ކޮމަންވެލްތުގެ ޤައުމުތަކުގެ އެއްބާރުލުން އިތުރުކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
މޫސުމީ ވިލުންތެރިކަން އިތުރުކުރުމާއި، ލުއި މާލީ އެހީ (ކޮންސެޝަނަލް ފައިނޭންސިންގ) ހޯދުމާއި، ދެމެހެއްޓެނިވި ގޮތެއްގައި ދަރަނީގެ މައްސަލަތަކަށް ހައްލު ހޯދުމަށް ކޮމަންވެލްތުގެ ޤައުމުތަކުގެ މެދުގައި އޮންނަ އެއްބާރުލުން އިތުރުކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިލްތިމާސްކުރައްވައިފިއެވެ. ރައީސް މިކަމަށް އިލްތިމާސްކުރެއްވީ މިއަހަރުގެ ކޮމަންވެލްތު ދުވަހުގެ މުނާސަބަތުގައި ފޮނުއްވި މެސެޖުގައެވެ. ރައީސްގެ މެސެޖުގައި، ކޮމަންވެލްތަކީ ސުލްހަ މަސަލަސްކަމާއި، ހެޔޮވެރިކަމާއި، ދެމެހެއްޓެނިވި ތަރައްޤީގެ އިތު...