އެމްޑަބްލިޔުއެސްސީގެ ޗެއާމަންގެ މަގާމުން ޝަމްހޫޒާ ވަކިކޮށްފި
ސަރުކާރުގެ ފެން ކުންފުނި، މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) ގެ ބޯޑުގެ ޗެއާމަންގެ މަގާމުގައި ހުންނެވި ޝަމްހޫޒާ އަހުމަދު އެ މަގާމުން މިއަދު ވަކިކޮށްފިއެވެ. ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިއަދު ބުނީ، މާލެ ވޯޓަރ އެންޑް ސްވެރޭޖް ކޮމްޕެނީ ލިމިޓެޑްގެ، ޗެއަރމަންކަމުގެ މަޤާމުންނާއި، ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުކަމުން ސ. ފޭދޫ ނާޒުކީގޭ އަލްފާޟިލާ ޝަމްހޫޒާ އަޙުމަދު މިއަދުން ފެށިގެން ވަކިކޮށްފައިވާ ކަމަށެވެ. ޝަމްހޫޒާ އަހުމަދު އެމްޑަބްލިޔުއެސްސީގެ ބޯޑުގ...