އައްޑޫ ސިޓީގެ ހިތަދޫގެ ގެއެއްގައި ދެމަފިރިއަކު ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ.
ފުލުހުން ބުނީ އައްޑޫގެ ހިތަދޫގެ ގެއެއްގައި ދެމީހަކު ނިޔާވެފައި އޮތް މައްސަލައެއް ފުލުހުންނަށް ހުށަހެޅުމާއި ގުޅިގެން ހަރަކާތްތެރިވަމުން އަންނަކަމަށެވެ.
ނިޔާވެފައި އޮއްވާ ފެނުނީ އަންހެނަކާއި ފިރިހެނަކު ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެނގިފައިވާގޮތުގައި ނިޔާވެފައި އޮއްވާ ފެނިފައި ވަނީ ދެމަފިރިންނެވެ.
އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަށް އެ ދެމަފިރިން ގެންދިޔައިރު ވެސް ވަނީ ނިޔާވެފައި ކަމަށް މައުލޫމާތު ލިބެއެވެ.
މި ހާދިސާއާއި ގުޅޭ އަޕްޑޭޓް
މި ހާދިސާ އާއި ގުޅޭ އަޕްޑޭޓް ދެމުން ފުލުހުން ބުނީ ނިޔާވެފައި ވަނީ،
* އިބްރާހިމް ޢަބުދުﷲ، (60 އަހަރު) ކުރޭންގެ/ސ.ހިތަދޫ
* ފަރަހަނާޒް ރަޝީދު (52 އަހަރު) ނާރެސް/ސ.މަރަދޫ
މި މައްސަލާގައި މިހާތަނަށް ބެލިބެލުމުން ތުހުމަތުކުރެވޭ ކަމެއް ނެތްކަމަށް ވެސް ފުލުހުން ބުންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!