މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް (13:30 އިން 19:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ތިލަދުންގެ އަރުޝީފުން ހޯދުން

ފަހުގެ ހޯދުންތައް:
ގެއްލުނު އިޓަލީގެ ޑައިވަރުން ހޯދުމުގެ މަސައްކަތުގައި އުޅުއްވި ސިފައިންގެ ބޭކަލަކު ނިޔާވެއްޖެ

ގެއްލުނު އިޓަލީގެ ޑައިވަރުން ހޯދުމުގެ މަސައްކަތުގައި އުޅުއްވި ސިފައިންގެ ބޭކަލަކު ނިޔާވެއްޖެ

ފެލިދެއަތޮޅުގައި ފީނަން ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީގެ ޑައިވަރުން ހޯދުމުގެ ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނުގައި ހަރަކާތްތެރިވި އެމްއެންޑީއެފްގެ ސިފައިންގެ ބޭކަލަކު މިއަދު ނިޔާވެއްޖެއެވެ. މި ހާދިސާގައި ނިޔާވެފައިވަނީ އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓް މުޙައްމަދު މަހުދީއެވެ. އެމްއެންޑީއެފުން މަޢުލޫމާތުދިން ގޮތުގައި، މަހުދީ ނިޔާވީ ގެއްލިފައިވާ ޑައިވަރުން ހޯދުމަށް މިއަދު ފީނަމުން ދަނިކޮށް ހާލު ދެރަވެގެން އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށެވެ. ވާއު އަތޮޅު އަލިމަތާ ކައިރީގައި އޮންނަ ސަ...

ޔުމްނާ ޢަލީ
އިރާނުގެ މުހިންމު ތަންތަނަށް އަމާޒުކޮށް ޙަމަލާދޭން އެމެރިކާއާއި އިސްރާއީލުން އަންނަނީ ތައްޔާރުވަމުން: ރިޕޯޓު

އިރާނުގެ މުހިންމު ތަންތަނަށް އަމާޒުކޮށް ޙަމަލާދޭން އެމެރިކާއާއި އިސްރާއީލުން އަންނަނީ ތައްޔާރުވަމުން: ރިޕޯޓު

އަންނަ ހަފުތާގެ ކުރީކޮޅު އިރާނުގެ މުހިންމު މަރުކަޒުތަކަށް އަމާޒުކޮށް ވަރުގަދަ އަސްކަރީ ޙަމަލާތަކެއް ދިނުމަށް އެމެރިކާއާއި އިސްރާއީލުގެ އަސްކަރިއްޔާއިން ތައްޔާރުވަމުންދާކަމަށް ލީކުވި ޖާސޫސީ މައުލޫމާތާއި ހަވާލާދީ ބައިނަލްއަގްވާމީ ބައެއް މީޑިއާތަލުން ރިޕޯޓްކޮށްފިއެވެ. މިކަމާ ގުޅޭ ތަފްސީލީ މަޢުލޫމާތުތައް އެންމެ ފުރަތަމަ “ނިއުޔޯކް ޓައިމްސް” އިން ރިޕޯޓްކޮށްފައިވާއިރު، ”ސީ.އެން.އެން”، “ޓައިމްސް އޮފް އިސްރާއީލް” އަދި “ޓައިމްސް އޮފް އިންޑިއާ” ފަދަ ބައިނަލްއަޤުވާމީ މީޑިއާތަކުން ވަނީ މި ޖާސޫސީ މަޢުލޫމާތުތަ...

ނާޒިމާ އަލީ
އަހްމަދުގެ ވަދާއީ މެސެޖު: އަބަދުވެސް ހުންނާނީ ފުނަދޫއަށް ހެޔޮއެދޭ މީހެއްގެ ގޮތުގައި

އަހްމަދުގެ ވަދާއީ މެސެޖު: އަބަދުވެސް ހުންނާނީ ފުނަދޫއަށް ހެޔޮއެދޭ މީހެއްގެ ގޮތުގައި

ށ. ފުނަދޫ ކައުންސިލް ހުނިޖަހައިލެވެނީ ކޮންމެ ދައުރެއްގައިހެން އުތުރުގެ ސަރަހައްދުން އެންމެ ހިންގުންތެރި އެއް ކައުންސިލްގެ ގޮތުގައެވެ. މިކަމުގެ އެންމެ ބޮޑު ހެއްކަކަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ދޭ އެކި އެވޯޑްތައް އެ ކައުންސިލުން ހޯދަމުންދާ މިންވަރު ފުދެއެވެ. ފުނަދޫއަށް މިއަދު އައިސްފައިވާ ތަރައްގީގެ ފަހަތުގައި އެތައް ބައެއްގެ ބުރަ މަސައްކަތާއި އިހުލާސްތެރި ގުރުބާނީތަކެއް ވާއިރު، އޭގެ ތެރެއިން ފޭއްދިގެން އަންނަ އެއް ނަމަކީ ކައުންސިލްގެ މިނިމިދާ ދައުރުގެ ރައީސް އަހްމަދު އިބްރާހީމްފ...

ޔުމްނާ ޢަލީ
ކުޅުދުއްފުށީގައި އަރުޝީފުކުރުމާއި ރެކޯޑުތައް ބެލެހެއްޓުމުގެ ތަމްރީނެއް

ކުޅުދުއްފުށީގައި އަރުޝީފުކުރުމާއި ރެކޯޑުތައް ބެލެހެއްޓުމުގެ ތަމްރީނެއް

ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރީ މަސައްކަތްތައް ހަރުދަނާކުރުމުގެ ގޮތުން، އެ އިދާރާގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ބޭއްވި “އަރުޝީފުކުރުމާއި ރެކޯޑުތައް ބެލެހެއްޓުމުގެ ތަމްރީނު ޕްރޮގްރާމް” ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. މި ތަމްރީނު ޕްރޮގްރާމަކީ ކުޅުދުއްފުށީ ސިޓީ ކައުންސިލާއި ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފު ގުޅިގެން، 2026 މެއި 12 އިން 14 އަށް ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ ކައުންސިލްގެ ރެކޯޑުތައް ބެލެހެއްޓުމުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް، ބައިނަލްއ...

ޔުމްނާ ޢަލީ
އިޓަލީގެ ޑައިވަރުން ކަނޑުގެ ހޮހަޅައިގެ ތާށިވި ހާދިސާއާއި ގުޅޭ ލަފާކުރުންތަކެއް

އިޓަލީގެ ޑައިވަރުން ކަނޑުގެ ހޮހަޅައިގެ ތާށިވި ހާދިސާއާއި ގުޅޭ ލަފާކުރުންތަކެއް

ދިވެހިރާއްޖޭގެ ރީތި ކަނޑުއަޅިތަކާއި ހޮހަޅަތަކަކީ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ތަންތަނަށް ވީނަމަވެސް، ބައެއް ފަހަރު މިފަދަ ތަންތަނުގައި ހިތާމަވެރި ހާދިސާތައް ހިނގައެވެ. ބުރާސްފަތި ދުވަހު، ވ. އަތޮޅު އަލިމަތާ ކައިރީގައި އޮންނަ ކަނޑުއަޅި ހޮހަޅައަކަށް ފީނަން އުޅުނު އިޓަލީގެ ތަޖުރިބާކާރު ފަސް ފީނުންތެރިންގެ މަރުގެ ހާދިސާއަކީ ރާއްޖޭގެ ތާރީޚުގައި ހިނގި އެންމެ ނުރައްކާތެރި ޑައިވިންގ ހާދިސާގެ ގޮތުގައި ވަނީ ފާހަގަކުރެވިފައެވެ. މި ހާދިސާ އާއި ގުޅޭގޮތުން ދާއިރާގެ ތަޖުރިބާކާރުންގެ ބަސް ހޯދައިގެން އިނގ...

އަލީ އާދިލް
އީރާނަކީ ހޯރްމުޒް ކަނޑުއޮޅީގެ ސަލާމަތްތެރިކަން އަބަދުވެސް ކަށަވަރުކޮށްދޭނެ ގައުމު: އަރާގްޗީ

އީރާނަކީ ހޯރްމުޒް ކަނޑުއޮޅީގެ ސަލާމަތްތެރިކަން އަބަދުވެސް ކަށަވަރުކޮށްދޭނެ ގައުމު: އަރާގްޗީ

އީރާނަކީ ހޯރްމުޒް ކަނޑުއޮޅީގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމުގައި ތާރީޚީ ގޮތުން އިސް ދައުރެއް އަދާކުރަމުން އަންނަ ގައުމެއް ކަމަށާއި، ކުރިއަށް އޮތް ތަނުގައި ވެސް އެ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރާނެ ކަމަށް އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ ވިދާޅުވެއްޖެއެވެ. އަރާގްޗީ މިހެން ވިދާޅުވީ އިންޑިއާގެ ޚާރިޖީ ވަޒީރު ސުބްރަމާނިއަމް ޖައިޝަންކަރާއެކު ބޭއްވެވި މުހިންމު މަޝްވަރާތަކަށްފަހުގައެވެ. މި ބައްދަލުވުމަކީ ވަރަށް ބިނާކުރުވަނިވި އަދި ނަތީޖާ ނެރެވޭ ބައްދަލުވުމެއްގެ ގޮތުގައި އޭނާ ސިފަކުރެ...

ނާޒިމާ އަލީ
ޔާމީނާއި ސޯލިހް އަދި ނަޝީދު އެއްބަސްވުމަކަށް

ޔާމީނާއި ސޯލިހް އަދި ނަޝީދު އެއްބަސްވުމަކަށް

ރާއްޖޭގެ ކުރީގެ ތިން ރައީސުން ކަމަށްވާ ރައީސް މުހައްމަދު ނަޝީދު، ރައީސް އަބްދުﷲ ޔާމީން އަބްދުުލްގައްޔޫމް އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ސިޔާސީ ގޮތުން އެކުގައި މަސައްކަތް ކުރެއްވުމަށް ނިންމަވައި، އެއްބަސްވުމެއްގައި މިއަދު ސޮއިކުރައްވައިފިއެވެ. މި އެއްބަސްވުމުގައިވާ ގޮތުން، މިހާރުގެ ސަރުކާރުން ގާނޫނުއަސާސީއާ ޚިލާފުވަމުންދާ ކަމަށާއި، ދައުލަތުގެ މުއައްސަސާތަކުގެ ބާރު ކަނޑުވާލަމުންދާ ކަމަށް ތިން ރައީސުން ވަނީ ތުހުމަތު ކުރައްވާފައެވެ. މީގެ އިތުރުން ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވުމާއި، ނޫސްވެ...

އަލީ އާދިލް
ކުރިނބީ ކައުންސިލް އިދާރާގެ އައު އިމާރާތް ހުޅުވައިފި

ކުރިނބީ ކައުންސިލް އިދާރާގެ އައު އިމާރާތް ހުޅުވައިފި

ތިލަދުންމަތީ ދެކުނުބުރީ (ހދ.) ކުރިނބީ ކައުންސިލް އިދާރާގެ އައު އިމާރާތް އިއްޔެ ރަސްމީކޮށް ހުޅުވައިފިއެވެ. ކުރިނބީ ކައުންސިލުން ބުނިގޮތުގައި ރަސްމީކޮށް މިއޮފީސް އިމާރާތް ހުޅުއްވައިދެއްވީ ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ޗީފް އެގްޒެކެޓިވް އޮފިސަރ މުޙައްމަދު ނިމާލް އާއި ކުރިނބީ ކައުންސިލްގެ ރައީސް ޢަބްދުﷲ އަސްލަމް އެވެ. ކުރިނބީ ކައުންސިލްގެ އައު ކައުންސިލް އިމާރާތުގެ މަޝްރޫއަކީ އެލްޖީއޭގެ ޕީއެސް.އައިޕީ ބަޖެޓުގައި ހިމެނިގެން، ކުރިނބީ ކައުންސިލާއި ހަވާލުކޮށްގެން ކުރިޔަށްގެންދިޔަ މަޝްރޫއެކެވެވ...

ޔުމްނާ ޢަލީ
''ޤައުމެއްގެ އިޖްތިމާޢީ ފޭރާން ރަނގަޅުކުރުން ފަށަން ޖެހެނީ ހަރުދަނާ ޢާއިލާތަކެއް ބިނާކުރުމާ ހަމައިން''

''ޤައުމެއްގެ އިޖްތިމާޢީ ފޭރާން ރަނގަޅުކުރުން ފަށަން ޖެހެނީ ހަރުދަނާ ޢާއިލާތަކެއް ބިނާކުރުމާ ހަމައިން''

ޤައުމެއްގެ އިޖްތިމާޢީ ފޭރާން ރަނގަޅުކުރުން ފަށަން ޖެހެނީ ބަދަހި އަދި ހަރުދަނާ ޢާއިލާތަކެއް ބިނާކުރުމާ ހަމައިންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ، މިއަދު ފާހަގަކުރަމުންދާ ބައިނަލްއަޤުވާމީ ޢާއިލާތަކުގެ ދުވަހުގެ މުނާސަބަތުގައި މީސްމީޑިޔާގައި ކުރެއްވި ޕޯސްޓެއްގައެވެ. ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓްގައި ވިދާޅުވީ ޢާއިލާއެއްގެ ފެށުމަކީ މައިންބަފައިންކަމަށް ވާއިރު، ﷲގެ އެއްކައުވަންތަކަން ޤަބޫލުކުރުމަށްފަހު މުސްލިމަކު ދެން އެންމެ ބޮ...

ޔުމްނާ ޢަލީ
އިޒްރޭލުން ހިންގާ ގަތުލުއާންމާ ދެކޮޅުހެދުމަށް ސްޕެއިނުން ޔޫރޯވިޜަން ބޮއިކޮޓްކޮށްފި

އިޒްރޭލުން ހިންގާ ގަތުލުއާންމާ ދެކޮޅުހެދުމަށް ސްޕެއިނުން ޔޫރޯވިޜަން ބޮއިކޮޓްކޮށްފި

އިޒްރޭލުން ގާޒާގައި ހިންގަމުންދާ ލާއިންސާނީ ހަނގުރާމައާއި ގަތުލުއާންމާ ދެކޮޅަށް އިހުތިޖާޖު ކުރުމުގެ ގޮތުން، މިއަހަރު ބާއްވާ ޔޫރޯވިޜަން ލަވަ މުބާރާތް ބޮއިކޮޓް ކުރުމަށް ސްޕެއިން އިން ނިންމައިފިއެވެ. ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް ހުކުރު ދުވަހު ވިދާޅުވީ، މި ނިންމުމާއެކު ސްޕެއިން އޮތީ “ތާރީޚުގެ ރަނގަޅު ފަރާތުގައި” ކަމަށެވެ. އޮސްޓްރިއާގެ ވިއެންނާގައި ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ ފައިނަލްގެ ކުރިން، އެކްސް މެދުވެރިކޮށް ދެއްވި ވީޑިއޯ މެސެޖެއްގައި ސަންޗޭޒް ވިދާޅުވީ، ޣައިރު ގާނޫނީ ހަނގުރ...

ނާޒިމާ އަލީ
ޖިންސީ ގުޅުމުގެ ޒަރީއާއިން ހަންޓާ ވައިރަސް ފެތުރުމުގެ ނުރައްކާ އޮވޭ: ދިރާސާ

ޖިންސީ ގުޅުމުގެ ޒަރީއާއިން ހަންޓާ ވައިރަސް ފެތުރުމުގެ ނުރައްކާ އޮވޭ: ދިރާސާ

ހަންޓާ ވައިރަސް ޖެހިފައިވާ މީހުން ބަލިން ފަސޭހަވި ނަމަވެސް، އެ ބަލި ފަތުރުާ ވައިރަސް ފިރިހެނުންގެ ސްޕާމްގައި ހަ އަހަރު ދުވަހުގެ މުއްދަތަށް ހުރެދާނެ ކަމަށާއި، މީގެ ސަބަބުން ޖިންސީ ގުޅުމުގެ ޒަރީއާއިން ބަލި ފެތުރުމުގެ ނުރައްކާ އޮތް ކަމަށް ދިރާސާއަކުން ދައްކައިފިއެވެ. ސްވިޒަލޭންޑުގެ ސަރުކާރުގެ މުއައްސަސާއެއް ކަމަށްވާ “ސްޕީޒް ލެބޯޓްރީ” އިން ކުރި މި ދިރާސާ، ސައިންޓިފިކް ޖާނަލްއެއް ކަމަށްވާ “ވައިރަސަސް” ގައި ވަނީ ޝާއިޢުކޮށްފައެވެ. މި ދިރާސާގައި ބަލާފައިވަނީ މީގެ ހަ އަހަރު ކުރިން […]

ނާޒިމާ އަލީ
ރައީސް ގެއްލުނު ފަތުރުވެރިންތައް ހޯދުމުގެ މަސައްކަތްކުރަމުންދާ ސަރަހައްދަށް

ރައީސް ގެއްލުނު ފަތުރުވެރިންތައް ހޯދުމުގެ މަސައްކަތްކުރަމުންދާ ސަރަހައްދަށް

ވ. އަތޮޅު އަލިމަތާ ކައިރިއަށް ފީނަން ގޮސް އުޅުނު އިޓަލީގެ ފަތުރުވެރިންތަކަކަށް ދިމާވި ހިތާމަވެރި ހާދިސާއާ ގުޅިގެން، ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ސަރަހައްދަށް ޒިޔާރަތްކުރައްވައިފިއެވެ. މި ހާދިސާ ހިނގާފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. ރައީސް އޮފީހުން މަޢުލޫމާތު ދެއްވި ގޮތުގައި، ރައީސުލްޖުމްހޫރިއްޔާގެ މި ޒިޔާރަތުގައި ފެލިދެއަތޮޅުގައި ގެއްލުނު ޑައިވަރުން ހޯދުމަށް ސިފައިންނާއި ކަމާބެހޭ ފަރާތްތަކުން ކުރަމުންދާ މަ...

ޔުމްނާ ޢަލީ
ޑައިވް ކުރަން އުޅެނިކޮށް މަރުވި ފަތުރުވެރިން ތެރޭގައި ދެމައިން

ޑައިވް ކުރަން އުޅެނިކޮށް މަރުވި ފަތުރުވެރިން ތެރޭގައި ދެމައިން

ވ. އަތޮޅު އަލިމަތާ ކައިރިއަށް ފީނަން ގޮސް އުޅުނު އިޓަލީގެ ފަސް ފަތުރުވެރިއަކު އިއްޔެ މަރުވި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި މައާއި ދަރިއަކު ވެސް ހިމެނޭކަމަށް އިޓަލީގެ މީޑިއާތަކުން ބުނެފިއެވެ. އިޓަލީގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ހާދިސާގައި މަރުވެފައިވަނީ ޔުނިވަރސިޓީ ޕްރޮފެސަރެއް ކަމަށްވާ މޮނިކާ މޮންޓެފަލްކޯން އާއި އޭނާގެ 20 އަހަރުގެ ދަރިފުޅު ޖިއޯޖިއާ ސޮމަކާލްގެ އިތުރުން މޫރިއަލް އޮޑެނީނޯ، ޖިއަންލޫކާ ބެނެޑެއްޓީ އަދި ފެޑެރިކޯ ގުއަލްޓިއޭރީއެވެ. މި ފަތުރުވެރިންނަކީ “ޑޫކް އޮފް ޔޯކް”...

ނާޒިމާ އަލީ
ދިވެހި ހައްޖުވެރިން ސައޫދީއަށް ފުރަން ފަށައިފި

ދިވެހި ހައްޖުވެރިން ސައޫދީއަށް ފުރަން ފަށައިފި

1447 ވަނަ އަހަރުގެ މުޤައްދަސް ޙައްޖުގެ އަޅުކަން އަދާކުރުމަށްޓަކައި ރާއްޖެއިން ފުރާ ޙައްޖުވެރިންގެ ފުރަތަމަ ގުރޫޕު މިއަދު ސައޫދީ އަރަބިއްޔާއަށް ފުރައިފިއެވެ. ސައޫދީ އެއާލައިންސްގެ ފްލައިޓެއްގައި ފުރި މި ގުރޫޕުގައި ޖުމްލަ 235 ޙައްޖުވެރިން ހިމެނެއެވެ. އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ބުނީ، ޙައްޖުވެރިންނަށާއި އެމީހުންގެ އެހީތެރިންނަށް އެއާޕޯޓަށް ދިއުމަށް ފަސޭހަކޮށްދިނުމުގެ ގޮތުން މިއަހަރުވެސް ބަހުގެ ޚިދުމަތް ހަމަޖައްސާފައިވާ ކަމަށެވެ. މި އިންތިޒާމުތަކަކީ އެ ވުޒާރާއިން އިސްނަގައިގެން،...

ޔުމްނާ ޢަލީ
އެންމެ ބޮޑު އިސްކަމެއް ދިނީ ކުރީ ސަރުކާރުން ކަނޑުފަޅުން ދޫކުރި ގޯތިތައް ޙަޤީޤަތަކަށް ހަދައި، ފްލެޓްތައް ނިންމުމަށް: ރައީސް

އެންމެ ބޮޑު އިސްކަމެއް ދިނީ ކުރީ ސަރުކާރުން ކަނޑުފަޅުން ދޫކުރި ގޯތިތައް ޙަޤީޤަތަކަށް ހަދައި، ފްލެޓްތައް ނިންމުމަށް: ރައީސް

ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެއްވީ، ނިމިދިޔަ ސަރުކާރުން ކަނޑުފަޅުތަކުން ދޫކުރި ގޯތިތައް ޙަޤީޤަތަކަށް ހެއްދެވުމަށްޓަކައި ބިން ހިއްކުމުގެ މަސައްކަތްތަކާއި، ހުއްޓިފައި ހުރި ފްލެޓްތަކުގެ މަސައްކަތް ނިންމައި ރައްޔިތުންނާ ހަވާލުކުރުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި ސަރުކާރު ހިންގާ ޕީއެންސީއަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް އެ ޕާޓީގެ މައި ޖަގަހަ، “ޕީއެން...

ޔުމްނާ ޢަލީ