ތިލަދުންމަތީ ޚަބަރު ފޯކައިދޫގައި ދަރިން ތަރުބިއްޔަތު ކުރުމާއި ސައިބަރ ކްރައިމް އާއި ގުޅޭ ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ށ. ފޯކައިދޫގައި ސައިބަރ ކްރައިމްސް އާއި ގުޅޭގޮތުން މީހުން ހޭލުންތެރިކުރުމަށް ބެލެނިވެރިންނާއި ބޮޑެތި މީހުންނަށް ހާއްސަކޮށްގެން ޕްރޮގްރާމެއް ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިގޮތުން މި ޕްރޮގްރާމަކީ ފޯކައިދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއާއި، ފޯކައިދޫ ކައުންސިލުން އިސްނަގައިގެން އެ ރަށު ޕޮލިސް ސްޓޭޝަނާއި ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގައި ބައިވެރިވުމަށް އާއްމުނަނަށް އިއުލާނުކުރަމުން ފޯކައިދޫ ކައުންސިލުން ބުނެފައިވަނީ މި ޕްރޮގްރާމުގައި ދަރިން ތަރުބިއްޔަތު ކ... އައިޝަތު އައިނީ އާމިރު · 1 އަހަރު ކުރިން
ރާއްޖެ ލޮރީއެއް ދަށުވެ ބިދޭސީއަކަށް ސީރިއަސް އަނިޔާތަކެއް، ދުއްވި މިހާ ހައްޔަރު ތިލަފުށީގައި މިއަދު މެންދުރު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ސްރީލަންކާ ރައްޔިތަކު ލޮރީއެއްގެ ދަށުވެ، ސީރިއަސް އަނިޔާތަކެއް ވެއްޖެއެވެ. ފުލުހުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ މިއަދު މެންދުރު 14:15 ހާއިރުއެވެ. އެކްސްކެވޭޓަރެއް ކައިރީގައި މަސައްކަތްކުރަން ހުރި ސްރީލަންކާ ރައްޔިތެއްގެ ގައިގައި ލޮރީއަކުން ޖެހި ވެއްޓި، އޭނާގެ ގައިމަތިން ލޮރީ ގޮސްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. މި ހާދިސާގައި އަނިޔާވި މީހާއަށް ލިބުނު އަނިޔާތަކާއެކު މިހާރު ދަނީ އިންދިރާ ގާންދީ މެމޯރ... އަލީ އާދިލް · 1 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކުޅުދުއްފުށީގައި ތަރައްޤީ ކުރާ މަސްބާނާ ފާލަމާއި ގުޅޭގޮތުން އާންމުންގެ ޚިޔާލުހޯދުމަށް މިރޭ މަޝްވަރާ ބައްދަލުވުމެއް ކުޅުދުއްފުށި ސިޓީގައި މަސްބޭނުމަށް ފާލަމެއް ތަރައްޤީކުރާނެ ސަރަހައްދެއް ކަނޑައެޅުމަށް މިރޭ މަޝްވަރާ ބައްދަލުވުމެއް ބާއްވަން ނިންމައިފިއެވެ. މި ކަމާއި ގުޅޭގޮތުން ސިޓީ ކައުންސިލުން ވަނީ މި މަޝްވަރާ ބައްދަލުވުމަށް ސްޕޯޓްސް ފިޝިންގ އަދި މަސްވެރިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ބައިވެރިވުމަށް އެދިފައެވެ. އެގޮތުން 11 ސެޕްޓެމްބަރ 2025 (މިރޭ) މި ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ 20:30 ގައި ކުޅުދުއްފުށީ އެން.އޯ.ސީ ފުނަވަލު މާލަމުގައެވެ. މީގެ އިތުރުން ކުޅުދުއްފުށީގައި ތަރައްޤީކުރަން ހަމަޖެހިފައިވާ... އައިޝަތު އައިނީ އާމިރު · 1 އަހަރު ކުރިން
ރާއްޖެ ދައުރުން ބޭރުން މަޖިލިސް ޖަލްސާއެއް އަންނަ ހޯމަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުން ޖަލްސާއެއް މި މަހުގެ 15 ވަނަަވާ ހޯމަ ދުވަހު ބޭއްވުމަށް ނިންމައިފިއެވެ. މަޖިލީހުގެ އިދާރާއިން ބުނިގޮތުގައި މަޖިލީހުގެ ގަވާއިދުގެ 45 ވަނަ މާއްދާގެ ދަށުން ދައުރުން ބޭރުން ޖަލްސާއެއް ބޭއްވުމަށް ހުށަހެޅުމެއް ލިބުމާ ގުޅިގެން އަންނަ ހޯމަ ދުވަހު ބޭއްވުމަށް ވަނީ ނިންމާފައެވެ. މި ޖަލްސާގެ އެޖެންޑާ އަދި މަޖިލީހުގެ ވެބްސައިޓަށް އަޕްލޯޑެއް ނުކުރެއެވެ. މަޖިލިސް ޗުއްޓީގައި އޮތް ނަމަވެސް، މިވަގުތު ވެސް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި ބައެއް ބިލުތަކުގެ […] ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ރާއްޖެ ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުގެ އާ ވެބްސައިޓު އިފްތިތާޙްކޮށްފި ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުގެ އާ ވެބްސައިޓު މިއަދު ރަސްމީކޮށް އިފްތިތާޙްކޮށްފިއެވެ. އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ވެބްސައިޓު އިފްތިތާޙްކޮށްދެއްވީ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު އެވެ. މި އާ ވެބްސައިޓަކީ މިހާތަނަށް ޤުރުއާނާއި ބެހޭ މަރުކަޒަށް ތަޢާރަފުކުރެވުނު އެންމެ ފެންވަރު ރަނގަޅު، އަދި އާންމު ރައްޔިތުންނަށް ގިނަގުނަ ފަސޭހަތަކެއް ލިބިގެންދާނެ ވެބްސައިޓެކެވެ. މި ވެބްސައިޓު މެދުވެރިކޮށް މަރުކަޒުން ހިންގާ... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކުޅުދުއްފުށީ މަށިކުޅީގެ ވިއުވިން ޕްލެޓްފޯމް ވަރަށް ހިތްގައިމު، ޔާސިރަށް ރޯޒޭގެ ޝުކުރު ކުޅުދުއްފުށި ސިޓީ މަށި ކުޅީގައި ތަރައްޤީކުރި ވިއުވިން ޕްލެޓްފޯމަކީ ވަރަށް ހިތްގައިމު ފުރުހަމަ މަސައްކަތެކެވެ. އެ ޕްލެޓްފޯމް އިއްުޔެ ރަސްމީކޮށް ހުޅުވިގެން ދިޔުމަކީ ސިޓީގެ ރައްޔިތުންނާއި، މަށިކުޅީގެ ވެށިން އުފަލާއި ހިތްހަމަޖެހިލުން ލިބިގަތުމަށް އެ ތަނަށް ޒިޔާރަތްކުރާ މީހުންނަށް މަށިކުޅީގެ ހިތްގައިމުކަން އޭގެ އެންމެ މަތީ ދަރަޖައަށް ހޯދުމަށް ސިޓީ ކައުންސިލުން ހުޅުވާލަދިން ފަހި ފުރުސަތެއްކަން ގައިމެވެ. އެތަން ފަރުމާކޮށްފައި ވަނީ މަށީގެ ވެށީގެ މުއްސަނދިކަން ފުރިހަމައަށް ބަލައިލެވޭނެ ގޮތަށެވެ. މި ވިއުވ... އައިޝަތު އައިނީ އާމިރު · 1 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ތިލަދެކުނު ވޮލީ: ފިރިހެން ފައިނަލުގައި ހަނިމާދޫ އާއި ނޮޅިވަރަމު، އަންހެން ފައިނަލުގައި ހަނިމާދޫ އާއި ފިނޭ ހދ.އަތޮޅު ކަންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ “ތިލަދެކުނު ވޮލީ މުބާރާތް 2025” ގެ ފައިނަލު މެޗުތައް މިއަދު ކުޅޭނެއެވެ. މި އަހަރުގެ މުބާރާތުގެ ފިރިހެން އަދި އަންހެން ޑިވިޝަންގެ މެޗުތައް ވެސް ކުރިއަށް ދަނީ ނައިވާދޫގައެވެ. މުބާރާތުގެ އަންހެން ޑިވިޝަންގެ ފައިނަލް މެޗު ކުޅުމަށް ތާވަލު ކޮށްފައި ވަނީ މިއަދު ހަވީރުއެވެ. ހަވީރު 16:00 ގައި ފަށާ މި މެޗުގައި ބައްދަލުކުރާނީ ހަނިމާދޫ ސާއްބަ އެކުވެރި ކްލަބާއި ފިނޭ ޑެޒަޔަރ ކްރޫ ސްޕޯޓްސް ކްލަބެވެ. މުބާރާތުގެ […] އިބްރާހިމް ޚަލީލް · 1 އަހަރު ކުރިން
ވާހަކަ ސިލްސިލާ ވާހަކަ: ނުދަންނަ އެކުވެރިޔާ (8) ކުރީގެ އަދަދާއިގުޅޭ: އަހަރެން ބޯ ޖަހާލީމެވެ. ސޯފާމަތީގައި އޮތް ލެޕްޓޮޕް ބޭގް ނަގައިގެން އޭނާ ނިކުމެގެން ދިޔައީ އަހަންނާ ދިމާލަށް އިތުރަށް ބަލައިވެސް ނުލައެވެ. އަހަރެން އުއްމީދުކުރާ ގޮތަކީ އެއީ އެއް ނޫނެވެ. އޮފީހަށް ދަމުން ރީިތި ހިނިތުންވުމެއް ދިނުމަކީ ގޯހެއް ހެއްޔެވެ؟ ލޯބި ބަލައިލުމެއް ރައްދު ކުރުމަކީ ކުށެއް ހެއްޔެވެ؟ އެންމެ ކުޑަމިނުން އެވަރުކޮށްލުމުން ވެސް އަހަންނަށް ފުދޭނެއެވެ. ނަމަވެސް ގުޅުމެއް އިތުރަށް ވަރުގަދަ ކުރާނެ އެއްވެސް އުކުޅެއް ޒިޔާދަކަށް ނޭނގެއެވެ. އޭނާއަށް ނޭނގެނީކަމެއް ނޫނީ […] ސަލާމާ ޢަބްދުލް ޢަލީމް · 1 އަހަރު ކުރިން
ރާއްޖެ ޖުޑިޝަރީ އަށް ބަޖެޓުގެ ވަކި އިންސައްތައެއް ކަނޑައަޅަން ރައީސް ނިންމަވައިފި ޖުޑިޝަރީގެ މާލީ މިނިވަންކަން ކަށަވަރުކުރުމަށްޓަކައި، އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުން ވަކި އިންސައްތައެއް އެ ދާއިރާއަށް ކަނޑައަޅައި، ބްލޮކް ގްރާންޓްގެ ގޮތުގައި ދޫކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ. މި ނިންމެވުމަކީ ކެބިނެޓުގައި މަޝްވަރާކުރެއްވުމަށްފަހު އިއްޔެ ނިންމެވި ނިންމެވުމެކެވެ. މިކަން ރައީސް ހާމަކުރެއްވީ މިއަދު މީސްމީޑިއާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައެވެ. ރައީސްގެ ޕޯސްޓުގައި ވިދާޅުވެފައިވަނީ، ޖުޑިޝަރީ މިނިވަންކަމާއެކު މަސައްކަތްކުރުމަށް އެންމެ މުހިންމު އެއް ކަމަކީ... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ވިޔަފާރި ސްޓެލްކޯގެ ބޯޑަށް ޑީއެމްޑީ މުޒްނާ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)ގެ ޑިރެކްޓަރުންގެ ބޯޑަށް އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އާއިޝަތު މުޒްނާ އައްޔަންކޮށްފި އެވެ. ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން އިއްޔެ ބުނީ ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑުން މުހައްމަދު އާމިރު ވަކިކޮށްފައިވާ ކަމަށެވެ. އާމިރުގެ ބަދަލުގައި މުޒްނާ އެ މަގާމަށް ހަމަޖައްސާފައިވާކަމަށް ވެސް ޕީސީބީ އިން ވަނީ ބުނެފައެވެ. މުޒްނާ ސްޓެލްކޯގައި ޚިދުމަތްކުރަށްވަން ފެއްޓެވީ 2000 ވަނަ އަހަރުއެވެ. މުޒްނާގެ މަސައްކަތުގެ ރެކޯޑަށް ބަލާއިރު،... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ރާއްޖެ ވަކިވަކި ނޫސްވެެރިންނަށް ފިޔަވަޅު އެޅޭ މާއްދާ އުނިކުރުން ހިމެނޭހެން ހަންނާނުގެ ބިލަށް އޭޖީގެ އިސްލާހްތަކެއް ތުޅާދޫ ދާއިރާގެ މިނިވަން މެންބަރު އަބްދުލްހަންނާނު އަބޫބަކުރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ “މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލު” އަށް ބަންޑާރަނައިބުގެ އޮފީހުން އިސްލާހުތަކެއް ހުށަހަޅުއްވައިފިއެވެ. މީގެ ތެރޭގައި ވަކިވަކި ނޫސްވެރިންނާއި މީޑިއާތަކުގައި މަސައްކަތްކުރާ މީހުންނާ ދެކޮޅަށް ފިޔަވަޅު އެޅުމާއި، ވަގުތީ ގޮތުން ރަޖިސްޓަރީ ބާތިލްކުރެވޭ މާއްދާ އުނިކުރުން ހިމެނެއެވެ. މި ބިލު މިހާރު އޮތީ ކޮމެޓީ މަރުހަލާގައެވެ. ބަންޑާރަނައިބު ހުށަހެޅުއްވި އިސްލާހުތަކުގެ ތެރޭގައި... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ބައިނަލްއަގުވާމީ އަނިޔާވެރި އިޒްރޭލުން ފާއިތުވި 3 ދުވަހުގެ ތެރޭގައި 6 ގައުމަކަށް ހަމަލާދީފި އަނިޔާވެރި ޔަހޫދީ އިޒްރޭލުން ވޭތުވެދިޔަ 72 ގަޑިއިރުގެ ތެރޭގައި ޖުމްލަ 6 ގައުމަކަށް ހަމަލާދީ ގިނަ ބަޔަކު ޝަހީދުކޮށްލައިފިއެވެ. އެމެރިކާގެ އެހީތެރިކަމާއި އެކު ދުނިޔޭގައި ހަމަ ނުޖެހުން ހިންގަމުން އަންނަ ޔަހޫދީ އިޒްރޭލުން ހަމަލާދީފައިވަނީ ފަލަސްތީނާއި، ލެބަނަން، ސީރިއާ، ޓިއުނީޝިއާ، ޤަތަރު އަދި ޔަމަނަށެވެ. ހޯމަ ދުވަހު ލެބަނަންގެ ބެކާ އަދި ހަރްމަލް ސަރަހައްދުތަކަށް އިޒްރޭލުގެ ހަނގުރާމަ މަތިންދާބޯޓުތަކުން ދިން ހަމަލާގައި މަދުވެގެން 5 މީހުން މަރުވެފައިވެއެވެ. އިޒްރޭލުގެ ސިފައިން ބުނެފައިވަނީ މި ހަމަލާ އ... އަލީ އާދިލް · 1 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ނޮޅިވަރަންފަރު 100 ހައުސިން ޔުނިޓް އެއްބަސްވުމުގައި ސޮއި ނުކުރާ ފަރާތްތަކަށް ފަހު ފުރުސަތު ހދ. ނޮޅިވަރަންފަރުގައި އިމާރާތްކޮށްފައިވާ 100 ހައުސިން ޔުނިޓު ލިބޭ ފަރާތްތަކުންކުރެ، އެ ޔުނިޓްތައް ހަވާލުކުރުމުގެ މަސައްކަތުގައި ކުރިން ސޮއި ނުކުރާ ފަރާތްތަކާއެކު ހައުސިން ޔުނިޓް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއި ކުުރުމުގެ ފުރުސަތު މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން ހައުސިން އެންޑް އިންފަރަސްޓްރަކްޗަރ އިން ހުޅުވާލައިފިއެވެ. މިފުރުސަތު ހުޅުވާލައި ހައުސިންގ މިނިސްޓްރީން އާއްމުކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ، ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ތެރެއިން، ހދ. ނޮޅިވަރަންފަރުގައި އިމާރާތްކޮށް... އައިޝަތު އައިނީ އާމިރު · 1 އަހަރު ކުރިން
ބައިނަލްއަގުވާމީ އެމެރިކާގެ ކެމްޕަސް ޑިބޭޓެއްގެ ތެރެއިން، ޕްރޯ އިޒްރޭލް އެކްޓިވިސްޓެއް ގަޔަށް ބަޑިޖަހާ މަރާލައިފި ކޮންޒަވޭޓިވް އެކްޓިވިސްޓް އަދި އިސްރާއީލަށް ވަރުގަދައަށް ތާއީދުކޮށް އަޑުއުފުލަމުންދާ ފަރާތެއް ކަމުގައިވާ ޗާލީ ކާރކް، ޔޫޓާ ވެލީ ޔުނިވަރސިޓީގެ ޑިބޭޓެއްގެ ތެރެއިން ގަޔަށް ބަޑިޖަހާ މަރާލައިފި އެވެ. ޓާނިންގ ޕޮއިންޓް ޔޫއެސްއޭ (ޓީޕީޔޫއެސްއޭ)ގެ ބާނީ އަދި ސީއީއޯ، 31 އަހަރުގެ ޗާލީ ކާރކް މަރާލާފައިވާކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އޭނާގެ ޓްރޫތް ސޯޝަލް އެކައުންޓްގައި އިއުލާންކޮށްފަ އެވެ. އަދި މި ހާދިސާއާ ގުޅޭގޮތުން ޕޯސްޓްތަކެއް ކުރައްވާފައެވެ. މި ހާދިސާގެ ވީޑިއޯ ސޯޝަލް މީޑިއާގައި ދައުރުވަމުނ... އަލީ އާދިލް · 1 އަހަރު ކުރިން
ބައިނަލްއަގުވާމީ އިސްރާއީލުން ޔަމަނުގެ ސެންޓްރަލް ބޭންކު ހިމެނޭހެން މުހިންމު ގިނަ އިމާރާތްތަކަކަށް ހަމަލާދީފި އިސްރާއީލުގެ ހަނގުރާމަ މަތީ ބޯޓުތަކުން ޔަމަނުގެ އެތައް ސަރަހައްދަކަށް ބުދަ ދުވަހު ދިން ވައިގެ ހަމަލާތަކުގެ ސަބަބުން މަދުވެގެން ނުވަ މީހުން މަރުވެ، 118 މީހުންނަށް އަނިޔާވެފައިވާ ކަމަށް ޔަމަނުގެ ހޫތީ ޖަމާޢަތުން ބުނެފިއެވެ. މި ހަމަލާތައް ވަނީ ޔަމަނުގެ ސެންޓްރަލް ބޭންކުގެ މައި އޮފީސް ހިމެނޭހެން، ސިއްހީ އަދި ސަރުކާރުގެ މުހިންމު އިމާރާތްތަކަށް އަމާޒުކޮށްފައެވެ. ހޫތީން ހިންގާ އަލް-މަސީރާ ޓީވީން ރިޕޯޓުކުރި ގޮތުގައި، މި ހަމަލާތައް ދީފައިވަނީ ސަނާގެ ހުޅަނގު ދެކުނުގައިވާ 60 ވަނަ މަގުގައި […] ނާޒިމާ އަލީ · 1 އަހަރު ކުރިން