ޕެންޝަން ފަންޑަށް ފުރަތަމަ ފަހަރަށް 100 މިލިއަން ރުފިޔާ ޖަމާކޮށްފި
ޕެންޝަން ފަންޑަށް ފުރަތަމަ ފަހަރަށް 100 މިލިއަން ރުފިޔާ ޖަމާކޮށްފިއެވެ. މިދިޔަ ޖުލައި މަހު ރިޓަޔާމަންޓް ޕެންޝަން ސްކީމަށް 100،022،119.13 ރުފިޔާ ވަނީ ޖަމާކޮށްފަ އެވެ. މި އަދަދު ހިއްސާ ކުރަނީ އަމިއްލަ އޮފީސްތަކުން ޖަމާކުރި 58،886،018.50 މިލިއަން ރުފިޔާ އާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ޖަމާކޮށްފައިވާ 41،136،100.63 ރުފިޔާ އެވެ. މި އަހަރުގެ ޖޫން މަހު ވެސް ޕެންޝަން ސްކީމަށް 98 މިލިއަން ރުފިޔާ ޖަމާކޮށްފައިވާކަމަށް ޕެންޝަން އޮފީހުން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކައެވެ. ޕެންޝަން ފަންޑުގައ...