އިސްރާއީލުގެ ބަންދުގައި ޝަހީދުވި ފަލަސްތީނުގެ 54 ޝަހީދުންގެ ޖަނާޒާ ބާއްވައިފި
އިސްރާއީލުގެ ބަންދުގައި ތިބެ ޝަހީދުވި ފަލަސްތީނުގެ 54 ޝަހީދުންގެ ޖަނާޒާ މިއަދު ކުރިއަށް ގެންގޮސްފިއެވެ. މި މަރުހޫމުންގެ ހަށިގަނޑުތައް އިސްރާއީލުން ރައްދުކޮށްފައިވަނީ ދެ ފަރާތުގެ ދެމެދުގައި ވެވުނު އެއްބަސްވުމެއްގެ ދަށުންނެވެ. ނަމަވެސް، އިސްރާއީލުގެ ބަންދުގައި ތިބިއިރު މި ހަށިގަނޑުތަކަށް ލިބިފައިވާ ބޮޑެތި އަނިޔާތަކާއި ގުޅިގެން އައިސްފައިވާ ބަދަލުތަކުގެ ސަބަބުން، އާއިލާތަކަށް އެމީހުންގެ މަރުހޫމުން ދެނެގަތުމަށް ވަރަށް ބޮޑަށް ދަތިވިއެވެ. ޣައްޒާގެ ޞިއްޙީ ދާއިރާގެ ފަރާތްތަކުން ހާމަކުރާ ގޮތުގައި، އިސްރާ...