ޖެނުއަރީން ފެށިގެން ތެލަސީމިއާ ކޮންމެ ޕޭޝަންޓަކަށް 1000 ރުފިޔާގެ އެލަވަންސެއް
2026 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ތެލަސީމިއާ ބަލީގެ ކޮންމެ ޕޭޝަންޓަކަށް 1000 ރުފިޔާގެ އެލަވަންސެއް ދޭން ސަރުކާރުން ނިންމައިފިއެވެ. މިކަން އިއުލާންކުރެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ލ. ގަމު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރޭ ބޭއްވެވި ޖަލްސާގައެވެ. ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި މި އެލަވަންސްގެ ގޮތުގައި އަހަރަކު ޖުމްލަ 11.7 މިލިއަން ރުފިޔާ ވަނީ 2026 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވާފައެވެ. މިއީ ރާއްޖޭގައި މުޅިން އަލަށް ތަޢާރަފުކުރާ އެލަވަންސެކެވެ. އޯގާތެރި މުޖުތަމަޢެއް […]