މައި ޚަބަރަށް ދިޔުމަށް

ތިލަދުންގެ އަރުޝީފުން ހޯދުން

ފަހުގެ ހޯދުންތައް:
އިސްރާއީލުން ގަތަރަށް ހަމަލާދިނުމަކީ ސަރަޙައްދީ ހަމަޖެހުމަށް ހުރަސްއެޅޭނެ، ފިނޑި ޢަމަލެއް: ރައީސް

އިސްރާއީލުން ގަތަރަށް ހަމަލާދިނުމަކީ ސަރަޙައްދީ ހަމަޖެހުމަށް ހުރަސްއެޅޭނެ، ފިނޑި ޢަމަލެއް: ރައީސް

އިސްރާއީލުން ޤަޠަރުގެ ވެރިރަށް ދޯހާ އަށް އިއްޔެ ދިން ހަމަލާއަކީ ސަރަޙައްދީ ހަމަޖެހުމަށް ހުރަސްއެޅޭނެ، ފިނޑި ޢަމަލެއްގެ ގޮތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ސިފަކުރައްވައިފިއެވެ. އިސްރާއީލުން ދޯހާ އަށް ދިން ހަމަލާގައި އަމާޒުކޮށްފައިވަނީ ޤަޠަރުގައި ތިބި ހަމާސްގެ ލީޑަރުންނަށެވެ. މި ހަމަލާއަކީ ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފު އަދި ޤަޠަރުގެ ސިޔާދަތަށް އަރައިގަތުމުގެ ޢަމަލެއްކަމަށް ރައީސް ވިދާޅުވެފައިވެއެވެ. މި ހަމަލާއާ ގުޅޭގޮތުން މީސްމީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް މުޢިއްޒު ވަނީ، އ...

ޔުމްނާ ޢަލީ
މާލޭގައި ކާރިސާތަކަށް ތައްޔާރުވުން ޖައިކާ އިން 10 މިލިއަން ޑޮލަރުގެ އެހީ

މާލޭގައި ކާރިސާތަކަށް ތައްޔާރުވުން ޖައިކާ އިން 10 މިލިއަން ޑޮލަރުގެ އެހީ

މާލޭގައި ކާރިސާތަކަށް ދެމެހެއްޓެނިވި ގޮތެއްގައި ތައްޔާރުވުމަށް ހިންގޭ މަޝްރޫޢުގެ އެހީގެ އެއްބަސްވުމެއްގައި ދިވެހި ސަރުކާރާއި ޖަޕާން އިންޓަރނޭޝަނަލް ކޯޕަރޭޝަން އެޖެންސީ (ޖައިކާ) އާ ދެމެދު ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެ ދަށުން 1.56 ބިލިއަން ޖަޕަނީސް ޔެން (ގާތްގަނޑަކަށް 10.5 މިލިއަން އެމެރިކާ ޑޮލަރު) ގެ ހިލޭ އެހީ ދިވެހިރާއްޖެއަށް ލިބިގެންދާނެއެވެ. މި އެހީގެ ދަށުން މާލޭގެ ކަނޑުތޮށި ވަރުގަދަކޮށް، ވާރޭ ފެން ހިންދުމަށް ބޭނުންވާ އާލާތްތައް ހޯދައި، އުދައާއި ބޯކޮށް ވެހޭ ވާރެއިން ކުރިމަތިވާ ނުރައްކާތައް...

ޔުމްނާ ޢަލީ
ބިދޭސީ މަސައްކަތްތެރިންނާމެދު އިހްމާލުވާ މީހުންނަށް އެކްސްޕެޓް ޕޯޓަލް މެދުވެރިކޮށް ފިޔަވަޅުއަޅަން ފަށަނީ

ބިދޭސީ މަސައްކަތްތެރިންނާމެދު އިހްމާލުވާ މީހުންނަށް އެކްސްޕެޓް ޕޯޓަލް މެދުވެރިކޮށް ފިޔަވަޅުއަޅަން ފަށަނީ

ދިވެހިރާއްޖޭގައި ބިދޭސީ މަސައްކަތްތެރިން ގެންގުޅޭ މީހުން އެފަދަ މަސައްކަތްތެރިންނާމެދުވާ އިހުމާލުވާމެދު މި މަހުގެ 15ވަނަ ދުވަހުން ފެށިގެން އެކްސްޕެޓް ޕޯޓަލް މެދުވެރިކޮށް ފިޔަވަޅުއަޅަން ފަށާނެކަމަށް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ މިނިސްޓްރީން ބުނެފިއެވެ. އެކަން އަންގައި އެ މިނިސްޓްރީން ކުރި ޢިއުލާނެއްގައި ބުނީ ވަޒީފާއާބެހޭ ޤާނޫނުގެ 8 ވަނަ އިޞްލާޙުގައިވާ ގޮތުގެމަތިން، ވަޒީފާއާއިބެހޭ ޤާނޫނުގެ 7-65 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފިޔަވަޅުތަކާއި، ޚާއްޞަކޮށް ދިވެހިރާއްޖޭގައި ވަޒީފާ އަ...

ޔުމްނާ ޢަލީ
އިސްރާއީލު ރައީސް އައުމުން ހައްޔަރުކުރުމަށް ގޮވާލައި ލަންޑަނުގައި އެތައް ހާސް ބަޔަކު މުޒާހަރާކޮށްފި

އިސްރާއީލު ރައީސް އައުމުން ހައްޔަރުކުރުމަށް ގޮވާލައި ލަންޑަނުގައި އެތައް ހާސް ބަޔަކު މުޒާހަރާކޮށްފި

އިސްރާއީލުގެ ރައީސް އިސްހާޤު ހަރޒޮގް އިނގިރޭސިވިލާތަށް ކުރާ ދަތުރާއި ގުޅިގެން، އޭނާ ހައްޔަރުކުރުމަށް އެދި ލަންޑަނުގައި އެތައް ހާސް ބަޔަކު އިހުތިޖާޖުކޮށްފިއެވެ. ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ހަމަލާތަކާ ދެކޮޅަށް ހަރުކަށި އަޑުއުފުލައި، މުޒާހަރާގެ ބައިވެރިން ވަނީ އިނގިރޭސިވިލާތުގެ ސަރުކާރަށް ފާޑުކިޔައިފައެވެ. އަނަދޫލޫ އޭޖެންސީން ރިޕޯޓުކުރި ގޮތުގައި، އަންގާރަ ދުވަހު ލަންޑަނުގެ މެދުތެރޭގައި ހުންނަ ބޮޑުވަޒީރުގެ އޮފީސް ކުރިމަތީގައި ބޮޑު އެއްވުމެއް ބޭއްވުނެވެ. މިއީ ހަރޒޮގް އިނގިރޭސިވިލާތަށް އައުމަ...

ނާޒިމާ އަލީ
ސައުތު އޭޝިއަން ސުޕަރ ކަޕް ކާމިޔާބުކުރި ޤައުމީ ޓީމަށް ރައީސްގެ ސާބަސް

ސައުތު އޭޝިއަން ސުޕަރ ކަޕް ކާމިޔާބުކުރި ޤައުމީ ޓީމަށް ރައީސްގެ ސާބަސް

ސައުތު އޭޝިއަން ސުޕަ ކަޕްގެ ނަމުގައި ފުޓްބޯޅަ ޝްރީ ލަންކާއިން އިންތިޒާމު ކުރި، ”ސައުތު އޭޝިއަން ސުޕަރ ކަޕް 2025” ކާމިޔާބުކުރި ދިވެހިރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ސާބަސްދެއްވައިފިއެވެ. މި މުބާރާތުގެ އިއްޔެ ހަވީރު ކުޅުނު ދެވަނަ ލެގު މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުވެފައިވާއިރު، 6 ސެޕްޓެމްބަރު 2025 ގައި ކުޅުނު ފުރަތަމަ މެޗުން ލަންކާގެ މައްޗަށް ރާއްޖެއިން 3-0 ގެ ކާމިޔާބެއް ހޯދާފައިވުމާއެކު  4-1 ގެ އެގްރިގޭޓް ނަތީޖާއަކުން […]

ޔުމްނާ ޢަލީ
އިސްރާއީލުން ދިން ހަމަލާ ވަނީ ނާކާމިޔާބުވެފައި: އޮފިޝަލް

އިސްރާއީލުން ދިން ހަމަލާ ވަނީ ނާކާމިޔާބުވެފައި: އޮފިޝަލް

ހަމާސް ޖަމާއަތުގެ ލީޑަރުންނަށް އަމާޒުކޮށް ކަމަށްބުނެ، އިސްރާއީލުން ގަތަރުގެ ވެރިރަށް ދޯޙާ އަށް މިއަދު ދިން ޙަމަލާއިން އެ ޖަމާޢަތުގެ ލީޑަރޝިޕް ސަލާމަތްވެފައިވާކަން ޙަމާސްގެ ޕޮލިޓިކަލް ބިއުރޯގެ އިސް މެންބަރު ސުހައިލް އަލް-ހިންދީ، ކަށަވަރުކޮށްދެއްވައިފިއެވެ. އަލް ޖަޒީރާއަށް ދެއްވި ބަސްދީގަތުމެއްގައި އަލް-ހިންދީ ވަނީ ޙަމާސްގެ ލީޑަރުން ރައްކާތެރިކަމާއެކު ތިބިކަން ތަކުރާރުކޮށް ހާމަކުރައްވާފައެވެ. އަދި އިސްރާއީލްގެ މިހަމަލާ ވަނީ ނާކާމިޔާބުވެފައިކަމަށް ވިދާޅުވިއެވެ. މި ހަމަލާ ދީފައިވަނީ އެމެރިކާގެ ރައީސ...

ނާޒިމާ އަލީ
ހައިވޭގައި ބަހަކާއި ތިން ސައިކަލެއް ހިމެނޭ އެކްސިޑެންޓެއް

ހައިވޭގައި ބަހަކާއި ތިން ސައިކަލެއް ހިމެނޭ އެކްސިޑެންޓެއް

ސިނަމާލެ ބްރިޖު ހައިވޭގައި މިރޭ ހިނގި އެކްސިޑެންޓެއްގައި ބަހަކާއި ތިން ސައިކަލް ޖެހި، ބަޔަކަށް އަނިޔާވެގެން ހޮސްޕިޓަލަށް ގެންގޮސްފިއެވެ. މި އެކްސިޑެންޓާ ގުޅިގެން ފުލުހުން ވަނީ ހަރަކާތްތެރިވާން ފަށާފައެވެ. އެކްސިޑެންޓްގައި ހިމެނޭ ތިން ސައިކަލުގެ ތެރޭގައި ފުލުހުންގެ ސައިކަލެއްވެސް ހިމެނެއެވެ. ފުލުހުންގެ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ މި އެކްސިޑެންޓްގައި އަނިޔާވި ފަރާތްތަކަށް ފަރުވާ ދިނުމަށްޓަކައި ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. ނަމަވެސް އަނިޔާވި މީހުންގެ ޢަދަދާއި އަނިޔާގެ ކުޑަބޮޑުމިން...

ޔުމްނާ ޢަލީ
ރާއްޖޭގައި ޕޯސްޓްގެ ޚިދުމަތް ފޯރުކޮށްދިނުމަށް އިސްވެ ތިއްބެވި ވެރީންނާއި މުވައްޒަފުންނާމެދު ޤައުމު ފަޚުރުވެރިވޭ: ރައީސް

ރާއްޖޭގައި ޕޯސްޓްގެ ޚިދުމަތް ފޯރުކޮށްދިނުމަށް އިސްވެ ތިއްބެވި ވެރީންނާއި މުވައްޒަފުންނާމެދު ޤައުމު ފަޚުރުވެރިވޭ: ރައީސް

ޕޯސްޓްގެ ޚިދުމަތް ރާއްޖޭގައި ދެއްވަން އިސްވެ ތިއްބެވި ވެރީންނާއި މުވައްޒަފުންނާމެދު ޤައުމު ފަޚުރުވެރިވާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވެފައި ވަނީ މިއަދު ފާހަގަކުރާ ދިވެހި ޕޯސްޓްގެ ޚިދުމަތަށް 119 ވަނަ އަހަރު ފުރުމުގެ މުނާސަބާގައި މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. އެ ޕޯސްޓްގައި ރައީސް ވިދާޅުވެފައިވާ ގޮތުގައި ދިވެހިރާއްޖޭގެ ކުރިއެރުމާއި، މުޥާޞަލާތާއި، އިޤްތިޞާދުގައިވެސް ޒަމާންތަކަށް ދެމިހުންނާނެ އަގުހުރި ޚިދުމަތްތަކެއް ޕޯސްޓްގެ ޒަރީޢާއިނ...

ޔުމްނާ ޢަލީ
އިސްރާއީލުން ޤަޠަރަށް ހަމަލާދީފި

އިސްރާއީލުން ޤަޠަރަށް ހަމަލާދީފި

ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ ހުއްޓުވުމަށް އެމެރިކާއިން ހުށަހަޅާފައިވާ ހުށަހެޅުމަކާ މެދު މަޝްވަރާކުރަމުންދަނިކޮށް، އިސްރާއީލުން ޤަޠަރުގެ ވެރިރަށް ދޯހާގައި ހަމާސްގެ ލީޑަރުންނަށް އަމާޒުކޮށްކަމަށް ބުނެ ހަމަލާއެއް ދީފި އެވެ. އެމެރިކާގެ ބައިވެރިއެއް ކަމުގައިވާ ޤަޠަރުގެ ސަރަޙައްދަށް ދިން މި ހަމަލާއަކީ، ހަނގުރާމަ ހުއްޓުވުމަށް ކުރެވެމުންދާ މަސައްކަތްތަކަށާއި، ހަނގުރާމައިގައި ހިފެހެއްޓިފައިވާ މީހުން ދޫކޮށްލުމަށް ކުރެވެމުންދާ މަސައްކަތްތަކަށް ނޭދެވޭ އަސަރުކުރުމުގެ ފުރުސަތު ބޮޑުކަމަށް ބައިނަލްއަޤުވާމީ ފ...

ނާޒިމާ އަލީ
މޯލްޑިވްސް ޕޯސްޓްގެ 119 އަހަރު ވީ ދިގު ދަތުރު، ވިޔަފާރިތައް ކުރިއެރުމުގައި ބޮޑު ދައުރެއް

މޯލްޑިވްސް ޕޯސްޓްގެ 119 އަހަރު ވީ ދިގު ދަތުރު، ވިޔަފާރިތައް ކުރިއެރުމުގައި ބޮޑު ދައުރެއް

މޯލްޑިވްސް ޕޯސްޓަކީ ދިވެހިރާއްޖޭގެ އިޤްތިޞާދީ ކުރިއެރުމުގައި މުހިންމު ދައުރެއް އަދާކުރަމުން އަންނަ މުއައްސަސާއެކެވެ. ޚާއްޞަކޮށް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމުގައި މި މުއައްސަސާއިން ކުރަމުންދާ މަސައްކަތްތަކަކީ ފާހަގަކޮށްލެވޭ މަސައްކަތްތަކެކެވެ. 1906 ވަނަ އަހަރު ރަސްމީކޮށް ފެށުނު ޕޯސްޓްގެ ޚިދުމަތް މިއަދާ ހަމައަށް އައިއިރު ވަނީ ގިނަގުނަ ކުރިއެރުންތަކެއް ހޯދާފައެވެ. ފުރަތަމަ ސިލޯނުގެ ސްޓޭމްޕެއްގައި މޯލްޑިވްސް ޖަހައިގެން ފެށުނު މި ޚިދުމަތް، 1909 ވަނަ އަހަރު ދިވެހިރާއްޖޭގެ އަމިއްލަ...

އިބްރާހިމް އަސްވާޤް
އިހަވަންދޫ އިން ގޯތި ލިބޭ މީހުންގެ ލިސްޓް ޢިއުލާންކުރުން މަޑުޖައްސާލައިފި

އިހަވަންދޫ އިން ގޯތި ލިބޭ މީހުންގެ ލިސްޓް ޢިއުލާންކުރުން މަޑުޖައްސާލައިފި

ހއ. އިހަވަންދޫ އިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމާއި ގުޅޭ މަސައްކަތް މަޑު ޖައްސައި ލާފައިވާކަމަށް އިހަވަންދޫ ކައުންސިލުން އިއުލާން ކޮށްފިއެވެ. އިހަވަންދޫ ކައުންސިލުން އާއްމު ކޮށްފައިވާ ޢިއުލާނުގައި ބުނެފައިވަނީ، އެރަށުން ، ގޯއްޗަށް އެދުނު ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތައް ކަނޑައަޅައި އިޢުލާނުކުރުމުގެ މަސައްކަތް މަޑުޖައްސާާފައިވާ ކަމަށެވެ. މިގޮތަށް މަޑުޖައްސައިލީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް ގެނެވުނު 16 ވަނަ އިޞްލާހާއި ގުޅިގެން،...

އައިޝަތު އައިނީ އާމިރު
ކުޅުދުއްފުށީގައި ސޯޝަލް އިނޮވޭޝަން ޕްލެޓްފޯރމް އެޕްރޯޗާއި ގުޅޭ ތަމްރީނު ޕްރޮގްރާމެއް ފަށައިފި

ކުޅުދުއްފުށީގައި ސޯޝަލް އިނޮވޭޝަން ޕްލެޓްފޯރމް އެޕްރޯޗާއި ގުޅޭ ތަމްރީނު ޕްރޮގްރާމެއް ފަށައިފި

ކުޅުދުއްފުށި ސިޓީގައި އޭޝިއާ ޕެސިފިކް ސަރަހައްދުގެ 6 ޤައުމެއްގައި ބޭނުން ކުރަމުން އަންނަ ސޯޝަލް އިނޮވޭޝަން ޕްލެޓްފޯރމް އެޕްރޯޗާއި ގުޅޭ ތަމްރީނު ޕްރޮގްރާމެއް ފަށައިފިއެވެ. މި ޕްރޮގްރާމަކީ، ޔޫ.އެން.ޑީ.ޕީ ބެންކޮކް ރީޖަނަލް އޮފީހުގެ މަންދޫބުންގެ ތެރޭގައި ހިމެނޭ ރީޖަނަލް ގަވަރނަންސް އެޑްވައިޒަރ، މިސް ޑަޔާނާ ޓޯރެސް، އަދި ޔޫ.އެން.ޑީ.ޕީ މޯލްޑިވްސްގެ ޓީމްތަކާއި، ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލް.ޖީ.އޭ) އަދި މިނިސްޓްރީ އޮފް ސިޓީޒް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސްގެ ޓީމްތަކާއި ގުޅިގެން ކުރިއަށް...

އައިޝަތު އައިނީ އާމިރު
ސައުތު އޭޝިއަން ސުޕަ ކަޕްގެ ޗެމްޕިއަންކަން ރާއްޖެއަށް

ސައުތު އޭޝިއަން ސުޕަ ކަޕްގެ ޗެމްޕިއަންކަން ރާއްޖެއަށް

ސައުތު އޭޝިއަން ސުޕަ ކަޕްގެ ނަމުގައި ފުޓްބޯޅަ ޝްރީ ލަންކާއިން އިންތިޒާމު ކުރި ދެ މެޗުގެ ތެރެއިން ދެވަނަ މެޗު 1-1 އިން އެއްވަރުވެ، ޗެމްޕިއަންކަން ރާއްޖެއިން ހޯދައިފިއެވެ. މި މުބާރާތުގެ ފުރަތަމަ މެޗު ކުޅުނީ 6 ސެޕްޓެމްބަރު 2025 ގައެވެ. މި މެޗުގައި ރާއްޖެ ވަނީ 3-0 އިން ލަންކާ ބަލިކޮށްފައެވެ. މި މުބާރާތުގެ ދެވަނަ މެޗު މިއަދު ކުޅުނުއިރު، ލަންކާ އިން ރާއްޖެ އަށް ޕްރެޝަރ ދެމުން ދިޔަނަމަވެސް، ލަންކާގެ ފަސްގަނޑުގައި ރާއްޖެއިން ވަނީ […]

ޔުމްނާ ޢަލީ
ނޭޕާލުގައި މުޒާހަރާތައް ހޫނުވެ، ޕާލަމެންޓް އިމާރާތުގައި ރޯކޮށްލައިފި

ނޭޕާލުގައި މުޒާހަރާތައް ހޫނުވެ، ޕާލަމެންޓް އިމާރާތުގައި ރޯކޮށްލައިފި

ނޭޕާލު ސަރުކާރާ ދެކޮޅަށް އެ ގައުމުގެ ޒުވާނުން ކުރަމުންދާ މުޒާހަރާތައް ހޫނުވެ، ގައުމުގެ ޕާލަމަންޓު އިމާރާތުގައި މުޒާހަރާކުރާ ފަރާތްތަކުން އަލިފާން ރޯކޮށްލާފައިވާ ކަމަށް އޮފިޝަލަކު ވިދާޅުވެއްޖެއެވެ. މި ހާދިސާ ހިނގާފައިވަނީ، މުޒާހަރާތަކަށް ގަދަބާރުން ހުއްޓުވުމުގެ ސަބަބުން މީހުން މަރުވުމާ ގުޅިގެން، ބޮޑުވަޒީރު ކޭޕީ ޝަރްމާ އޮލީ މިއަދު އިސްތިއުފާ ދެއްވުމަށްފަހުއެވެ. ޕާލިމަންޓު ސެކްރެޓޭރިއަޓުގެ ތަރުޖަމާނު އެކްރަމް ގިރީ ވިދާޅުވެފައިވާގޮތުގައި އެތައް ސަތޭކަ ޒުވާނުން ޕާލަމެންޓު ސަރަހައްދަށް ވަދެ، މައި އިމާ...

ޔުމްނާ ޢަލީ
ބޭހާއި، މެޑިކަލް ސާމާނު ގަނޑުކޮށް ގަތުމަށް ކުންފުންޏެއް އުފައްދަވައިފި 

ބޭހާއި، މެޑިކަލް ސާމާނު ގަނޑުކޮށް ގަތުމަށް ކުންފުންޏެއް އުފައްދަވައިފި 

“ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް” ގެ ނަމުގައި އައު ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އުފައްދަވައިފި އެވެ. މި ކުންފުނި އުފައްދާފައިވަނީ ކުންފުނީގެ ޤާނޫނު (ޤާނޫނު ނަންބަރު 7/2023) ގެ 15 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުންނެވެ. މި ކުންފުނީގެ މައިގަނޑު މަޤްޞަދަކީ ޑޮކްޓަރީ ބޭހާއި، މެޑިކަލް ކޮންޒިއުމަބަލްސްއާއި، މެޑިކަލް އިކުއިޕްމަންޓް ގަނޑުކޮށް ގަތުމާއި، ދިވެހިރާއްޖެއަށް އެތެރެކުރުމުގެ މަސައްކަތް ފުޅާ ދާއިރާއެއްގައ...

އަލީ އާދިލް