ސައުތު އޭޝިއަން ސުޕަ ކަޕްގެ ނަމުގައި ފުޓްބޯޅަ ޝްރީ ލަންކާއިން އިންތިޒާމު ކުރި، ''ސައުތު އޭޝިއަން ސުޕަރ ކަޕް 2025'' ކާމިޔާބުކުރި ދިވެހިރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ސާބަސްދެއްވައިފިއެވެ.

މި މުބާރާތުގެ އިއްޔެ ހަވީރު ކުޅުނު ދެވަނަ ލެގު މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުވެފައިވާއިރު، 6 ސެޕްޓެމްބަރު 2025 ގައި ކުޅުނު ފުރަތަމަ މެޗުން ލަންކާގެ މައްޗަށް ރާއްޖެއިން 3-0 ގެ ކާމިޔާބެއް ހޯދާފައިވުމާއެކު 4-1 ގެ އެގްރިގޭޓް ނަތީޖާއަކުން ރާއްޖެ އަށް ވަނީ މި މުބާރާތުގެ ޗެމްޕިއަންކަން ލިބިފައެވެ.

Ad
rt

މި އުފާވެރި ކާމިޔާބީއާ ގުޅިގެން ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުޢިއްޒު ވަނީ "ޤައުމީ ޓީމު ހޯދި ކާމިޔާބީއަށްޓަކައި ފަޚުރުވެރިވެވަޑައިގަންނަވާ" ކަމަށް ވިދާޅުވެފައެވެ. އަދި ޤައުމީ ޓީމަށް ސާބަސް ދެއްވާފަވެއެވެ.

އިއްޔެގެ މެޗުގައި ރާއްޖޭގެ ލަނޑު ޖަހައިދީފައި ވަނީ މެޗުގެ 67 ވަނަ މިނެޓުގައި ނާއިޒް ހަސަން (ދާދު) އެވެ.

ލަންކާގައި ކުޅެވުނު މި މުބާރާތުގެ ދެ މެޗުގައި ވެސް ރާއްޖެއިން މޮޅު ކުޅުމެއް ދައްކާފައެވެ.

ޤައުމީ ޓީމުގެ މި ކާމިޔާބީއަކީ ދިވެހި ފުޓުބޯޅައިގެ މުސްތަޤުބަލަށް އައު އުއްމީދުތަކެއް ގެނެސްދިން ކާމިޔާބީއެއް ކަމުގައި ފާހަގަކުރެވެއެވެ. އަދި މި ކާމިޔާބީއާއެކު ކުރިއަށް އޮތް ތަނުގައި އިތުރު ކާމިޔާބީތައް ހޯދުމަށް މަގުފަހިވެގެންދާނެ ކަމަށް ބެލެވެއެވެ.