކީ ލިވަޕޫލެވެ. ހަތަރު މެޗުން ހޯދި 12 ޕޮއިންޓާއިއެކު އެ ޓީމް މިވަގުތު އޮތީ ވެސް ޕޮއިންޓް ތާވަލުގެ އެއްވަނާގައެވެ. އަމިއްލަ ދަނޑުގައި ބާންލީން ރޭ މެޗު ފަށާފައިވަނީ ޑިފެންސަށް […] އިބްރާހިމް ޚަލީލް · 1 އަހަރު ކުރިން
ކުޅިވަރު ހާލަންޑްގެ ލަނޑުތަކުން ސިޓީން ޔުނައިޓެޑް ބަލިކޮށްފި އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ސިޓީއާއި މެންޗެސްޓާ ޔުނައިޓެޑް ބައްދަލުކުރި މެޗު 3-0 ގެ ނަތީޖާއިން ސިޓީން ކާމިޔާބުކޮށްފިއެވެ. ޕޮއިންޓް ތާވަލުގެ 15 ވަނާގައި މިދިޔަ ސީޒަން ނިންމާލި ޔުނައިޓެޑްގެ އައު ސީޒަންގެ ފެށުން ވެސް އަދި ފެންނަން އޮތީ ވަރަށް ދަށްކޮށެވެ. މިހާތަނަށް ލީގުގައި ހަތަރު މެޗު ކުޅުނުއިރު މޮޅުވީ އެންމެ މެޗަކުންނެވެ. ދެ މެޗުން ބަލިވިއިރު އަނެއް މެޗު ނިމުނީ އެއްވަރު ވެގެންންނެވެ. ރަށުން ބޭރުގައި ދަށް ރެކޯޑެއް އޮތް ޔުނައިޓެޑު، އެންމެ […] އިބްރާހިމް ޚަލީލް · 1 އަހަރު ކުރިން
ރާއްޖެ 8 މީހުންނާއި އެކު ދަތުރުކުރަމުން ދިޔަ ލޯންޗެއް ފުށިދިއްގަރު ފަރަށް އަރައިފި 8 މީހުންނާއި އެކު ދަތުރުކުރަމުން ދިޔަ ލޯންޗެއް ކ.ފުށިދިއްގަރު ފަރަށް އަރައިފި އެވެ. މެރިން ޕޮލިސްއިން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ހާދިސާ ހިނގީ ރޭ ދަނވަރު 00:45 ހާއިރު އެވެ. މި ހާދިސާގައި ލޯންޗުގައި ދަތުރުކުރި 8 ފަސިންޖަރުން ވަނީ ސަލާމަތްކުރެވިފައެވެ. މި ހާދިސާގައި 2 މީހަކަށް ކުދި އަނިޔާތަކެއް ލިބިފައިވާ ކަމަށް ވެއެވެ. ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެއެވެ. ލޯންޗް ފަރަށް އެރުމާ ގުޅިގެން އުޅަނދުގައި ތިބި ފަސިންޖަރުން ވަނީ […] އަލީ އާދިލް · 1 އަހަރު ކުރިން
ބައިނަލްއަގުވާމީ އަހަރެއްގެ ތެރޭގައި މާރސް އަށް ގޮސް އާދެވިދާނެ އައު ނިއުކްލިއަރ ރޮކެޓް ޓެކްނޮލޮޖީއެއް އެއް އަހަރު ތެރޭގައި މާރސްއަށް ދަތުރުކޮށް އެނބުރި އާދެވޭހައި ހަލުވި އައު ނިއުކްލިއަރ ރޮކެޓް ޓެކްނޮލޮޖީއެއް ތަރައްގީކުރަމުންދާކަމަށް އޮހާއިއޯ ސްޓޭޓް ޔުނިވަރސިޓީގެ އިންޖިނިއަރުން ހާމަކޮށްފި އެވެ. މި އައު ޓެކްނޮލޮޖީގައި ދިޔާ ޔުރޭނިއަމް ބޭނުންކޮށްގެން ނިއުކްލިއަރ ޕްރޮޕަލްޝަންގެ އައު އަދި އަވަސް ގޮތެއް ތަރައްގީކުރުމަށް މަސައްކަތްކުރަމުންދަނީ ރޮކެޓް އިންޖީނުތަކަށް ހަކަތަ ދިނުމުގެ އައު ގޮތެއް ހޯދައިގެންނެވެ. މި އައު ޓެކްނޮލޮޖީ ކަމަށްވާ ސެންޓްރިފިއުގަލް ނިއުކްލިއަރ ތާމަލް ރޮކެޓް (ސީއެންޓީއާރު) އިން ޕްރޮ... އަލީ އާދިލް · 1 އަހަރު ކުރިން
ރާއްޖެ ނިލަންދޫން 14 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ ފ. ނިލަންދޫގައި 14 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ފުލުހުން ރޭ ބުނެފިއެވެ. ރޭ 23:59 ހާއިރު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ ނިލަންދޫ 14 އަހަރުގެ އަންހެންކުއްޖަކު ގެއްލިފައިވާ މައްސަލަ ރޭ (14 ސެޕްޓެމްބަރު 2025) 22:15 ހާއިރު އެ އިދާރާ އަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އެ ކުއްޖާ އިއްޔެ ހަވީރު ގެއިން ނުކުތް ގޮތަށް ޚަބަރެއް ވެފައި ނުވާ ކަމަށް އާއިލާއިން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން […] ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ރާއްޖެ މާލޭގައި ވަޅިން ހަމަލާދީ މީހަކު ޒަޚަމްކޮށްލައިފި މާލޭގެ މަޖީދީމަގުގައި ތޫނުއެއްޗަކުން ހަމަލާދީ މީހަކު ޒަޚަމްކޮށްލި މައްސަލައެއް ބަލަމުންއަން އަންނަކަމަށް ފުހުން މިރޭ ބުނެފިއެވެ. މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ މި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިއަދު ހަވީރު 5:15 އެހައިކަށްހާއިރު ކަމަށެވެ. ފުލުހުން މަޢުލޫމާތު ދީފައިވާ ގޮތުގައި މި މާރާމާރީގައި އަނިޔާވެފައިވަނީ 28 އަހަރުގެ ދިވެހި ފިރިހެނެކެވެ. އަދި އޭނާއަށް ލިބިފައިވާ އަނިޔާތަކަށް ފަރުވާ ދިނުމަށްޓަކައި އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން މަޢުލޫމާތު ދެއެ... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ރާއްޖެ ޢަރަބި އިސްލާމީ ޤައުމުތަކުގެ ކުއްލި ސަމިޓަށް ރައީސް ގަތަރަށް ޢަރަބި އިސްލާމީ ޤައުމުތަކުގެ ކުއްލި ސަމިޓެއްގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިރޭ ޤަޠަރަށް ފުރާވަޑައިގެންފިއެވެ. މިމަހުގެ 15 ވަނަ ދުވަހު ބާއްވާ މި ސަމިޓަކީ މި ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ޤަޠަރުގެ ވެރިރަށް ދޯހާއަށް އިޒްރޭލުން ދިން ޙަމަލާއާ ގުޅިގެން ބާއްވާ ސަމިޓެކެވެ. މި ސަމިޓްގައި ރައީސް ޚާއްޞަ ބަޔާނެއް އިއްވަވާނެ ކަމަށް ރައީސް އޮފީހުން ވަނީ މައުލޫމާތު ދީފައެވެ. ރައީސް މުޢިއްޒު މި ސަމިޓްގައި ބައިވެރިވެވަޑައިގަތުމަކީ، ދިވެހިރާއްޖެއާއި ޤަޠަރާ ދެމެދު […] ޔުމްނާ ޢަލީ · 1 އަހަރު ކުރިން